ހިތަދޫ-ހުޅުމީދޫ ބްރިޖު ޑިޒައިން ކުރުމުގެ ސާވޭ ކުރަނީ. --ފޮޓޯ: ކޮންސްޓްރަކްޝަން މިނިސްޓްރީ
10 މާޗް 2024 - 18:02
ހިތަދޫ-ހުޅުމީދޫ ގުޅުވާލާ ރާއްޖޭގެ އެންމެ ބޮޑު ބްރިޖުގެ ފުރަތަމަ ޑިޒައިން ހެދުމަށް ބޭނުންވާ ސާވޭގެ މަސައްކަތް މިއަދު ނިންމައިފި އެވެ.
ކޮންސްޓްރަކްޝަން މިނިސްޓްރީން މިއަދު އެކްސްގައި ބުނީ ބްރިޖު މަޝްރޫއުގެ ޕްރިލިމިނަރީ ޑިޒައިން އަދި ސާވޭގެ މަސައްކަތް ކުރުމަށް ހަވާލުކޮށްފައިވާ "ދަ އަރަބް ކޮންޓްރެކްޓާސް - އޮސްމާން އަހުމަދު އޮސްމާން އެންޑް ކޯ" އިން ސާވޭގެ މަސައްކަތް މިއަދު ނިންމާފައިވާ ކަމަށެވެ.
އިގްތިސާދީ ހަރަކާތްތަކާ އެކު އައްޑޫގެ މަލަމަތި ބަދަލުކޮށްލަން ހިތަދު އާއި ހުޅުމީދޫ ގުޅާލާ ބްރިޖުގެ ދިގު މިނަކީ 13-15 ކިލޯ މީޓަރެވެ. ކަނޑުގައި ރާއްޖޭގައި ފުރަތަމަ އެޅި ސިނަމާލެ ބްރިޖުގެ ދިގު މިނަކީ 1.3 ކިލޯ މީޓަރެވެ. މާލެ އާއި ވިލިމާލެ އަދި ތިލަފުށި ގުޅާލަން އަޅާ ބްރިޖުގެ ދިގުމިނަކީ 6.7 ކިލޯ މީޓަރެވެ.
"ދަ އަރަބް ކޮންޓްރެކްޓާސް - އޮސްމާން އަހުމަދު އޮސްމާން އެންޑް ކޯ" އަކީ މެދު އިރުމަތީގައި މިފަދަ މަޝްރޫއުތައް ހިންގުމުގެ ތަޖުރިބާ ހުރި ކުންފުންޏެކެވެ.
Arab Contractors commenced the initial surveying works for preparation of the preliminary design of the Hithadhoo-Hulhumeedhoo Bridge project on 6th March 2024.
— Ministry of Construction and Infrastructure (@MoCImv) March 10, 2024
The initial surveys will be concluded today. pic.twitter.com/xS48pb3B4U
ކުރިން ރައީސް އޮފީހުގެ ޕަބްލިކް ޕޮލިސީ ސެކްރެޓަރީ އަބްދުالله ނާޒިމް ވިދާޅުވެފައިވާ ގޮތުގައި ދަ އަރަބް ކޮންޓްރެކްޓާސް އިން އެ މަސައްކަތް ހިލޭ ކޮށްދޭން ޝައުގުވެރިކަން ވަނީ ފާޅުކޮށްފަ އެވެ. އެކަމަކު މި އަހަރުގެ ބަޖެޓުގައި ހިތަދޫ-ހުޅުމީދޫ ބްރިޖުގެ ސާވޭ ހެދުމަށް 30 މިލިއަން ރުފިޔާ ހިމަނާފައިވެ އެވެ.
މި ފަހުން ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ޗައިނާގެ އިންވެސްޓަރުންނަށް ޕްރޮޕޯސަލް ހުށަހަޅަން ހުޅުވާލި މަޝްރޫއުތަކުގެ ތެރޭގައި ވެސް އައްޑޫ ބްރިޖު ހިމަނުއްވައިފަ އެވެ.
