މަސްމާރުކޭޓު ކައިރިން ކުޑަ ޑިންގީއެއްގައި އެއްގަމަށް ކަންނެލި ބާލަނީ. މަސް އެކްސްޕޯޓު ކުރާ ވަރު ވަނީ 50 ޕަސެންޓް ދަށްވެފައި ---ފޮޓޯ: ނިޝާން އަލީ/މިހާރު
04 މާޗް 2024 - 15:11
މިދިޔަ ޖެނުއަރީ މަހު މަސް އެކްސްޕޯޓު ކުރި ވަރު 50 ޕަސެންޓަށް ދަށަށް ހިނގައްޖެ އެވެ.
މަރުކަޒީ ބޭންކް، އެމްއެމްއޭއިން އާންމުކުރި ތަފާސްހިސާބުތަކުން އެނގޭ ގޮތުން ޖެނުއަރީގައި އެކްސްޕޯޓު ކުރީ 4،500 މެޓްރިކް ޓަނުގެ މަހެވެ. މިދިޔަ އަހަރުގެ ޖެނުއަރީ މަހު 8،500 މެޓްރިކް ޓަނުގެ މަސް ވަނީ އެކްސްޕޯޓް ކޮށްފަ އެވެ.
މިދިޔަ ޖެނުއަރީ މަހު އެހާ ބޮޑަށް އެކްސްޕޯޓް ކުރި ވަރު ދަށްވީ، ކަޅުބިލަ މަސް އެކްސްޕޯޓް ކުރި ވަރު ދަށްވުމުންނެވެ. ޖެނުއަރީ މަހު ވަނީ 2،200 މެޓްރިކް ޓަނުގެ ކަޅު ބިލަ މަސް އެކްސްޕޯޓުކޮށްފަ އެވެ. މިއީ މިދިޔަ އަހަރަށް ވުރެ ގާތްގަނޑަކަށް 49 ޕަސެންޓް ދަށްވުމެކެވެ. މިދިޔަ އަހަރުގެ ޖެނުއަރީ މަހު 6،100 މެޓްރިކް ޓަނުގެ މަސް ވަނީ އެކްސްޕޯޓުކޮށްފަ އެވެ.
މިދިޔަ ޖެނުއަރީ މަހު ފިނިކުރި އަދި ގަނޑުކުރި މަސް އެކްސްޕޯޓުކުރި ވަރު ދަށްވި ނަމަވެސް، ދަޅުގައި ބަންދުކޮށްގެން އެކްސްޕޯޓު ކުރި އަދަދު ވެސް ވަނީ 55 ޕަސެންޓް ދަށްވެފަ އެވެ.
މިދިޔަ އަހަރު 78،000 މެޓްރިކް ޓަނުގެ މަސް ވަނީ އެކްސްޕޯޓުކޮށްފަ އެވެ. އެކްސްޕޯޓު އެހާ ބޮޑަށް ދަށްވެފައިވާ އިރު، މިދިޔަ އަހަރު ފަހުކޮޅު ރާއްޖޭގައި އެންމެ ފުޅާ ދާއިރާގައި މަސް އެކްސްޕޯޓު ކުރަމުން ދިޔަ އެންސިސް އިން ވަނީ މަސް ފެކްޓަރީ ބަންދުކޮށް، މަސް ގަތުން ހުއްޓާލައިފަ އެވެ. އެންސިސް އިން މަހުގެ ވިޔަފާރި ދޫކޮށްލީ، ސަރުކާރުން މަސް ކިލޯއެއް ވިއްކާ އަގު 25ރ. އަށް ބޮޑުކުރުމުން، އެ އަގުގައި އެ ވިޔަފާރި ކުރެވެން ނެތުމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮރަލް
05 March 2024
މަސްވެރީން ދުވަން ވީ އެމްޑީޕީ ފަހަތުންނެވެ. މުއިއްޒު ފަހަތުންނެއް ނޫނެވެ. މަސް ކިލޯއެއް ވިއްކާ އަގު 25ރ. އަށް ބޮޑުކުރުމުން، އެންސިސް އިން ވަނީ މަސް ފެކްޓަރީ ބަންދުކޮށް، މަސް ގަތުން ހުއްޓާލައިފަ އެވެ.
