ރައީސް މުއިއްޒު ރައްޔިތުންގެ މަޖިލިހަށް މިއަދު ރިޔާސީ ބަޔާން އިއްވަވަނީ
05 ފެބުރުއަރީ 2024 - 10:20
އިސްރަށްވެހީންގެ ތަޖުރިބާއާއި ވިސްނުން ރާއްޖެއަށް ބޭނުންވާ ކަމަށާއި، 65 އަހަރު ވުމުން ރިޓަޔާކުރަން ބޭނުންނުވާ މީހުންނަށް، 75 އަހަރާ ހަމައަށް ހިދުމަތް ކުރެވޭނެ އިންތިޒާމް ހަމަޖައްސައި ދިނުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މި އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް ރައީސް މުއިއްޒު އިއްވެވި އެ މަނިކުފާނުގެ ފުރަތަމަ ރިޔާސީ ބަޔާނުގައި ވިދާޅުވީ، ހިދުމަތުގައި މެދުކެނޑުމެއްނެތި ދިގު ޒަމާނެއް ހޭދަކުރުމަށްފަހު، އުމުރުން 65 އަހަރުވާއިރަށް، ކުރާނެ އެއްވެސް މަސައްކަތެއް ނެތި ރިޓަޔާވާން ޖެހޭ ވަގުތަކީ އެފަދަ ގިނަ ބޭފުޅުންނަށް އުނދަގޫ ހާލަތެއް ކަމަށެވެ.
"އުމުރުން 65 އަހަރުވީ ނަމަވެސް ހިދުމަތުގައި ދެމިތިއްބަވަން ބޭނުންފުޅު ކޮންމެ ބޭފުޅަކަށް ވެސް އެގްރީމެންޓް އުސޫލުން ވަޒީފާ ހަމަޖައްސައިދީ، އުމުރުން 75 އަހަރާ ހަމަޔަށް ހިދުމަތުގައި ކުރިއަށް ވަޑައިގެންނެވޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުން،" އެ މަނިކުފާނު ހާމަކުރެއްވި އެވެ.
މި އަހަރުގެ ރިޔާސީ ބަޔާން އިއްވަން ރައީސް މުއިއްޒު މިއަދު މަޖިލިހުގެ އިދާރާގައި.
ރައީސް ވިދާޅުވި ގޮތުގައި ސަރުކާރުން މިއަހަރު އިސްރަށްވެހީންގެ ހާއްސަ ދަފްތަރެއް އެކުލަވާލައި، އަދި އިސްރަށްވެހީންގެ ހާއްސަ އިޖްތިމާއީ މަރުކަޒުތަކެއް މާލެ އާއި އަތޮޅުތަކުގައި ގާއިމުކުރުމުގެ މަސައްކަތް ވަނީ ފެށިފަ އެވެ.
އޭގެ ފުރަތަމަ މަރުކަޒު މާލޭގައި މި މަހުގެ ތެރޭގައި ހުޅުވާއިރު، އުމުރުން ދުވަސްވީ މީހުންނަށް ފަރުވާދީ އޯގާތެރިކަމާއެކު ބަލަހައްޓައިދޭ އޭޖްޑް ކެއާ ސެންޓަރު ރާއްޖޭގެ ތިން ސަރަހައްދެއްގައި ގާއިމްކުރުމަށް ވެސް ކަނޑައެޅިފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
އިސްރަށްވެހީންގެ އިތުރުން ރައީސް ވިދާޅުވި ގޮތުގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް މި ދައުރުގައި ހާއްސަ އިސްކަމެއް ދޭނެ އެވެ.
"ނުކުޅެދުންތެރިކަން ހުންނަ ކޮންމެ ފަރާތަކަށްވެސް އެންމެންގެ ލޯބި ލިބިގެން އުޅެވޭނެ މުޖްތަމައެއް، މާހައުލެއް، އިރާދަކުރެއްވިއްޔާ މި ރާއްޖޭގައި އުފެއްދޭނެ،" ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ ދަފްތަރެއް އެކުލަވައިލުމުގެ މަސައްކަތް ފާހަގަކުރައްވައި ރައީސް ވިދާޅުވި އެވެ.
މީގެއިތުރުން، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ސިވިލް ސާވިސް އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ވަޒީފާގެ ފުރުސަތު ފަހިކޮށްދިނުމަށްޓަކައި އެ މަނިކުފާނު ވިދާޅުވީ އެކަމުގެ ގަވާއިދެއް އެކުލަވާލައި ތަންފީޒުކުރުމުގެ މަސައްކަތްވަނީ ފެށިފައިވާ ކަމަށެވެ.