ޗައިނާގެ ބޮޑެތި ކުންފުނިތަކުން ވެސް އެ މަޝްރޫއަށް ޝައުގުވެރިކަން ފާޅުކުރި ކަމަށާއި އެކަމަކު އެ މަސައްކަތް އަރަބް ކޮންޓްރެކްޓާސްއާ ހަވާލުކުރީ ސާވޭގެ މަސައްކަތުގެ އިތުރުން ފައިނޭންސް ހޯދައި މަސައްކަތް ހިންގާ ގޮތަށް ކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވަނީ ވިދާޅުވެފަ އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި ހުޅުމީދޫ އާއި ހިތަދޫން ބްރިޖު ގުޅުވައިލާނެ ސަރަހައްދެއް ވެސް ނިންމާނީ ރައްޔިތުންނާ މަޝްވަރާކޮށް ހިޔާލު ހޯދައިގެންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އާދަނު33
11 March 2024
މަހީކުރީ ބުރިޖު އަޅާނިމުނީކަމަށް.!
އޮނަރަބްލް އަފީފު ދީދީ
11 March 2024
ހުޅުމީދޫ ހިތަދޫ ގުޅުވާލާ "ކޯއްޓޭ ބްރިިޖް" އަކީ އެހާމުހިންމު އެއްޗެއްނޫންކަމަށް ބައެއްމީހުނަށްހީވިޔަސް އެއީ ކ.އަތޮޅު މާލެ، ހުޅުލެ، ހުޅުމާލެ ގުޅުވި ބުރިޖްފަދައިން މުޅިއައްޑޫ އެއްފަސްކުރާނެ މުހިންމުބުރިޖަކަށްވާތީ މިއީ އައްޑޫގެތަރަށްޤީ ބާރުމިނުގައި ކުރިއަރައިގެންދާނެ އަދި ފުރިހަމަ ސިޓީއެއްގެގޮތުގައި އައްޑޫތަރައްޤީކުރުމަށް ހުޅުވިގެންދާނެ ފުރުސަތަކަށްވާނެ. އަދި މި ބުރިޖްގެސަބަބުން އައްޑުއަށް ދައުލަތުން މިހާރު ޑަބަލްކޮށްކުރާ އެތައްޙަރަދެއް ސަލާމަތްވާނެ.
އޮނަރަބްލް އަފީފު ދީދީ
11 March 2024
ބުރިޖްހެދުމަށާއި މެއިންޓަނަންސް ޙަރަދަކީ ދައުލަތަށް ބުރައަކަށްނުވާނެގޮތަށް ބުރިޖާއި އެކުއެކީގައި އައްޑޫގެ އިޤްތިސޯދު ކުރިއަރައި ރައްޔިތުނަށް މަންފާލިބޭ އަދި އޭގެ ސަބަބުން ދައުލަތަށް އާމްދަނީ ވަންނާނެ އިޤުތިސޯދީ ޙަރަކާތަށް ޖާގަ ކަށަވަރުކުރާންޖެހޭ. # މިކަމަށްޓަކާ ގޭން އެއަރޕޯޓްގައި ކޮންވެންޥަން ހޯލް، އިންފްލައިޓް ކޭޓަރިންގ، ޓާމިނަލް ލައުންޖް ސާވިސް ފަދަ ހިދުމަތްވެސް ހިމެނޭ 1000 ކޮޓަރީގެ އެއަރޕޯޓް ޓްރާންސިޓް ހޮޓަލެއް ތަރައްޤީކޮށް ހިންގަން ޖެހޭ.