އަދްނާންް
05 March 2024
މީގެ ފުރިހަމަ ޒިންމާ ކުރީ ސަރުކާރުން ނަގަންޖެހޭނެ. މިއީ އެމިހުން ހަމަ ޕްލޭންކޮށްގެން ރައްޔިތުން ބިކަ ކޮށްލަން ކުރި ކަމެއް.
ޒުމްރާާ
05 March 2024
އެމްޑީޕީ އަކީ ވޯޓަކާ ޖެހިއްޖެ ނަމަ ކޮންމެ ފަދަ ކަމެއް ކުރަންވެސް ކެރޭނެ ބަޔެއް. އެއީ ރައްޔިތުންނަށް އެއްވެސް ބެލުމެއްނެތި އަމިއްލަ ފައިދާއަށް މަސައކަތް ކުރާ ބަޔެއް.
ސިޔާމްް
05 March 2024
އެންސިސް ފަދަ ޕްރައިވެޓް ކުންފުނިތަށް އިނދަޖައްސީ މިދިޔަ ސަރުކާރުން. އެއްވެސް ޕްލޭނެއްނެތި މަހުގެ އަގު ބޮޑުކުރުމުން އޭގެ ގެއްލުން އެތަށް ގުނަޔަކުން ގައުމަށް ކުރިމަތިވާނެ.
ބަޝީރްް
05 March 2024
ރައްޔިތުންނަށް ބޮޑު ތަކުލީފެއް ޖައްސާ މަސްވެރިކަމުގެ ސިނާޔަތުގަ އުޅޭ މީހުންނަށް ނުވާވަރުގެ ގެއްލުމެއްދީފަ އެމްޑީޕީއިން މިޔަދު މިކަމުގެ ފުރިހަމަ ޒިންމާ ނަގަންޖެހޭނެ.
ސަމަދު އަލީ
05 March 2024
މާ ރަނގަޅު ތިހެން ވުމުން. އަގު ހިފަހައްޓަން ވާނެ.
ލިޔާ ސޮރު
05 March 2024
25ރ އަށް މަސް ގަންނަ އަގު ބޮޑު ކުރީމަ ވާ ގޮތް މީ. އަމިއްލަ ކުންފުނިތަކުން މި ޖެހެނީ ވިޔަފާރި ހުއްޓާލަން. މިފްކޯއަށް އެކަނި މިކަމެއް ނުވާނެ. މަސް ގަންނަ އަގު ދައްކުރަން ޖެހޭ މަސްވެރިން ކިތަންމެ އެއްޗެކޭ ކިޔަސް. މަސްވެރިންނަށްވެސް އެންމެ ފައިދާވާނީ އެ ގޮތް. އެހެން ނޫނިއްޔާ ފަހުން މަސް ގަންނާނެ އެންމެ ކުންފުންޔެއްވެސް ނުވާނެ. ގެއްލުން ވަނީ ހަމަ މުޅި ރައްޖެއަށް
ކަލާމު
05 March 2024
ސަރުކާރުން އެކަނި މަސްވެރުކަމުގެ ސިނާއަތުގަ އޮތީ. މަސްވެރިކަމުގެ ސިނާއަތް ކުރި އަރާނީ އަމިއްލަ ކުންފުނިތަކަށް ފުރުސަތު ދީގެން.
އަސީލު
05 March 2024
ރައްޖޭގެ މަސްވެރިކަން ކުރިއަކަށް ނާރާނެ ސަރުކާރުން މަސްގަތުން ދޫކޮށްލާ ޕްރައިވެޓް ސެކްޓާއަށް މި މަސައްކަތް އެއްކޮށް ދޫ ނުކޮށްލާ ހިނދަކު
ފާތުން ސޯލިހް
05 March 2024
އަދިވެސް އިބޫ ވާނެ 25ރ އަށް ވޯޓް ހޯދަން އެއްޗެސް ދިރާސާއެއް ނެތި މަސް ކިލޯ ހަދަން. ތާހިރު ވެއްޖެ؟