ޚަބަރު / ނ. ލަންދޫ

ލަންދޫ ސްކޫލް ކުދިން ޖަމާއަތުގައި ނަމާދުކުރަން އާދަކުރުވައިފި

ލަންދޫ ސްކޫލުގައި ކުރިއަށް ގެންދިޔަ ނަމާދު ޕްރޮގްރާމުން އެންމެ ގިނަ ނަމާދުކޮށް އިނާމް ހާސިލް ކުރި އެ ސްކޫލު ގްރޭޑް 10ގެ ދަރިވަރު އަދި ސްކޫލުގެ ވައިސް ކެޕްޓަން މުހައްމަދު އަރްހަމް އަބޫަކުރު.-- ފޮޓޯ:ލަންދޫ ސްކޫލު

ނ. ލަންދޫ ސްކޫލްގެ ފިރިހެން ދަރިވަރުން ޖަމާއަތުގައި ނަމާދުކުރުން މަދުވުމަކީ މީގެ ދުވަސްކޮޅެއް ކުރިން ސްކޫލާއި ބެލެނިވެރިންގެ ވެސް އޮތް ކަންބޮޑުވުމެކެވެ. އެ ސްކޫލްގެ 200 އަށް ވުރެ ގިނަ ދަރިވަރުންގެ ތެރެއިން ފިިރިހެން ދަރިވަރުންގެ އަދަދު 100 އަށް ވުރެ މައްޗެވެ. އެކަމަކު ޖަމާއަތަށް ނަމާދަށް ދަނީ ދެ ތިން ހަތަރު ދަރިވަރުންނެވެ.

އެކަމަށް ހައްލު ހޯދަން ސްކޫލުން ނިންމީ އެންމެ ގިނައިން ޖަމާއަތުގައި ނަމާދުކުރާ ފިރިހެން ދަރިވަރަކަށް އިނާމެއް ދޭށެވެ. މިދިޔަ އަހަރުގެ ޖެނުއަރީގައި ފެށި އެ ޕްރޮގްރާމު ކުރިއަށް ގެންދިޔައީ އެ އަހަރުގެ ޑިސެމްބަރުގެ ނިޔަލަށެވެ.

"އަސްލު މިއީ ނަމާދަށް ކުދިން އާދަކުރުވަންވެގެން ފެށި ކަމެއް. ފިރިހެން ކުދިން މިސްކިތަށް ގެންދިއުމުގެ ބޭނުމުގައި، ހާއްސަކޮށް ޖަމާއަތަށް. އަޅުގަނޑުމެން ހުށަހެޅީ އެ މުއްދަތުގައި އެންމެ ގިނަ ނަމާދުކުރާ ދަރިވަރަކަށް ބައިސްކަލެއް ދޭން، ފެށީ ވެސް ހަމަ އެހެން ކިޔާފައި،" ސްކޫލްގެ ޕްރިންސިޕަލް ޔޫސުފް އަބްދުލްރަހީމް ވިދާޅުވި އެވެ.

ލަންދޫ ސްކޫލުގައި ކުރިއަށް ގެންދިޔަ ނަމާދު ޕްރޮގްރާމުން އެއްވަނަ ހޯދި ދަރިވަރަށް ސްކޫލުން މަރުހަބާ ކިޔަނީ. -- ފޮޓޯ: ލަންދޫ ސްކޫލް

ފިރިހެން ކުދިން މިސްކިތަށް ޖަމާއަތަށް އަރާތޯ ބަލަން ފެށީ މިސްކިތު އިމާމުންނާއި މަސައްކަތު މީހުން ލައްވަ އެވެ. ނަމަވެސް ފަހުން ލީޑިން ޓީޗަރުން ހަފްތާ އަކު ދެ ދުވަހު އެކަން ކްލާހުން ބަލާ ގޮތަށް ބަދަލުކުރި އެވެ.

ނަމާދަށްދާ ކުދިންގެ ނަންތައް ރަށުގެ ކޮމިއުނިޓީ ގްރޫފަށް މަހަކު އެއް ފަހަރު ލަމުން ގެންދިޔަ އެވެ.

މި ޕްރޮގްރާމާ އެކު، ޖަމާއަތަށް ނަމާދަށް ދާ ކުދިންގެ އަދަދު އިތުރުވިޔަސް ފަތިސް ނަމާދަށް ދާ ކުދިންގެ އަދަދު އެހާ ބޮޑަށް އިތުރެއް ނުވި އެވެ. އެހެންވެ އެކަން ވެސް ހައްލުކުރަން އާ މަސައްކަތެއް ފެށި އެވެ.

