އައްޑޫ ހިތަދޫ އާއި ހުޅުދޫ އަދި މީދޫ ބްރިޖް ކޮންސަލްޓަންސީ ޗައިނާ ކުންފުންޏަކާ ހަވާލުކުރަނީ.-- ފޮޓޯ: ހައުންސިން މިނިސްޓްރީ
26 އޮކްޓޯބަރ 2025 - 18:54
އައްޑޫ ހިތަދު އާއި ހުޅުދޫ-މީދޫ އާ ދެމެދު އަޅަން ނިންމާފައިވާ ބްރިޖްގެ ކޮންސަލްޓަންސީ މަސައްކަތް ޗައިނާގެ ކުންފުންޏަކާ 1.02 މިލިއަން ޑޮލަރަށް މިއަދު ހަވާލުކޮށްފި އެވެ.
ކުރިއަށް އޮތް ހަ މަސް ދުވަހުގެ ތެރޭގައި ފުރިހަމަ ކުރަންޖެހޭ އެ މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކުރީ ޗައިނާގެ ޓީވައި ލިން އިންޓަނޭޝަލް އިންޖިނިއަރިން ކޮންސަލްޓިންއާ އެކު އެވެ.
އެއްބަސްވުމުގައި ކޮންސްޓްރަކްޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ. ޗައިނާ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ރައީސް ޗެން ޒިއާހޫ އެވެ.
މިނިސްޓްރީން ބުނީ އައްޑޫގެ ބްރިޖުގެ ކޮންސަލްޓަންސީ ޕްރޮޖެކްޓުގެ ތެރެއިން ޓީވައި ލިން އިންޓަނޭޝަލް އިން ސާވޭ އާއި ޑިޒައިން ހެދުމާއި ބްރިޖާ ގުޅޭ ޓެކްނިކަލް ސްޕެސިފިކޭޝަން އަދި އަމަލީ މަސައްކަތް ޓެންޑަ ކުރުމަށް ބޭނުންވާ ލިޔުންތައް ތައްޔާރު ކޮށްދޭނެ ކަމަށެވެ.
އައްޑޫގެ ބްރިޖުގެ ކޮންސަލްޓަންސީ މަސައްކަތުގެ އެއްބަސްވުމުގައި ޗައިނާގެ ޓީވައި ލިން އިންޓަނޭޝަލް އިންޖިނިއަރިން ކޮންސަލްޓިންއާ އެކު ދިވެހި ސަރުކާރުގެ ފަރާތުން ކޮންސްޓްރަކްޝަން މިނިސްޓަރު މުއްތަލިބު މިއަދު ސޮއިކުރައްވަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
ހިތަދޫ-ހުޅުމީދޫ ބްރިޖު ވާނީ މިހާތަނަށް ރާއްޖޭގައި އަޅާ އެންމެ ދިގު ބްރިޖަށެވެ. އެ ބްރިޖުގެ ދިގުމިނަކީ 13-15 ކިލޯ މީޓަރެވެ. ކަނޑުގައި ރާއްޖޭގައި ފުރަތަމަ އެޅި ސިނަމާލެ ބްރިޖުގެ ދިގުމިނަކީ 1.3 ކިލޯ މީޓަރެވެ. މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ގުޅާލަން އަޅާ ބްރިޖުގެ ދިގުމިނަކީ 6.7 ކިލޯ މީޓަރެވެ.
ހިތަދު އާއި ހުޅުމީދޫ ބްރިޖަކުން ގުޅުވާލުމުގެ މަސައްކަތަށް މި ސަރުކާރުން ތައްޔާރު ވެފައި ވާއިރު ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެސް ވަނީ 2018 ގައި ރިޔާސީ އިންތިހާބާ ދިމާކޮށް އައްޑުއަށް ވަޑައިގެން އެ ތަނުގައި ބްރިޖެއް އަޅުއްވާނެ ކަމަށް ވިދާޅުވެފަ އެވެ. ހަމަ އެ ވައުދު ހަގީގަތަކަށް ހަދައިދެއްވާނެކަން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާން ކުރެއްވީ މިދިޔަ ރިޔާސީ އިންތިހާބުގެ ދުވަސްވަރު އައްޑުއަށް ކުރެއްވި ދަތުރުފުޅުގަ އެވެ. އެ ވައުދުފުޅަކީ މާލެ ފިޔަވައި އެހެން ސަރަހައްދަކަށް އެ މަނިކުފާނު ވެވަޑައިގެންނެވި އެންމެ ބޮޑު ވައުދެވެ.
ބްރިޖްގެ ކޮންސަލްޓަންސީ މަސައްކަތް ޗައިނާ ކުންފުންޏަކާ ހަވާލުކުރިއިރު ހިތަދޫ-ހުޅުމީދޫ ގުޅުވާލާ ބްރިޖް މަޝްރޫއުގެ ސާވޭގެ މަސައްކަތެއް މިދިޔަ ފެބަރުއަރީ 19 ގައި މިސްރުގެ "ދަ އަރަބް ކޮންޓްރެކްޓާސް - އޮސްމާން އަހުމަދު އޮސްމާން އެންޑް ކޯ" އާ ވެސް ހަވާލުކުރި އެވެ.
