ޚަބަރު / ޑރ. އަބްދުﷲ ހަލީލް (ހެލްތު މިނިސްޓަރު)

އެއާ އެމްބިއުލާންސްް މާދަމާ ފަށާނީ ބަލި ދެ މީހުން އެއްފަހަރާ އުފުލޭ ގޮތަށް: މިނިސްޓަރު

މޯލްޑިވިއަންގެ ބޯޓެއް: އެއާ އެމްބިއުލާންސްގެ ގޮތުގައި ބޭނުންކުރާނީ ދެ ބޯޓު، އެއީ ޑޭޝް 8 ގެ ބޯޓަކާއި ސީޕްލޭނެއް-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

މެޑިކަލް އިމަޖެންސީ ހާލަތުގައި ރާއްޖެއިން ބޭރަށް ބަލި މީހުން ވީހާ ވެސް އަވަހަށް އުފުލުމުގެ ހިދުމަތް މާދަމާ ފަށާނީ، ބަލި ދެ މީހުން އެއްފަހަރާ އެއާ އެމްބިއުލާންސްގައި ފަރުވާއަށް ގެންދެވޭ ގޮތަށް ކަމަށް ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް މިއަދު ވިދާޅުވެއްޖެ އެވެ.

ސަރުކާރުގެ 100 ދުވަހަށް ހާއްސަކުރި "ހަފްތާ 14" ގައި ހިމެނޭ އެއާ އެމްބިއުލަންސްގެ ހިދުމަތާ ގުޅޭ ގޮތުން ބޭއްވި ޕްރެސް ކޮންފަރެންސްގައި މިނިސްޓަރު ވިދާޅުވީ އެއާ އެމްބިއުލާންސްގެ ގޮތުގައި ބޭނުންކުރާނީ އައިލެންޑް އޭވިއޭޝަނުގެ ދެ ބޯޓު ކަމަށެވެ. އެއީ ޑޭޝް 8 ގެ ބޯޓަކާއި ސީޕްލޭނެކެވެ.

"މޫދަށް ޖައްސާ ބޯޓެއްގެ ފައިދާއަކީ ރާއްޖޭގައި ބައެއް ފަހަރު އެބަ ދިމާވޭ އިމަޖެންސީ ހާލަތްތައް، އެއާޕޯޓު ނެތް ނުވަތަ އެއާޕޯޓާ ދުރު ހިސާބުތަކުން ވެސް. އެހެންވީމާ މި ތައާރަފު ކުރެވިގެންދާ ހިސާބުން ރައްޔިތުންނަށް ކްރިޓިކަލް ހާލަތް ދިމާވުމުން ވަރަށް ބޮޑު ލުއި ފަސޭހައެއް ލިބޭނެ، އެ ފަރުވާދޭ ވަގުތު ކުރުވެގެންދާނެ،" ހަލީލް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި މި ބޯޓުތައް، އެއާ އެމްބިއުލާންސްގެ ގޮތުގައި ބަދަލުކޮށްފައިވާނީ ބަލި ދެ މީހުން އެއްފަހަރާ އުފުލޭ ގޮތަށް ކަމުގައި ވިޔަސް މީގައި އިތުރު މީހުން އުފުލޭނެ ޖާގަ ވެސް އޮންނާނެ އެވެ. ކުރިއަށް އޮތް ތަނުގައި ޑިމާންޑާ އެއްވަރަށް ބަދަލުތައް ގެންނަވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"ޑޭޝް 8 ގެ ބޯޓުގައި އަޅުގަނޑުމެން މި ވަގުތުން މި ވަގުތަށް މި ތައްޔާރު ކުރަނީ ދެ ޕޭޝަންޓުން އުފުލޭނެ ގޮތަށް. އެކަމަކު ޑިމާންޑަށް ބަލާފައި އެ ސްޓްރެޗާ އިތުރުކުރަން ޖެހިއްޖެ ހާލަތެއްގައި އެ އިތުރުކުރެވޭނެ ޖާގަ އެބަ އޮތް،" އޭނާ ވިދާޅުވި އެވެ.

ސީ އެމްބިއުލާންސްގެ ޖާގައިގެ ގޮތުން އޭގައި އުފުލެނީ އެންމެ ބަލި މީހެކެވެ.