"އަދި އަލަށް ފެށޭ ސޯޝަލް ހައުސިންގ ސްކީމްތަކުގައި، ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ހާއްސަ ކުރެވިގެން 500 ހައުސިން ޔުނިޓް ހިމެނުމަށް ވަނީ ނިންމާފައި."
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހހހހދބ
06 February 2024
ރަށްރަށު އޮފީސްތަކުގަ އެބަތިބި ޒަމާނީ ކަންކަމަށް ލޯނުހުޅުވޭ މުވައްޒަފުން. އެ ވަޒީފާތައް ހުސްވަނީ އެމީހުން ރިޓަޔާރ ވީމަ
ޖިޔާމްް
06 February 2024
ޝުކުރިއްޔާ ރައީސް. ގައުމަށް ހިދުމަތްކުރުމުގައި ދެމިހުންނާނަން
އާދަނުު
06 February 2024
މީ ވަރަށް ބޭނުންތެރި ކަމެއް. ވަޒީފާގެ މާހައުލުގައި މަސައްކަތް ކުރަން ބޭނުންވާ ފަރާތްތަކަށް އެފުރުސަތު އޮންނަންވާނެ
ޖަމިލާ
05 February 2024
ޒުވާނުން ބޭނުންވަނީ ފިނިކޮޓަރި މަސައްކަތް. ބިދޭސީން ގުދާރު ބިންދައިގެން ހުރިހާ ލޭބަރު މަސައްކަތެއް ކުރަނީ މިގައުމުގަ. މުސްކުޅިން 65 އަހަރުވީއޭ ކިޔާފަ ބާކީ ކުރާކަށް ނުޖެހޭ. 75 އަހަރު ނުވަތަ އަމިއްލަ ސިއްހަތުން ތަންދޭ މިންވަރަކުން ކޮންމެ އުމުރެއްގެ މީހަކަށްވެސް މަސައްކަތްކޮށްގެ ރުފިޔާ ހޯދެން ޖެހޭނެ. ހުޅަނގުގެ ފެއިލްވެފައިވާ އަހަރެމެންގެ ދިރިއުޅުމާ ނުގުޅޭ ކަންކަން ފަތުރަން ނޫޅެބަލަ. ދިވެހިންނަށް ޔޫރަޕު މީހުންގެ ހަގީގަތް އަދިވެސް ނޭނގެ.
ކިންޑި
05 February 2024
ކޮން ހުޅަގޭ، އުތުރޭ، ދެކުނޭ ތިޔަނީ. ދެން ކާކުތޯ މިހާރު ފިނިކޮޓަރީގަ ތިއޮތީ. ޒުވާނުންދަށު ކޮއްލާފަ ވާހަކަ ދައްކާއިރު އެއީ ކާކުގެ ދަރިންނެއްތޯ؟
ޓުކުރި
05 February 2024
އަނެއްކާ، ކޮޕީކެޓް! ބަލަ މިވެސް ދޫކޮށްލައިފިނަމަ ބިރުން ތިޔަ އުޅޭ ކުރީގެ ރައީސް އިޢުލާނުކޮށްފައި އޮތްކަމެކޭ! އާނ، މީ "ދިވެހީންގެ ރާއްޖެ" ކެންޕޭން ސްލޯގަން އާއި ޕީޕީއެމްގެ މެނިފެސްޓޯ ނަގައިގެން، ސެނެޓަށް "މެޓާ" ދީގެން ޕާޓީ އަތަށް ކަހާލަައިގެން އުޅޭ މީހުން ވިއްޔާ!
