މިދިޔަ މަހުގެ 28 ގައި ދައުރުން ބޭއްވި މަޖިލިހުގެ ޖަލްސާއެއްގައި ހިންގި ހަމަނުޖެހުމުގެ ތެރޭގައި އެމްޑީޕީގެ ބައެއް މެމްބަރުން ހަރަކާތްތެރުވަނީ.
23 ފެބުރުއަރީ 2024 - 23:51
މި ސަރުކާރުން ކުރާ ކަންކަމަށް ރައްޔިތުންގެ މަޖިލިހުން ހުރަސް އަޅަނީ އެއްވެސް އަސާސެއް ނެތި ކަމަށާއި ސަރުކާރުން ނަތީޖާ ނެރެ އަދި ކުރިމަގަށް ކަންކަން ރާވަމުން އަންނައިރު، މަޖިލިސް އިންތިހާބުގައި ގޮތް ނިންމާނީ ރައްޔިތުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
އެ މަނިކުފާނުގެ ފުރަތަމަ ޕަބްލިކް ފޯރަމްގައި އާންމު މީހަކު ކުރި ސުވާލެއްގެ ޖަވާބުގައި ރައީސް ވިދާޅުވީ، ވެރިކަމުގެ ފުރަތަމަ 14 ހަފުތާގެ ތެރޭގައި ފުރިހަމަ ކުރަން 161 ވައުދުވެވަޑައިގެންފައިވާއިރު އޭގެ ތެރެއިން 150 ވައުދުގެ 100 ޕަސެންޓު ހާސިލް ކޮށްފައިވާ ކަމަށެވެ. ބާކީ 11 ވައުދުގެ ވެސް 80 ޕަސެންޓަށް ވުރެ މަތިން ހާސިލް ކޮށްފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.
"މި ދަނީ ޕާފޯމް ކުރަމުން، ނަތީޖާ ނެރެދެމުން ރައްޔިތުންގެ ސަޕޯޓާއެކީގައި. މި ގޮތަށް މަސައްކަތް ކުރަމުންދާއިރު ވެސް އެއްވެސް އަސާސެއް ނެތި ރައްޔިތުންގެ މަޖިލިހުން ވަޒީރުންނަށް ރުހުން ނުދިނުމާއި އަދި ރައީސުލްޖުމްހޫރިއްޔާ އަޒުލް ކުރުމާއި ނޫނިއްޔާ އެހެނިހެން ކަންކަން ކުރުމާއި ސަރުކާރަށް ދުއްތުރާ ކުރާ ކަންކަން، އަސާސެއް ނެތި ކުރާ ތަން ފެންނަނީ،" ސަލްޓަން ޕާކުގައި ބޭއްވި "އަހާ" ފޯރަމްގައި ރައީސް މުއިއްޒު ވިދާޅުވި އެވެ.
"އަސާސެއް އޮތް ކަމަށް ވާނީ އަސާސެއް އޮތް ނަމަ. ބޭސިސްއެއް އޮތިއްޔާ."
ރައީސް މުއިއްޒުގެ ފުރަތަމަ ޕަބްލިކް ފޯރަމްގައި އާންމު މީހެއްގެ ސުވާލަކަށް ޖަވާބު ދެއްވަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
ރައީސް ވިދާޅުވީ، ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން ބޭލުމުގެ ކަންކަން ވެސް ވެރިކަމުގެ ފުރަތަމަ ދުވަހުން ފެށިގެން ޑިޕްލޮމެސީގެ ތެރެއިން ކުރިއަށް ގެންގޮސް އެންމެ ފަހުން ތާރީހުތަކެއް ކަނޑައަޅައި ލެޓާ އޮފް އެކްސްޗޭންޖުގައި ދެ ގައުމުން ސޮއިކޮށްފައިވާ ކަމަށެވެ.
"މި ގޮތަށް ނަތީޖާ ނެރެދެމުން މިދަނީ. އެހެންވީމާ އަސާސެއް ނެތޭ އަޅުގަނޑުމެންނާ ދެކޮޅަށް ކަންކަން ކުރާކަށް. އަސާސެއް ނެތަސް އެ ދަނީ ރައްޔިތުންގެ މަޖިލިހުން ހުރަސް އަޅަމުންނޭ،" ރައްޔިތުންގެ މަޖިލިހުގެ އަޣުލަބިއްޔަތު ޕާޓީ އެމްޑީޕީގެ މެމްބަރުންގެ އަމަލުތަކަށް އިޝާރާތް ކުރައްވައި ރައީސް މުއިއްޒު ވިދާޅުވި އެވެ.
