ތިލަމާލެ ބްރިޖު އަޅަން ވިލިމާލެ ފަޅުތެރޭގައި ޖަހާފައިވާ ތަނބުތައް.-- ފޮޓޯ: ކޮންސްޓްރަކްޝަން މިނިސްޓްރީ
10 ފެބުރުއަރީ 2024 - 18:15
މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ގުޅުވާލުމަށް އިންޑިއާގެ އެހީގައި ސަރުކާރުން ހަދާ ތިލަމާލެ ބްރިޖް ޕްރޮޖެކްޓުގެ 33 ޕަސެންޓް މަސައްކަތް ނިމިއްޖެ އެވެ.
ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީގެ ސްޓޭޓް އަދި ޑެޕިއުޓީ މިނިސްޓަރުންނާއި އިންޖީނިއަރުންގެ ޓީމެއް މިއަދު ވަނީ ތިލަމާލެ ބްރިޖުގެ މަސައްކަތް ކުރިއަށް ގެންދާ ގޮތް، ސައިޓަށް ވަޑައިގެން ބައްލަވާލައްވައިފަ އެވެ.
ބްރިޖް ސައިޓު ބައްލަވާލެއްވުމަށް ފަހު، ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އިބްރާހިމް ތޯއާމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ތިލަމާލެ ބްރިޖް ޕްރޮޖެކްޓުގެ ޕައިލިން މަސައްކަތުގެ 54.4 ޕަސެންޓް މިހާރު ނިމިފައިވާ ކަމަށެވެ.
"..މުޅި މަޝްރޫއުގެ 33.4 ޕަސެންޓް މަސައްކަތް ވަނީ ނިމިފައި،" އޭނާ ވިދާޅުވި އެވެ.
ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީގެ ސްޓޭޓް އަދި ޑެޕިއުޓީ މިނިސްޓަރުންނާއި އިންޖީނިއަރުންގެ ޓީމު ބްރިޖު ސައިޓުގައި.-- ފޮޓޯ: ކޮންސްޓްރަކްޝަން މިނިސްޓްރީ
އޭނާ ވިދާޅުވި ގޮތުގައި، ތިލަމާލެ ބްރިޖް ޕްރޮޖެކްޓުގެ ސްޕީޑް މިހާރު ހުރީ މަސައްކަތުގެ ޝެޑިއުލްއާ އަޅާބަލާއިރު 1.2 ޕަސެންޓް ކުރީގަ އެވެ.
"މިނިސްޓްރީން މި ދަނީ މި މަޝްރޫއު ކުރިއަށް ދާއިރު ދިމާވެދާނެ ގޮންޖެހުންތައް ދިރާސާކޮށް މަސައްކަތް މަޑުޖެހުމެއް ނެތި ކުރިއަށް ގެންދިއުމަށް އަޅަންޖެހޭ ފިޔަވަޅުތައް ދުރާލާ އަޅަމުން،" އޭނާ ވިދާޅުވި އެވެ.
މި ވުޒާރާގެ ސްޓޭޓް އަދި ޑެޕިއުޓީ މިނިސްޓަރުންނާއި އިންޖިނިއަރިންގ ޓީމު މާލެ ތިލަމާލެ ބްރިޖު މަޝްރޫޢުގެ އެންމެ ފަހުގެ މަސައްކަތްތައް މިއަދު ބައްލަވައިލައްވައިފި އެވެ. އެގޮތުން، ވިލިމާލެ އާއި ގުޅީފަޅާ ދެމެދު ކުރަމުންދާ މަސައްކަތްތައް ބެއްލެވިއެވެ. pic.twitter.com/7N9X4rCXwV
— Ministry of Construction and Infrastructure (@MoCImv) February 10, 2024
މިނިސްޓްރީން މިއަދު އާންމުކޮށްފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި، ތިލަމާލެ ބްރިޖު އެޅުމަށް ވިލިމާލެ ފަޅުތެރޭފައި ޖަހަން ޖެހޭ ތަނބުތަކުގެ މަސައްކަތުގެ ބޮޑު ބައެއް ނިމި މިހާރު ހުރީ ފެންނާށެވެ.
ކޮންސްޓްރަކްޝަން މިނިސްޓްރީން ކުރިން ބުނި ގޮތުގައި، މިހާރު ކަނޑައަޅާފައިވާ ޝެޑިއުލްއާ އެއްގޮތަށް މަސައްކަތް ދާ ނަމަ، އަންނަ އަހަރު ފެބްރުއަރީ އަށް މާލެ އާއި ވިލިމާލެ ގުޅާލެވޭނެ އެވެ. އަދި މުޅި މަޝްރޫއު ނިންމާލެވޭނެ ކަމަށް ލަފާކޮށްފައި ވަނީ 2026 ވަނަ އަހަރުގެ ފަހުކޮޅުގަ އެވެ.
