ޚަބަރު / ދިވެހި ބަހާއި ތާރީހާ ބެހޭ މިނިސްޓްރީ

ހެރިޓޭޖު މިނިސްޓްރީ އަށް 30،000ރ. ގެ މުސާރައިގައި 10 ވިލަރެސްވެރިން ހޯދަނީ

ހުރަވީ ދުވަސް ފާހަގަކުރަން ސަރުކާރުން ބޭއްވި ޖަލްސާ އަށް ރައީސް ޑރ. މުއިއްޒު ވަޑައިގަތުމުން ދިވެހި ބަހާއި ސަގާފަތް އަދި ތަރިކައާ ބެހޭ ވަޒީރު މަރުހަބާ ދަންނަވަނީ.---ފޮޓޯ: ރައީސް އޮފީސް

ކޮންމެ މަހަކު 30،000ރ. މުސާރަ އާއި އިނާޔަތުގެ ގޮތުގައި ދޭ ގޮތަށް 10 ވިލަރެސްވެރިން ނުވަތަ ކޯޑިނޭޓަރުން ހޯދަން ދިވެހި ތަރިކަ ދިރާސާ ކުރާ ގައުމީ މަރުކަޒުން އިއުލާންކޮށްފި އެވެ.

ދިވެހި ގައުމީ ތަރިކަ ދިރާސާކުރާ މަރުކަޒު މިދިޔަ މަހުގެ 18 ގައި އުފެއްދީ ދިވެހި ގައުމިއްޔަތު ދިރުވުމަށެވެ.

ދިވެހިބަހާއި ތާރީހާއި ސަގާފަތާ ބެހޭ މިނިސްޓްރީ އިން އިއްޔެ ކުރި އިއުލާނެއްގައި ބުނީ، ވިލަރެސްވެރިންނަށް އަސާސީ މުސާރައިގެ ގޮތުގައި 25,000ރ. ލިބޭނެ ކަމަށެވެ. އެލަވަންސްގެ ގޮތުގައި 5,000ރ. ލިބޭއިރު، ރޯދަ އެލަވަންސް ވެސް ލިބޭނެ ކަމަށް އެ އިއުލާނުގައި ވެ އެވެ.

ދެ އަހަރު ދުވަހަށް ނަގާ އެ ވަޒީފާ އަށް ކުރިމަތިލުމަށް ހުޅުވާލާފައި ވަނީ އަންނަ އަންގާރަ ދުވަހުގެ ނިޔަލަށެވެ.

މަގާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

1. ދިވެހިވަންތަކަމުގެ ބަހާތައް ހިމާޔަތްކޮށް، ދިރުވައި އާލާކޮށް ދެމެހެއްޓުމާ ބެހޭ މައުލޫމާތު އެއްކުރުމާއި ދަސްކުރުމާ ދިރާސާކުރުމާއި ހުށަހަޅައިދިނުމުގެ މަސައްކަތް ވިލަރެސް ކުރުން.

2. ދިވެހިވަންތަކަމުގެ ބަހާތަކާ ބެހޭ ދިރާސާތައް ޝާއިއުކުރުމަށް ތައްޔާރުކުރާ ތަކެތީގެ ފުރިހަމަކަން ޗެކްކުރުން.

3. ދިވެހިވަންތަކަމުގެ ބަހާތަކާ ބެހޭ އުފެއްދުންތައް އިތުރުކުރުމުގެ މަސައްކަތްކުރުމަށް ޝައުގުވެރިކަން ހުރުން.

4. ސުޕަވައިޒް ކުރަންޖެހޭ މުވައްޒަފުންގެ މަސައްކަތްތައް ސުޕަވައިޒްކޮށް އެ މުވައްޒަފުންގެ މަސައްކަތު ފެންވަރު ބެލުން.

ދިވެހިބަހާއި ތާރީހާއި ސަގާފަތާ ބެހޭ މިނިސްޓަރު އާދަމް ނަސީރު އިބްރާހިމް.--

އެ މަގާމަށް ކުރިމަތިލާ މީހުންގެ ހުންނަން ޖެހޭ ޝަރުތު

1. ބެޗެލާސް ޑިގްރީއެއް ހާސިލު ކޮށްފައިވުމާ އެކު، ތައުލީމީ/ ކިޔަވައިދިނުމުގެ ދާއިރާގައި މަދުވެގެން އެއް އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ މީހެއް ކަމުގައިވުން.

2. ޑިގްރީ ނުވަތަ ޑިޕްލޮމާއެއް ހާސިލްކޮށްފައިވުމާ އެކު، މަސައްކަތު ދާއިރާގައި މަދުވެގެން ދެ އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ މީހެއް ކަމުގައި ވުން.