އޮނަރަބްލް އަފީފު ދީދީ
12 March 2024
އެއަރޕޯޓް ޓްރާންސިޓް ހޮޓަލަށްފަހުގައި ސަރުކާރުންޖެހެނީ ޙަޤީގަތަކަށް ނެހެދޭނެ "އައްސޭރި ޓްއަރިޒަމް" ގެ ވާހަކަ ދޫކޮށްލާފައި ހެރެތެރެ ސަރުކާރަށް ނެގުމަށްފަހު "ސިޓީ ހޮޓެލް އައިލެންޑް" ކޮންސެޕްޓް ތައާރަފްކޮށް އެރަށުގައި 15 ވަރަކަށް ސިޓީ ހޮޓާ (ކޮންމެ ބިލްޑިންގ އެއްގައި 100 ކޮޓަރި ހިމެނޭ) ތަރައްޤީކުރަން ބުރިޖް ހަދާ ކުންފުންޏާއި ޙަވާލުކޮށް އެކުއެކީގައި މަސައްކަތް ކުރިއަށް ގެންދިއުން. އަދި އެއްފަހަރާ ފައިސާދޭ ފަރާތްތަކަށް 50 އަހަރަށް ހޯޓާ ވިއްކުން.
2024
11 March 2024
މިދުވަސްކޮޅު ކިޔާނެ ބްރިޖޭ ފަޅޮލޭ. ޥޯޓަށް... ބޮއިހަލަކި
އަލިދޫނި
11 March 2024
މިއީ މި ދުވަސްކޮޅު ދެއްކި ވާހަކަ އެއްތަ؟ ކަލެއަށް އިރު އިރު ކޮޅާ މި ބޮރިޖްގެ ވާހަކަ އިވޭނެ. ހިތަށް ތަދުވާނެ. އިބޫމެން ކަލޭމެންގެ ޔެލޯ އަށް ނުވާ ކަންކަން އެހެން މީހުން ކުރާތީ. ގައުމަށް ވުރެ ޕާޓީ އިސްކުރާ މީހުން ކަލޭމެންތި!
އަހަންމައިދީ
11 March 2024
ތިވަރުގެ ބިޔަ ބުރިޖެއް އެޅުމަށްވުރެ އެ ރަށުގެ ރައްޔިތުން އައްޑޫގެ އެހެން ރަށްތަކަށް ބަދަލުކުރުންވެސް މާ ހަރަދު ކުދަވެފައި ލިބޭފައިދާ ބޮޑުވާނެހެން ހީވޭ
ހާލަތުން
11 March 2024
ދުނިޔޭގައި މީހުން އުޅެންބޭނުންވަނީ ބޮޑެތި ބިޔަ ތަންތާގައި، ބޮޑެތި ޕާކުތަކާއި، ބޮޑެތި ގެދޮރު އަޅައިގެން. ބިންކުޑަ މިގައުމުގައި ލިބިފައި އޮންނަ ކުޑަބިންކޮޅު ހެޔޮގޮތުގައި ބޭނުން ކުރުމުގެ ބަދަލުގައި ތޮއްޖެއްސުން މީއެންމެ ރަނގަޅު ހައްލުތޯ؟
ހާމަނޫ
11 March 2024
(ހާލަތުން) ބައެއް މީހުނައް ރަނގަޅު އެއްގޮތެއް ވެސް ނޯންނާނެ
ާްަްއައްޑޫ މީހާ
10 March 2024
ތި ހުޅުދޫ މީދޫގަ ގިނައިން އުޅޭނި ޕާރޓޭން، ދެން ވަރަށް ފަސޭހަ ވާނެ ތިމީހުނަށް ހަކުރު ވިއްކަން އަންނަން. ދެން ހުސްމާރާމާރީ އޮންނަނީ އަައްޑޫގަ. ހަށި ވިއްކާ އަންހެނުންވެސް އެހާ ގިނަ ތަނެއްތީ.
ހަމަދޯ
11 March 2024
މިއެމްޑީޕީ ގުރޫޕް ސިޔާސީ ދެކޮޅު ވެރިކަމެއް އުފައްދަން ކޮންމެ ވާހަކައެއް ވެސް ދައްކަ ފާނެ.