"ކޮންމެ ދުވަހަކު ސްކޫލު ވެސް ފަށާނީ ޕްރިފެކްޓުންގެ ތެރެއިން އެއް ދަރިވަރަކު އިއުލާން ކޮށްލާނެ، ޖަމާއަތުގައި ފަތިސް ނަމާދު ނުކުރާ ފިރިހެން ކުދިން. ފަތިސް ނަމާދު ނުކުރާ ކުދިންގެ ނަންތައް، އެ އެސެމްބްލީ އޭރިއާ އަށް ކުދިން ކުރިމައްޗަށް ނުކުންނަން،" ޕްރިންސިޕަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެހެން ހަދަން ފެށުމުން ފަތިސް ނަމާދަށް ޖަމާއަތަށް ނުދާ ކުދިންގެ އަދަދު ވަރަށް ބޮޑަށް މަދުވި ކަމަށެވެ.

"ފަތިސް ނަމާދު މި ވަނީ މީހުންނަށް ވަރަށް ނުދެވޭ ނަމާދަކަށް. ސްކޫލުން ވަރަށް ބޮޑަށް ބާރުއަޅާ ކަމެއް އެއީ ނަމާދުކުރަން. ފަތިސް ނަމާދު ނުކޮށް އައިސްފި ނަމަ އަޅުގަނޑުމެން ސްކޫލުގައި އެ ކުދިން ލައްވައި ނަމާދު މި ކުރުވަނީ. ބެލެނިވެރިންނަށް ވެސް މަޖުބޫރު ވާނެ ކުއްޖާ ގޮވައިގެން ދާން ޖަމާއަތުގައި ނަމާދު ކުރަން. ވަރަށް ބޮޑަށް ގުޅިފައި މި އިންނަނީ މި ކަންކަން،" ޔޫސުފް ވިދާޅުވި އެވެ.

ލަންދޫ ސްކޫލުގައި ކުރިއަށް ގެންދިޔަ ނަމާދު ޕްރޮގްރާމުން އެއްވަނަ ހޯދި ދަރިވަރަށް ސްކޫލުން މަރުހަބާ ކިޔަނީ. -- ފޮޓޯ: ލަންދޫ ސްކޫލް

އެ ރަށުގައި ތިން މިސްކިތް ހުންނައިރު ހުރިހާ މިސްކިތަކަށް އަރާ ކުދިންގެ އަދަދު ވެސް އިތުރުވިކަން ފާހަގަ ކުރައްވަމުން ޕްރިންސިޕަލް ވިދާޅުވީ ނަމާދަށް ދިޔަ ކުދިން ފުރަތަމަ ދުވަސްކޮޅު ކުޑަކޮށް ސަކަރާތް ޖެހުން ފަދަ ކަންކަންވި ނަމަވެސް ފަހުން ރަނގަޅުވި ކަމަށެވެ.

"ވަރަށް މަދު ކުއްޖަކު މި ދަނީ ޖަމާއަތުގައި ނޫން ގޮތަކަށް. ގްރޭޑް އެކަކުން ފެށިގެން 10 އަށް ބަލަންޏާ ފަސް ކުދިން ތިން ކުދިން ވަރު މި ދަނީ ޖަމާއަތުގައި ނަމާދު ނުކުރެވި، ނަމާދު ކުރާނެ. އެކަމަކު އެކި ސަބަބުތަކާހެދި ޖަމާއަތަށް ނުދެވި. އެއީ ކޮންމެ ދުވަހަކު ގަވައިދުން އަޅުގަނޑުމެން ބަލާތީ،" އޭނާ ވިދާޅުވި އެވެ.

ހުކުރު ނަމާދުގެ ހުތުބާ ކިޔުމަށް އިމާމް މިމްބަރަށް އެރުމުގެ ކުރިން ކުދިން މިސްކިތަަށް އަރާތޯ ވެސް ސްކޫލުން އަންނަނީ ބަލަމުންނެވެ. އޭގެ ފަހުން ހުކުރު ނަމާދަށް ދާ ކުދިން ނަމާދުގެ ފަހުން މަޑުކުރުވައި ނަސޭހަތް ދެނީ އެވެ.

