އެމްޕީއެލްގެ ސީއީއޯ "މިހާރު" ގެ ޓީމަށް ބަނދަރުގެ މަސައްކަތްތައް ދައްކާލަނީ -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު
18 ފެބުރުއަރީ 2024 - 10:48
އެމްޕީއެލް އިން ބޯޓުފަހަރުން ނަގާ ފީތައް ޑޮލަރުން ނަގަން ވަރަށް އަވަހަށް ފަށާނެ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ވަޖީހު އިބްރާހިމް ވިދާޅުވެއްޖެ އެވެ.
"މިހާރު" އަށް ދެއްވި އިންޓަވިއުގައި ވަޖީހު ވިދާޅުވީ، މުދާ ރާއްޖެ އަށް ގެންނަ ފަރާތްތަކުން ނުވަތަ ކޮންސައިނީ އިން ބޯޓަށް ފައިސާ ދައްކަނީ ޑޮލަރުން ކަމަށާއި އެ ފަރާތްތަކުން ރުފިޔާއިން ފައިސާ ދައްކާ ނަމަ އިމްޕޯޓު މުދާ ގެންނަ ފަރާތްތަކުން 20 ޕަސެންޓް އިތުރަށް ފައިސާ ދައްކަން ޖެހޭ ކަމަށެވެ.
"ޝިޕުން އެޖެންޓުން ނަގާނެ 20 ޕަސެންޓް އިތުރަށް ރުފިޔާއިން ދައްކަންޏާ. [އެހެން އެ ވަނީ] ބްލެކް މާކެޓުގައި ޑޮލަރު އަގު ބޮޑުވީމަ ކަމަށް ވެސް ވެދާނެ ފަހަރެއްގައި. އެހެން ނަމަވެސް މިގޮތަށް މިކަން އޮންނަ އިރު ބޯޓު ފަހަރުން އެމްޕީއެލް އަށް މި ދައްކަނީ ރުފިޔާއިން،" އޭނާ ވިދާޅުވި އެވެ.
ވަޖީހު ވިދާޅުވީ، މިއީ އިންސާފެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށާއި އެއާޕޯޓުން ވެސް ބޯޓުތަކުން ނަގާ ފީތައް ދައްކަނީ ޑޮލަރު ކަމަށެވެ. އެހެންވެ، އެމްޕީއެލްއިން ވެސް އޭޖެންޓުންނާއި ކަނޑު ބޯޓުތަކުން ޑޮލަރުން ފީ ނެގުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ގަބޫލުކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ކަސްޓަމަރުން އަތުން ބޯޓުފަހަރުން ޗާޖު ކުރަނީ ޑޮލަރުން. ދެން ކީއްވެގެންހޭ އެމްޕީއެލް އިން ބޯޓުފަހަރުން ރުފިޔާއިން ފީ ދައްކަން ޖެހެނީ،" އޭނާ ވިދާޅުވި އެވެ.
އެމްޕީއެލްގެ ބަނދަރު ސަރަހައްދު. އެޖެންޓުންގެ އަތުން ނަގާ ފީތައް ޑޮލަރުން ދައްކަން ވަރަށް އަވަހަށް ފަށާނެ ކަމަށް އެ ކުންފުނިން ބުނި -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު
އެގޮތަށް އެކަން ހަމަޖައްސައި، ބޯޓު އެޖެންޓުންނާއި އޯނަރުންނަށް ވަރަށް އަވަހަށް އަންގާނެ ކަމަށް ވަޖީހު ވިދާޅުވި އެވެ. އަދި ބައެއް އެޖެންޓުންނާ މިހާރު ވެސް އެކަން ހިއްސާކޮށްފައިވާ އިރު، އެފަރާތްތަކުން ވެސް ޑޮލަރުން ފީ ދައްކަން އެއްބަސްވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އެމްޕީއެލް އިން 2008 ވަނަ އަހަރާ ހަމައަށް އެޖެންޓުންގެ އަތުން ފީ ނަގަމުން ދިޔައީ ޑޮލަރުންނެވެ. އެހެން ނަމަވެސް، އޭރު ސަރުކާރުގެ ސިޔާސަތުތަކަށް ގެނައި ބަދަތުތަކާ ގުޅިގެން 2008 ވަނަ އަހަރުގެ ފަހުން ބޯޓުތަކުން ފީ ނަގަން ފެށީ ދިވެހި ރުފިޔާއިންނެވެ.
ވަޖީހު ވިދާޅުވީ، ޑޮލަރުން ފީ ނަގަން ފެށުމުން، ރާއްޖޭގެ ޑޮލަރުގެ ތާށިކަމަށް ވެސް ކޮންމެވެސް ވަރެއްގެ ލުޔެއް ލިބޭނެ ކަމަށެވެ. އަދި ބޭންކްތަކަށް ވަންނަ ޑޮލަރުގެ އަދަދު އިތުރުވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
123456.
19 February 2024
ބޯޓުތަކުން ވިޔަފާރި ކުރާ މީހުން އަތުން ޑޮލަރުން ނަގަނީ. ޢެމްޕީއެލް ޑޮލަރުން ބޯޓްތަކުން ނަގާތީ ރާއްޖެއަ ލިބޭ ކުރި އެރުމެއް.
ޢެމެރިކާ
19 February 2024
ހުރިހާ ކަމެއް ގޯސްވީ 2008ގަ. ޢެމްޑީޕީ އުޅުނީ ރާއްޖެ ފުނޑާލަން.