އެނދިމަރިޔަނބު
12 March 2024
ކ.މާލޭގަ އުޅޭ ޕާޓޭން މަދީތަ؟ ޕާަޓޭން ގިނަވެގެން ބްރިޖް ނާޅަންޏާ މާލޭގަ ނާޅަންވީ ފުރަތަމަ.
އިޔާޒް
10 March 2024
ތީކިހެނެތް ކުރި ސާވޭއެއް. ޢަޅުގަނޑަކީ މީދޫ އާއި ހިތަދޫ ދޭތެރޭ ހަފުތާއަކު 3 ދަތުރު ކުރާމީހެއް ދުވަހަކުވެސް ބަޔަކު ސާވޭ ކުރަން ތިއްބަކާ ނުދެކެން. ދެން ރައްޔިތުންގެ ހިޔާލު ހޯދާނެވާހަކަވެސް ރައީސް ބުނި. ޢެކަމަކު ސާވޭ ޓީމުން ރައްޔިތަކާވެސް ކައުންސިލަކާވެސް ބައްދަލުކޮށް މަޝްވަރާއެއް ނުކުރޭ. ޥެދާނެ ކޮމްޕިއުޓަރ މޮޑެލް ސޮފްޓްވެއަރ އަކުން ހެދި ސާވޭ އަކަށް.
ޢަހު
10 March 2024
ސާވޭ ޓީމު ނުޖެހޭ ރައްޔިތުންނާ ބައްދަލު ކުރަން އެކަން ކުރަން ޖެހޭނީ ޑރ މުއްތަލިބް
ޖެއްސު
11 March 2024
މިހާރު މީހަކު ދައްކަފާނެ ކޮންމެ ފަދަ ވާހަކަ އެއްވެސް ސިޔާސީ މަންފާއެއް ހޯދަން ވެސް. ފެންނަކަން ނުފެންނަކަމައް ހަދާ ނުފެންނަކަން ފެންނަކަމަކައް ހަދައިގެން. މިސަރުކާރަކީ ނިމިދިޔަ ސަރުކާރުހެން 5 އަހަރު ބޭކާރު ކޮއްލާނެ ބައެއް ނޫން. ކުރިން ބަޔަކައް ދިން ބްރިޖް އަޅަންށޭ ކިޔާފަ ދޮގުހަދާ އޮޅުވާލީ
ބުނަން
10 March 2024
ސާރވޭ ހަދާ ޚަބަރަކީ ވެސް ވޯޓު ހޯދަން ކުރާ ކަމެއްކަން ވަރަށް ގިނަ މީހުންނަށް މިހާރު އެނގޭ. ހުވަދޫ ރައްޔިތުންނަށް ރަންއިލޮށިން ކަދުރުކާން ދިނުމާ ގުޅޭ ދިރާސާ އެއް ފެށި ޚަބަރުވެސް މަޖިލިސް ވޯޓުގެ ކުރިން ވަރަށް މުހިންމު އިނގޭތޯ. ރަމަޟާން މުބާރިކް
ނަބަޔާ
10 March 2024
ޗަކޮއި ބަލަން ހުރޭ. މީކީ ޔެލޯ ވެރިކަމެއްނޫން. ދިވެހިނަށް އަނިޔާ ހުއްޓުވުމުގެ ނަމުގައި އައި ޔެލޯ މީހުން އެންމެ ބޮޑަށް ދިވެހީންނަށް ގެއްލުންދީ އަނިޔާކޮށްފައިވަނީ
ސަފުވާ
10 March 2024
ބުރިޖު ނޭޅުނީ ކޮން ބަޔަކަށް ކަން ރައްޔިތުންނަށް އެނގޭ... ސާވޭ ވެސް ނިންމަން ބުނި ތާރިހަށް ނިންމިއްޖެ ތާ. 3 އަހަރުން ނިންމަން ބުނި ތިލަމާލެ ބުރިޖު ކޮބާ؟
