ޚަބަރު / އައްޑޫ

އައްޑޫ ބްރިޖު އަޅަން މިސްރުގެ ކުންފުންޏަކުން ޝައުގުވެރިވެއްޖެ، ހިލޭ ސާވޭކޮށް ދެނީ

އައްޑޫ ރައީސް ކުރެއްވި ކެމްޕެއިން ދަތުރުގައި ބްރިޖުގެ ހުވަފެންއާ އެކު އޮތް ކުރެހުމެއް ކުޑަ ކުއްޖަކު ރައީސްއަށް ހަދިޔާ ކުރަނީ: އައްޑޫ ބްރިޖު އަޅަން މިސްރުގެ ކުންފުންޏަކަށް ދޭން ވަނީ ނިންމައިފައި - ފޮޓޯ: ނިޝާން އަލީ / މިހާރު

އައްޑޫގެ ހިތަދޫ-ހުޅުމީދޫ ބްރިޖަކުން ގުޅާލުމުގެ މަޝްރޫއު ހިންގުމަށް މިސްރުގެ ބޮޑު ކުންފުންޏަކުން ޝައުގުވެރިކަން ފާޅުކޮށް އެކަމަށް ބޭނުންވާ ސާވޭ ހިލޭކޮށްދިނުމަށް ސަރުކާރަށް ހުށަހަޅައިފި އެވެ.

ރައީސް އޮފީހުގެ ޕަބްލިކް ޕޮލިސީ ސެކްރެޓަރީ އަބްދުالله ނާޒިމް ވިދާޅުވީ އައްޑޫ ބްރިޖުގެ މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިކަން ފާޅުކޮށްފައިވަނީ މިސްރުގެ "ދަ އަރަބް ކޮންޓްރެކްޓާސް" ކުންފުނިން ކަމަށެވެ.

"އެކަމާ ގުޅިގެން ކުރަންޖެހޭ ސާވޭތައް އެ ކުންފުނިން ހިލޭ ސާބަހަށް ކޮށްދޭނެ ކަމުގެ އިޝާރާތެއް ވެފައިވާތީ، އެކަން އެގޮތަށް ކޮށްދޭން ތައްޔާރަށް ތިބި ކަމަށްވާ ނަމަ، އެކަމުގެ މަސައްކަތް އެ ބޭފުޅުންނާ މަޝްވަރާކޮށްގެން ކުރިއަށް ގެންދަން އިކޮނޮމިކް ކައުންސިލުން ވަނީ ނިންމައިފައި،" ނާޒިމް ވިދާޅުވި އެވެ.

ހިލޭ ސާވޭކޮށްދޭން އެ ކުންފުނިން ހުށަހަޅާފައިވާއިރު މި އަހަރުގެ ބަޖެޓުގައި ހިތަދޫ-ހުޅުމީދޫ ބްރިޖުގެ ސާވޭ ހެދުމަށް 30 މިލިއަން ރުފިޔާ ވަނީ ހިމަނައިފަ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު މި ފަހުން ޗައިނާއަށް ކުރެއްވި ދަތުރުގައި ޗައިނާގެ އިންވެސްޓަރުންނަށް ޕްރޮޕޯސަލް ހުށަހަޅަން ހުޅުވާލި މަޝްރޫއުތަކުގެ ތެރޭގައި ވެސް އައްޑޫ ބްރިޖު ހިމެނެ އެވެ. ޗައިނާގެ ކުންފުންޏަކުން އެކަމަށް ޝައުގުވެރިކަން ފާޅުކުރި ކަމަށް ވެސް ކޮންސްޓްރަކްޝަން މިނިސްޓަރު އަބްދުالله މުއްތަލިބު ވިދާޅުވެފައިވެ އެވެ.

ހިތަދު އާއި ހުޅުމީދޫ ބްރިޖަކުން ގުޅާލުމަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެސް، 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާ ދިމާކޮށް އައްޑު އަށް ވެވަޑައިގެންނެވި ވައުދެކެވެ. މިދިޔަ އޮގަސްޓް މަހު، މި އަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް މުއިއްޒު އައްޑުއަށް ކުރެއްވި ދަތުރުފުޅުގައި ވަނީ ޔާމީންގެ އެ ވައުދު ހަގީގަތަކަށް ހައްދަވައިދެއްވާނެ ކަން އިއުލާންކުރައްވައިފަ އެވެ.

އެ ބްރިޖަކީ މާލެ ފިޔަވާ އެހެން ސަރަހައްދަކަށް މުއިއްޒު ވެވަޑައިގެންނެވި އެންމެ ބޮޑު ވައުދެވެ.

