ކުޑަ ހެންވޭރުގެ ސަޕޯޓަރުންގެ ތެރެއިން ބަޔަކު އަނަޓޮލީއާ ދިމާ ކުރަނީ: އެ ހާދިސާގެ ސަބަބުން އޭނާ ހުރީ ބިރުވެރިކަމެއްގެ ތެރޭގައި ކަމަށް އޭނާގެ ގާތް މީހަކު ބުނި --- ފޮޓޯ: މިހާރު
15 ފެބުރުއަރީ 2024 - 11:30
ކުޑަ ހެންވޭރުގެ ސަޕޯޓަރުންގެ ބަޔަކު ދަނޑަށް އަރައި ވިކްޓަރީގެ ފޯވާޑް އަނަޓޮލީ ވްލަޝިޗޭވްއާ ދިމާކުރުމުން އޭނާ ހުރީ ބިރުވެރިކަމެއްގެ ތެރޭގައިކަން އޭނާގެ ގާތް މީހަކު ބުނެފި އެވެ.
ދެވަނަ ޑިވިޝަނުގެ ކުއާޓާ ފައިނަލުގައި ކުޑަ ހެންވޭރުގެ ސަޕޯޓަރުންގެ ބަޔަކު ދަނޑަށް އަރައި ވަނީ އަނަޓޮލީއަށް ހަމަލާ ދޭން މަސައްކަތް ކޮށްފަ އެވެ. އެއީ އޭނާ ކުޑަ ހެންވޭރު ކުޅުންތެރިޔަކަށް ކުރި ފައުލާ ގުޅިގެން އޭނާ އަށް ރެފްރީ އެކަށީގެންވާ ފިޔަވަޅެއް ނޭޅުމުންނެވެ.
ކުޑަހެންވޭރުގެ ސަޕޯޓަރުން ވަނީ އަނަޓޮލީގެ ފަހަތުން ދުވެ އޭނާ އަށް ހަމަލާ ދޭން އުޅެފަ އެވެ. ދަނޑުގެ އިސްތިހާރު ބޯޑު މަތިން ދަނޑުގެ ކޮމަޕްއުންޑު ބޭރަށް އޭނާ ފުންމާލުމުން ވެސް އޭނާގެ ގައިގައި ޖަހަން މަސައްކަތް ކޮށްފައި ވެއެވެ. އެ ހަމަނުޖެހުންތަކާ ގުޅިގެން މެޗު އިތުރަށް ކުރިއަށް ނުގެންދެވިގެން ހުއްޓާލީ އެވެ.
އަނަޓޮލީއާ ގާތް ގުޅުމެއް އޮންނަ މީހަކު "މިހާރު" އަށް ބުނީ އެ ހަމަނުޖެހުންތަކުގެ ސަބަބުން އޭނާއަށް ރައްކާތެރިކަމެއް ނެތް ކަމުގެ އިހްސާސް ކުރެވުނު ކަމަށެވެ.
"އެހާހިސާބުން އޭނާ ނިންމައިފި ރާއްޖޭން ވަގުތުން ފުރަން. ޓީމުގެ ކޯޗަށް ވެސް މެސެޖްކޮށްފަ ބުނި ދެން ތިމަންނައަކަށް ނުވާނޭ. އޭނާ އަށް ރައްކާތެރިކަން އޮތް ކަމުގެ އިހްސާސެއް ނުކުރެވޭ،" ނަން ހާމަ ކުރަން ބޭނުން ނުވެ "މިހާރު" އާ ވާހަކަ ދެއްކި މީހާ ބުންޏެވެ.
"ވީޑިއޯތައް ބަލާލީމަ ވެސް ފެނޭ ހަމަ ސީދާ ޓޯނީ [އަނަޓޮލީ] އާ ދިމާކުރަން މަސައްކަތްކޮށްފަ ހުރީ. މިކަހަލަ ކަމެއް ދީމާވީމަ ހަމަ ކޮންމެ މީހަކު ވެސް ބިރު ގަންނާނެ."
މިއީ ދުވަހަކުވެސް މިރާއްޖޭގައި ފުޓްބޯޅަ ދަނޑެއްގައި ފެނުނު މަންޒަރެއް ނޫން! #ދިވެހީންގެރާއްޖެ #DhivehingeRaajje
— Badr' (@Badruddeen) February 7, 2024
pic.twitter.com/EzLdHmm2J4
ކުޑަ ހެންވޭރުގެ ސަޕޯޓަރުން އަނަޓޮލީ ފަހަތުން ދުވާ ވީޑިއޯ
އޭނާ ބުނީ، އިތުރަށް ނުކުޅެވޭނެކަން އެންގި ފަހުން، އޭނާ ޓީމުގައި މަޑުކުރެވޭތޯ ވިކްޓަރީގެ މެނޭޖެމެންޓުން ވެސް ވަރަށް ވާހަކަ ދެއްކި ކަމަށެވެ. "އެކަމަކު ޓޯނީ ނިންމީ ދާން،" އޭނާ ބުންޏެވެ.
