އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު: އޭނާ ވިދާޅުވީ މިހާރު އޮތް ތާރީހުގައި ނުބާއްވައިފި ނަމަ މަޖިލިސް އުވެންވާ އިރަށް މެމްބަރުން އިންތިހާބު ނުކުރެވިދާނެ ކަމުގެ ބިރު އޮތް ކަމަށް.
02 މާޗް 2024 - 14:38
އެޕްރީލް 21 ވާ އާދީއްތަދުވަހު ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބާއްވަން ނިންމީ، އެއަށް ވުރެން ލަސްކޮށްފި ނަމަ މިހާރުގެ މަޖިލިސް އުވުމުގެ އެއް މަސް ކުރިން އިންތިހާބު ނުބޭއްވި ގާނޫނާ ޚިލާފުވެދާނެ ކަމަށް ފެންނާތީ ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގް މިއަދު ވިދާޅުވެއްޖެ އެވެ.
މަޖިލިސް އިންތިހާބު މާޗް 17 ގައި ބާއްވަން އިލެކްޝަންސް ކޮމިޝަނުން ނިންމާފައި ވަނިކޮށް، ރޯދަ މަހު އިންތިހާބުތައް ނުބޭއްވޭ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އޮތް އެމްޑީޕީން އިންތިހާބާ ބެހޭ ގާނޫނު ވަނީ އިސްލާހުކޮށްފަ އެވެ. އެ ބިލް، ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގުކުރެއްވުމުން، އީސީން ނިންމީ އިންތިހާބު އެޕްރީލް 21 ގައި ބާއްވާށެވެ.
21 April akee roadhamas nimigen 10 dhuvas dhinumah fahu libey furathama dhuvas kama vaathee eve. Ithurah las koffi nama qaanoon gaivaa gothah, mihaaru oiy majlis uvumuge 1 mas dhuas kurin au majlis nuhovidhaane kamah fennaatheeve eve. https://t.co/E58PThhdlj
— Fuwad Thowfeek (@FuwadThowfeek) March 2, 2024
އެ ދުވަސް އާދީއްތަ ދުވަހަކާ ދިމާވާތީ، އީސީގެ ނިންމުމަށް އިދިކޮޅު އެމްޑީޕީން ދަނީ ފާޑުކިޔަމުންނެވެ. އާއްމުކޮށް އިންތިހާބުތައް ބާއްވަނީ ހޮނިހިރުދުވަހު ކަމަށާއި އެ ނިންމުން ބަދަލުކުރި ސަބަބު ސާފުކޮށްދޭން އީސީއަށް ވަނީ ގޮވާލައިފަ އެވެ.
އެއަށް ރައްދު ދެއްވައި، ފުއާދު ވިދާޅުވި ގޮތުގައި އޭޕްރީލް 21 ގައި މަޖިލިސް އިންތިހާބު ބާއްވަން ނިންމީ، އެއީ ރޯދަ މަސް ނިމި، ފަހު 10 ދުވަސް ދޫކޮށް އަންނަ ފުރަތަމަ ދުވަސް ކަމަށްވާތީ އެވެ.
އިންތިހާބުތަކާ ބެހޭ ގާނޫނަށް ފަހުން ގެނައި އިސްލާހުގައި ބުނަނީ، "މި ގާނޫނުގައި ނުވަތަ އެހެން ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ވީ ނަމަވެސް ރަމަޟާން މަހުގެ ދުވަހެއްގައި އިންތިހާބު ބާއްވައިގެން ނުވާނެ އެވެ. އަދި އިންތިހާބު ބާއްވަން ޖެހޭ ތާރީހް ރޯދަ މަހުގެ ދުވަހަކާ ދިމާވާ ނަމަ އެ އިންތިހާބެއް ބާއްވަން ވާނީ ރޯދަ މަސް ނިމި 10 ދުވަސް ފަހުން" ކަމަށެވެ.
