ޚަބަރު / އައްޑޫ

ހިތަދޫ-ހުޅުމީދޫ ގުޅުވާލާ ރާއްޖޭގެ އެންމެ ބޮޑު ބްރިޖް މަޝްރޫއުގައި ސޮއިކޮށްފި

އައްޑޫ ބްރިޖުގެ މަޝްރޫއު މިސްރުގެ ދަ އަރަބް ކޮންޓްރެކްޓާސްއާ ހަވާލުކުރުން. ކޮންސްޓްރަކްޝަން މިނިސްޓަރު އަބްދުالله މުއްތަލިބު އެ އެއްބަސްވުމުގައި ސޮއިކުރެއްވިއިރު އެ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ އިންޖީނިއަރު، ހެބާ އަހުމަދު- ފޮޓޯ: ރައީސް އޮފީސް

ހިތަދޫ-ހުޅުމީދޫ ގުޅުވާލާ ރާއްޖޭގެ އެންމެ ބޮޑު ބްރިޖް މަޝްރޫއު، މިސްރުގެ "ދަ އަރަބް ކޮންޓްރެކްޓާސް - އޮސްމާން އަހުމަދު އޮސްމާން އެންޑް ކޯ" އާ މިއަދު ހަވާލުކޮށްފި އެވެ.

އިގްތިސާދީ ހަރަކާތްތަކާ އެކު އައްޑޫގެ މަލަމަތި ބަދަލުކޮށްލަން ހިތަދު އާއި ހުޅުމީދޫ ގުޅާލާ ބްރިޖުގެ ދިގު މިނަކީ 13-15 ކިލޯ މީޓަރެވެ. ކަނޑުގައި ރާއްޖޭގައި ފުރަތަމަ އެޅި ސިނަމާލެ ބްރިޖުގެ ދިގު މިނަކީ 1.3 ކިލޯ މީޓަރެވެ. މާލެ އާއި ވިލިމާލެ އަދި ތިލަފުށި ގުޅާލަން އަޅާ ބްރިޖުގެ ދިގުމިނަކީ 6.7 ކިލޯ މީޓަރެވެ.

އައްޑޫގައި ބްރިޖް އެޅުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުކެވެ. އެ މަޝްރޫއުގައި މިއަދު ސޮއިކުރީ އިންތިހާބަށް ފަހު އެމަނިކުފާނު އައްޑުއަށް ކުރެއްވި ފުރަތަމަ ދަތުރުފުޅުގައި، ހުޅުދޫ ރައްޔިތުންނާ އެކު އޮތް ބައްދަލުވުމުގަ އެވެ.

ބްރިޖު މަޝްރޫއުގެ ޕްރިލިމިނަރީ ޑިޒައިން އަދި ސާވޭގެ މަސައްކަތް ކުރުމުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ. ދަ އަރަބް ކޮންޓްރެކްޓާސްގެ ފަރާތުން ސޮއިކުރެއްވީ އިންޖިނިއަރު، ހެބާ އަހުމަދު އެވެ. ހެބާ އަކީ އެ ކުންފުނީގެ ބޯޑުގެ ޑިރެކްޓަރެއް ވެސް މެ އެވެ.

"ދަ އަރަބް ކޮންޓްރެކްޓާސް - އޮސްމާން އަހުމަދު އޮސްމާން އެންޑް ކޯ" އަކީ މެދު އިރުމަތީގައި މިފަދަ މަޝްރޫއުތައް ހިންގުމުގެ ތަޖުރިބާ ހުރި ކުންފުންޏެކެވެ.

ކުރިން ރައީސް އޮފީހުގެ ޕަބްލިކް ޕޮލިސީ ސެކްރެޓަރީ އަބްދުالله ނާޒިމް ވިދާޅުވެފައިވާ ގޮތުގައި ދަ އަރަބް ކޮންޓްރެކްޓާސް އިން އެ މަސައްކަތް ހިލޭ ކޮށްދޭން ޝައުގުވެރިކަން ވަނީ ފާޅުކޮށްފަ އެވެ. އެކަމަކު މި އަހަރުގެ ބަޖެޓުގައި ހިތަދޫ-ހުޅުމީދޫ ބްރިޖުގެ ސާވޭ ހެދުމަށް 30 މިލިއަން ރުފިޔާ ހިމަނާފައިވެ އެވެ.