އާންމު ގޮތެއްގައި މެންދުރު ނަމާދު ގަޑި ސްކޫލުގެ ގަޑިއަކާ ދިމާވި ނަމަވެސް ލަންދޫ ސްކޫލްގައި ޓައިމް ޓޭބަލް ހަދާފައިވަނީ ޖަމާއަތަށް ނަމާދަށް ދެވޭ ގޮތަށެވެ.

"އެއީ މެންދުރު ނަމާދު ބްރޭކް ވާ ގޮތަށް. ކައިގެން އަނެއްކާ ސްކޫލަށް އަންނާނެ ސެކަންޑްރީ ގްރޭޑްތަކުގެ ދަރިވަރުން. އެ ކުދިން އެއްކޮށް ނިމޭނީ އެ ބްރޭކް ނިންމާފައި އައިސް އެއްގަޑި ނެގުމަށް ފަހު."

އެ ގަޑި ނޯންނަ ނަމަ ބަންގި ގޮވުމުގެ 10-15 ވަރަކަށް މިނެޓް ކުރިން ޖަމާއަތަށް ނަމާދަށް ދެވޭ ވަރަށް ވަގުތުދީ ސްކޫލު ނިންމާލަނީ ކަމަށް ޕްރިންސިޕަލް ވިދާޅުވި އެވެ.

ނަމާދު މުބާރާތުން ވަނަ ހޮވުން

އެންމެ ގިނަ ނަމާދުކޮށް އެ މުބާރާތުން އެއްވަނަ ހޯދީ ގްރޭޑް 10ގެ ސްކޫލް ވައިސް ކެޕްޓަން މުހައްމަދު އަރްހަމް އަބޫބަކުރެވެ. އަރްހަމަށް އިނާމް ހަވާލުކުރީ އެ ސްކޫލުން އޯލެވެލްގެ ގަދަ 10 ގައި ހިމެނުނު ދަރިވަރުންނަށް މަރުހަބާ ކިޔުމަށް ބޭއްވި ހަފްލާއެއްގަ އެވެ.

"އޭގައި ހުރިހާ ކުދިން ބައިވެރިވާނެތީ އެތަނުން އިނާމް ހަވާލުކުރީ. އެ ކުދިން މި އަހަރަށް އަނެއްކާ ވެސް ވަރަށް ޝައުގުވެރިވާނެތާ އެގޮތަށް އިނާމް ހަވާލު ކުރީމަ،" އޭނާ ވިދާޅުވި އެވެ.

ޕްރިންސިޕަލް ވިދާޅުވީ އަރްހަމް ނޫން އެހެން ދަރިވަރުން ވެސް އެ ދަރިވަރާ އެއްވަރަށް ނަމާދު ކުރި ކަމަށެވެ.

"އަޅުގަނޑުމެން ނިންމީ ނަމާދުގައި ކިޔާ އެއްޗެހި ކިޔައިގެން މިސްކިތަށް ގޮސް އެއްވެސް ވަރަކަށް ސަކަރާތް ނުޖަހައި އެއްވެސް މައްސަލައެއް ދިމާނުވާ ދަރިވަރަަށް ދޭން. އެހެންވެ އެ ދަރިވަރަށް ދިނީ،" އޭނާ ވިދާޅުވި އެވެ.

ލަންދޫ ސްކޫލުގައި ކުރިއަށް ގެންދިޔަ ނަމާދު ޕްރޮގްރާމުން އެއްވަނަ ހޯދި ދަރިވަރަށް އިނާމު ހަވާލުކޮށް މަރުހަބާ ކިޔަނީ. -- ފޮޓޯ: ލަންދޫ ސްކޫލް

ޕްރިންސިޕަލް ވިދާޅުވީ ނަމާދު ޕްރޮގްރާމް ފެށުމުގެ ކުރިން ފަތިސް ނަމާދު ޖަމާއަތުން ފެންނަންނީ ހަތަރު ފަސް ކުދިން ނަމަވެސް އެ ޕްރޮގްރާމް ފެށި ފަހުން ގްރޭޑް 1 ގެ ދަރިވަރުން ވެސް ބެލެނިވެރިން ގޮވައިގެން ފަތިސް ނަމާދަށް ވެސް ދާ ކަމަށެވެ.