އިދާސް
05 February 2024
މިކަހަލަ ބޮޑެތި ކަންކަން ނިންމަންވާނީ ދިރާސާތައް ހެދުމަށް ފަހު ހެކީގެ މައްޗަށް ބުރަވެތިބެ. އެޔަށް އެކިޔަނީ އެވިޑެންސް ބޭސްޑް ޑިޒިޝަން މޭކިންގ! ހަމަ ހުރެލާފަ މޮޅުކަމެއް ކަމަށް ހިތާ ބޮޑެތި މިކަހަލަ ބޮޑެތި ކަންކަން ނިންމުމަކީ ވަރަށް ދޯހަޅިކަމެއް! އެކި މުޖްތަމައުތަކުގެ މީހުންގެ އާއްމު ދިރިއުޅުމާ އަޚުލާގާ ދީނާ ސަގާފަތްވެސް ތަފާތު. އެހެންވީމަ ވަރަށް މުހިއްމު މިކަން ރަގަޅަށް ދިރާސާކޮށްފަ މި ނިންމުން ތަންފީޒުކުރަން
ބޮޑުރިޔާ
05 February 2024
ރިޓަޔާނުކޮށް 75 އަހަރާ ހަމައަށް ހިދުމަތް ކުރެވޭ ގޮތް ހަދަނީ މިހެޑްލައިންނާ ދައްކާފައި ހުރިވާހަކަޔާ ހަމަގުޅޭތޯ މިއީ ސަރުކާރުގެ ނުފޫޒް ނޫސް ތަކަށް ވަނީމާ ވާގޮތް މިއީ އޮޅުވާލުމެއް އަސްލު ރަނގަަޅު ގޮތަކީ 65 އަހަރުން މަތީގެ މީހުންނަށްވެސް އެގްރިމެންޓެއްގެ ދަށުން ސަރުކާރަށް ނޫނީ މިކިޔާ ސިވިލް ސާވީސް ގައި މަސައްކަތް ކުރެވޭނެ ގޮތް ހަދަނީ މިއެއްނޫންތޯ ރަނގަޅު ގޮތަކީ އާޓިކަލް އިން އަޅުގަނޑަށް ދޭހަވީ މިމާނަ
އެޑްވައިޒަރު
05 February 2024
ރޭގަނޑުދާ ހަތަރުދަމު ހޭލާތިބެގޭމްކުޅެ، ސިގިރެޓާ ވޭޕް ދަމަދަމާ ތިބުމުގެ ސަބަބުން ހިކި ފިންދަނޑި ވެފައި ތިބެ އޮފީހަށް އައިސް ގަބުވެފައި ތިބޭ، މީހަކު ބާރަށް ފުމެލިޔަސް ވެއްޓޭވަރަށް ހަކަތަ މަދުވެފައި ތިބޭ "ޒުވާނުން" ނާއި ޖަންކު ފުޑުކައިކައި ހެލިފެލި ނުވާތީ ފަލަވެގެން ގޮސް، ވެއްޓިއްޖެ ނަމަ ނަގާފައި ބަހައްޓާނޭ ކޮޅެއް ވެސް ނޭނގޭނެ "ޒުވާނުން" މިކަމުން ވަރަށް ރުޅިއަންނާނެ! އެކަމަކު ސިއްހަތު ރަނގަޅުވެފައި ވަޒީފާއަށް ބޭނުންވާ ތަޢުލީމާއި ތަޖުރިބާ ހުރިނަމަ، ރާއްޖޭގައި މިހާރު ގިނަ، ކުރިން ބުނި ޒުވާނުންނަށް ވުރެ އެތަށް ތަނެއް އެފިޝަންޓުކޮށް، ޢުމުރުން 70 ގެ މައްޗަށް ދަންދެން ވަޒީފައިގައި ހުރެ މަސައްކަތްކުރެވޭނެ ދޯ؟
ޤައުމީ ލޭ
05 February 2024
ލިޔެފަ އޮތް އެތި ރަނގަޅަށް ކިޔާބަލަ. 65 ވިޔަސް ޙިދުމަތުގަ ދެމިތިބެން ބޭނުންވާ މީހުންނަށް އެފުރުސަތު މަގުފަހިކޮށްދޭނެ ވާހަކަ އެއޮތީ. ބޭނުން ނުވާ ބަޔަކަށް 65 އަހަރުގަ ރިޓަޔަމެންޓް އަށް ދިއުމަށް ހުރަހެއް ނެތް. ދިވެހިންގެ މައްސަލަ އަކީ ޒަމާނުއްސުރެ އުޅެމުން އައި ގޮތް ނޫން އިތުރު ގޮތެއް، ފުރުސަތެއް ބަޔަކު ހޯދަދިނަސް މައްސަލަ ޖެއްސުން-
ޢެޑްމުންޑޯ
05 February 2024
މަހިތަށް އަރަނީ 75 އަހަރުން ރިޓަޔަރ ވާނަމަ ޕެންޝަން ފައިސާ ކޮޅު ދޭނީ ކިހިނަކުންހޭ ، ކިތައް އަހަރަށް ބަހާލައިގެން ބާވައޭ ، އެވްރެޖް އުމުރު ބަލާފައި މިހުންނަނީ 80 ނުވަތަ 85 އަހަރަށްވީމާ ، ހަމަ ސުވާލު އުފެދެނީ،