ބުޅާ ޝެލްޓާ އަޅަން ހުޅުމާލެއިން ދިން ބިން، މާލޭގެ މޭޔަރު އާދަމް އާޒިމް ބައްލަވާލައްވަނީ-- ފޮޓޯ؛ މާލޭ ސިޓީ ކައުންސިލް
01 މާޗް 2024 - 12:28
މާލޭގެ މަގުތަކުގައި އުޅޭ ބުޅާތައް ބަލަހައްޓަން ހަދާ ފެސިލިޓީގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަން މާލެ ސިޓީ ކައުންސިލުން އިއްޔެ އިއުލާނުކޮށްފި އެވެ.
އެ އިއުލާނުގައި ބުނީ، ހުޅުމާލެ ފަރުކޮޅުފުށި ސަރަހައްދުގައި ހަދަން ނިންމާފައިވާ ކެޓް ޝެލްޓާގެ މަސައްކަތް ކޮށްދޭން ޝައުގުވެރިވާ ފަރާތްތަކުން ބީލަން ހުށަހެޅުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށެވެ.
އެ މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން މައުލޫމާތު ސާފުކުރުމުގެ ފުރުސަތު އަންނަ އަންގާރަ ދުވަހުގެ ހެނދުނު 11:00 ގައި ސިޓީ ކައުންސިލްގެ އެޑްމިން ސެކްޝަނުގެ މީޓިން ރޫމުގައި އޮންނާނެ ކަމަށް އެ ކައުންސިލުން ބުންޏެވެ. އަގު ހުށަހެޅުން އޮންނާނީ އަންނަ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 ގަ އެވެ.
މައުލޫމާތު ސާފުކުރުމަށް ނުދާ މީހުންނާއި ގަޑި ޖެހިގެން އަންދާސީ ހިސާބު ހުށަހަޅަން ދާ މީހުންގެ އަންދާސީ ހިސާބުތައް ބަލައި ނުގަންނާނެ ކަމަށް ވެސް ކައުންސިލުން ބުންޏެވެ.
ކައުންސިލުން ބުނި ގޮތުގައި ބީލަން ހުށަހެޅޭނީ ދިވެހި ކުންފުނިތަކާއި ޕާޓްނާޝިޕް، ލޯކަލް އިންވެސްޓްމެންޓް އަދި ވިޔަފާރި ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށް އެކަންޏެވެ.
މާލޭގެ މޭޔަރު އާދަމް އާޒިމް ކުރިން ވިދާޅުވެފައިވާ ގޮތުގައި ބުޅަލުގެ މައްސަލަ ހައްލުކުރުމަށް ވެޓް ކްލިނިކެއްގެ އިތުރުން ޒަރޫރީ ހިދުމަތްތަކާ އެކު އެކަށީގެންވާ ސަރަހައްދެއް ހަދާނެ އެވެ.
މާލޭގެ މަގުތަކުގައި ބުޅާ ގިނަވެ، އޭގެ ނަޖިހުން އާންމުންނަށް އުނދަގޫވާ ކަމުގެ ޝަކުވާ ބޮޑުވެ، ރައީސް ޑރ. މުހައްމަދު މުއިއްޒު މާލޭގެ މޭޔަރުކަމުގައި ހުންނެވިއިރު ވެސް ވަނީ ވިލިމާލޭގައި ބުޅާ ފެސިލިޓީއެއް ހަދައިދޭނެ ބަޔަކު ހޯދަން ތިން ފަހަރެއްގެ މަތިން އިއުލާނުކޮށްފަ އެވެ. އެކަމަކު ފަހުން އެ މަސައްކަތަށް ބަޔަކު ޝައުގުވެރިކަން ފާޅުކުރިޔަސް އެ މަސައްކަތަށް ވަނީ ބަދަލު އައިސްފަ އެވެ. ރައީސް މުއިއްޒު ވިދާޅުވެފައި ވަނީ އެ މަސައްކަތް ކުރިއަށް ނުގެންދެވުނީ އޭރު ވެރިކަން ކުރެއްވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ އެއްބާރުލުން ނުލިބިގެން ކަމަށެވެ.
ބުޅާ ފެސިލިޓީ ހަދަން ބިން ދީފައި ވަނީ ހުޅުމާލޭ ދެ ވަނަ ފިޔަވަހިންނެވެ.
"ވެލްފެއާ ފޯ އައިލެންޑް ކެޓްސް" (ޑަބްލިޔުއައިސީ) އިން ބުނެފައިވާ ގޮތުގައި މާލެ ސަރަހައްދުގެ މަގުތަކުގައި 3،000 އަ ށްވުރެ ގިނަ ބުޅާ އުޅޭނެ އެވެ. ޑަބްލިޔުއައިސީ އިން ލަފާކުރަނީ އަވަސް ފިޔަވަޅުތަކެއް ނޭޅިއްޖެ ނަަމަ އެ އަދަދު 9،000 އަށް އިތުރުވާނެ ކަމަށެެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މޯޑް.
04 March 2024
ވަކިބަޔަކަށް ދޭންވެގެންތޯ ތިހާ ކުރު މުއްދަތެއް ތިޔަދެއްވީ ބިޑް ސަބްމިޓްކުރަން. މިސްކިތުގެ މަސައްކަތް ނިމެންވާއިރަށް ޕްރޮޖެޓެއް ޙަވާލުކުރަން ކުރާ ކަމެއްކަމަށް ވަރަށްބޮޑަށް ޤަބޫލުކުރެވޭ.
