މާލޭގައި ހުންނަ މިފްކޯ މަސް ފިހާރަ. -- ފޮޓޯ: ނިޝާން އަލީ | މިހާރު
05 ފެބުރުއަރީ 2024 - 14:38
މިފްކޯއިން ކޮންމެ އަހަރަކު ވެސް ރޯދަ މަހަށް ހާއްސަކޮށް ކުރިއަށް ގެންދާ ޕްރޮމޯޝަން "ފަސްމީރު މާ މީރު"ގެ މި އަހަރުގެ ޕްރޮމޯޝަން ފަށައިފި އެވެ.
މި އަހަރު ވެސް މިފްކޯއިން މި ޕްރޮމޯޝަނުގެ އެއް ވަނަ އަށް ވަނީ އެއް ލައްކަ ރުފިޔާ ހުށަހަޅައިފަ އެވެ. މި ޕްރޮމޯޝަނުގެ ދެ ވަނަ އަށް 50،000ރ. އަދި ތިން ވަނަ އަށް 25،000ރ. ގެ ފައިސާގެ އިނާމު ވަނީ ހުށަހަޅައިފަ އެވެ.
މި ޕްރޮމޯޝަނުގައި ބައިވެރިވާން ކޫޕަން ލިބޭނީ މިފްކޯގެ މަސްފިހާރަތަކުން 200 ރުފިޔާ އިން ފެށިގެން މަތީގެ ވިޔަފާރިކޮށްގެންނެވެ. މާލެ، ހުޅުމާޅެ އަދި މިފްކޯ ސެންޓަރުތަކުގައި ހުންނަ މަސްފިހާރަތަކުން ވިޔަފާރިކޮށްގެން ވެސް މި ޕްރޮމޯޝަނުގައި ބައިވެރިވެވޭނެ އެވެ.
މި ޕްރޮމޯޝަން ކުރިއަށް ދާނީ އަންނަ އޭޕްރިލް މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ފޭކު
05 February 2024
މިދިޔަ އަހަރުގެ ޕްރޮމޯޝަން ގެ ފައިސާ ލިބުނުތޯ އެއްވެސް ފަރާތަކަށް
މިޝްލީ
05 February 2024
މިދިޔަ އަހަރުގެ ޕްރޮމޯޝަންގެ ނަސީބު ވެރިޔާ އަދިވެސް ހޮވިކަމެއް ނޭނގެ