ތިލަމާލެ ބްރިޖަކީ 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ)ގެ މަޝްރޫއެކެވެ. އެއީ އިންޑިއާގެ އެގްޒިމް ބޭންކްގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ދޭ 400 މިލިއަން ޑޮލަރާއި އިންޑިއާގެ ސަރުކާރުން ދޭ ހިލޭ އެހީގެ ގޮތުގައި ލިބޭ 100 މިލިއަން ޑޮލަރެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮމެންޓްކުރާމީހާ
12 February 2024
ކުރީ ސަރުކާރަށް ހެދުނު މިސްޓޭކަކީ އެކަމަށް އެހާ ޤާބިލް ނޫން ބަޔަކާ ބުރިޖުއަޅަން ޙަވާލުކުރެވުން... އެހެން ނޫންނަމަ އިބުރާހީމްގެ ވެރިކަމުގައި ބުރިޖު ހުޅުވާލެވުނީސް ތޯއްޗެއް..
ށިއުނާ
12 February 2024
ކޮބާހޭ ޖޫރިމަނާ ފައިސާ...
މަމިބުނީ
11 February 2024
ތި ބްރިޖް އަޅާ އިރެއް ނޫން މުހިންމީ އިންޑިއާ މީހުން ހަވާ ހަޑިބަލަން މަމިހުރީ..ތި އަޅާތަނުން ނުވެއްޓިއްޖެއާ ކިތަމެހާވެސް ރަނގަޅު އެފްކޮންއަކީ ކަނޑުގަ ދުވަހަކުވެސް ބްރިޖެއް އެޅިބައެއް ނޫން އަބަދުވެސް އެމީހުން ދައްކާނީ ކަޝްމީރުގެ މާއުސް ފަރުބަދަތަކުގެ މަތީގައި ބްރިޖެއް އެޅިވާހަކަ...
ފޮނިޓައްޕު ހަސަނު
11 February 2024
5 އަހަރުން %33 ނިންމާލެވުނީމަ ބާކީ %67 ނިންމަން ދިހަ އަހަރު ބޭނުންވާނެތާ. އިންޑިއާގައި ބްރިޖު ނުވަތަ ހައިވޭ އެއް ނިންމަން ނަގާނެ 15 އަހަރާއި 20 އަހަރުގެ މުއްދަތެއް.
ފިޔަ
11 February 2024
05 އަހަރުން 33% ނިމުނީމާ... ތިބިރިޖު ނިމޭނީ އަދި 10 އަހަރުފަހުން..ތި ސްޕީޑުގަ....
ފެންނަގޮތް
11 February 2024
މިހާރަކަށް އައިސް މަސައްކަތްކުރާ ހެން ހީވޭ
ޖުލައި2023
11 February 2024
ގައިމު މަ ދިޔައިން ޖުލައި 2023 ގަ މި ބުރިޖުން ވިލިމާލެއަށް ހަހަހަހަހަހަ
ބުނެބަލަދެން
11 February 2024
ތިލަމާލެ ބްރިޖުން ނިމޭ އިންސައްތަ އިއުލާން ކުރަން ޖެހޭނީ އިންޑިއާގެ އެފްކޮންސް އިން އެއީ މަޝްރޫއުގެ ކޮންޓްރެކްޓަރ 5 އަހަރުން %33 ނިމުނުއިރު ދެން ބާކީ އޮތްބައި ޕްރޮޖެކްޓް މެނޭޖްމެންޓް އެން އިންޖިނިއަރިންގް ޑިޒައިން ބުނާ ގޮތުން ނަމަ އަދި ތިޔާ ބްރިޖް ނިންމަން 10 އަހަރު ނަގާނެއޭ މަމެން މިވާހަކަ ދެއްކީމޭ އިބޫ ވެރިކަމުގައި އެއިރު ސަރުކާރުގައި ވަޒީރުންނަށް ތިބި ގަމާރުން އެކަން ގަބޫލުނުކުރީއޭ އަޅެ ސަރުކާރު ދިރާސާކޮށްފައި ބުނެދީބަލަ ބްރިޖް ނިމޭނެ ތާރީޚް
ހަލާކުގެޕާޓީ
11 February 2024
މިއޮއް ހުރިހާދުވަހު އެމްޑީޕީން ކިއީ ބްރިޖެއް ސަތޭކަމިލިއަން ދިވެހިރުފިޔާއަށް އެޅެޔޭ ދަރުމަވަންތަ 50 މިލިއަން ރުފިޔާއަށް އެޅޭނެޔޭ
ކަކުނިބޯ
10 February 2024
5 އަހަރުން %33 އެހެންވީމާ %100 16 އަހަރުން ވަރަށް ސަޅި