ދިރާގުގެ މައި އޮފީސް: ދިރާގުގެ އިންޓަނެޓްގެ ހިދުމަތް ވަނީ މެދުކެނޑިފައި.-- ފައިލް ފޮޓޯ: މިހާރު
16 ފެބުރުއަރީ 2024 - 20:17
ޓެކްނިކަލް މައްސަލައެއް ދިމާވެ ދިރާގުގެ އިންޓަނެޓްގެ ހިދުމަތަށް މިއަދު ބުރުއަރައިފި އެވެ.
ދިރާގުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުން އެ ނެޓްވޯކުގެ ހިދުމަތް ބޭނުންކުރާ ބައެއް ކަސްޓަމަރުންނަށް މޯބައިލް އިންޓަނެޓާއި ފައިބާ ބްރޯޑްބޭންޑްގެ ހިދުމަތް މެދުކެނޑިފައިވާ ކަމަށެވެ.
📢Public Announcement
— Dhiraagu (@Dhiraagu) February 16, 2024
Due to an unexpected technical issue, some of our customers are currently experiencing difficulties in using internet on mobile and fibre broadband services.
Our team is working to rectify the issue as soon as possible. We apologise for the inconvenience…
އެ ކުންފުނިން ބުނީ މި މައްސަލަ ހައްލުކުރަން މަސައްކަތްކުރަމުން އަންނަ ކަމަށެވެ.
"ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިކަށް މާފަށް އެދެން އަދި ދެއްވާ އެއްބާރުލުމަށް ޝުކުރު އަދާކުރަން،" ރާއްޖޭގައި އެންމެ ގިނަ ބަޔަކު ބޭނުންކުރާ ނެޓްވޯކުން އެކްސްގައި ކުރި ޕޯސްޓުގައި ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޫންސަރު
17 February 2024
ވަކިތަފާތެއް ފާހަގައެއްުކުރެވޭ، އަބަދުވެސް ހަމަ ތިހާލެއްގަ.
ލޭކޮކާ.
16 February 2024
މީ ޚިދުމަތެއް ދޭ ބައެއްތަ؟ ރައްޔިތުން ފެލާލަނީ މަކަރުވެރިކަމުން…ލޭބޮއެ ބޮއެ މުއްސަނދިވަނީ….
އުދުހޭ
16 February 2024
ޅެމުން ފަރުވާނުދޭތީ ވާހާ ގޮތްގޮތް؟
ގަމާރޭ
16 February 2024
ހިދުމަތް މެދުކެނޑިފަ އޮންނަ ވަގުތުތަކަށް ބިލުން ފައިސާ އުނކުރަންވީނު..