"ބައިސްކަލް ދައްކައިގެން އަޅުގަނޑުމެން މި އާދަކުރުވަނީ ކުޑައިރު ނަމާދުކުރަން، ބޮޑުވީމާ ވަރަށް ފަސޭހަ ވާނެ. މިހާރު ދަރިވަރުން އެ ތިބީ ނަމާދަށް ދާން އާދަވެފައި. ހުރިހާ ދަރިވަރުން ޖަމާއަތަށް ނަމާދަށްދޭ،" ޕްރިންސިޕަލް ވިދާޅުވި އެވެ.

ފިރިހެން ކުދިންނަށް ހާއްސަކޮށް ޕްރޮގްރާމެއް ހިންގި އިރު އަންހެން ކުދިންނަކީ ގޭގައި ނަމާދުކުރަން އިސްކަންދޭން ޖެހޭ ބަޔަކަށް ވާތީ އެ ކުދިން ނަމާދުކުރަން ސްކޫލުން ވަގުތުދީ އެކަމަށް ހިތްވަރުދެ އެވެ.

އެ ސްކޫލުން ދެން ފަށަން ނިންމާފައި ވަނީ ނަމާދުގެ މުހިންމުކަން ދަރިވަރުންނަށް ކިޔައިދޭ ޕްރޮގްރާމެކެވެ. އެ ޕްރޮގްރާމް ރޯދައިގެ ކުރިން ފެށުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ޕްރިންސިޕަލް ވިދާޅުވި އެވެ.

22 ކޮމެންޓް, 31 ރިއެކްޝަންސް

icon happy icon happy 26%
icon sad icon sad 3%
icon angry icon angry 19%
icon wow icon wow 3%
icon inlove icon inlove 48%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހުރަވީ

09 March 2024

ރެޖިސްޓަރ މާރކް ކޮށްގެން ކުރާ ނަމާދު؟!!

The name is already taken The name is available. Register?

އިހްސާސް

08 March 2024

ދިވެހިރާއްޖޭގެ ގިނަ ސުކޫލުތަކުގައި ނަމާދާމެދު ވަނީ ފަރުވާކުޑަކޮށްފައި. ކުޅިވަރު މުބާރާތްތަކާއި ޕުރެކްޓިސްތައް ވެސް ނަމާދު ވަގުތު ބާއްވާ.

The name is already taken The name is available. Register?

އަފްރާސިޔާބު

07 March 2024

ލަންދޫ ކުދިން ކުރިން ނަމާދު ކުރަނީ ގްރޫޕް ހަފައިގެން. މިތިން މަސްތެރޭ ނަމާދު ކުރަނީ ޖަމާއަތް ހަދައިގެން. ވަރަށް ފައްކާ އިނގޭ.

The name is already taken The name is available. Register?

ނަމާދު111

07 March 2024

ބޭކާރު ކަމެއް. ތިއަށްވުރެ މާ ރަނގަޅުވާނެ ނަމާދުގެ ހަގީގީ މަޤްޞަދު ކުދިންނަށް ރަނގަޅަށް ކިޔައިދިނުން. މިބުނީ ހަގީގީ މަގްސަދުގެވާހަކަ. ސްކޫލްތަކުގަ މިހާރު ކިޔައިދޭ ބްރެއިން ވޮޝިންގ ވާހަކަތަކެއް ނޫން.

The name is already taken The name is available. Register?

ޠާސީރު

07 March 2024

މީގެންވެސް މީހުން އެބަ އޮފެންޑްވޭ. ނަމާދުކުރާ އުމުރު ނުކުރަންޔާ އަދަބުވެސް ދޭންޖެހޭ. މިހެންގެންގުޅެގެން އެތައްބަޔަކު މި ލާދީނީ ވަނީ. ނަމާދަކީ ކުރަންޖެހޭ އެއްޗެއް.

The name is already taken The name is available. Register?

ސުއްގަޅޭ

07 March 2024

މަޖުބޫރު ކޮށްގެންނާއި، ލަދުގަންނަވައިގެން ނަމާދު ކުރަން އަދަކުރުވުމަށްވުރެ، އީމާންތެރިކަން އިތުރުކުރުވައިގެން ނަމާދުކުރުވުމުން، އެކުދިންނަށްވާ ފައިދާ ބޮޑުވެފަ، ދާއިމީ ގޮތެއްގައި ނަމާދު ކުރާނެ ކަމަށް ބެލެވޭ

The name is already taken The name is available. Register?