އައްޑޫގައި ހަދާ ބްރިޖު ވާނީ ރާއްޖޭގައި ހަދާ އެންމެ ބޮޑު ބްރިޖަށެވެ. ހިތަދު އާއި ހުޅުމީދޫ ގުޅާލުމަށް ގާތްގަނޑަށް 13-15 ކިލޯމީޓަރުގެ ދިގު ބްރިޖެއް އަޅަން ޖެހެ އެވެ.

ރާއްޖޭގައި ހެދި ފުރަތަމަ ބްރިޖު، މާލެ އާއި ހުޅުލެ ގުޅުވާލި ސިނަމާލެ ބްރިޖުގެ ދިގުމިނަކީ 1.4 ކިލޯމީޓަރެވެ. މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ގުޅާލުމަށް މިހާރު ހަދަމުން އަންނަ ތިލަމާލެ ބްރިޖަކީ 6.7 ކިލޯމީޓަރުގެ ދިގު ބްރިޖެކެވެ.

86 ކޮމެންޓް, 34 ރިއެކްޝަންސް

icon happy icon happy 50%
icon sad icon sad 0%
icon angry icon angry 18%
icon wow icon wow 0%
icon inlove icon inlove 32%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހުސްގޮނޑި

22 January 2024

ހާސްނުވޭ މަޖުލިސް އިންތިހާބާއެކު ބްރިޖްގެ ސާވޭ ސައިވެގެން 2028ގެ ރިޔާސީއިންތިހާބަށް ތިލަވާނެ..އަދި އޭގެކުރިޔަށް ކައުންސިލް އިންތިހާބަށްވެސް ތިލަވާނެ،.ތިފަދަ ބްރިޖްތަކަކީ ސިޔާސީބ ބްރިޖްތައް..

The name is already taken The name is available. Register?

ގުއިއްޒު

22 January 2024

މިއީ ފޫނެތް ފަޔަށް ފެން އެޅުން ކަހަލަ ކަމެއް. މީގެ ކޮސްޓް ރިކަވަރ ކުރެޥެނެ ގޮތް ނުވިސްނައި ހަމަ ކަމަކަށް ކަމެއް ކުރީމަ ޖެހޭނީ އިނދަ.

The name is already taken The name is available. Register?

އައްޑޫ ޤާދިރު

22 January 2024

އޭއި ކަލޯމެންގެ ރަށުގައި އަޅާފައި އޮތް 300 މިލިޔަން ޑޮލަރުގެ ބުރިޖުން ދަތުރު ކުރަން ކަލޭމެން ކިހާވަރަށް ދޭތީ އެތަން ފުލާއި ފަޔާއި ދެއަތް ހުރި ބުރިޖަކަށް ވެގެން ތިއުޅެނީ.

The name is already taken The name is available. Register?

ގެންނައިރު

22 January 2024

ގައުމުގެ އެކި ދިމާލަށް ތަރައްގީ ގެންނަ ވާހަކަ ދައްކާއިރު އެތަންތަނުގެ އާބާދީ މިހާރު އޮތްގޮތާ ކުރިއަށް އޮތްތަނުގަ އެތަނުގަ އުޅޭނެ ގިނަ އަދަދެއްގެ ބަޔަކު ވާނެކަމުގެ ޔަގީންކަން ނުހޯދާ ކުރާ ކަންކަމުން ވާނީ ފައިދާ ނޫނީ ގެއްލުންތަ؟ ތަރައްގީ ގެނައިމަ އެތައް އަހަރެއް ކުރިއްސުރެ އައްޑޫން މާލެއަށް ނުވަތަ އެހެން ތަނަކަށް ދިރިއުޅުން ބަދަލުކުރި އެތައް އާއިލާއެއް އަނބުރާ އައްޑޫއަށް ދިރިއުޅެން ދާނެބާ؟ ނޫނީ އެހެން ބަޔަކަށް އެހިސާބުގަ އާބާދުވާން ފުރުސަތު ލިބޭނެބާ

The name is already taken The name is available. Register?

ވިދާދްް

22 January 2024

ހާދަ ބައިވަރު މީހުންނެކޭ ކަންކަން ކޮށްދޭން ތަރައްޔާރަށް މިތިބީ. ސަރުކާރަށް ވަރަށް އިތުބާރު އެބައޮތްހެން ހީވަނީ.

The name is already taken The name is available. Register?

