ރައްޔިތުންގެ މަޖިލިހުން ރުހުން ނުލިބުނު ތިން ވަޒީރުން (ކ-ވ) ބަންޑާރަ ނައިބު އުޝާމް. އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމް އަދި ހައުސިން މިނިސްޓަރު ޑރ. ހައިދަރު.
13 ފެބުރުއަރީ 2024 - 09:46
ރައްޔިތުންގެ މަޖިލީހުން ރުހުން ނުލިބުނު ތިން ވަޒީރުން އަލުން އައްޔަން ކުރި މައްސަލާގައި ހުށަހަޅާފައިވާ ގަރާރާ މެދު ގޮތެއް ނިންމަން ދެން ރުހުން ދިނުމުގެ މައްސަލަ ތާވަލު ނުކޮށް ފަސްކުރަން މަޖިލީހުން މިއަދު ނިންމައިފި އެވެ.
މިދިޔަ މަހު 29 ގައި މަޖިލީހުން ވަނީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި އެޓާނީ ޖެނަރަލް އަހުމަދު އުޝާމް އަދި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރަށް ރުހުން ނުދޭން ފާސްކޮށްފަ އެވެ. ނަމަވެސް އޭގެ ދެ ތިން ގަޑިއިރު ފަހުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެ ބޭފުޅުން އަލުން އެ މަގާމުތަކަށް އައްޔަން ކުރައްވައިފަ އެވެ.
އެހެންވެ، އެ މައްސަލާގައި ގަލޮޅު އުތުރު ދާއިރާގެ ޑިމޮކްރެޓްސްގެ މެމްބަރު އީވާ އަބްދުﷲ ވަނީ ރުހުން ނެތް ވަޒީރުންނަށް މަގާމުގައި ނުތިއްބެވޭނެ ކަމަށާއި ސަރުކާރުން މަޖިލީހުގެ ބާރުތަކަށް އަރައިގަނެފައިވާ ކަމަށް ބުނެ މަޖިލީހަށް ގަރާރެއް ހުށަހަޅުއްވައިފަ އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން، ރިޔާސަތުން މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވީ، ދެ ވަނަ ފަހަރަށް އެ ތިން ވަޒީރުން އައްޔަންކުރި މައްސަލައާ މެދު މަޖިލީހުން އަމަލު ކުރަން ފެންނަ ގޮތެއް އީވާގެ ގަރާރު ފާސްކުރުމުން އެނގޭނެ ކަމަށެވެ.
"ގަރާރު މަސައްކަތް ނިމި މަޖިލީހުން ވަކި ގޮތެއް ކަނޑައަޅަން ދެން ތިން ވަޒީރުން އަލުން އައްޔަން ކުރައްވައި ފޮނުއްވާފައިވާ މައްސަލަ ތާވަލު ކުރުން ފަސްކުރަން،" މިއަދުގެ ޖަލްސާގައި އަސްލަމް އިއުލާން ކުރެއްވި އެވެ.
އަސްލަމް ވަނީ އެފަދަ މައްސަލަތަކުގައި މީގެ ކުރިން މަޖިލީހުން އަމަލު ކޮށްފައިވާ ގޮތް ވެސް ވިދާޅުވެފަ އެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި 2010 ވަނަ އަހަރު އެޓާނީ ޖެނަރަލްގެ މަގާމަށް އަހުމަދު އަލީ ސަވާދު އައްޔަން ކުރައްވަން މަޖިލީހަށް ފޮނުވުމުން އޭނާ އަށް ރުހުން ނުދޭން އޭރުގެ މަޖިލީހުން ނިންމި އެވެ. ނަމަވެސް އޭނާ އަލުން އެ މަގާމަށް އައްޔަން ކުރެއްވުމަށް ފަހު، ރުހުން ހޯދަން އަނެއްކާވެސް މަޖިލީހަށް ނަން ފޮނުވުމުން މަޖިލީހުން ދެ ވަނަ ފަހަރަށް ވެސް ފާސްކުރީ ރުހުން ނުދިނުމަށެވެ.
އެހެންވެ، ނަޝީދު ވަނީ އެ މަގާމަށް އޭރު އެހެން ބޭފުޅަކު އައްޔަން ކުރައްވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޔޫޓޫ
14 February 2024
އީވާ ބޮލަކައް ތިޔަކަން ކަޑާނެކަމެއްނެތް ތިޔަ ހިންނަވަރު ޕާޓީ ތިއޮތީ ފެއިލްވެފަ ތިކަމުގަވެސް
ސޫދާ ސޮބްރީ
13 February 2024
ވަރަށް ސާފް. މިއެމްޑީޕީ މީހުން ދެން ނޮހެވެން އޮތް ކަމެއް ކުރާނަން. އުދަގުލެއް.