ގާތްގަނޑަކަށް 38 މީހުންގެ ޖާގައިގެ ބޯޓެއް، އެއާ އެމްބިއުލާންސަކަށް ބަދަލުކޮށް މާދަމާ އެ ހިދުމަތް ފަށަން ވާން ޖެހޭ ހުރިހާ ތައްޔާރީތަކެއް، މިނިސްޓަރު ވިދާޅުވި ގޮތުގައި، މިއަދުގެ ނިޔަލަށް ނިމޭނެ އެވެ. އޭގެ ތެރޭގައި ކުލަލުމާއި އޭގައި ހަރުކުރަން ޖެހޭ ސާމާނުތައް ހަރުކުރުމުގެ މަސައްކަތް އެއްކޮށް ނިމޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ހަލީލް ވިދާޅުވި ގޮތުގައި އެއާ އެމްބިއުލާންސްގައި އިމަޖެންސީ ހާލަތުގައި ބޭނުންވާނެ ހުރިހާ ސާމާނެއް ހުންނާނެ އެވެ.

"އިމަޖެންސީ ހާލަތުގައި ލިބޭނެ ހުރިހާ ހިދުމަތެއް ލިބޭނެ. އޭގެ ތެރޭގައި އޮކްސިޖަން ލިބެން ހުންނާނެ. ވެންޓިލޭޓާ ފަދަ ދެން މި އިމަޖެންސީގައި ބޭނުންކުރާނެ އިންޖެކްޝަންސް ފަދަ، އިމަޖެންސީގައި ބޭނުންވާނެ ލައިފް ސޭވިން ހުރިހާ އެއާ އެމްބިއުލާންސްގައި ލިބިގެންދާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

ހިދުމަތް ފަށާއިރު އޭގައި ތަމްރީނުކޮށްފައިވާ 15 ސިއްހީ ހިދުމަތްތެރިއަކު ތިބޭނެ އެވެ. އޭގެ ތެރޭގައި ފަސް ނަރުހުންނާއި ފަސް ޑޮކްޓަރުން ހިމެނެ އެވެ.

"ކުރިއަށް އޮތް ތަނުގައި އިތުރު ނަރުހުން ހޯދުމަކީ ވެސް އެކަށީގެންވާ ކަމެއް،"

ސަރުކާރުން ނިންމާފައި ވަނީ ކުރިއަށް އޮތް ތަނުގައި ރާއްޖެ އިން ބޭރަށް ވެސް އިމަޖެންސީ ހާލަތުގައި މީހުން ގެންދަން ޖެހިއްނެ ނަމަ އެކަން ކުރާށެވެ. އެ މަޝްވަރާތައް ލަންކާ ސަރުކާރާ އެކު ވެސް ދިވެހި ސަރުކާރުން ވަނީ ކޮށްފަ އެވެ.

ރާއްޖެ އިން ލަންކާ އަށް ބަލި މީހުން އުފުލުމަށް ހޯދަންޖެހޭ ހުއްދަތައް ހޯދުމަށް 6 ގަޑިއިރާ 24 ގަޑިއިރު މިހާރު ހޭދަވިޔަސް ސަރުކާރުން އެކަމުގެ މަޝްވަރާކޮށް ދެ ގަޑިއިރުން ހުއްދަތައް ލިބޭނެ އިންތިޒާމު ވަނީ ހަމަޖައްސައިފަ އެވެ.

މިނިސްޓަރު ލަންކާ އަށް ދަތުރުތައް ފެށިޔަސް އިންޑިއާއަކީ ވެސް ރާއްޖެއާ ގާތް ގުޅުމެއް އޮންނަ ގައުމަކަށް ވާތީ އެއާ އެމްބިއުލާންސްގެ ހިދުމަތް ކައިރި މުސްތަގުބަލެއްގައި އެ ގައުމަށް ފެށުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށެވެ. އަދި ދުރު ހިސާބުތަކަށް ވެސް ބަލި މީހުން އުފުލޭނެ ގޮތްތައް ސަރުކާރުން ހަމަޖެއްސުމަށް މަސައްކަތް ކުރާއިރު އެ ގައުމުތަކަށް ދާ ނަމަ، ޖެހޭނީ އެކި ތަންތަނަށް ހުއްޓައިގެން ދާން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އެއާ އެމްބިއުލާންސްގެ ހިދުމަތް ތައާރަފުކުރެއްވުމާއި އެ ހިދުމަތް ފުޅާ ކުރެއްވުމަކީ ރައީސްގެ ރިޔާސީ ވައުދެކެވެ.