ޖައުފަރުު

22 January 2024

30 މިލިއަން ރުފިޔާ ބަޖެޓްކޮށްފަވާ ސާވޭއެއް މި ލިބުނީ ހިލޭ ކުރާގޮތަށް. ބަޖެޓަށް ބޮޑު ލުޔެއް ލިބިގެންދާނެ މިކަން މިގޮތަށް ވެއްޖެ ނަމަ.

The name is already taken The name is available. Register?

ޒޫޝާން

22 January 2024

ރަނގަޅު ވެރިކަމަކަށް ހުރިހާ ފަރާތަކުންވެސް އިތުބާރުކުރާނެ. މިސަރުކާރަށް ދަނީ ރިކޯޑް އަދަދަކަށް އިންވެސްޓަރުންވެސް ލިބެމުން.

The name is already taken The name is available. Register?

އެޗް އެމް

22 January 2024

މުއިއްޒު އައްޑޫގަ ބްރިޖެއް އަޅަން ޕްލޭން ކޮށްފާނެ އެކަމަކު ބްރިޖެއް ނައަޅާނެ. ދުވާލަކަށް ދިހަވަރަކަށް ހާސް ރުފޔާ ހަމަނުވާ މުދާ ސަޕްލައިކުރަން ގަމާރަކުވެސް ތިޔަކަން ނުކުރާނެ. އެހާވަރަށް މުދަލާއި މީހުން އޮތް ތަނެއްނަމަ ކުރަންވީ. އަދި ތިޔައީ މުއިއްޒު ސެންޓްރލައިޒް ކުރާނެ ކަމަށް ބުނެވޭ ޕްލޭނާ ފުށުއަރާ ބޭކާރު ހަރަދެއް. ބްރިޖްގެ ވާހަކަ މަޖިލިސް އިންތިހާބާއެކުގަ ނިމޭނެ.

The name is already taken The name is available. Register?

ޖަމަލު ފޮނޑި.

22 January 2024

ބުރިޖު ނާޅާނެ ކަން އައްޑޫ މީހުންނށްވެސް އިގޭ. ދެން ކަލޭ ދައްކާފައި ތިހިރަ ވާހަކަތަކަކީ ކަލެއާއި އެކަށީގެންނުވާ ބޮޑެތި ވާހަކަ. ކަލޭ ހީކުރާ ގޮތަކަށްނޫން އައްޑޫ މީހުންގެ ކަންކަން ހުރީ.

The name is already taken The name is available. Register?

ރޯޒަސް

22 January 2024

3000 މީހުންގެ އާބާދީއެއް (ހުޅުދޫ - މީދޫ ސެންސަސް 2022) ގުޅުވާލަން އަތޮޅުގެ އެންމެ މުހިންމު ޑައިވްސައިޓްތައް ފުނޑާލާފައި އަތޮޅުގެ ބާކީ ސަލާމަތުން އޮތް ފަރުތައް ފުނޑާލާފައި ރިސޯޓެއް ހަލާކުކޮށްލާފައި މީ ދެން ކޮންކަމެއް. "ކޮށްފައޭ އޮންނާނީ" ބުނެލަންބާ؟ ރާއްޖެ މިހާރު މިއޮތް ދަރަނީގެ ހާލަތުން ތީ ދެން ކިހާ ބޮޑު އިސްރާފެއް. އަތޮޅުގެ އެންވެރިކަން މިއޮތީ ބިންހިއްކައިގެން ފުނޑިފައި.

The name is already taken The name is available. Register?

އިދާރީ.

22 January 2024

މާތްވެގެންވާ މުޤައްދަސް ރަށްކޮޅު ނޫން ރާއްޖޭގެ އެހެން އެއްވެސް ރަށަކަށް ކުރާ ކަމަކީ ދެކޮޅު ޖެހޭ ކަމަކަށް ކ.މާލޭ މީހުންނަކަށް ނުފެންނާނެ.

The name is already taken The name is available. Register?

އަފާފް ސައީދު

22 January 2024

އެއްވެސް ސަރުކާރަކަށް އަޅާނުލެވުނު އަދި އަޅަން އެއްވެސް ކަމެއް ކުރަން ނޭނގުނު ބްރިޖް 65 ދުވަސް ތެރޭ އެޅުމުގެ ހުރިހާ ކަމެއް ރައީސް މުއިއްޒްގެ ސަރުކާރުން މިދަނީ ކުރަމުން.

The name is already taken The name is available. Register?

އާދަންް

22 January 2024

މީ ހަމަ ސީދާ ބްރިޖް ކިންގް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454