ކުޅިވަރު / ވީއޭއެމް އިލެކްޝަން

ވީއޭއެމްގެ އިންތިހާބު މިމަހު 15 ގައި، އާ ރައީސަށް ލިބެނީ މިދައުރުގެ ބާކީއޮތް އެއް އަހަރު

ވީއޭއެމްގެ ކުރީގެ ރައީސް ރަނޭ އެފްއައިވީބީގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަނީ: އޭނާގެ މަގާމުން އިސްތިއުފާ ދިނުމުން އިންތިހާބު ކުރަން ވަނީ އިއުލާންކޮށްފަ އެވެ.

03 މާޗް 2024 - 17:25

ވޮލީބޯޅަ އެސޯސިއޭޝަންގެ މިހާރުގެ އެކްސްކޯގެ ދައުރުގައި ބާކީ އޮތް އެއް އަހަރަށް ރައީސާއި ނައިބު ރައީސުން އަދި ބޯޑްގެ އެހެން މަގާމުތަކަށް މެންބަރުން އިންތިހާބު ކުރަން އިއުލާން ކޮށްފި އެވެ.

ވީއޭއެމުން މިއަދު ނެރުނު އިއުލާނުގައި ބުނެފައި ވަނީ، މިހާރު އަމަލުކުރަން ފަށާފައިވާ އެ އެސޯސިއޭޝަނުގެ އާ އަސާސީގަވާއިދުގައި ބުނެފައިވާ ގޮތުގެ މަތިން އެކްސްކޯގައި ހުސްވެފައިވާ މަގާމުތަކަށް އިންތިހާބު ކުރާ މެންބަރުންގެ ދެމި ތިބޭނީ މިހާރު ހިނގަމުންދާ ދައުރުގެ ބާކީ އޮތް މުއްދަތައް ކަމަށެވެ. މިހާރުގެ ދައުރު ހަމަވާނީ އަންނަ އަހަރުގެ އޭޕްރީލް އެއްވަނަ ދުވަހު އެވެ. ކޮމިޝަނާ އޮފް ސްޕޯޓްސްގެ އޮފީހުން ވަނީ މި ގަވާއިދުގައި ތައްގަނޑު ޖަހައި އެޕްރޫވް ކޮށްފަ އެވެ.

ވީއޭއެމްގެ އިންތިހާބު އެންމެ ފަހުން ބާއްވާފައި ވަނީ، އޭޕްރީލް 2021 ގަ އެވެ. އެ އަހަރު ބޭއްވުނު އިންތިހާބުން ވީއޭއެމްގެ ރައީސްކަމަށް ވަޑައިގެންނެވި، މުހައްމަދު ރަނޭޝް ވަނީ މަގާމުން އިސްތިއުފާ ދީފަ އެވެ. މޯލްޑިވިއަންގެ ޕައިލެޓްކަމުގެ ވަޒީފާ އަދާކުރި، ރަނޭ މިހާރު ވަނީ އަބޫދާބީގެ އެއާލައިނަކުން ވަޒީފާ ލިބުމުން އެތަނަނަށް ދިރިއުޅުން ބަދަލުކުރައްވަފަ އެވެ.

އާ އަސާސީ ގަވާއިދުގެ ދަށުން އެކްސްކޯ މެންބަރުގެ އަދަދަކީ 15 އެވެ. އޭގެ ތެރޭގައި ހަ ނައިބު ރައީސުންގެ ވެސް ހިމެނެ އެވެ. އަދި ޖެނަރަލް ސެކްރެޓަރީ އާއި ހަޒާންދާރު އަދި އެކްސްކޯގެ މެންބަރުންގެ ގޮތުގައި ވެސް ހަ މަގާމެއް ހިމެނެ އެވެ.

މި މަހު 15 ގައި ބާއްވާ ކޮންގްރެސްގައި ވީއޭއެމްގެ އެކްސްކޯއަށް އިންތިހާބުކުރާ މަގާމުތައް

ވީއޭއެމްގެ މިހާރު ވެސް ދެ ނައިބު ރައީސުން ހިމެނެ އެވެ. އެއީ އަބްދުﷲ ނަޝީދު (އަބްޅޯ) އާއި އަލީ އަޝްރަފް (އަޝްރާ) އެވެ. އޭޕްރީލް 2021 ގައި ބޭއްވި އިންތިހާބުގައި، އެކްސްކޯ މެންބަރުކަމަށް ވަޑައިގެންނެވި، ބޭފުޅުންގެ ތެރެއިން، ވަކި ނުވެ މިހާރު މަގާމުތަކުގައި ތިބި ފަސް ބޭފުޅުން، އާ އަސާސީ ގަވާއިދުގެ ދަށުން ހިންގާ ކޮމިޓީގެ މަގާމުތަކުގައި ތިބޭނެ ކަމަށް ވީއޭއެމުން މިއަދު ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.

"އެކެއް އެޕްރީލް 2021 ގައި އިންތިޚާބު ކުރެވުނު މި އެސޯސިއޭޝަނުގެ ހިންގާ ކޮމިޓީގައި ހިމެނޭ އިންތިހާބީ ހުރިހާ މެމްބަރުން ވަނީ 5 ފެބުރުވަރީ 2024 ވަނަ ދުވަހު ބޭއްވުނު މި އެސޯސިއޭޝަނުގެ ޢާއްމު ޖަލްސާގެ އިއްތިފާގުން ފާސްކޮށްފައިވާ "ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ހިންގާ ގަވާޢިދު (ވާރޝަން 2023) ގައި ކަނޑައަޅާފައިވާ ހިންގާ ކޮމިޓީއަށް މެމްބަރުން ބަދަލުކުރުމުގެ ޤަރާރު" ގައި ބަޔާންކުރާގޮތަށ،ް މި އެސޯސިއޭޝަނުގެ ހިންގާ ގަވާއިދު (ވާރޝަން 2023) ގެ 20 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މަގާމުތަކަށް ހިޖުރަކުރެވިފަ އެވެ.،" ވީއޭއެމުން މިއަދު ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.

ވީއޭއެމުން ބުނީ އާ އަސާސީ ގަވާއިދުގެ ދަށުން ހިންގާ ކޮމިޓީ އިސްތިޢުފާ ދިނުމުގެ ސަބަބުން ނުވަތަ އެނޫންވެސް ސަބަބަކާހުރެ އުފެދޭހުސް މަޤާމުތަކަށް 30 ދުވަހުގެ ތެރޭގައި އެހެން މެމްބަރަކު ކޮންގްރެސްގެ ޖަލްސާއަކުން އިންތިހާބު ކުރަން ޖެހޭ ކަމަށެވެ. އަލަށް އިންތިހާބު ކުރާ މަގާމުތަކަށް ކުރިމަތިލުމުގެ އެންމެ ފަހު ދުވަހަކީ މި މަހު 10 ވަނަ ދުވަހެވެ.

0 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454