ގެމްބިއާގެ ރައީސް ބަރޯ (ވ) އާ އިނގިރޭސި ޚާރިޖީ ވަޒީރު ބޮރިސް ޖޯންސަން ބައްދަލު ކުރައްވަނީ. --ފޮޓޯ:އޭއެފްޕީ
15 ފެބުރުއަރީ 2017 - 11:25
ބަންޖުލް (ފެބްރުއަރީ 15) - ގެމްބިއާގެ ކުރީގެ ރައީސް ޔަހުޔާ ޖަމޭގެ ވެރިކަމުގައި ކޮމަންވެލްތުން ވަކިވި ނަމަވެސް، 52 ގައުމު ހިމެނޭ ޖަމާއަތާ ވަރަށް އަވަހަށް ގުޅޭނެ ކަމަށް އާ ރައީސް އަދަމާ ބަރޯ ވިދާޅުވެއްޖެ އެވެ.
ގެމްބިއާ އަށް ވަޑައިގެން އުޅުއްވާ އިނގިރޭސި ޚާރިޖީ ވަޒީރު ބޮރިސް ޖޯންސަން ވިދާޅުވީ ހުޅަނގު އެފްރިކާގެ ގައުމުން ކޮމަންވެލްތާ އަލުން ގުޅޭތީ ވަރަށް ބޮޑަށް އުފާ ކުރައްވާ ކަމަށެވެ. އިނގިރޭސި ޚާރިޖީ ވަޒީރަކު ފުރަތަމަ ފަހަރަށް ގެމްބިއާ އަށް ވަޑައިގެންފައި މި ވަނީ އެ ގައުމުގެ މިދިޔަ އަހަރު ފަހުކޮޅު ބޭއްވި އިންތިޚާބުން ނާކާމިޔާބުވެވަޑައިގެންނެވި ނަމަވެސް ވެރިކަން ދޫނުކުރައްވަން އުޅުއްވި ޖަމޭ އެންމެ ފަހުން ގައުމު ދޫކުރައްވާ ވަޑައިގެންފައި ވަނިކޮށެވެ.
ރައީސް ޖަމޭގެ ވެރިކަމުގައި ގެމްބިއާ ކޮމަންވެލްތުން ވަކިވީ 2013 ވަނަ އަހަރު އެވެ.
ޖޯންސަން ވިދާޅުވީ ކުރިއަށް އޮތް ދުވަސްތަކުގައި ގެމްބިއާ އަލުން ކޮމަންވެލްތާ ގުޅޭތަން ދެކެން ބޭނުންވާ ކަމަށެވެ.
ގެމްބިއާގެ ރައީސް ބަރޯއާ ބައްދަލު ކުރެއްވުމަށް އިނގިރޭސި ޚާރިޖީ ވަޒީރު ބޮރިސް ޖޯންސަން ވަޑައިގަންނަވަނީ. --ފޮޓޯ:އޭއެފްޕީ
ރައީސް ބަރޯ ވިދާޅުވީ އިންޓަނޭޝަނަލް ކްރިމިނަލް ކޯޓް (އައިސީސީ) އިން ވަކިވެފައިވާ ވަކިވުން ވެސް ވަރަށް އަވަހަށް ބަދަލު ކުރާނެ ކަމަށެވެ.
ކޮމަންވެލްތު ސެކްރެޓޭރިއަޓުން ބުނީ ގެމްބިއާ އަލުން އެ ޖަމާއަތާ ގުޅެން އުޅޭތީ މަރުހަބާ ކިޔާ ކަމަށެވެ. އަދި ކޮމަންވެލްތާ އަލުން ގުޅުމުގެ ރަސްމީ މަސައްކަތް ކުރިއަށް ދާނީ 52 ގައުމުގެ ވެރިން އެއްބަސްވެގެން ކަމަށް ބުނެފައިވެ އެވެ.
"ގެމްބިއާ ކޮމަންވެލްތުން 2013 ވަނަ އަހަރު ވަކިވި އިރު މެންބަރު ގައުމުތަކުގެ ވެރިން ވަނީ ހިތާމައާ އެކު އެ ނިންމުން ނިންމާފައި. އެކަމަކު އެ ގައުމު އަލުން ގުޅެން އުޅުމަކީ އުފާ ކުރާ ކަމެއް. އަދި އެކަމަށް މަރުހަބާ ކިޔަން،" ކޮމަންވެލްތުގެ ތަރުޖަމާނަކު ވިދާޅުވި އެވެ.