ބަނގުރޫޓު އެއްޖެ
18 February 2024
މިހާރު ޑޮލަރަށް އޮތްޑިމާންޑު ދެގުނަވާނެ ، ޑޮލަރ ރޭޓު -/20ރ އިން މައްޗަށް އަރާނެކަމީ ޝައްކެއް އޮތްލަމެއްނޫން ،
ބަރުބާދު
18 February 2024
އެބުނަނީ ގެންނަމުދަލުން ޑިއުޓީ ޑޮލަރުން ނަގާވާހަކައެއްނޫން، ކަސްޓަމައް ބޯޓުން ދައްކަންޖެހޭފީ ޑޮލަރުން ނަގާވާހަކަ.
އަފްރާސިޔާބު
18 February 2024
އެބުނަނީ ކައިގެންނޭ ފުރާނީ ނުކައި ނުފުރާނަމޯ. ރާއްޖެއިން ޑޮލަރު ޖަހާނަމަ ކަސްޓަމަށްވެސް އެހެންތާކަށްވެސް ނުދައްކާނެ ޑޮލަރު ނޫން އެހެން އެއްޗެއް.
ބަދަލަކަށް
18 February 2024
ލަންކާ އިންޑިއާ ބަންގްލަދޭޝް ގެ ކުންފުނިތަކަށް މިކޮޅުގަ ޗެލެންޖް ކުރެވޭ ވަރުގެ 100% ދިވެހި ކުންފުނިތަކެއް އުފައްދަން ވެއްޖެ. ޚާއްސަކޮށް ޝިޕިންގް އަދި އިމްޕޯރޓްގަ
ގުދުގުދުލީބެއްޔާގެ ތެދުބަސް
18 February 2024
ވަޖީހުވެސް ދެން އުނގުން ޑޮލަރު މާރުކުރަންތޯ ނުކުންނާނީ؟
ވެރިޔާ
18 February 2024
ދެން ހަމަ ރައްޔިތުންޖެހޭނީ ބުލެކް މާކެޓުން އަގުބޮޑުކޮށް ޑޮލަރު ގަނެފަ ދޭން.. ތަކެތީގެ އަގު ހަމަ ބޮޑުވާނީ ކޮބާހޭ ރެކޯޑް އަދަދަށް ދުވާލަކު އަންނަ ފަތުރުވެރިންގެ ޑޮލަރ ތައް..
ރފޔ
18 February 2024
ދިވެހި ރުފިޔާ އުވާލަފަ ޑޮލަރުން މުއާމަލަތް ކުރަން ބަދަލު ކުރަންވީ. ރުފިޔާ އުވާލާ.
ކޮރަލް
18 February 2024
ހަމަ ޖހޭ ކަމެއް ނޫނެވެ. ރިސޯޓް ތަކަށް ގެންނަ އެއްޗިހިން ޑޮލަރުން ފައިސާ ނަގަން ރަނގަޅެވެ. ރައްޔިތުންނަށް ވިއްކަން ވިޔަފާޜި ވެރީން ގެންނަ އެއްޗިހިން ޑޮލަރުން ފައިސާ ދައްކާ ނަމަ ތަކެތީގެ އަގު ބޮޑު ވާނެ އެވެ. ރިސޯޓް ހަދަން ގެންނަ އެޗިހިން ޑޮލަރުން ފައިސާ ނަގަން ވީ އެވެ. އާއްމު ރައްޔިތުންނަށް ދަތި ވާ ގޮތަށް ހެދުން ރަނގަޅެއް ނޫނެވެ.
ކިޔާލަބަލަ
18 February 2024
ލިއުން ކިޔާލީމަ މަށައްފެނުނީ މިހާރުވެސް ބޯޓުތަކައް ފައިސާ ދައްކަނީ ޑޮލަރުންނޭއޮތްތަން އެހެންވިއްޔާ ބޯޓުތަކުން އެމްޕޭއެލްއައް ޑޮލަރުން ފައިސާ ދެއްކުމުން މުދަލުގެ އަގުބޮޑުވާންޖެހޭނެ ސަބަބެއްނެތް. އެކަމަކު މިގޮތައް ހަދަންޏާ އެމްޕޭއެލްއިން އެލިބޭ ޑޮލަރު ކަޅުބާޒާރައް ނުދާނެކަން ޔަގީންކޮއްދޭންޖެހޭ.
ހަގީގަތަކީ
18 February 2024
ރާއްޖޭގެ އާބާދީ އަކީ ކުޑައާބާދީއެއް އަދި ޑޮލަރުލިބޭނެ ވަސީލަތްތައްމަދު، އަދި މަދުބަޔަކައް ޑޮލަރުން އާމްދަނީލިބޭ ގައުމެއް. ޑޮލަރުގެ ރޭޓް މާރކެޓްރޭޓައް ދޫކޮއްލީމަ މިވާގޮތަކީ ޑޮލަރުން އާމްދަނީ ލިބޭ މިބުނާ މަދުބަޔަކު ޑޮލަރު ހިސާރުކޮއް އަގު ކޮންޓްރޯލްކުރަނީ. އެމީހުން ބޮޑުފައިދާއެއްނަގަނީ. ރާއްޖެކަހަލަ ގައުމެއްގަ ދައުލަތުގެ ވަރައްބޮޑު ދައުރެއްއޮވެގެންނޫނީ ޑޮލަރުގެ އަގު ނުހިފެހެއްޓޭނެ.