ކިހިނެއް
11 March 2024
އައްޑޫ ބްރިޖްހަދާނަމޭ ކިޔާފަ ދޮގު ހެދި ބަޔަކުވެސް އުޅުނު
ރައްޔިތުންގެ ޚިޔާލު
10 March 2024
ތިއީ ކިހިނެތް އަޅަންއުޅޭ ބުރިޖެއް ކަމެއްވެސް އަދި ނޭނގޭ. މީދޫއާ ވީކޮޅަކީ ވަރަށް މައްސަލަ ބޮޑުވާނެ ހިސާބެއް. މީދޫއާ ސައުތު ޕާމް ރިޒޯޓާ ދޭތެރޭގަ ތިރީހަކަށް މީޓަރު ފުޅާމިނުގެ ފުން ނެރެއް އެތެރެވަރިން މާކަނޑަށް ފޫދުއްވާލާފަ އެބައޮތް. ރިޒޯޓުގެ ދެކުނު ފަރާތަކީ ރިޒޯޓުގެ މޫދުކޮޓަރިތަކާ ޖެޓީތައްވެސް އަޅާފަހުރީ އެފަރާތުގަ. ނެރު ހުރަސްކޮށް ރިޒޯޓުގެ އުތުރުފަރާތުން ހިތަދޫއާ ވީކޮޅަށް ބްރިޖު އެޅިޔަސް ރިޒޯޓުގެ ގޮނޑުދޮށުން ލާފަ އަޅަންޖެހޭނީ.
ފެންސު
10 March 2024
ބޭފުޅާ! ސާރވޭ ކުރަނީ ތިހިރަކަންކަން ބަލަން. އެމީހުން ތިކަންތައް ބަލާފަހުންނާނީ މިހާރު.
ބޒވޒރު
10 March 2024
ޔެލޯ ހިތްތަކުގެ ވެރިންނަކީ އުމރާނީ ކަންކަމަށް ކޮށިބައެއް. އެމީހުން ތިޔަކަހަލަ ސުވާލު އުފެއްދި މީގެ ކުރިންވެސް. އެކަން ކުރީމައި ބުނި ތިމަންމެންވެސް ކުރާނަމޭ. 5 އަހަރު ދިޔަ އިރުވެސް އެހުރީ
ސާމިނީ
10 March 2024
ކަލޭ ހާދަ މޮޅުވެއްޖޭ ދޯ މިހާރު! ތަންކޮޅެއް ކުރިން ތިވާހަކަ ބުނިނަމަ ސާވޭ ޓީމުގަ ކަލޭ ހިމަނަން މުޢިއްޒުއަށް ލަފާ އެރުވުނިސް. ދެން އެކަމަކު މިހާރު މާލަސްވެއްޖެ. އެމީހުންނަށް ތިކަން ފާހަގަ ނުކުރެވިއްޖެއްޔާ ކަލެއަށް ގޮވާލާނެ ކަމަށް މި ބަލަނީ!
ރުކުން ވެއްޓުނު އާދަނު
10 March 2024
ވޭންޑި ވޭންޑި ތެ ރީދޫ ބައި ގަނޑައް ނުވި ..ސާބަހޭ އަފިރިންގެ ރައީސް މިފަހަރަ އައްޑޫ ޕެރިސް އައް ހަދާލަދީ ... އަފިރިން ހާދަ ލޯބިވާ ރައީސް އެކޭ.
އަޗާ
10 March 2024
ތިލަދުންމަތީ ރައްޔިތުން ޖައްވު ބަލަން އަރާ ބޮޑު ލިފްޓަކާ ގުޅޭ އެމްއޯޔޫ އެއްގަ ސޮއިކުރަން ފެނޭ. އެއީ ވެސް ވޯޓް
ތުރީ ޓަނާ
11 March 2024
އައްޑޫ މީހުން ފުރަތަމަ ކުރަން ޖެހޭ ކަމަކީ ބޮލަށް ބޭސްކުރުން