ރައީސް މުއިއްޒުގެ ފުރަތަމަ ޕަބްލިކް ފޯރަމް އަޑުއަހަން ސަލްޓަންޕާކަށް މިރޭ ދިޔަ ބައެއް މީހުން.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
އެ މަނިކުފާނު ވިދާޅުވީ، ރަނގަޅު މަގުން ސަރުކާރުން ކަންކަން ކުރަނިކޮށް، އަންނަ މަހުގެ 17 ގައި ބާއްވާ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބާ މެދު އަމަލު ކުރާނެ ގޮތެއް ނިންމާނީ ރައްޔިތުން ކަމަށެވެ. ރައީސް ވިދާޅުވަމުން ގެންދަވަނީ ރައްޔިތުންގެ މަޖިލިހުގެ އަޣުލަބިއްޔަތު ސަރުކާރަށް ތާއީދު ނުކުރާ ބައެއްގެ އަތްމައްޗަށް ހިނގައްޖެ ނަމަ ސަރުކާރު ހިންގަން ދަތިވާނެ ކަމަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލީމު
24 February 2024
ހަމަ ހިލޭ ޚިޔާލެއް ދީފާނަން މުއިއްޒައް: މަޖިލީހުގެ މެންބަރުން އެމީހުން ހޮވި މީހުންނައް ޖަވާބުދާރީ ވެވޭގޮތައް ގާނޫނު ބަދަލުކުރޭ. މިހާރު، ރައީސްވެސް އަޒުލުކުރެވޭ. އެކަމަކު ތިމަޖިލީހުގެ މެންބަރަކު ކޮންމެގޮތަކަށް އުޅުނަސް ރައްޔިތުންނައް ކުރެވޭނެ ކަމެއްނޯވޭ 5 އަހަރުވަންދެން. މިކަން ހައްލު ކޮށްފި ނަމަ ތިބުނާހެން ޖެއްސުމައް ސަރުކާރަށް ހުރަސް އަޅާ މަޖިލީހެއް ނޯންނާނެ!
އަފްރާސިޔާބު
24 February 2024
ދެންވެސް ރައީސަށް ހުރަސްނޭޅޭ ޕޯޓަލެއް ތައްޔާރު ކޮށްބަލަ! އެމަނިކުފާނަށް ކަންބޮޑު އެވަނީ ވަކިވަރަކަށް ނޫނޭ ހުރަސް ނޭޅޭ ޕޯޓަލެއް ތައްޔާރު ކޮށް ނުދީގެން.
ސައިޚް
24 February 2024
ހެޔޮނުވާނެ މިސަރުކާރަށް މެޖޯރިޓީ ދޭކަށް، ޔާމީނު ވެރިކަމުގަ ކޮއްލިވަރަށްވުރެ ހިތްދަތިކޮއްލާނެ، ދިވެހިން ހޭއަރަންވެއްޖެދޯ.
ކިމް
24 February 2024
awwww ލޮލް
ހޯރަބޭ
24 February 2024
ރާއްޖޭގަ ހުރިމައި ގަނޑު ހުރިހާ މައްސަލަ އެއް ކުރުކޮށް، އިޖްތިމާއި އިގްތިސާދީ، ދާހިލީ ، ހާރިޖީ މައްސަލަ ތަށް. ދެން މަޖިލިސްގެ ދައުރާ ގުޅުވާލި ގޮތް. ސިކުނޑިން ދުލަށް ގެނެސް ފަށުއިކޮށް ގަތާލުމަކީ މަދު ބަޔަކަށް ކުރެވޭ ކަމެއް. ސުކުރިއްޔާ ސައްލެ
ކުރަންޖެހޭގޮތް
24 February 2024
ތިންބާރު ވަކިކުރެވިފައިވާ ރިޔާސީ ނިޒާމެއްގެ ބޭނުމަކީ އެއީ. އެއްވެސް ބާރަކަށް އެބާރެއް ހިތުހުރިކަމެއް ހިތުހުރިގޮތަކަށް ނުކުރެވޭނެ. އަނެއްބާރުން އެކަންތަކައް ފާރަވެރިވެ ހުއްޓުވާނެ. އެގޮތަށް ވެރިކަންކުރުމުގެ ހިތްވަރާއި ގާބިލުކަންނެތް މީހުން ރަނގަޅުވާނީ ކޮންމެވެސް އެހެންކަމަކާއި އުޅުން.
