ކުޅިވަރު / ބެޑްމިންޓަން އެސޯސިއޭޝަން

މޫސަގެ ފިހާރައިން ވެސް ބޯޅަ ގަންނަނީ އުސޫލާ އެއްގޮތަށް: ބީއޭއެމް

ބެޑްމިންޓަން އެސޯސިއޭޝަންގެ ރައީސް މޫސާ ނާޝިދުގެ މަސްލަހަތު އޮންނަ "އަސްކަނި" ފިހާރައިން ބޯޅަ ގަންނަނީ އިދާރާތަކުގެ ލަފަޔާ އެކު އޮންނަ އުސޫލުގެ ތެރެއިން ކަމަށް، އެ އެސޯސިއޭޝަނުން ބުނެފި އެވެ.

ބީއޭއެމްއަށް ބޯޅަ ގަންނަނީ، މޫސަގެ ފިހާރައިން ތޯ އާއި އެކަން ކުރާ އުސޫލަކީ ކޮބައިތޯ، ސާފު ކުރަން "މިހާރު" އިން ފޮނުވި ސިޓީ އަށް ޖަވާބު ދެމުން އެ އެސޯސިއޭޝަނުން ބުނީ، ބޯޅަ ގަތުމުގެ އިތުރަށް ސްޕޮންސަރުންގެ އަތުން ވެސް ލިބޭ ބޯޅަ މުބާރާތްތަކުގައި ބޭނުން ކުރާކަމަށެވެ.

ބޯޅަ ގަތުމުގައި ގޮންޖެހުންތައް އެބަ ހުރި ކަމަށް، އެސޯސިއޭޝަނުގެ ނައިބު ރައީސް އަހްމަދު ޝާކިރު މޫސާ ސޮއި ކުރައްވާފައިވާ ސިޓީގައި ބުނެފައި ވެއެވެ. އެ ދަތިތައް ހުރުމުން، ކަމާ ގުޅުން ހުރި އިދާރާތަކުން ލަފާ ހޯދައިގެން ކަމަށެވެ.

"މޫސާ ނާޝިދުގެ މަސްލަހަތު އޮންނަ ވިޔަފާރިއަކުން ވެސް މި އެސޯސިއޭޝަނަށް ބޯޅަ ސަޕްލައި ކުރެ އެވެ. މި އެސޯސިއޭޝަނަށް ބެޑްމިންޓަން ކުޅޭ ބޯޅަ ގަތަުމުގައި ހުރި ގޮންޖެހުންތަކާ ގުޅިގެން ފާއިތުވި އަހަރުތަކުގައި ވެސް ކަމާ ބެހޭ މުއައްސަސާތަކުގެ ލަފަޔާއި އިރުޝާދު ހޯދާފައި ވާނެ އެވެ. އަދި ތަކެތި ގަތުމުގައި އުސޫލެއްގެ ގޮތުން މި އެސޯސިއޭޝަނުން އަމަލު ކުރަނީ މާލިއްޔަތު ގާނޫނާ އެއްގޮތަށެވެ.،" ބީއޭއެމްގެ ސިޓީގައި ވެއެވެ.

މޫސަގެ މަސްލަހަތު އޮންނަ ފިހާރަ އަކަށް ބޯޅަ ގަންނާތީ، އެ މައްސަލަ އޭސީސީ އަށް ވެސް ހުށަހެޅި އެވެ. އޭސީސީން ނިންމީ ކޮރަޕްޝަންގެ ކުށެއް އެކުލެވިގެން ނުވާ ކަމަށެވެ.

"އެ ފިހާރައިން (ބޯޅަ) ގަތުމަށް ފެންނަކަމުގައި އެންޓި ކޮރަޕްޝަން ކޮމިޝަނުން ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް އަށް ލަފާދީފައިވާތީ މިމައްސަލާގައި، ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގައި ގައި ބުނާފަދަ ކޮރަޕްޝަންގެ އަމަލެއް ހިންގާފައިވާކަމަށް މިކޮމިޝަންގެ ތަހްގީގަށް ބެލެވެން ނެތުމުން، އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ގާނޫނުގައިވާ ފަދައިން މި މައްސަލައަކީ ކޮރަޕްޝަނުގެ ކުށެއް އެކުލެވިގެންނުވާ މައްސަލައެއްކަމަށް ކަނޑައަޅައި މި މައްސަލަ ނިންމީ އެވެ." 2017 ގައި އޭސީސީން ބެލި މައްސަލަތަކާ ގުޅޭ ގޮތުން އާންމު ކުރި ލިޔުމުގައި ބުނެފައި ވެއެވެ.

އެ ލިޔުމުގައި އެ ކޮމިޝަނުން ބުނެފައި ވަނީ އެ މައްސަލަ އޭސީސީ އަށް ހުށަހެޅި ދުވަސްވަރު ގަނެފައިވާ ތަކެއްޗާ ގުޅޭ ލިޔުންތައް އޭރު އެ އެސޯސިއޭޝަންގެ އޮފީސް ބަދަލުވެފައިވުމުން ތަހްގީގަށް ހޯދިފައި ނުވާ ކަމަށެވެ.

މޫސަގެ ފިހާރައިން ބޯޅަ ގަންނަން ޖާގަ ދޭ ގޮތް!