މިސްރުގެ އެ ކުންފުންޏާ ހަވާލުކުރީ ބްރިޖު މަޝްރޫއުގެ ޕްރިލިމިނަރީ ޑިޒައިން އަދި ސާވޭގެ މަސައްކަތް ކުރުމަށް ކަމަށް އޭރު ހައުސިން މިނިސްޓްރީން ބުނެފައި ވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ކަތްދައްތަ
27 October 2025
ކުރިން ބުނިއެތި ކެންސަލް ކުރާއިރު ވީގޮތެއް ހާމަކޮށްލަން ރަގަޅުދޯ! އެކަށްވެސް ފައިސާ މިކަމަށްވެސް ފައިސާ ޚަރަދުކުރާނެތާ؟ މިވެރިކަމުގައި ޓްރާންސްޕޭރެންސީއެއް ނެތް. ހައްތާވެސް މަކަރާއި ހީލަތާއި ވައުވެއްދުން. މިހާރު ރައްޔިތުން ދެނެގަތްފި ތިޔަޖަހާ ސަކަރާތް. ބޮޑުތަނުން ފެއިލްވެއްޖެ.
އޮނަރަބްލް އަފީފު ދީދީ
26 October 2025
ހިތަދޫ އިން މީދޫއަށް ގުޅާލާ ބުރިޖްގެ ސާވޭ، ޑިޒައިން، ޓެކްނިކަލް ސްޕެސިފިކޭޝަން ފަދަ އެއްވެސްކަމެއް ނުކޮށް، މިއީ "ކުރާން ހެޔޮވާވަރުގެ ކަމެއްނޫންކަމަށް ބަޔަކަށް ބުނެދޭންވެގެން" ތޯ ބުރިޖު އަޅާތަނުގެ ފުރިހަމަ މައުލޫމާތު ހާމަނުކޮށް މި ބުރިޖްގެ ދިގުމިނަކީ 13-15 ކިލޯ މީޓަރު ކަމަށާއި، ހުޅުދޫ ގޮނޑުދޮށުން ފެށިގެން އައްޑޫ ކޯއްޓޭ ކޮޅާއިހަމައަށް މިދޭތެރޭގައި މުޅިންވެސް އޮތީ ކަނޑުކަމަށް ހީވާގޮތަށް މާލޭސަރުކާރުން މީޑިއާ ތަކަށް ޙަޤީގަތާއި ޙިލާފު ޙަބަރު ފަތުރަނީ.
އޮނަރަބްލް އަފީފު ދީދީ
26 October 2025
ބުރިޖް އަޅަންޖެހޭ 15 ކިލޯމީޓަރ ދިގު ސަރަޙައްދުގެ ތެރެއިން 14 ކިލޯމީޓަރަކީ އެއްކޮޅުން ހިތަދޫ އަނެއްކޮޅުން މީދޫ ފަޅުން ހިއްކަންޖެހޭ އިސްކޮޅުޖެހޭވަރު ތިލަ ސަރަޙައްދެއް. ބުރިޖްގެ އެއްކޮޅު ހިތަދޫކޯއްޓޭއިން ފެއްޓޭއިރު، މީދުއާއި ހިތަދޫއާއި ދޭތެރޭއޮތް ހަނި ކަނޑު އޮޅި (ވިލިމާލެ ބުރިޖްގެ ދިގުމިނަށްވުރެން ކުރު) މެދުގައި ހެޔޮވަރުވަރެއްގެ ކުޑަރަށެއް އޮތުމުން ކަނޑުގައި ޖަހާންޖެހޭ ތަނބުތަކުގެ މަސައްކަތަށްވެސް ފަސޭހަވެފައި މިރަށުގަައިވެސް ތަނބު ޖެހިދާނެކަމަށްވޭ.
އޮނަރަބްލް އަފީފު ދީދީ
26 October 2025
ރައްޔިތުނަށް އޮޅުންއަރާގޮތަށް ހިތަދޫ ކޯއްޓޭ ކޮޅުން މީދޫ އެއްގަމާއިހަމައަށް އެއްރަށުގެ ގޮނޑުދޮށުން އަނެއްރަށުގެ ހިކިފަސްތަނާއި ހަމައަށް ދެރަށްދޭތެރޭގައި ހުރި 15 ކިލޯ މީޓަރ ދިގުމިނަށް މުޅިންވެސް އޮތީ ފުން ކަނޑުކަމަށް ހީވާގޮތަށް ވާހަކަނުދައްކާ މިދެންނެވި 15 ކިލޯމީޓަރ މެދުތެރޭގައިވެސް ފަޅުރަށެއް އޮތްކަމާއި އަދި 15 ކިލޯމީޓަރގެ ތެރެއިން ފުން ކަނޑުއޮތް ސަރަޙައްދުގެ ދިގުމިނުގައި 1 ކިލޯމީޓަރވެސް ހަމަނުވާކަން ސަރުކާރުން މީޑިއާ އަށް ހާމަ ކުރަން ޖެހޭނެ.