އަފްރާސިޔާބު
24 February 2024
ތިޔަ ކަމެއް ރައްޔިތުން ނުދަނޭ. ހީކުރަނީ ތަރައްގީ ކުރާ މީހުންނޭ މި ހޮވަނީ. ގާނޫނު ހަދާކަށް ނޫނޭ.
ސޮނިކް
24 February 2024
ރައްޔަތުންގެ މަޖުލިހަކީ ރައީސް ކެބިނެޓެްނޫން. ސަރުކާރަށް ފާރަވެރިވެ ގޯހަށްގޯހޭ ބުނަންކެރޭނެ މަޖުލިހެއް އޮތުންމުހިއްމު. ގާނޫނުއަސާސީގައި ތިދެބާރަކީ ވަކިން ލިޔެވިފައިވާ ވަކިދެބާރެ. މިއޮތީ ރިޔާސީނިޒާމެއް. ބރުލަމާނީއެއްނޫން. ތިންބާރު އެއްކުރެއްވުމަށް ބަރުލަމާނީ ނިޒާމް އޮތްނަމަ ފަސޭހަވީސް ވައުދާއި އަހުދުފުއްދަން
ބޯބުރާންތި
24 February 2024
ރައްޔިތުންގެ މަޖިލީހަކީ ރައްޔިތުންނަށް ފައިދާހުރި ކަންކަމުގަ ރައީސަށް އެހީތެރިވެ ނުރަނގަޅު ކަންކަމުގަ މަގުދައްކަން އޮތް މަޖިލީހެއް. ރައީސަށް ދުއްޕާންކޮށް ބޭނުންއިރަކު ބޭނުންގޮތެއް ހަދަންހުރި މީހެއްނޫން. ދައުލަތުގެ ތިން ބާރުގެ ތެރެއިން ރައީސަށް ނުލިބޭ ބާރުތަކެއް ވަކި މަޖިލީހަކަށް ލިބިގެނެއް ނުވޭ. ވަކިބަޔަކަށް ހީވަނީ މަޖިލީހުގެ މެޖޯރިޓީ ލިބުނީމަ ހިތުހުރިގޮތެއް ހެދޭނެޔޭ. ނޭނގި ނަމަވެސް އެމްޑީޕީން މަޖިލީހުގަ މިހާރު ގެންގުޅެނީ ބަރުލަމާނީ އުސޫލު..
މޯޑްބެ
24 February 2024
މަނިކުފާނަށް މަޖިލިސް ލިބިޖިއްޔާ ވާނެ ގޮތް މިހާރު ވެސް އިހުސާސް ކުރެވޭ. ފުލެޓް ތަކަށް ތި ހަދާ ގޮތުން މަނިކުފާނު ދަށްކާވާހަކައިގެ އިތުބާރު ގެއްލިއްޖެ.
ކައުންސިލަރ
24 February 2024
މީ އަހަރެމެންދެއްކި ވާހަކަ 35000ރ މަތިވާނަމަ ދެން ހުއްދަހޯދަން އާދޭސްކޮށް ތަޅާމަރަން ޖެހޭނި ނިކަން ދެކިބަލަ މިއޮއްއަތުލަނީ ކައުންސިލްތަކުގެ މިނިވަންކަން، ރައްރަށަށް ލިބިފައިވާ ފައިސާކޮޅުވެސް ހަރަދުކުރުމުގަ ދަތިކުރަންފެށީ، ހުރިހާ ގެެއްލުމެއް ރާއްޖެތެރޭ ރައްޔިތުންނަށް. ރައްޔިތުންގެ ފައިސާއިން ބައެއްރައްރައް ބާރަށް ތަރައްގީކުރަމުންދާތީ ސަރުކާރުގެ ބޮޑުންގެ ހަރަދުތައް ކުރުމަށް އެ ފައިސާ ހިފަހައްޓަލަން ކުރިކަމެއްމިއީ، މިއީ ވަރަށްދެރަކަމެއް އަދިވެސް މަޖިލިސް ގޮނޑިދޭން މިމީހުން މިކިޔަނި ހުރިހާބާރެއްދިނީމާ ރައްޔިތުންނަށް ހަދާލާނި ކިހިނެއްބާ ހޯހޯ ރައްޔިތުން މިކަންކަމާ ރަނގަޅަށްވިސްނާތި
އަލިބެ...
24 February 2024
އެއްވެސް ކަމެއްނުވޭ. ރައްޔިތަކަށް ކަމެއްކޮށްދޭންވީމަ ބަޖެޓް ހުސްވެފަ އޮންނަނީ. ޢެކަމަކު ޚަރަދު ކުރަންބޭނުން ކަންކަމަށް ހަމަ ފައިސާ އޮހެނީ.