މިދިޔަ ހޯމަ ދުވަހު، ވާދަވެރި ނިއު ރޭޑިއަންޓާ ދެކޮޅަށް ކުޅުނު މެޗުގައި ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ވެސް އަނަޓޮލީ ލިސްޓްކޮށްފައެއް ނެތެވެ.
"އޭރު އޭނާ ރާއްޖޭން ފުރައިފި،" ނިއު ރޭޑިއަންޓާ ދެކޮޅަށް ކުޅުނު މެޗުގައި ދަނޑު ވެސް އަދި ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ވެސް ނުފެނުނު ސަބަބާ ބެހޭގޮތުން އަނަޓޮލީގެ ގުޅުން އޮންނަ މީހާ ބުންޏެވެ.
ނިއުގެ މެޗަށް ފަހު ފުރަތަމަ ޑިވިޝަނުގެ ޖާގަ ކަށަވަރު ވުމުން، ކުރިއަށް ގެންދިޔަ އުފާފާޅު ކުރުމުގައި ވިކްޓަރީގެ ކުޅުންތެރިން ވަނީ އަނަޓޮލީ ބޭނުން ކުރި ހަތް ނަންބަރު ޖޯޒީ ފެންނާނެ ގޮތަށް ގުރޫޕް ފޮޓޯގައި ދައްކާލާފަ އެވެ.
މެޗެއްގެ ތެރެއިން ގަލޮޅު ދަނޑުގައި ހިނގި ހަމަނުޖެހުން ހުއްޓުވަން ފުލުހުން މަސައްކަތްކުރަނީ: ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގުކުރަމުން.-- ފޮޓޯ: މިހާރު
އެކަމަކު އެ ހަމަނުޖެހުމާ ބެހޭގޮތުން ވިކްޓަރީން އިއްޔެ ނެރުނު ބަޔާނުގައި އަނަޓޮލީ އަށް ކުރިމަތިވި ހާލަތާ ބެހޭގޮތުން ވާހަކަ ދައްކާފައެއް ނެތެވެ. އެ ބަޔާނުގައި ބުނީ ވިކްޓަރީގެ ކުޅުންތެރިންނާ އޮފިޝަލުންނަށް އެކިވަރުގެ އަނިޔާތައް ލިބުނު ކަމަށެވެ.
ނަމަވެސް ކުޑަ ހެންވޭރުގެ ޓީމުގެ ކުޅުންތެރިޔެއް އަދި އޮފިޝަލެއްގެ ފަރާތުން އެއްވެސް ކަމެއް ވިކްޓަރީގެ އެއްވެސް އޮފިޝަލަކަށް އަދި ކުޅުންތެރިޔަކަށް ވެސް ކުރިމަތި ވެފައި ނުވާކަން ވެސް ވިކްޓަރީގެ ބަޔާނުގައި ވެއެވެ.
"މި ބަޔާން މި ވަގުތު މި ނެރުނީ ކުޑަހެންވޭރު (ޓީމުގެ) އޮފިޝަލެއްކަމަށްވާ އިބްރާހިމް އަލީފް ރައޫފް ދަނޑަށް އަރާ ވިކްޓަރީ ސްޕޯޓްސް ކްލަބްގެ ޓީމަށް ގެއްލުން ދީފައިވާ ކަމުގެ އަޑުފެތުރުމާ ގުޅިގެން ސަޕޯޓަރުންނަށް ހަގީގަތް ބަޔާންކޮށް ދިނުމުގެ މަގުސަދުގައި ކަމަށެވެ،" ވިކްޓަރީގެ ބަޔާނުގައި ވެއެވެ.
ކިރިގިސްތާނަށް ނިސްބަތްވާ އަނަޓޮލީ ވަނީ މީގެ ރާއްހޭގެ ފުރަތަމަ ޑިވިޝަނުގައި ވެސް ކުޅެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖޯންފިލި
17 February 2024
އަކޫ- ތިނޫން އެއްޗެއް ބުނުމުގެ ހިއްވަރުވެސް ނުހުންނާނެ.
ޕާޓޭން
17 February 2024
ޢެހެންވާނީ ޕާޓޭން ފުޓްބޯޅަ ކުލަބް ތައްހެދީމަ
ހެހެހެހެހެހެ
15 February 2024
ބަޔަކު ކިތަންމެ މަސައްކަތެއް ކުރިޔަސް، ދިވެހި ފުޓްބޯޅަ ކުރި ނާރާނެ ކަމުގެ ހެކި މިއީ! ގަވްމު އޮތީ މިހާރު ވަރަށް ވަރުގަދަ ބަޔެއްގެ އަތްމަތީގައި!