މުޑަހަންޖާ
26 October 2025
ތިކަހަލަ ކަރުދާހީ މަސައްކަތްތަކެއް ސަރުކާރުން އައްޑޫގައި އަބަދުވެސް ކުރަނީ. މިދެއަހަރު ހިފަހައްޓާލީ ހަންކޮޅުގެ ކަރުދާހީ ޕުރޮޖެކްޓެއް ދައްކައިގެން. ދައުރު ނިމޭއަތަށް އެޅިއިރު އެބުނާ އާބަން ސެންޓަރު ހަދަނީ ކޮން ސްކޫލެއްގަކަން އަދިވެސް ރައްޔިތުންނަށް ނޭނގެ.
ޢެޑްމުންޑޯ
26 October 2025
މީ ކިތައްފަހަރު ހަދާ ސާރވޭ އެއް ،
ބުހުތާނު
26 October 2025
1 މިލިޔަން ޑޮލަރު ޚަރަދުކޮށްގެން ބުރިޖެއްގެ ސަރވޭ ކުރުމަށްވުރެ އެވަރުގެ ފައިސާ ޚަރަދުކޮށްގެން ކުރަންޖެހިފައިވާ މުހުއްމުން އެތައްކަމެއް ހުއްޓާ މިދަނޑިވަޅުގަ ކުރަން ހެޔޮވާވަރުގެ ކަމެއް ނޫންކަން މުއިއްޒަށްވެސް އެނގޭނެކަން ކަށަވަރެވެ. މިއުޅެނީ ތަކެއްޗާ ޚިދުމަތުގެ އަގުތައް މަތިކަމުން އަނގަޔާ އަތާ ދިމާނުވެގެނެވެ.
އޮނަރަބްލް އަފީފު ދީދީ
26 October 2025
މލޭސަރުކާރުން 100 މިލިޔަން ޑޮލަރަށް ވުރެން ބޮޑު އިންވެސްޓެއްކުރާނަމަ އިންޑިޔާ އާއި ޗައިނާސަރުކާރާއި ވާހަކަދައްކާ އެހީ ނުވަތަ ލޯނުގެގޮތުގައި އެމަސައްކަތްކުރަން ޗައިނާ އާއި އިންޑިޔާއިން އާބަސް ނުބުނަނީސް ދައްކާ ތިފަދަ އެއްވެސް ވާހަކައެއް ބުއްދި ސަލާމަތުންހުރި މީހަކު ޤަބޫލުނުކުރާނެ. މިސަރުކާރުން ކ.މާލޭގައި ކުރާންބޭނުން ހުރިހާކަމަކަށް އިންޑިޔާ އާއި ޗައިނާގެ ލޯނުހަމަޖެހި ވަނީ ސޮއިވެސް ކޮށްފަ. އައްޑޫ ބުރިޖް އޭގެތެރެއަކު ނުހިމެނޭކަން އެންމެނަށް އިގޭ.
ދަގަތްފާނު
26 October 2025
މިސްރުމީހުން ޕިރަމިޑު ބިނާކުރަން ކޮންސަލްޓަންޓަކު ހޯދަން އުޅުނީމާވެސް ތިޔައީ ނުކުރެވޭނެކަމެކޭ ބޭކާރުކަމެކޭ އެއްބަޔަކުބުނާނެ. އެކަމަކު މިއަދު އޭގެސަބަބުން އެތައްބަޔަކަށް ފައިދާކުރަމުން އެދަނީ.
އޮނަރަބްލް އަފީފު ދީދީ
26 October 2025
އައްޑޫރައްޔިތުންގެ ވޯޓް ޑރ މުއިއްޒުއަށް ލިބުނީ "ވެރިކަން ލިބިއްޖެނަމަ، ބުރިޖަކުން ހުޅުމީދޫ ހިތަދޫ ގުޅާލާނެކަމަށް" ޥަޢުދުވުނުން. ނަތީޖާ ލިބުނުން ފުރަތަމަ 100 ދުވަހުގައި ފައްޓާނެ މަސައްކަތުގެ ލިސްޓްގެ ކުރީގައި "އައްޑޫ ބްރިޖް" ވެސް ހިމެނު. ސަތޭކަ ނިމުނީ ޙަބަރެއް ނުވެ. އަނެއްކާ މަޖިލިސް އިންތިޙާބް ބޯމަތިވުމުން "ބްރިޖް ސްޓޯރީ" ފެންމަތިކޮށް މިސްރުގެ ސަހަރާގައި އުޅޭ ބަޔަކު ގެނެސް ސާވޭ ހަދަން ކަމަށް ބުނެ ކަރުދާހުގައި ސޮއި އަޅާތަން ޓީވީތަކުން ދެއްކި.