ބޮލީވުޑްގެ ތަރި ކްރިތީ ޝެނޮން.
11 ފެބުރުއަރީ 2024 - 06:11
ޑޭޓްކުރަން ރަނގަޅު ފިރިހެނަކު ހޯދުމަކީ މިހާރު ވަރަށް އުނދަގޫ ކަމެއް ކަމަށް ބޮލީވުޑްގެ ތަރި ކްރިތީ ޝެނޮން ބުނެފި އެވެ.
ކްރިތީ އެގޮތަށް ބުނީ އޭނާ އާއި ޝާހިދު ކަޕޫރް ލީޑު ރޯލު ކުޅޭ ފިލްމު "ތޭރީ ބާތޯ މޭ އޭސާ އުލްޖާ ޖިޔާ"ގެ ޕްރޮމޯޝަނަށް ޒޫމް ޓީވީ އަށް ދިން އިންޓަވިއުއެއްގަ އެވެ. އެ ފިލްމުގައި ދައްކަނީ އިންސާނެއް ކަމަށް ހީކޮށް، މީހަކަށް ރޮބޮޓެއް ދެކެ ލޯބިވެވުމުން ހިނގާ ކަންތައްތަކެކެވެ.
އެ އިންޓަވިއުގައި ކްރިތީ އަށް އަމާޒުވި ސުވާލަކީ ދުވަހަކު ވެސް ރޮބޮޓަކާ އެކު އެ ކަހަލަ ގުޅުމެއް ބޭއްވިދާނެ ހެއްޔެވެ.
"ހަމަގައިމު ވެސް އިންސާނުންނަކީ ކޮމްޕްލިކޭޓެޑް ބައެއް. އެކަމަކު އަހަންނަށް އެއީ މައްސަލައެއް ނޫން. ޔަގީނަށް ވެސް ޑޭޓްކުރާނީ އިންސާނަކާ،" ހެމުންހެމުން އޭނާ ބުންޏެވެ.
"އެކަމަކު މި ދުވަސްވަރު ރަނގަޅު ފިރިހެނަކު ލިބުމަކީ ވަރަށް އުނދަގޫ ކަމެއް. އަދި ހަމަގައިމު ވެސް ރަނގަޅު މީހެއް ނުފެނެ. އެހެންވީމާ، ރޮބޮޓެއް ހޯދަންވީ ދޯ؟"
ކްރިތީ އާއި ޝާހިދުގެ އާ ފިލްމު "ތޭރީ ބާތޯ މޭ އޭސާ އުލްޖާ ޖިޔާ" ވަނީ މިދިޔަ ހުކުރު ދުވަހު ޕްރިމިއާކޮށްފަ އެވެ. އެ ފިލްމުގެ ލަވަތަކަށް އާންމުންގެ ބޮޑު ތަރުހީބެއް ލިބުނު ނަމަވެސް، ބޮކްސް އޮފީހުގައި އަދި މާ ބޮޑު ކުރިއެރުމެއް ނުލިބެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޟަނު
13 February 2024
ޜަގަޅުފިރިހެނެއްވަނީވެސް ތިމާވެސް ރަނގަޅުވެގެން މަދޫކޮއްލިިީވެސް ކިރިތީގެ އުޅުން ގޯސްވެ ޑިމާނަޑް ބޮޑުވުމުން
ބަކުރުބޭ
12 February 2024
ފިރިހެނަކު ނެތިއްޔާ ނީންނާނީ. ކަމަކުނުދާނެއެއްނު ހިތަށްއެރިގޮތެއްވިއްޔާ ހަދަންބޭނުންވާނީ ފިރިމީހާއަށް. އޭނަ ދަށުވެގެން ހުންނަންޖެހޭނީ. މިހާރު އޮތްގޮތް މިރާއްޖޭގަވެސް
ސައނީސް
12 February 2024
ރަގަޅު މިކިޔަނީ ލާރި އަދި އެސަޓުން ދޯ!
ތެފައާސާ.
12 February 2024
ރަގަޅު ފިރިހެނުން ބައިވަރު އުޅޭ. ޔޫ ދެން އެހާ އެހޭ ނޫންވީމާ ރަގަޅު ފިރިހެނުން ނުވަނީ ދޯ.
ކިންލި
11 February 2024
ސޮރީއޭ ބުނެވޭނީ، އަހަންނަ ގައުމު މާމުހިންމު. އިންޑިޔާ އައުޓް.
ޤާސި މު
11 February 2024
މަގޭ ހުރިކަން އަންގާލައްޗޭ!!
މިންމިި
11 February 2024
ކޮމެންޓުތައް ކިޔާލުމުން ދިވެހި ފިރިހެނުން ބޯގޮވާހުރި މިންވަރު ސާފުވޭ.
ބިންބި
11 February 2024
މިންމިއަށް އެއްވެސް ދިވެއްސަކު ސަމާލުކަން ނުދިނީތަ؟ ހާދަ ހީވެޔޭ. ވަރަށް ޖޭވޭދޯ.
MySuperGreenDOTcom
11 February 2024
އަންހެނުންކިޔަނީ "ރަނގަޅުފިރިހެނަކު ނުލިބެޔޭ ނުވަތަ ނުފެނެޔޭ" ފިރިހެނުން ގޮވަނީ ރަނގަޅު އަންހެނުން ނޫޅެޔޭ! މިވިސްނުން މުޅިންގޯސް، މާނައަކީ ތިމާމީހަ މުޅިންރަނގަޅުވާހަކަތޯ؟ ރަނގަޅު އަންހެނުންނާ ރަނގަޅު ފިރިހެނުން އަބަދުވެސް އުޅޭނެ، ހަމައެހެން ގޯސްމީހުން ނުވަތަ ތެދުވެރިނޫންމީހުން ދެޖިންސްގެވެސް އުޅޭނެ، މުޅިންފުރިހަމަ އަންހެނަކުވެސް އަދި ފިރިހެނަކުވެސް އިންސާނުންގެތެރޭގައިނުވޭ، ފުރިހަމަވަނީ އަންހެނަކާ ފިރިހެނަކު އުޅެންއަންގަވާފައިވާގޮތައް އެކުވީމަ
އާދޭއާދޭއާދޭ
11 February 2024
ކަނބުލޯ އަންނަގަ މާލެ. މަމިހުރީ މާލޭގައޭ. ކަމުދާނެކަން ޔަގީން.
ކެނެޑީ
11 February 2024
އިންޑިއާއައުޓް އެކަމަކު ކްރީތީ އޯކޭ :ޕ