ސަޕޯޓަރެއްއް
15 February 2024
ދިވެހި ފުޓްބޯޅަ މަރުވެފައި އޮއްވާ ވިކްޓްރީ އަދި ނިޔު ރޭޑީއަންޓް ފަދަ ޓީމް ތަކުން ފުޓްބޯޅަ ދިރުވަން ހެޔޮ ނިތަތުގައި މަސައްކަތް ކުރަމުން ދަނިކޮށް، މި ފަދަ އަމަލު ތަކަކީ އެ ކްލަބުތައް މާޔޫސް ކޮށްލާނެ ކަންކަން! ވިކްޓްރީ ނިޔު ރޭޑިއަންޓުން މިދިޔަ 2 އަހަރު ވަނީ ފުޓްބޯޅަ އަށް ޓަކާ އެތަށް މިލިޔަނެއްގެ ފައިސާ ހަރަދު ކޮށްފައި!
ވާވާ
15 February 2024
މިއީ ވަރަށް ހިތާމަ ހުރި ކަމެއް! ވިކްޓްރީގައި ހުރި އެންމެ މުހިންމު ކުޅުންތެރިޔަކީ މިފަހަރު އަނަޓޮލީ! އަނަޓޮލީ ނުލާ ވިކްޓްރީ ކުޅެންޖެހުމުން ވިކްޓްރީ އޮތީ އަސްލު ވަރަށް ހާސްކަންމަތީ ކަން އަޑު އެހިން! ނިޔު މެޗުން ވިކްޓްރީ ބަލިވިނަމަ، ބަލިވާނީ އަނަޓޮލީ ނެތިގެންކަން ވަރަށް ޔަގީން! މާނައަކީ ވިކްޓްރީ މިދިޔަ 2 އަހަރު ކުރި މަސައްކަތް ކުޑަ ހެންވޭރުގެ ސަބަބުން ފެނަށް ދިޔައީއެއެވެ! މިކަމާ ސަރުކާރުން ވަރަށް ސީރިއަސް ފިޔަވަޅު އަޅަން ޖެހޭނެ!
އޯކޭ
15 February 2024
ފީފާއިން ރާއްޖެއަށް ފިޔަވަޅު އަޅައިގެން ނޫނީ މިކަހަލަ ކަންތަކެއް ނުހުއްޓުވޭނެ..ނޫނީ މާރަމާރި ހިންގި ސަޕޯޓަރުން ނިސްބަތްވާ ޓީމް އަށް އެފް.އޭ.އެމް އިން ސަސްޕެންޝަން އެއް ދޭންޖެހޭނެ..އަދި ދެވޭ ސަސްޕެންޝަނަކީ ވަރުހުރި އޭގެ ސަބަބުން ހުރިހާޓީމް ތަކަކުން އަދި ސަޕޯޓަރުން ކުޅިވަރުގެ ރޫޙާ ހިލާފް ނުވާނެފަދަ އަސަހުރި އިބްރަތް ލިބޭނެފަދަ ސަސްޕެންޝަނަކަށް ވާން ޖެހޭނެ..
ހަލާކޯ
16 February 2024
އުމުރަށް ސަސްޕެންޑް ކުރަން ޖެހޭ
ގތގބތ
15 February 2024
އިބްރާހިމް އަލީފް ރައޫފް.. މި ނަން ގޫގުލް ގަ ޖަހާލާފަ ބަލާލަބަލަ..
ވޯލް
15 February 2024
ކުޅުންތެރިއެއް ދަނޑުމަތީ ކުރާ ފައުލްއަށް ކުޅިބަލަން ތިބޭ މީހުން ގޮތް ނިންމަންވެއްޖެއްޔާ ދެން ކުޅި ބަލަން ދަނޑަށް ނުވަނުން ބުއްދިވެރިވަނީ. ފުޓުބޯލައަކީ އެންމެ ފިޒިކަލް އެއް ގޭމް.
މޯޑް
15 February 2024
ކިހިނެއް ކަމެއް ރަގަޅު ވާނި ވިކުޓްރީ ބަޔާން ފެނިފަ އަމަށަކު ރުޅިއެއްނޫން އައީ. ސީދާ ކަޑަ އެޅިގެން ދޮގު ބަޔާން ނެރެފަ
އަޒީޒު
15 February 2024
ވިކުން ސޮބާ ކޯޗު އަގަމަތީ ޖެހި ފަދަ ބަޔާނެއް
ސަފޯޓަރ
15 February 2024
ވަރަށް ޒިންމާދަރު ކަން ކުޑަ ބަޔާނެއް ވިކުޓްރީން ނެރެފައޮތީ..އެއްވެސް ކަމެއް ނުވާކަހަލަ ގޮތަކަށް ބަސްމަގުހުރީ. އެކަމު ރޯމާދުވާލު މާރާމާރީ ހިންގީ ސޮބާއަގަމަތި ފަޅާލި އަންޗޮލިޓީއަށް ހަމަލާދިން މަންޒަރު އެހުރީ ފެންނަށް