ޚަބަރު / ދުންފަތުގެ އިސްތިއުމާލުކުރުން

ދުންފަތުގެ ގާނޫނާއި ގަވާއިދުތައް އިސްލާހުކުރަނީ

ދުންފަތުގެ ވަގު ވިޔަފާރި ކޮންޓްރޯލް ކުރުމާބެހޭ ޕްރޮޓޮކޯލްގައި ރާއްޖެއިން ބައިވެރިވުމާ ގުޅޭގޮތުން ޓޮބެކޯ ކޮންޓްރޯލް ބޯޑުގައި މަޝްވަރާކުރަނީ.--- ފައިލް ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު

ތަންފީޒުކުރުމުގައި މައްސަލަތަކެއް ކުރިމަތިވެފައިވާ ދުންފަތުގެ ގާނޫނާއި ގަވާއިދުތައް އިސްލާހުކުރުމުގެ މަސައްކަތް ޓޮބެކޯ ކޮންޓްރޯލް ބޯޑުން ފަށައިފި އެވެ.

އެ ބޯޑުގެ މެމްބަރު އަދި ހެލްތު ޕްރޮޓެކްޝަން އޮތޯރިޓީ (އެޗްޕީއޭ)ގެ ޑެޕިއުޓީ ޑިރެކްޓަރު ހަސަން މުހައްމަދު އިއްޔެ ވިދާޅުވީ 2010 ގައި ތަސްދީގުކުރި ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ގާނޫނާއި 2012 ގައި ތައާރަފްކުރި ދުންފަތުގެ އިސްތިއުމާލުކުރުން މަނާ ތަންތަން ކަނޑައެޅުމުގެ ގަވާއިދަށް އަމަލުކުރުމުގައި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާތީ އެ ގާނޫނާއި ގަވާއިދަށް ބަދަލު ގެންނަން ޖެހޭ ކަމަށެވެ. އަދި ގެޒެޓް ނުކޮށް އަހަރުތަކެއް ވަންދެން ބާއްވާފައި އޮތް ދުންފަތުގެ އާއްމު ގަވާއިދުގެ މުއާލާތް ކެނޑިފައިވާ އިރު އެ ގަވާއިދު އަލުން އެކުލަވާލަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ފަހުގެ ދިރާސާތަކާއި ޑަބްލިޔުއެޗްއޯގެ މިންގަނޑުތަކާއި ރާއްޖެ ބައިވެރިވާ މުއާހަދާތަކާއި އެހެން ގައުމުތަކުގެ ތަޖުރިބާތަކަށް ބިނާކޮށް މި އިސްލާހުތައް ގެނައުމުގެ މަސައްކަތް ބޯޑުން ދަނީ ކުރަމުން،" ހަސަން ވިދާޅުވި އެވެ.

ޓޮބެކޯ ކޮންޓްރޯލް ބޯޑުގެ ބައްދަލުވުމެއްގައި ހަސަން (ވ) ވާހަކަދައްކަވަނީ. ފައިލް ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު

މިހާރު އަމަލުކުރާ ގާނޫނާއި ގަވާއިދު އެކަށީގެންވާ ގޮތަކަށް ތަންފީޒެއް ނުކުރެވެ އެވެ. ހަސަން ވިދާޅުވީ އޭގެ ސަބަބުތަކުގެ ތެރޭގައި ބެލެނިވެރި ފަރާތްތަކެއް ސީދާ ކަނޑައަޅާފައި ނެތުމާއި އެކި އިދާރާތަކުން އަދާކުރަން ޖެހޭ ދައުރުތަކާއި ބޯޑަށް ލިބިދޭ ބާރުތައް ވެސް ސާފު ނުވުން ހިމެނޭ ކަމަށެވެ.

"ގާނޫނުތަކާއި ގަވާއިދުތަކަށް އަމަލުކުރަން ފެށީމާ ދިމާވާ މައްސަލަތައް ހައްލުކުރަން އިސްލާހުތައް ގެނައުމަކީ އާއްމު އުސޫލުން ވެސް ހިނގާ ކަމެއް،" އޭނާ ފާހަގަކުރެއްވި އެވެ.

ތަފާތު ދާއިރާތައް ތަމްސީލްކުރާ 13 މެމްބަރަކު ހިމެނޭ ޓޮބެކޯ ކޮންޓްރޯލް ބޯޑުގެ ރިޔާސަތު ބަލަހައްޓަވަނީ ހެލްތު މިނިސްޓަރެވެ. މިދިޔަ އަހަރުގެ ފަހުކޮޅު އެ ބޯޑުން އަލުން އެކުލަވާލާފައިވާ އިރު ކޮންމެ ދެ ހަފްތާއަކުން އެއްފަހަރު ބައްދަލުވުންތައް ބާއްވަމުން އަންނަ ކަމަށް ހަސަން ވިދާޅުވި އެވެ.