ފުއާދު ވިދާޅުވި ގޮތުގައި މިހާރު ކަނޑައަޅާފައި އޮތް ތާރީހަށް ވުރެން މަޖިލިސް އިންތިހާބު ލަސްކޮށްފި ނަމަ، މިހާރު އޮތް މަޖިލިސް އުވުމުގެ އެއް މަސް ދުވަސް ކުރިން އާ މަޖިލިސް ނުހޮވިދާނެ ކަމަށެވެ.
މަޖިލިސް އުވުމުގެ އެއް މަސް ކުރިން، އިލެކްޝަންސް ކޮމިޝަނުން އާ މަޖިލީހަށް މެމްބަރުން އިންތިހާބު ކުރަން ޖެހެ އެވެ.
އާދިއްތަ ދުވަހެއްގައި އިންތިހާބު ބާއްވާތީ އެކަމާ، ކުރީގެ ރައީސް އަދި އެމްޑީޕީގެ އެޑްވައިޒަރު، އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.
އެ ނިންމުމާ ގުޅިގެން އިބޫ ރޭ ވިދާޅުވީ، ރަސްމީ ބަންދު ދުވަސްތަކުގައި އިންތިހާބުތައް ބާއްވަނީ ގާނޫނުއަސާސީން ލިބިދޭ އަސާސީ ހައްގެއްގެ ފުރުސަތު ގިނަ ބަޔަކަށް ހޯދައިދޭން ކަމަށެވެ.
އާދިއްތަ ދުވަހެއްގައި ބާއްވަނީ ސަރުކާރުގެ ނުފޫޒުން ކަމަށް ތުހުމަތު ކުރައްވައި އެމަނިކުފާނު ވަނީ ނުފޫޒުގައި އީސީން ނުޖެހުމަށް ގޮވާލައްވައިފަ އެވެ.
އީސީން ބުނެފައި ވަނީ ރޯދަމަސް ނިމޭތާ 10 ދުވަސް ފަހުން އިންތިހާބު ބާއްވަން ނިންމުމުން، އިތުރު 560 މީހުންނަށް އަލަށް ވޯޓުލުމުގެ ހައްގު ލިބޭ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރައްޔިތު މީހާގެ އަޑު
03 March 2024
ދެން އަވަހަށް ޤާނޫނަށް އިޞްލާޙެއް ހުށަހަޅާ! "... އެއްވެސް އާދީއްތަ ދުވަހެއްގައި އެއްވެސް އިންތިޚާބެއް ބާއްވައިގެން ނުވާނެކަމަށް" ތިއޮތީވާ އަގުލަބިއްޔަތެއް ބަޔަކަށް ލިބިފައި. ކުރިޔަށް އޮތް 5 އަހަރަށް ތިޔެއް ދެން ލިބިޖެއްޔާ، މިތާނު ސަރުކާރެއް ހިންގާނެކަމެއް ނެތް! ސަރުކާރުން ކުރަން ބޭނުން ކޮންމެ ކަމެއް ޤާނޫނު އިޞްލާޙްކޮށްގެން ހުއްޓުވާނެ!
ވޯލް
03 March 2024
އެހެންވިއްޔާ ރައީސުކްޖުމްހޫރިއްޔާ ޖެހޭނެ އެހި ރަސްމީ ބަންދު ދުވަހަކަށް ހަދަން.
އަލިކާ ދިއްދޫ
03 March 2024
ގާނޫނު ހަދާ ތަނޭކިޔައިގެން ބައިތުލުމާލުން ލާރިތަކެއް ހަރަދުކޮއް ކަމެއްނުވާ ހުސަބއަނގަތަޅާބައެއް ތިބިތަނެއްތީ. ތިގާނޫނުހަދާ މަޖިލިހާއި އެތާގެ މެންބަރުން ނެތަސް ހަމަވާނީ އެއްގޮތް. ތިތަނުން ހެދި މޮޅުގާނޫނަކުން އިންސާފު ލިބުނު ރައްޔިތަކު މިތާއުލޭބާވައެވެ ނުހައްގުން ފަޅުތަކާއި ރައްތައް މަސުރޫއުތައް ނަގައިގެން އަންބިޮޑިޔައްލައިގެން އޭގެ މުއްސަނދިކަމުގައި އުދުހެނީވެސް ތިޔަކިޔާ ގާނޫނުހަދާ މަޖިލީހުގެ މެންބަރުންނެވެ ތި އިންތިހާބު ނުބާއްވާ ތިތަންއުވާލާށެވެ.