ރަބީއުު
02 March 2024
ތިޔަ ބުޅަލުގެ ކަންތަކަށްވުރެ ވާލުގެ ކަންތައް މާބޮޑު. ވާ މަރާ ހުސްކޮށް ދޭންވީނު. ގަހެއްގާ އަނބެއްޖަނބުރޯލެއް އެއްޗެއް މިހާރު ލިބެނީކީ ނޫން. ފަތިސް ވެގެން އަންނަ އިރު ހުރިހާ އެއްޗެތި އެއޮންނަނީ މަގުތަކުގައި ވާލުކައި އަޅާފާ. އިލްޔާސް އިބްރާހިމްގެ ޑިފެންސް މިނިސްޓަރު ކަމުގައި މުޅިރާއްޖެއިން ވާލާއި ކާޅު ހުސްކުރި.
ހީވަނީ
01 March 2024
ހީވަނީ އާ ސަހަރާ މިސްކިތުގެ މަސައްކަތް ނިމެއްވާއިރަށް އަނެއްކާވެސް ބޮޑު ޖަރީމާ އަކަށް ތައްޔާރު ވަނީހެއްނެވެ.
ސީތާ
01 March 2024
ބުޅާފެސިލިޓީ ދާއިރާ ތަމްސީލުކުރާ މެމްބަރަކު މަޖްލީހުގައި ހުންނަންޖޭނެ. އެ ދާއިރާ ހިމަނައިގެން ވޯޓް ކަރުދާސް ތައްޔާރުކުރުން އެދެން. އަދި އެތަނަށް ފެންވަރު ރަނގަޅު ހޮސްޕިޓަލަކާއި ބުޅަލަށް ކިޔަވައިދޭނެ ސްކޫލަކާއި ތަމްރީނާއި ތަޖްރިބާ ލިބިފައިވާ މުވައްޒަފުން ހަމަޖައްސައިދެއްވާ. އަދި އިންޓަރނޭޝަނަލް އެއާޕޯޓެއްވެސް ބުޅަލަށް ބޭނުންވާނެ. އެހެންނޫނީ ރަށުބަންދުން ނުފިލާނެ. ދައުލަތުން އެކަށީގެންވާ މުސާރައެއްވެސް މުވައްޒަފުންނަށް ހަމަޖައްސައިދެއްވުން އެދެން.
ބުޅާބުލާ
01 March 2024
ބުޅާއަމާ ތައް މިހާރުވެސް މިމާލޭގަ ވަރަށްގިނަ މަގުމައްޗައްއެތަންމިތަނަށް ބެލުމެއްނެތި ކާއެއްޗެހިއަޅާފަދަނީ އެކައިގެން އެސޮރުމެން ގުއިރޭނެތަނެއްވެސްދައްކަބަލަ ކާންދޭންއުޅޭހެން އެހެން މީހުންންގެ ގޭދޮރުމައްޗަށްގުއިރެނީ. ކާންދޭންގިނައިން އުޅެނީ ބުޅާބޭރުންތަންތަނުން ގެނެސް ކުޑަދުވަސްކޮޅަކުގެންގުޅެފަ ފޫހިވެގެން އެބުޅާ އެލާލި އަންހެނުން ، އަބަދުވެސް ރީތިބުޅަލެއްފެންނައިރަށް ގެންގުޅޭބުޅާ އެއްލާލާ.
ޗަންޗިންގ
01 March 2024
ބުޅާތަށް ޗައިނާއަށް ފޮނުވާލާ. ފޭސްބުކްގަ ދިވެހިރައްޔިތުން ބޭސްފަރުވާއަށް ސަލާންޖަހާއިރު ހެޔޮނުވާނެ އެތައް މިލިޔަނެއް ބުޅާތަކަށް ޚަރަދުކުރަން. ޗައިނާ ރައްޔިތުން ނުހަނު ބޭނުންވާ އެއްޗެއް ބުޅަލަކީ.
އޮނަރަބްލް އަފީފު ދީދީ
01 March 2024
ދިރޭތަކެތި މެރިމަށް ހިތްވަރު ދެނީއެއްނޫން. އެހެން ނަމަވެސް ކ.މާލޭގެ މަގުމައްޗަށް ދޫކޮށްފައިވާ ބުޅާތައް ބަލާލުމުންވެސް އިތުރު ތަހުލީލި ކުރުމެއްނެތި އިގޭ ގިނަ ބުޅާތަކަކީ އެއީ ނުރައްކާތެރި އެތައް ބައްޔަކަށް ވާރުތަވެ ބަލިވެފައިވާ އިންސާނުންގެ ފުރާނަ ގެއްލިދާފަދަ ބަލިތައް ޖެހިފައިވާ ބުޅާތަކެއްގަން. # ބަޤުރޫޓްވެފައިއޮތް ދައުލަތަކުން ބުޅަލަށް މިވަރުގެ ޙަރަދެއް ކުރާންދިމާކުރާއިރު ދާދިފަހުންވެސް ކުރިއަރާފައިވާ ޤައުމަކުން މިފަދަ އެތައްލައްކަ ބުޅާ މަރާލި.
ގައްދޫ ދަންނަކަލޭފާނު
01 March 2024
ފެންނަފެނުމަށް ތިތަނަށް މަހަކު ބައިމިލިޔަންވަރު ތަޅާލާނެ.
ބީލަންދޮންބެ
01 March 2024
ކައުންސިލުން ބުނި ގޮތުގައި ބީލަން ހުށަހެޅޭނީ ދިވެހި ކުންފުނިތަކާއި ޕާޓްނާޝިޕް، ލޯކަލް އިންވެސްޓްމެންޓް އަދި ވިޔަފާރި ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށް އެކަންޏެވެ. މީ ކިހިނެއްވާކަމެއް؟
ސިޑު
01 March 2024
ހޭ ބަލިވެގެން އުޅޭ ބައެއް، އިންސާނުން މިެުޅެނީ ދިރި ނުއުޅެވިގެން