ފުއްގުޅަ

07 March 2024

އަސްލު ކުޑަކުދިން،(މިބުނީ ކިޔަވަން އުޅޭނީ ކުދިންތާދޯ.!؟ނުވާނެ އެހެން ފަތިސް ގަޑީގަ ހޭލައްވަިގެންވެސްދޯ.ހެހެހެހެ..މި ޒަމާނުގަ ފަސްވަގުތު ނަމާދައް އަރަން ބުނާ މީހާ ކުއްވެރިވާތަން ދެންފެންނާނީ

The name is already taken The name is available. Register?

ސީޒަން ޖެކްޝަން

07 March 2024

އަޅުގަނޑު ވަރަށް އުފާވާނެ މިރޯދަމަހު އެންމެ ގިނައިން މިސްކިތަށް އަރާމީހަކަށް ލިޓަސްއިން ނޫނީ ޝީޝާއިން ސައިކަލުގެ އިނާމެއް ހުށައަޅައިފިއްޔާ.

The name is already taken The name is available. Register?

ކެނެޑީ

07 March 2024

ތިޔަ ޕްރޮގްރާމުން ހާސިލްކުރެވުނީ ހަމައެކަނި ދެއްކުންތެރިކަން... ރަނގަޅު ތިޔަ ސްކޫލުން މިރޯދަމަހު ފަޟީހަތްކޮށް އިއުލާން ނުކޮށްފިޔާ ރޯދަނުހިފާކުދިންނާއި ތަރާވީސްނުކުރާ ކުދިންނާއި ދަމުނަމާދު ނުކުރާ ކުދިންގެ ނަންތައް

The name is already taken The name is available. Register?

ޅޮސްބެ

07 March 2024

އެއްވެސް ގާނޫނެއް ގަވާއިދެއް ކިޔާނެ ކަމެއްނޯންނާނެ ނަމާދު ޖެހޭނީ ކުރަން! ސުކޫލުން ވެސް ބަރާބަރު ލިބަރަލް މީހުން އުޅޭނެ އެކުސްކިޔޔުޒް ދައްކަން،،،، ބުއްދި ސަލާމަތުން ހުންނަ ކޮންމެ މުސްލިމަކު ޖެހޭނީ ނަމާދުކުރަން،،،، މީކީ ހަރުކައްޓެއްވެސް ނޫން މަޑުކައްޓެއްވެސް ނޫން މީމިކަން އޮތްގޮތް،،،،،

The name is already taken The name is available. Register?

ނަނަނަ

07 March 2024

އެހެން މީހުން ނަމާދު ނުކުރީމަ ކަލެއަށް ތިކުރަނީ ބާރެއްތަ؟

The name is already taken The name is available. Register?

ހަނދާން

07 March 2024

ޖަމާޢަތަށް ނަމާދަށް ނުދެވުނު ކުދިންގެ ނަންތައް ހުރިހާ ކުދިންގެ ކުރިމަތީގައި ޢާއްމު ކުރުމަކީ ނުވަތަ އެގޮތަށް ފާހަގަ ކުރުމަކީ ހެދިފައިހުރި ގާނޫނުތަކާއި ގަވާއިދުތަކުގެ ދަށުން ކުށެއްކަން ހަނދާންކޮށްލަ ދެން.

The name is already taken The name is available. Register?

ޑަލް

07 March 2024

ޙެޔޮ. ކުށަކަށް ވިޔަސް. މިނިސްޓަރ އަށް ވުރެ މަތީ ފަރާތެއް ވާކަން ހަދާން ކޮށްދެން

The name is already taken The name is available. Register?

1206

07 March 2024

މުންކަރާތަކަށް ނުވާ ހުރިހާ ކަމެއް ގާނޫނު އަސާސީ ގައި ލިޔެ އެ މައްޗަށް ފަހަތުފައި ބަރުވެފައި ތިބޭ ތިބޭ ބަޔަކު. ހަމަ ތިޔަ ބުނާ އެއްޗެއްގައި އޮތީ އިސްލާމްދީނާ ޚިލާފު ކޮންމެ ކަމެއް އެ ކަމެއް ފެށުމުގައި ވެސް އެއީ ބާޠިލު ކަމަށް. އެކަމަކު އެ ލިޔުނު އަތެއް، ކިޔެވި ދުލެއް. ދުއް ލޮލެއް، ޗާފު ޖެހި މެސެނެއް މި އުޑުބަޅުކުރެއްވި ހިސާބުގައި ހައްދަވައިގެން ހުރި ކަމުގައި ނުވޭ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454