ބޮގޭ
03 March 2024
މާޗު 17 އަކީ ވެސް އާދީއްތައެއް ފުއާދުބޭ! އާދީއްތަ ޚާއްސަވުމުގައި ސަބަބެއް އޮންނާނެއެވެ.
2024
03 March 2024
މަޖިސް ސަރުކާރަށް ލިބޭ އިރަށް ބޭންކޮކް ސަފީރަކަށް ފުއާދުބެ...... ބޮއިހަލަކި
ސިޔާސަން
03 March 2024
ސިޔާސަކުދިންނަށް ހަމަސާބަސް! ޤާނޫނު ހަަދަނީވެސް މިމީހުން ހެދިޤާނޫނާއި އެއްގޮތަށް ކަންތައް ކުރީމަވެސް ކަމަކުނުދޭ. މިއީދެން ތަންފުކެއް ބޮޑުވަރު. މިހާރު މިރާއްޖޭގެ 3 ބާރުގެތެރެއިން ޝަރުޢީދާއިރާނޫނީ ހަރުދަނާ ދާއިރާއެއްނެތޭވެސް ބުނެވޭވަރުއެބަވޭ. ސަރުކާރު މަތިބަރުވެ، އެމީހުނަށް މުސާރަދޭ ރައްޔިތުމީހުން އިނދަޖެހި އެތަކެއްޖީލަށް ދަރާވިއްކަމުންގެންދާއިރު މިއެންމެން ކަންތައްކުރަނީ ރަނގަޅަށްތޯބަލައި ހަމަމަގަށް އަޅުވަންޤާނޫނުހަދާ ބާރުމިފެންނަނީ މޮޔަވާތަން.
ބޫގަލް
02 March 2024
ނޮވެމްބަރ 17 ގައި ހުވައިކޮށްގެން މާރޗް 17 ގައި ވޯޓު ލައިގެން މީ ކޮން މަދަނީ އައްޑަނައެއްތޯ މިހަދަނީ؟
މަލިކުބޭ
02 March 2024
އެންމެ ރަނގަޅު ދެން މާރޗް 17 އާދީއްތަ ދުވަހު ވޯޓުލާން ނިންމާ އިއުލާންކުރީ އެދުވަހު ކޮން ޑެޑްލައިނެއް އޮވެގެންތޯ؟ އާދީއްތަ ދުވަހު ތިޔަ ހަދާ ފަންޑިތަ ވެސް ހަމދާނީ ޗޮކުން.
ކަނބުރުގެ
02 March 2024
ފުއާދުބޭ ދަންނަވަންތޯ. މިގައުމުގަ ކޮންކަމެއްތޯ ގާނޫނާއެއްގޮތަށް ދަނީ؟ ރޯދަ ނިމިގެން 10 ދުވަސްފަހުން އިންތިހާބު ބާއްވަން ގާނޫނު އިސްލާހުކުރި މީހުންނަށް ނޭނގެނީތޯ ލަސްކުރީމަ ދިމާވާނެ މައްސަލަތައް؟ މަޖިލީހުގެ މެޖޯރިޓީ ޕާޓީން މިހާރު ބަލަނީ ގާނޫނާ އާންމު މަސްލަހަތަށް ވުރެ ޕާޓީގެ މަސްލަހަތަށް.
އަސްލު...
02 March 2024
ޥެރިއަކަށް މިބޭފުޅާ ހުންނަވައިގެން ރަގަޅު އިންތިޚަބެއް ނުބޭއްވޭނެ ނާގާބިލު ބޭފުޅެއް ފުއާދު ތައުފީގު އަކީ ވަރަށް ނުކުރެވޭ ވަކިފަރާތަކަށްޖެހި ނިމިފައިވާ ބޭފުޅެއް...
އެހެން
03 March 2024
ތީ އަސްލެއްނޫ، ތީބުހުތާނުދޮގު