ގެމްބިއާ އަށް ދޭ އެހީ ތިން އަހަރުވަން ދެން ހިފެހެއްޓުމަށް ފަހު ޔޫރަޕިއަން ޔޫނިއަން އިން މިދިޔަ ހަފުތާގައި ވަނީ ގެމްބިއާ އަށް 81 މިލިއަން ޑޮލަރުގެ އެހީގެ ޕެކޭޖެއް ދޭން ނިންމައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޒާ
16 February 2017
ގެންބިޔާ އަލުން އިނިގިރޭސީންގެ ތައްޕާހާއި އަޅުވެތިކަމަށް. ދުވަސްކޮޅަކުން އަނެއްކާ އުޅެންޖެހޭނީ ތުނޑު ހަސަނާއި ޖެހުނު މީދަލުން ސަލާމަތް ނުވެގެން.
2018 އަންނަނީ
15 February 2017
ރާއްޖޭގެ މިހާރުގެ ވެރިކަމަށް ވާނެ ގޮތުގެ މިސާލެއް. އިގިރޭސިންނަކީ ވަރުގަދަ ހަލޯރަތެއް. ހިކުމަތްތެރި ބައެއް. މިހާރުވެސް ރާއްޖޭގަ ރަގަޅަށް ކިޔަވައިގެން ތިބި ގިނަމީހުން ކިއެވީ އެ ގައުމުން. މިހާރު އިގިރޭސިން ރާއްޖޭގެ ޗާޓް އޮތީ ކުރަހާފަ.
ހަސަންބެ.
15 February 2017
އިގިރޭސިން ހާދަ އުފަލެކޭ މިވަނީ މި ޖަމާއަތާއި ގުޅުނީމާ. އަބަދުވެސް ހަންފެތުރޭތޯ އުޅެބައެއްވީޔާ.
ޙަސަން އަޙްމަދު.
15 February 2017
މީނާ ވެރިކަމަށް އައިސް ގައުމުގެ ނަމުގެ ކުރީގައި އޮތް 'އިސްމިކް' ފޮހެލީ، ދެން ކޮމަންވެލްތާއި އަލުން އަނބުރާ ގުޅެން އެނިންމީ. އެޖެންޑާ ވަރަށް ސާފު.
Maldives
15 February 2017
އިސްލާމިކް އޮތީމަ ކީއްތަވަނީ..؟ މީހާގެ އަަމަލު ދޯއެއްޗަކީ، އިސްލާމިކު ޖަހަިގެން ވައްކަމާ ހަނގުރާމަ ކުރުން އެއީ ދީނަށް ދެވޭ ދެރައެއް،
ޒަރީރު
15 February 2017
އާން.. އިނގިރޭސިން ވަރަށް އުފާވާނެ ތިޔަ ޖަމިއްޔާއާއި އަލުން ގުޅޭތީ...އޭރުން އަހަރުން އަހަރަށް ޖިޒީދައްކާނެ އެއްނު... ތިޔަ ކޮމަންވެލްތުން ގެމްބިއާ ވަކިވީވެސް އިސްލާމީ ޤައުމަކަށްވާތީ އެމީހުންނަށް ނޫޅެވޭވަރަށް ދުއްތުރާކޮށްކޮށް އޮބިނޯވެގެން. އާވެރިކަމެއް އައީމަ ހަމަ ތިޔަ ޖަމިއްޔާއަކާ ގުޅޭތޯ ބަލަން ބޮރިސް ޖޯންސަންމެން އެ ތެޅިބާލަނީ... ތިޔައީ އެއްވެސް ކަމެއް ކޮށްދެވޭ ޖަމިއްޔާއެއްނޫން...މިދިވެހިރާއްޖޭގައިވެސް 4 އަހަރުން އެއްއަހަރު ކޮމަންވެލްތް ގޭމްސްއަށް 5 މީހުން ފޮނުވޭތީ އެއީ މާބޮޑުކަމަކަށް ހަދައިގެން އުޅުނެއްނު.. މާގިނަ ސްކޯލަރޝިޕް ދޭތަނެއްކަމަށް ހެދިގެން.. އަމުދުން އޮސާޑުން ސްކޯލަރޝިޕް ދޭވަރަށްވެސް ދިވެހިންނަށް ތިޔަ ޖަމިއްޔާއިން ލިބުނު އެހީއެއްނެތް... ގެމްބިއާ އާސަރުކާރުވެސް ނުހިންގޭވަރުވީމަ ކުރިންޖެހުނު ހާލު ޖެހޭނީ...
މަމެން
15 February 2017
ޔަހުޔާއަށް ފަހު މިއުއްމީދު މިކުރަނީ 2018 ގެ ފަހުކޮޅު މމިރާއްޖެވެސް ގެމްބިއާގެ މިސާލު ބަލައިގަންނާނެކަމަށް