ދުންފަތުގެ ގާނޫނާއި ގަވާއިދު އިސްލާހުކުރަން ފަށާފައިވާ އިރު ސިނގިރޭޓުގެ އިމްޕޯޓް ޑިއުޓީ ބޮޑުކުރަން ސަރުކާރުން ވަނީ ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅައިފަ އެވެ. އިމްޕޯޓް އެކްސްޕޯޓް ގާނޫނަށް ކުޑަހުވަދޫ ދާއިރާގެ އެމްޑީއޭ މެމްބަރު އަހުމަދު އާމިރު ހުށަހެޅުއްވި އިސްލާހުގައިވާ ގޮތުން މިހާރު ސިނގިރޭޓަކުން ޑިއުޓީގެ ގޮތުގައި ނަގާ 1.25ރ. ގެ ބަދަލުގައި ދެން ނަގާނީ 2ރ. އެވެ.

13 ކޮމެންޓް, 10 ރިއެކްޝަންސް

icon happy icon happy 30%
icon sad icon sad 10%
icon angry icon angry 60%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

1234

16 February 2017

ސިނގިރޭޓު ބުއިންނހުއްޓާލާ މިހުންނަށް ގައުމީ ފެންވަރުގައި އެވޯޑެއް ދޭން ފަށާބަލަ. ކޮންމެ ދުވަހަކު އެތައް ބަޔަކު ހުއްޓާލާނެ.

The name is already taken The name is available. Register?

ޖާބިރު

16 February 2017

ދުންފަތުގެ އިސްތިއުމާލު ކުރުން މަނާ ކުރާނެ ކަމެއް ނެތް، ތިގޮތައް ތިޔަ ވާހަކަ ދައްކާލަ ދައްކާލަ ތިބޭ. އާދެ މިހާރު 7 އަހަރު މިވަނީ ތިޔަ ވާހަކައެއްގާ ތިއްބަވާތާ. ޖަޕާންގެ ފުކުސިމާ ނިޔުކިލިއަރ ރޭޑިޔޭސަނުން ސިއްހަތަށް ލިބޭގެއްލުން މަށްވުރެ ސިގިރޭޓްގެ އިސްތިއުމާލު ކުރުމުންނާ އޭގެ ދުމުން ވާގެއްލުން މާ ބޮޑުކަމަށް "ރިޔަލް ކިލިއަރ ސައިންސް" އިން ނެރުނު އާޓިކަލެއްގައިވޭ. އެހެންވީމާ މަގުމަތީގަޔާ، ޕޭމަންޓް މަތީ ސިރޭތް ބޮއި އޭގެ ދުން ބުރުވާމީހުންނަށް އިނާމެއްގެ ގޮތުގއި ގުރުއަތުލާގެން ދުވާލަކު ރާއްޖޭން ބޭރަށް ދިއުމަށް ޓިކެޓް ދޭންވީ. ލަންގު ކެންސަރާ ލިވަރގެ ބަލިތައް ގިނަވާ ވާހަކަ ދައްކާނެ ކަމެއް ނެތް ބޮވޭނެ ގޮތްތަކަށް މަގުފަހި ކޮށްދޭންވީ. ވަރަށް ސަލާމް

The name is already taken The name is available. Register?

ހާސަރު

16 February 2017

ތިޔަ ކުރާއިސްލާހުތަށް ކުރާއިރު ހެޔޮނުވާނެ މަގުމަތީގައި ޚާއްސަކޮށް ޕޭމަންޓް މަތީގައި ސިގިރޭޓް ބުއިން މަނާކޮށްދީބަލަ! ކުޑަކުދިންގޮވައިގެން މަގުހިނގާއިރު ދުވާރު މަތީގައާއި މަގުމަތީގައި ސިގިރޭޓް ބޯތީ ވަރަށް އުދަގޫވޭ.

The name is already taken The name is available. Register?

ހޫ

16 February 2017

ވަޓް އަ ޖޯކް

The name is already taken The name is available. Register?

ވޯޓު ނަގާނުލާ

16 February 2017

ދިވެހި ޒުވާނުން އެންމެ ގިނައިން ބޭނުންވަނީ ރެޑް ބުލް ކަހަލަ އިނަރޖީ ޑްރިންކް އާއި ސިގިރޭޓު ނުވަތަ ޝީޝާ އަދި ކޮފީ. މާލޭގަ މުނިފޫހިފިލުވަން ވެސް ތަން ތަން ނެތް އިރު ޒުވާނުންގެ ވިންދާ ސީދާ ގުޅިފަ ހުރި ދެ ބާވަތް އަތްނުފޯރާ ވަރަށް އަގު ބޮޑު ކުރުމަކީ އިންތިޚާބުގަ ހީނުކުރާ ބަރުގެ ބޮޑު ގެއްލުމެއް ލިބޭނެ ކަމެއް. އަހަރަމެން އަމިއްލަ ލާރީގަ ގަނެގެން މި އެއްޗިހި ބޮނީ އެއިން ލިބިދާނެ ގެއްލުން ނޭގިކަމަށްތަ ތިހީކުރަނީ؟ ނުދޭނަން ޒުވާނުންގެ ވޯޓެއް!