ރިފާއު މުހައްމަދު
13 February 2024
މި 3 މީހުންނަށް ރުހުންދޭން ޖެހޭ. ވަރަށް ހިންގުންތެރި 3 މީހުން މިއީ.
ތިހާމް ހަސަން
13 February 2024
އެމްޑީޕީއަކީ އެއްވެސް ވަރަކަށް ގައުމަށް ހެޔޮ އެދޭ ބަޔެއް ނޫން. ކުރަނީ ޖެއްސުން.
ފައްސާން ވަލީދު
13 February 2024
މި އެމްޑީޕީ އެކަކުވެސް ދެން މަޖިލީހަށް ހޮވާނެ ކަމެއް ނެތް،. ކުރަނީ ހުސް ޖެއްސުން.
ކިއްސަރުވަޑާން
13 February 2024
ކޮންމެ ކަމެއްގައި ތިމާމެންނަށް އެންމެ ފައިދާ ވާގޮތަކަށް ވިސްނާބަޔަކަށް ރައްޔިތުންގެ ހައްގުގައި ކޮށްދެވޭނެ ކަމެއް ނޯންނާނެ.. ތިޔަ މަޖިލީހެއްގެ ގަވާޢިދު ހެދިއިރުވެސް މި ދުވަސް އަތުވެދާނެކަމަށް ވިސްނިނަމަ ތިޔަށް ފަރުވާ މިހާރު ލިބޭނެ. ރުހުން ދިނުމުގެ ބައިގައި ވަޒީރަކަށް ރުހުން ނުދީފިނަމަ ދެން އަމަލު ކުރާނެގޮތް ބަޔާން ކުރިނަމަ މިއަދު މި ސަކަރާތެއް ޖަހާކަށް ނުޖެހޭނެ.. ނަމަވެސް އެއިރު ހުރީ ޕާޓީ ވެރިއެއްވީމަ އެކަމާ ނުވިސްނީ..
ހުމޭދް
13 February 2024
އެެއްވެސް ކުއްޖަކަށް އިންގޭތަ ސަފީރުން ހޮވުން އޮތީ ކޮން އިރަކުންކަން؟
އައްބެ
13 February 2024
ތީގައި މަޖިލީހުން ނުޖެހޭ ފާޑުފާޑުގެ ގަރާރު ނެރޭކަށް. ރުހުންދޭނެންޏާ ދޭންވީ ނުދޭނެންޏާ ނުދޭންވީ. އޭރުން ނިމުނީ. މުއިއްޒު އަނެއްކާ ފޮނުވީމައި އަނެއްކާ ވޯޓަށް އަހާނީ. އެހާ ފަސޭހަކަމެއް މަޖިލީހަަކަށް ނޫންދޯ އެނގޭނީ ރައީސް ވަޒީރުންނަށް އައްޔަންކުރަންވިބައެއް.
ށަވިޔަނި
13 February 2024
އެހެންވީ އިރު މަޖލީހަށް ނޫންތޯ އެނގޭނީ، ރުހުންދޭންވީ މީހުން، ރައީސް ފޮނުއްވީމާ، މުޠުލަޤަށް ރުހުން ދެންޏާ މަޖިލީހަށް ފޮނުވާނެ ކަމެއް ނެތެއްނު. މީގައި އޮންނަނީ ހަމަ އެކަނި ރުހުންތޯ ނުރުހުންތޯ؟ އެއްކޮޅެއް ނޫނެއްނު އޮންނަނީ، އެހެން ނަމަ އިމްތިޙާނެއް ގައި ބައިވެރިވާ މީހަކު ފާސްވުން ނޫން ގޮތެއް ނޯންނާނެތާ؟
މުކޭ،
13 February 2024
މަޖިލީހުން ވޯޓު ލަސްކޮއް ވަނީ ރައްޔިތުންގެ ހައްގައް އަރާގަތްފަ .. ދެން އަންނަ ބަޔަކުވެސް އެއހެން ވޯޓު ދިގުދަންމަމުން ގޮސް އެއްދައުރު ދެދައުރަށްވެސް ހަދާފާނެ
ކޮލަމާހުއްޓާ
13 February 2024
ބަރާބަރު. މުއިއްޒުވެސް ހުންނަން ޖެހޭނީ ގާނޫނީ އިމުގެ ތެރޭގައި.
ތުނޑުހަސަނު
15 February 2024
މުޢިއްޒު ހުރީ ގާނޫނީ އިމުގެ ތެރޭގައި. ފާސްނުވުމުން ފާސްކުރަން ކިތަންމެ ފަހަރަކަށް ވެސް މަސައްކަތްކުރަން ފުރުސަތު އޮތީ ހުޅުވިފައި. ރުހުން ނުދެންޏާ ނުދިނީމަ ނިމުނީ. އަނެއްކާ ވެސް އަލުން އައްޔަންކުރަން ހުރަސް އަޅާނެ ގާނޫނީ ހުއްޖަތެއްނެތް. ކ