3. "ސާނަވީ" ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިހާނަކުން ދެ މާއްދާއިން ދަށްވެގެން "ޑީ"' ގްރޭޑް ލިބިފައި ވުމާ އެކު، "ސެކަންޑަރީ ސްކޫލް" ނުވަތަ "ހަޔާ ސެކަންޑަރީ ސްކޫލް" ސެޓްފިކެޓް އިމްތިހާނުގައި "ދިވެހި" މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބި، ދިވެހިވަންތަކަމުގެ ބަހާތައް ދިރާސާކުރުމަށް ޝައުގުވެރިމުވާ އެކު މަދުވެގެން ތިން އަހަރު ދުވަހުގެ އިދާރީ މަސައްކަތް ކުރުމުގެ ތަޖުރިބާ ލިބިފައިވާ މީހެއް ކަމުގައިވުން

އެ އިން ކޮންމެވެސް އެއް ޝަރުތެއް ފުރިހަމަ ވުމާ އެކު، އެއީ ދިވެހި ބަހާއި އިނގިރޭސި ބަހުން ލިޔަން ކިޔަން އަދި ޕްރެޒެންޓޭޝަން ހުށަހަޅަން އެނގޭ މީހެއް ކަމުގައި ވާން ޖެހެ އެވެ. އެ މަގާމަށް ކުރިމަތިލާ މީހުން ވާން ޖެހެނީ އުމުރުން 35 އަހަރުން ދަށުގެ ބަޔަކަށެވެ.

ދިވެހިބަހާއި ތާރީހާއި ސަގާފަތާ ބެހޭ މިނިސްޓްރީގެ ދަށުން ހިންގައި، ގައުމިއްޔަތު ދިރުވަން އިތުރު ތިން އިދާރާއެއް ވަނީ އުފައްދައިފަ އެވެ. އެއީ ދިވެހި ގައުމީ ތަރިކަ ދިރާސާކުރާ މަރުކަޒާއި ދިވެހި ގައުމީ ތަރިކައިގެ ކޮލެޖު އަދި ދިވެހި ގައުމީ ޗާޕުހާނާއެކެވެ.

ދިވެހިންގެ ގައުމިއްޔަތު ދިރުވައި އާލާކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވަރަށް ބޮޑު ވައުދެކެވެ.

29 ކޮމެންޓް, 34 ރިއެކްޝަންސް

icon happy icon happy 3%
icon sad icon sad 3%
icon angry icon angry 94%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ނަފްސާނީ ވަޒީރު

17 February 2024

އެންމެ ހަމަ ޖެހޭ ވަޒީރު، އެއޮތް ފަށުއި ކަމެއް ވާހަކަ ދެއްކުމުގަ ވެސް، އަނެއްކާ މިކަހަލަ މަގާމެއް ލިބުނީމަ، ދުވަސް ކޮޅަކުން މީނަ އަތަށްވެސް މައިކު ނުދީ އުޅެން ޖެހިދާނެހެން ހާދަ ހީވެއޭ. ކަމެއް ރީތި ކުރަން މީނަޔާ ހަވާލު ކޮށްފިއްޔާ އިސްރާއީލްވެސް ނަގައިފާނެ ދޯ މައްކާ ދަރަޖަ އަށް. ޅެންވެރިން، ދޮގުވެރިން.

The name is already taken The name is available. Register?

އަލިބެއްޔާ200

16 February 2024

35 އަހަރު ނުވާ ޑީ ފާސް ތިބި ތިން އަހަރުގެ ތަޖުރިބާ ހުރި މީހުންނަށް 30،000 ރުފިޔާ ދޭން ތި ވަކި ބަޔަކަށް ދޭ ހަދިޔާތަކެއް. 10 އަހަރުގެ ތަޖުރިބާ ހުރި ޑިގްރީ ފެންވަރުން މަތީ އަދި 35 އަހަރުވެފައިވާ މީހުންވީ އެންމެ ދަށް މުސާރައިގައި ސިވިލް ސާވަންޓުގޮތުގައި ދިރިއުޅެން. 30،000 ލިބެނީ ވަކިބަޔަކަށް. ސިޔާސީ މަޤާމެއް ދެން އިތުރެއް ނުކުރާނެ. މިބާވަތުގެ މަކަރުވެރި މަޤާމުތައް މުޅިންވެސް ފެންނާނީ.. އަހަރުމެން އުމުރުދުވަހު އުޅޭނީ ނިކަމެތިން ގޮތުގައި.

The name is already taken The name is available. Register?