23 ކޮމެންޓް, 12 ރިއެކްޝަންސް

icon happy icon happy 67%
icon sad icon sad 0%
icon angry icon angry 17%
icon wow icon wow 0%
icon inlove icon inlove 17%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަހުމަދީ

29 February 2024

އާސަންދަ ބަޖެޓްއަށް ބާރުބޮޑުވާނެ

The name is already taken The name is available. Register?

ހއލު

29 February 2024

އެހެންވީމާ، އެކަކު ގެންދަން ބުނާއިރަށް 2 ވަނަ މީހަކު ނެތީމާ ތީތި ނުފުރާނެބާ! ހަމަ އަހާލީ

The name is already taken The name is available. Register?

އުދުހޭ

29 February 2024

އެއަރ އެމްބިއުލަންސް މާލެ ގެނެސް ފޭކް ޕެނެޑޯލް ދިނީމާ ވާނީ ކިހިނެތްތޯ؟

The name is already taken The name is available. Register?

ތައްކާނު ބޭ

29 February 2024

ސިރިލަންކާ އަށްވުރެ ރާއްޖޭގެ ސިއްހީ ދާއިރާގެ ފެންވަރު ރަނގަޅު! ގިނަ ތަން ތަނުގައި ބޭނުންކުރާ ފަހުގެ އިކްވިމެންޓުތަކަކީ ސިރިލަންކާ ގައި ވެސްނުހުންނަ ފަހުގެ އިކްވިމެންޓު! ބޭނުމެއްނޫން ދާ ކަށެއްް

The name is already taken The name is available. Register?

ދޮހޮއްތު

29 February 2024

ޝުކުރިއްޔާ ރ މުއިއްޒު . މިއީ މި ބޭނުންވާ ޗޭންޖަކީ . ލޮލައް އެބަ ފެންނަން ޖެހޭ ކަންކަން ވާތަން.

The name is already taken The name is available. Register?

ފަޒީލާާ

29 February 2024

މި ސަރުކާރުން އެންމެ 3 މަސްތެރޭ މި ގެނައި އިންގިލާބީ ބަދަލަކީ މުޅި ރާއްޖެއަށް މީގެ އެތަށް ޒަމާނަކަށް މިކަމުން މަންފާކުރާނެ ބޮޑު ބިޔަ ކަމެއް. މިކަން ހަގީގަތަކަށް ވާނެކަމާމެދު އެއްވެސް ޝައްކެތްނުކުރަން. ފުރިހަމަ އިތުބާރު ރައީށް މުއިއްޒުއަށް އެބައޮތް.

The name is already taken The name is available. Register?

ތައްޚާނު

29 February 2024

އިންގިލާބީ ބަދަލަކީ ރާއްޖޭގައި ތިބެގެން އެ ފެންވަރުގެ ސިއްހީ ފަރުވާ ލިބުން.

The name is already taken The name is available. Register?

ޖިނާހްް

29 February 2024

ވަކި ގައުމަކަށް ބަރޯސާނުވެ އަމިއްލަޔަށް ކަންކަން ކުރަން ދަސްކުރުމަކީ ކުރިއްޔަށް އެޅޭ ބޮޑު ފިޔަވަޅެއް.

The name is already taken The name is available. Register?

ބަނާތްް

29 February 2024

މި ފެށިގެންދާ ހިދުމަތާއިއެކު ގިނަ ދިވެހިންގެ ފުރާނަތަށް ސަލާމަތްވެގެންދާނެ. މި ވިޒަން ހަގީގަތަކަށް ހަދައިދެއްވީތީ ރައީސްއަށް ޝުކުރުއަދާކުރަން.

The name is already taken The name is available. Register?

ހާރިސްް

29 February 2024

ރައީސް މުއިއްޒުގެ ވައުދުފުޅާއެއްގޮތަށް އެމަނިކުފާނު މަސައްކަތްކުރައްވާތީ މި ސަރުކާރަށް ކުރާ އިތުބާރު ބޮޑު ތަނުން އިތުވެއްޖެ.

The name is already taken The name is available. Register?

ވިރުޝާާ

29 February 2024

މިއީ މި ބުނާ މުއިއްޒު ދުވެއްޔަކީ. ސާބަހޭ ރައީސް މުއިއްޒު ތި ކުރައްވާ މިންނެތް މަސައްކަތަށް

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454