އައްޑޫ ބްރިޖުގެ މަޝްރޫއު މިސްރުގެ ދަ އަރަބް ކޮންޓްރެކްޓާސްއާ ހަވާލުކުރުން. ކޮންސްޓްރަކްޝަން މިނިސްޓަރު އަބްދުالله މުއްތަލިބު އެ އެއްބަސްވުމުގައި ސޮއިކުރެއްވިއިރު އެ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ އިންޖީނިއަރު، ހެބާ އަހުމަދު- ފޮޓޯ: ރައީސް އޮފީސް

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އައްޑޫގެ މޭޔަރު އަލީ ނިޒާރު ވިދާޅުވީ އެ ބްރިޖު މަޝްރޫއަކީ އައްޑޫގެ ތަރައްގީގެ ފެށުން ކަމަށާއި އެ މަސައްކަތް ހަގީގަތަކަށް ރައީސް މުއިއްޒު ހައްދަވާނެ ކަމާ މެދު ޝައްކެއް ނުކުރައްވާ ކަމަށެވެ.

ނިޒާރު ވަނީ ސިޔާސީ ގޮތުން ހިޔާލު ތަފާތުވުން އޮތް ނަމަވެސް އައްޑޫގެ ތަރައްގީގެ ކަންކަމުގައި އެއްބާރުލުން ދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ.

މިއަދުގެ ރަސްމިއްޔާތުގައި މިނިސްޓަރު މުއްތޮލިބު ވިދާޅުވީ، ޗައިނާގެ ބޮޑެތި ކުންފުނިތަކުން ވެސް އެ މަޝްރޫއަށް ޝައުގުވެރިކަން ފާޅުކުރި ކަމަށާއި އެކަމަކު އެ މަސައްކަތް އަރަބް ކޮންޓްރެކްޓާސްއާ ހަވާލުކުރީ ސާވޭގެ މަސައްކަތުގެ އިތުރުން ފައިނޭންސް ހޯދައި މަސައްކަތް ހިންގާ ގޮތަށް ކަމަށެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ހުޅުމީދޫ އާއި ހިތަދޫން ބްރިޖު ގުޅުވައިލާނެ ސަރަހައްދެއް ވެސް ނިންމާނީ ރައްޔިތުންނާ މަޝްވަރާކޮށް ހިޔާލު ހޯދައިގެންނެވެ.

މަރަދޫފޭދޫ މީހުންނާ އިއްޔެ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ވެސް ރައީސް މުއިއްޒު ވަނީ އައްޑޫ ބްރިޖުގެ އަމަލީ މަސައްކަތް މިއަހަރު ފައްޓަވާނެ ކަމަށް ވިދާޅުވެފަ އެވެ.

މި ފަހުން ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައި ރައީސް މުއިއްޒު ވަނީ ޗައިނާގެ އިންވެސްޓަރުންނަށް ޕްރޮޕޯސަލް ހުށަހަޅަން ހުޅުވާލި މަޝްރޫއުތަކުގެ ތެރޭގައި ވެސް އައްޑޫ ބްރިޖު ހިމަނުއްވައިފަ އެވެ. އެ މަޝްރޫއުއަށް ޗައިނާގެ ކުންފުންޏަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާކަމަށް ވެސް ކުރިން ކޮންސްޓްރަކްޝަން މިނިސްޓަރު އަބްދުالله މުއްތަލިބު ވިދާޅުވެފައިވެ އެވެ.

ހިތަދު އާއި ހުޅުމީދޫ ބްރިޖަކުން ގުޅުވާލުމުގެ މަސައްކަތަށް ތައްޔާރުވެފައިވާއިރު ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެސް ވަނީ 2018ގައި ރިޔާސީ އިންތިހާބާ ދިމާކޮށް އައްޑޫއަށް ވަޑައިގެން އެތަނުގައި ބްރިޖެއް އަޅުއްވާނެ ކަމަށް ވިދާޅުވެފަ އެވެ.