ބެޑްމިންޓަން ބޯޅަ، ފެދާ ޝަޓްލްސް އާއި ޔޮނެކްސް މާވިސް 500 / މާވިސް 350 ރަބަރު ބޯޅަ ހޯދަން އެސޯސިއޭޝަނުން 2016 ގައި އިއުލާން ކުރުމުން، އެހެން ކުންފުންޏަކުން ހުށަހަޅައިގެން ބިޑް ކާމިޔާބު ކުރި އެވެ. އެކަމަކު އެ ކުންފުނިން އެތަކެތި ފޯރުކޮށްދީފައި ނުވާތީ ދެވަނަ ފަހަރަށް އިއުލާން ކުރެ އެވެ.

މޫސަގެ "އަސްކަނި ސްޕޯޓްސް" އޭގެ ތެރެއަށް ވަންނަނީ އެހާހިސާބުންނެވެ. މިފަހަރު ދެ ކުންފުންޏަކުން ބިޑް ހުށަހަޅަ އެވެ. އޭގެ ތެރެއިން އަސްކަނިން ބިޑް ހުށަހަޅަނީ ކްރެޑިޓަށް ބޯޅަ ފޯރުކޮށްދޭނެ ކަމަށެވެ. އަސްކަންޏަށް ބިޑް ދޭން އެސޯސިއޭޝަނުން ބޭނުން ވާތީ ވެ މޫނުމަތި ރީތިކޮށްލަން، މައްސަލައިގެ ތެރެއަށް އޭސީސީ ވަނުމަށް، އެސޯސިއޭޝަނުން އިސްވެ ދައުވަތު ދެ އެވެ. އަސްކަންޏަކީ އެސޯސިއޭޝަނުގެ ރައީސްގެ ކުންފުންޏަކަށް ވާތީ މަސްލަހަތު އެ ދެމެދަށް ވަންނަކަމަށް ބުނެ އޭސީސީން، އެކަމާ މެދު ލަފާ ދިނުމަށް، ބެޑްމިންޓަން އެސޯސިއޭޝަނުން އޯގަސްޓް 2016 ގައި އޭސީސީގެ ކިބައިން އެދުނެވެ.

އެސޯސިއޭޝަންގައި ކުރިން މަސައްކަތް ކުރެއްވި ބޭފުޅާ ވިދާޅުވީ، އަނެއް ދެ ކުންފުންޏަކީ ވެސް މޫސަގެ ކޮންޓްރޯލް ކޮންމެ ވެސް ސިފައެއްގައި އޮންނަ ދެ ކުންފުނި ކަމަށެވެ. ފުރަތަމަ އިއުލާނުން ބިޑް ކާމިޔާބުކުރުމަށް ފަހު ސާމާނު އެ އެސޯސިއޭޝަނަށް ފޯރުކޮށް ނުދޭ ކުންފުންޏަކީ ވެސް އަދި ދެވަނަ ފަހަރަށް އިއުލާން ކުރުމުން، މޫސަގެ އަސްކަނި ސްޕޯޓްސް އާއެކު ދެން ބިޑް ހުށަހެޅީ ވެސް މޫސަގެ ކޮންޓްރޯލް އޮންނަ ދެ ކުންފުނި ކަމަށް އޭނާގެ މައްޗަށް ތުހުމަތުކޮށް އެ އެސޯސިއޭޝަންގައި ކުރިން މަސައްކަތް ކުރި އޮފިޝަލަކު ބުންޏެވެ.

3 ކޮމެންޓް, 8 ރިއެކްޝަންސް

icon happy icon happy 50%
icon sad icon sad 0%
icon angry icon angry 50%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ބްރޯސ

06 March 2024

"އަސްކަންޏަށް ބިޑް ދޭން އެސޯސިއޭޝަނުން ބޭނުން ވާތީ ވެ މޫނުމަތި ރީތިކޮށްލަން، މައްސަލައިގެ ތެރެއަށް އޭސީސީ ވަނުމަށް، އެސޯސިއޭޝަނުން އިސްވެ ދައުވަތު ދެއެވެ" ރާއްޖޭގައި ކަން ހިނގާގޮތަށް ބާލާފައި އޭސީސީއަށް ހުށަހެޅޫމަކީ ތައުރީފުކުރަންޖެހޭކަމެއް. މޫނުމަތި ރީތިކުރަންވިޔަށް އަދި ޖެނުއިންކޮށްވިޔަސް މީއެކަން ކުރަންޖެހޭގޮތަކީ.

The name is already taken The name is available. Register?

22222

06 March 2024

އެކެއްގެ ބެލުމުގެ ދަށުގައިވާ 2 ތަން. ދެން ކިހިނެއް ދިފާއުކޮށްފައި ދައްކާ ވާހަކަ ޤަބޫލުކުރެވޭނީ.

The name is already taken The name is available. Register?

Draw

05 March 2024

2016 ، 2017 ވަނަ އަހަރު ބިޑަށް ކުރިމަތި ނުލިއެއް ކަމަކު މިހާރު ކުރިމަތިލާނެ. އެއީ ދާއިމަށް އޮންނަންޖެހޭ ކަމެއްނޫން. ބިޑަށް ގިނަފަހަރު ބައެއް ތަންތަނަށް ކުރިމަތި ނުލަނީ އެތަަންތަނުން ބިލްތަކަށް ފައިސާ ދައްކާލެއް ލަސްކަމުން. އަދި ކޮރަޕްޝަން އިންތިހާއަށް އޮންނާތީ. ބިލަށް ފައިސާ ދިނުމަސް 6 މަސްވެސް ނަގާފާނެ. އެކަމަކު ތިޔަބުނާ މޫސަމެންތަނުން ގަނެފިއްޔާ ބިލަށް 7 ދުވަހުގެ ތެރޭގައި ފައިސާދޭނެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454