ކުއީންސް، ލީގު އައްޑަނަ އުފުލާލަނީ.-- ފޮޓޯ: ސްޕޯޓްސް މިނިސްޓްރީ
12 ފެބުރުއަރީ 2024 - 13:09
ކުޅުނު ހުރިހާ މެޗެއް ކާމިޔާޞު ކޮށްގެން ކުއީންސް ބާސްކެޓްބޯޅަ ކްލަބުން، ގައުމީ ބާސްކެޓްބޯޅަ ލީގުގެ އަންހެނުންގެ އެއްވަނަ ޑިވިޝަންގެ ޗެމްޕިއަންކަން ހޯދައިފި އެވެ.
ކުއީންސް ވަނީ ލީގުގެ ފަހު މެޗުގައި ރޭ އެލީޓް ބީސީއާ ދެކޮޅަށް ކުޅުނު މެޗުން 97-55 ޕޮއިންޓުން މޮޅުވެފަ އެވެ. ކުއީންސްގެ ފާތިމަތު ރިޝްމާ ވަނީ އެޓީމަށް 24 ޕޮއިންޓް ރޭގެ މެޗުން ހޯދައިދީފަ އެވެ.
ކުއީންސް އެންމެ ފަހުން ލީގު ހޯދާފައި ވަނީ 2020 ވަނަ އަހަރެވެ. އެފަހަރު ވެސް ކާމިޔާބު ކުރީ ފަހު މެޗުގައި އެލީޓް ބަލިކޮށްފަ އެވެ. އޭގެ ފަހުން 2022 ވަނަ އަހަރުގެ ލީގުގެ ލީގު ފަހު މެޗުގައި ކުއީންސް ބަލިކޮށް ޗެމްޕިއަންކަން ހޯދީ ސައިކްލޯންސް އެވެ.
ގައުމީ ލީގު މިފަހަރު ކުރިއަށް ދިޔައީ ހަތަރު ޓީމާ އެކު އެވެ. ކުއީންސް އާއި އެލީޓް އަދި ސައިކްލޯންސްގެ އިތުރުން ދެން ކުޅުނީ ލަޔަނެސް ސްޕޯޓްސް ކްލަބެވެ.
ކުރިއަށް އޮތީ، ލީގުގެ ގަދަ ހަތަރު ޓީމުގެ މެދުގައި ކުޅޭ ގައުމީ ބާސްކެޓްބޯޅަ މުބާރާތެވެ. އެ މުބާރާތުގައި ވެސް ކުޅޭނީ ހަމަ މި ހަތަރު ޓީމެވެ. މާދަމާ ގައުމީ މުބާރާތުގެ އަންހެން ޑިވިޝަން ފެށުމަށް ހަމަޖެހިފައި ވާއިރު، ފައިނަލް މެޗު އޮންނާނީ ހޮނިހިރު ދުވަހުގެ ރެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފޭނުން
13 February 2024
ދެން ކޮބާ ސައިކްލޯން ލަންކާ ކޯޗް އެކު ކީއްކުރީ
މޮޅުވާނެ
12 February 2024
މޮޅުވާނެދޯ ހުސް ގަވްމީޓީމް ގެ އެންމެ މޮޅުކުޅުން ތެރިން ލައިގެން ކުޅޭބަޔަކު.