އަބްޑޫޅް +

16 February 2024

ތިޔަ ދިރުވާ އެއްޗަކަށް "ގައުމިއްޔަތު ދިރުވުން" ކީމަ ނު ދިރުވި ކަރުގަ ތާށި ވާނީ. ރަގަޅު ގޮތަކީ، "ރަށްވެހިކަން ދިރުވުން". ގައުމިއަޔަތަކީ ދިވެހި ބަހެއް ނޫން.

The name is already taken The name is available. Register?

ގައިމު

15 February 2024

ގައިމު މުއްޢިޒު ބުނި ސިޔާސީ މަގާމު ހަދާ ނިމުނީޔޭ... އަނެއްކާ އުނބަ ޖެހީ..

The name is already taken The name is available. Register?

ސަރުދާރުމައުހަދު

15 February 2024

އެމަންޖެ ކުލާހަށް ނުވަންނާނަމޭ ސަރުދާރު ކިޔަވަދެންޔާ އޭ ބުނީ ހަމަ ރަގަޅައް. އަދި ކިރިޔާ ސަރުދާރުގެ ހުރިދޯހަޅިކަން މިހިރަ ފެންނަނީ ދޯ

The name is already taken The name is available. Register?

އެކަމަކު ސިޔާސީ މަޤާމު އިތުރު ނުކުރައްވާނަމޯ!

15 February 2024

ބަހާއި ޢަމަލު ދިމާނުވުމަކީ މުނާފިގުންގެ ސިފައެކެވެ.

The name is already taken The name is available. Register?

ތަކުރު،،

14 February 2024

"ދެ މާއްދާއިން ދަށްވެގެން "ޑީ"' ގްރޭޑް ލިބިފައި ވުން" - ވަރަށް ދަށްކޮށް ހަދާފަ އޮތް ޝަރުތެއް މިއީ. ފާސް ނުވިޔަސް އޯކޭ ކަމަށް މިއޮތީ. ދެން ފެންވަރު ނެތް އެކްޓިވިސްޓުންނަށް މަގާމުތައް ބަހަން ޕްލޭން ކުރަންނާ މިގޮތަށް ޝަރުތުތައް ހެދިދާނެ.

The name is already taken The name is available. Register?

ހަސަން ކުރުސީ

14 February 2024

ތޮއްޔިބަށް ސްޓެލްކޯއިން ވަޒީފާދީގެން އޮތީ ވަރަށް މައްސަލަގޯވެފާ. އަނެކަމަށް އެންބަސީއިން ވަޒީފާ ދީގެންވެސް. ތިޔަ 10 މީހުންކުރެ އެކަކަށް ވާނެ ލޫކަސް. އޭރުން އޭނާއަށް ޚާއްސަކޮށް ދިން ވަޒީފާއަކަށް ނުވާނެތާ.

The name is already taken The name is available. Register?

ތޭރަ

14 February 2024

ފާޑު ކިޔުން އަމާޒުވެ ސަރުކާރު ކޮށި އެރުމުން މިހާރު މިފެންނަނީ ޑެޕިއުޓީ މިނިސްޓަރުން ނުކިޔާން ވެގެން ޑެޕިއުޓީ މިނިސްޓަރުންގެ މުސާރައިގެ ފެންވަރުގައި ވިލަރެސްވެރިން ކިޔާފަ ވަޒީފާ ދޭން ބޭނުންވާ މީހުންނަށް ވަޒީފާ ދެނީ. މި ހަމަ އެއްކަލަ އިންޑިޔާ ސިފައިން ބޭލި ވާހަކައަށް މިކަންވެސް މިވަނީ. ހަމަ ހޮޅި ވާހަކަ. ގައުމު ބަނގުރޫޓު ކޮށްލާނެ 5 އަހަރު ދީފިއްޔާ

The name is already taken The name is available. Register?

އަފްރާސިޔާބު

15 February 2024

40 ވިލަރެސް ވެެރިން ކުރިންވެސް 30 ރުފިޔާއަށް ވުރެ މަތިން މުސާރަ ނަގައިގެން ގައުމުތަކުގައި އުޅުނު ކަމަށްވޭ.އެއީ އެތާނގެ ވެރިމީހާގެ އަމުރު ލިބިގެން ކަމަށް ބުނަނީ. އެތާނގައި ކުޑަވަރެއްގެ ސަރުކާރެއް ހިންގަމުންނޯ ދިޔައީ.

The name is already taken The name is available. Register?

ޢުމުރު

14 February 2024

ތިކަން ކުރެވޭނެ 35 އަހަރުން ދަށުގެ މީހަކު ވަރަށް ނުހުންނާނެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454