The name is already taken The name is available. Register?

މެންޓަލިސްޓް

16 February 2017

ތިޔައުޅެނީކީ ކޮންމެހެން ދުންފަތުގެ އިސްތިއުމާލް މަދުކުރާކަށް ނޫން ،،، ތިޔައުޅެނީ އޭގެން ސަރުކާރަށް ނެގޭނެ އެންމެބޮޑުފައިދާއެއް ނެގުމަށް ،، އަސްލު އެރޫހުގައި ޑިއުޓީބޮޑުކުރަނީވެސް ،، މިއަދުގެ ސަރުކާރު އޮތީ ދަރާވިކިފައި ،، ފައިސާއެބަޖެހޭ ހޯދުނުގޮތަކަށް ހޯދަން ،،، ވަރަށްވެދުން

The name is already taken The name is available. Register?

ނަސޭހަތް

16 February 2017

ހެޔޮނުވާނެ މަގުމަތީ ޕޭމަންޓްގައި ދުންފަތުގެ އިސްތިޢުމާލުކުރުން މަނާކޮށްބަލަ. މި ޤައުމުގައި ބޭރުގައުމުތަކުގެ މީހުންވެސް ހަމަގޮތެއް ފޮތެއްނެތި ދުންފަތުގެ އިސްތިޢުމާލުކުރުމަށް މަގުފަހިވެފައިއޮތުމުން އެ ދުމުން ސަލާމަތްވާން ބޭނުންވާ މީހާއަށް އެކަމުން ސަލާމަތްވާން އެއްވެސް ފުރުޞަތެއްނެތެވެ. މަގުތަކާއި ޕޭމަންޓް އެހާ ހަނިއިރު މަގުމަތީގައި ސިގިރޭޓްބޯނަމަ އޭގެން ސަލާމަތްވެގެން މަގު ހިގޭނެހަމަ އެއްގޮތެއްވެސް ނެތެވެ. ގޭގެ ބަހާފަ ހުންނަ ހަނި ގޯޅިތެރެއާއި ގޯޅިއަށްވަންނަތަންތާގައި ދުންފަތުގެ އިސްތިޢުމާލުކުރަން ހުންނައިރު އެގޭގެ އަހުލުވެރިންނަށް ވާނެ އުނދަގޫ ވިސްނާލަނީ ކާކުހެއްޔެވެ. ދެން ޝީޝާ ބޯން ހަދާފަ ހުންނަތަންތަނުގެ އުނދަގޫވެސް ކައިރީގައި ދިރިއުޅޭ މީހުންނަށް ފޯރައެވެ. ދިވެހިން މިފަދަ ކަންކަމުން ދުރުކުރެވޭނެ ފޯމިއުލާއަކަށްވަނީ ބޭނުންވެފައެވެ.

The name is already taken The name is available. Register?

އަބޫބަކުރު

16 February 2017

ދިވެހިރާއްޖެއިންވެސް ދުންފަރުގެ އިސްތިއުމާލު ނުކުރާ ޖިލެއް ބިނާކުރުމަށް ނިންމަން ޖެހޭ. 2040 އަންނަންވާއިރަށް މިކަން ހާސިލު ކުރަން

The name is already taken The name is available. Register?

ފަރީދާ

16 February 2017

ބަކުރުބޭ، ކީއްކުރަން 2040 އަށް، ރިސޯޓްތައް ދޫކުރާ ގޮތަށް 99 އަހަރަށް ހަދާލާ، 2120 އަށް.

The name is already taken The name is available. Register?

އިސްމާއިލްނަދީމް

16 February 2017

ސީސާ އިސްތިހާރު ކުރުންވެސް ހައްދުފަހަނައަޅާފައި.

The name is already taken The name is available. Register?

ހަބީބު

16 February 2017

ރަގަޅު.އަޓިބީޗުަގައި ދުންފަތުގެ އިސްތިއުމާލު ކުރުން މަނާ. އެކަމަކު އެރާ ހުއްނަ ކެފޭގެ ގުރއަުންޑް ފުލޯގައި ހަމަ ދުންފަތް އަންދަނީ މަދިރިއަށް ދުންޖަހާ އުސޫލުން. އެތާ ގައިރީގައި ކުޑަކުދިން ސަކަރާތް ޖަހާތަން ފެނޭ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454