ހަމަ އެ ވައުދު ހަގީގަތަކަށް ހަދައިދެއްވާނެކަން ރައީސް މުއިއްޒު އިއުލާންކުރެއްވީ މިދިޔަ ރިޔާސީ އިންތިހާބުގެ ދުވަސްވަރު އައްޑުއަށް ކުރެއްވި ދަތުރުފުޅުގަ އެވެ. އެ ވައުދުފުޅަކީ މާލެ ފިޔަވައި އެހެން ސަރަހައްދަކަށް އެމަނިކުފާނު ވެވަޑައިގެންނެވި އެންމެ ބޮޑު ވައުދެވެ.

87 ކޮމެންޓް, 40 ރިއެކްޝަންސް

icon happy icon happy 35%
icon sad icon sad 0%
icon angry icon angry 48%
icon wow icon wow 0%
icon inlove icon inlove 18%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަސއކޮއި

21 February 2024

ބޮޑުގެއްލުމެއް ތިޔައީ. ފުރަތަ ތިރައްރަށުގައި ޕެކްޓަރީ ތަކާ އުފެއްދުން ތެރިކަމާ އެކްޕޯޓް ކުރެވޭނެ ބާވަތްތަށް އުފައްދާ، ފެންވަރުގެ ހޮސްޕިޓަލެއް އަޅާ މެޑިކަލް ޓޫރިޒަމް ފައްކާކުރަންވީ. ތިޔަބުރިޖުގެ ވައިރަސް ސިކުޑިން ފޮހެލަންވީ. މާލެ ފުނަދޫ ބުރިޖް މާލެ ތިލަމާލެ ބުރިޖް ކަންޑުގެެ އަޑިން ބުރިޖް. ދެން ޜޭލުގެ ވައިރަސް. ފެންމަތި ވަނީ.

The name is already taken The name is available. Register?

އެޑަމް

21 February 2024

ތިޔަބުރިޖު ތިޔައްވުރެކައިރިން ކުރޮސްކޮއްލެވޭކައްނެއްތޯ ހުޅުދޫން ގަމައް ނުވަތަ ފޭދުއައްނުވަތަމަރަދޫފޭދުއައް

The name is already taken The name is available. Register?

ރަންނަ

19 February 2024

13 ކިލޯމީޓަރުގެ ކަޑައެއް. އައްޑޫމީހުން މިހާރު ތިބޭނެ ހެދިފަ އަތްޖަހަން

The name is already taken The name is available. Register?

ކަންދަހާރު.

20 February 2024

ނޭގޭ ވާހަކަ ނުދައްކާ ހުރޭ. އައްޑޫ ހުޅުމީދުއާއި ހިތަދޫ އާއި ދެމެދު ނޯންނާނެ 15 ކިލޯ މީޓަރުގެ ކަނޑެއް.

The name is already taken The name is available. Register?

ފުރޭތަ

19 February 2024

މާލެއިން ހުވަދު އަތޮޅަށްވެސް ބުތިޖެއް އަޅާދީ

The name is already taken The name is available. Register?

ވެއަރ އިޒް ދަ ލޮޖިކް

19 February 2024

އައްޑޫގައި މިފަދަ ބޮޑު ޕްރޮޖެކްޓެއް ހިންގާތީ މާލޭމީހުންގެ ހިތަށް ކެތްނުވެގެންއުޅޭވާހަކަ ދައްކާ މީހުންނަށް ބުނެލަން. ތިޔަ ބްރިޖެއް އަޅައިގެން އުތުރު އަތޮޅުތަކުގެ މީހުން އައްޑޫ ސިޓީއަށް ދަތުރުކުރަންޖެހިއްޖެނަމަ އެންމެ ރުޅިއަންނާނީ އެމީހުން. ކުރިން ކުރަން ޖެހުނު ދަތުރެއް 2 ގުނަ އަށް ދިގުވުމަކީ ވަގުތާ ފައިސާ. ތިޔަ ބްރިޖް އައްޑޫގައި އެޅިދާނެ. އެކަމު މިއީ އެވަގުތެއް ނޫން. ބްރިޖްގެ ބޭނުން ޖެހޭއިރު ތިޔަބްރިޖް އޮންނާނީ ވީރާނާވެފަ.

The name is already taken The name is available. Register?

ބިނދުނު ދަނޑި

19 February 2024

މިއީ މިކަން ކުރަން އެންމެ މުނާސަބު ވަގުތުބާ... ތަރައްގީގެ ޕްލޭން ތަރުތީބުވީބާ މިހާރު؟

The name is already taken The name is available. Register?

ޟމމމމމ

19 February 2024

އިންތިހާބީ ކަޑަ. އަޢްޑޫ މީހުން ގުނބޯ ހެއްދުން.

The name is already taken The name is available. Register?

އެމެރިކާ

19 February 2024

މަޖިލިސް އިންތިޚާބަށް ޖަހާލި ކަޑައެއް. ތިކަމެއް ނުކުރާނެ. ރާއްޖޭގެ އިގްތިސޯދަށް ބަލާމީހަކު ތިކަމެއްް ނުވެސްކުރާނެ.

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

19 February 2024

ބުރިޖަކުން މުޅި އައްޑޫ ގުޅާލުމުން 1 އިންޖީނުގެ، 1 ބަނދަރު، 1 އެއަރޕޯޓް، 1 ޔުނިވަރސިޓީ، 1 އިންޖީނުގެ، 1 ކާޑު ގުދަން، 1 ޓާޝަރީ ހޮސްޕިޓަލް، 1 ފެނަކަ، ވެމްކޯ، ދިރާޤު، އެސްޓީއޯ، މޯލްޑިވިއަން، ބީއެމްއެލް، މޯލްޑިވިއަން ފަދަ އޮފީސް ތަކުގެ އިތުރަށް މިހާރު ދައުލަތުން ހިގާ އެތައް ޙަރަދެއް ކުޑަކުރެވޭނެ. އަދި ކަނޑު ދަތުރުފަތުރަށް ހޭދަވާފައިސާއާއި ތެޔޮ ސަލާމަތްވެ ތިމާވެއްޓަށް ދާއިމަށްލިބޭގެއްލުން ބޮޑުތަނުން ކުޑަކުރެވިގެންދާނެ. ވިސްނާލީމާ ބުރިޖްގެބޭނުން އިގޭނެ.

The name is already taken The name is available. Register?

އަމިއްލަޔަށް އޮނަރަބްލް

20 February 2024

މިވަގުތު ރާއްޖޭގެ އިގްތިސާދު ތަންދޭތޯ އެވަރު ބޮޑު ޚަރަދެއްކުރަން.

The name is already taken The name is available. Register?

ހިތަދޫކޮއްޔާ

19 February 2024

ކަރުދާސް ގަނޑެއްގަ ސޮއެއް އަޅާލަން އެންމެ މީހަކު (މިސްރުގެ އިންޖިނިއަރ) ގޮވައިގެން އައްޑޫގައި ކޮންސްޓްރަކްޝަން މިނިސްޓަރ އެކަނި ވަޑައިގެން ސޮއި އެޅިނަމަ ގަބޫލުކުރެވޭނެ މިހާރު ސަރުކާރުން ޚަރަދު ކުޑަކުރަން ވަރަށް މަސައްކަތް ކުރާކަން. އެހެނެއްކަމަކު 72 މީހުންގެ ޖާގައިގެ ފުލައިޓެއް ފުރާ މީހުން ސަރުކާރުގެ އެންމެ މަތީ ފަންތިން 2 ދުވަހުގެ ކެއުމާއި ނިދުމަށް އައްޑޫގައި ޚަރަދުކޮށް ސޮއި އެޅީ ހާދަ އަގު ބޮޑު ސޮއެކޭ. އިހައްދުވަހު އެންމެން ޑުބާއީ އިން މިއައީ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454