ޑރ. ޔާސިރު
17 މާޗް 2024 - 18:02
އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ގެ ސީއީއޯގެ މަގާމަށް ޑރ. އިބްރާހިމް ޔާސިރު އަހުމަދު ސަރުކާރުން ހަމަޖައްސައިފި އެވެ.
އޭއީއެޗް އިން ވަނީ މި މަހުގެ ހަތަރު ވަނަ ދުވަހުން ފެށިގެން އެ ހޮސްޕިޓަލްގެ ސީއީއޯގެ މަގާމަށް ޑރ. ޔާސިރު ހަމަޖައްސާފައިވާ ކަން ސޯޝަލް މީޑިއާގައި އިއުލާންކޮށްފަ އެވެ.
އެ މަގާމުގައި މީގެ ކުރިން ހުންނެވީ ރާއްޖޭގެ މަޝްހޫރު ސާޖަން ޑރ. މުހައްމަދު ސޯލިހެވެ.
ޑރ. ޔާސިރު ހާއްސަ ވެފައި ވަނީ އެތެރެހަށީގެ ބަލިތަކުގެ ޑޮކްޓަރެއްގެ ގޮތުގަ އެވެ. އެ ބަލިތަކުގެ ހާއްސަ ޑޮކްޓަރެއްގެ ގޮތުގައި ޔާސިރު މަސައްކަތް ކުރައްވާތާ 23 އަހަރު ވެފައި ވާއިރު، ބައެއް ހޮސްޕިޓަލްތައް ހިންގުމުގެ ދާއިރާގައި ވެސް އުޅުއްވި އެވެ.
ޑރ. ޔާސިރަކީ މިހާރު ވެސް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ގަވާނިން ބޯޑުގެ މެންބަރެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިސްމާއިލް އީސަ
19 March 2024
ގާބިލް ކަން މި ހޮސްޕިޓަލް ކުރިން ހިންގި ހިންގުމުންވެސް ޔާސިރު ވަނީ ދައްކާފައި. ގާބިލް ބޭފުޅެއް.
ރިހާމް މުހައްމަދު
19 March 2024
ކުރިންވެސް މި ހޮސްޕިޓަލް އެއްމެ ރަނގަޅަށް ހިންގީ ޔާސިރު ގެ ބެލުމުގެ ދަށުން. އަނެއްކާވެސް ކުރިޔަށް މިދަނީ
މުހައްމަދު ސަމީހް
19 March 2024
ބަރާބަރު ނިންމުމެއް. ތިކަމަށް އެއްމެ ގާބިލް މީހާ ތިއީ.
ދަންމާނު
18 March 2024
ޑރ. ސޯލިހަކީވެސް އަދި ޑރ ޔާސިރަކީވެސް ކުރިން ހޮސްޕިޓަލް މެނޭޖުކުރަން ހަވާލުކޮށް އެކަން ރަގަޅަށް ނުކުރެވުނު ދެމީހުން. އެމީހުންގެ ޑޮކްޓަރީ ފަންނާ ބެހޭގޮތުން އެއްޗެއް ނުދަންނަވަން އެއީ ރަގަޅު ކުޅަދާނަ ދެ ޑޮކްޓަރުން އެކަމަކު ހޮސްޕިޓަލް މެނޭޖު ކުރުމުގެ ތަޖުރިބާ ރަގަޅެއް ނޫންކަށް ސާބިތުވެފައިވަނީ. ކުރިސް ޓެސްޓްކޮށް ތަޖުރިބާ ގޯސްކޮށް ކުރެވިފައިވާ ކަމުގެ ރެކޯޑު އޮތް މީހަކު ރަގަޅު ނިޔަތެއް އޮތް ނަމަ ނުލާނެ ތީގައި އެހެން އެޖެންޑާއެއް އޮތްކަމަށް ބެލެވެއެވެ.
ކޮއްކޮ އަށް ވެސް މަސް
18 March 2024
އެޖެންޑާ އަކީ ހައިދަރު ގެ ކޮއްކޮ އަކަށްވުން. އަދި ޔާސިރު ގެ އަނބިމީހާ އަކީ އައްޑޫ ގެ ސްޓާފް ނަރުހަކަށް ވުން. އަނބިމީހާ ގެ ރަށަށް ބަދަލުވާން ބޭނުންވުން.
ބައްސާމް ޢަލީ
18 March 2024
ޑރ ޔާސިރު ފަދަ މޮޅު މީހުންގެ މަޤުބޫލް ޑޮކްޓަރަކު އައްޑޫގައި ހުންނެވުމަކީ ވަރަށް ގިނަބަޔަކަށް އޭގެ ދަތި ފޯރާނެކަމެއް. މާލެ ހޮސްޕިޓަލެއްގެ ތިފަދަ މަޤާމަކަށް ހަމަޖައްސަވައިދެއްވާ! ޤަވައިދުން ޑރ ޔާސިރަށް ދައްކަމުންދާ އެތައްސަތޭކަ މީހުން މިރާއްޖޭގަ އެބަތިބި. އެހެން ކަމުން ތިއީ ސަރުކާރުން ކުރި ވަރަށް ދެރަކަމެއް.
ކޮލަމާހުއްޓާ
18 March 2024
ގޯސް ނިންމުމެއް. އައްޑޫ މީހުން މޫނުމަތީޖެހި އެތިފަހަރެއް.
ފަހަތަށް ފަލިޖަހަނީ
18 March 2024
މިނިސްޓަރު ހައިދަރު ގެ ކޮއްކޮ މިއީ. އިނދެގެން އުޅެނީ އައްޑޫ ސްޓާފު ނަރުހަކާ. މިއީ ބޭއިންސާފު.
ކޮއްކޮ އަށް ވެސް މަސް
18 March 2024
ހޫނ ބަޤާވާތަކުން ވެރިކަން ވައްޓާލީމަ ހެދި ކޯނީ ރިޕޯޓް ހެދި ކޮމިޓީ ގެ މީހެއް ޔާސިރަކީ. ނިމުނީ ބަޤާވާތެއް ނޫންކަމަށް.
ރަނާވަތު
18 March 2024
މާލޭގަައި ހުރެގެން ތޯ ހިންގަނީ؟
މުއްލާ ބީ
18 March 2024
ތަންތަން ހިންގަން ލާންވާނީ މެނޭޖްމަންޓް މީހުން. ޑޮކްޓަރުން ކަހަލަ ފަންނީ މީހުން ތިބެންވާނީ ފަންނީ މަސައްކަތުގައި. އަދިވެސް މިއުޅެނީ ރާއްޖެއިން ބޭނުންވާ ވަރަށް ޑޮކްޓަރުން ނުލިބިގެން. ތިހެން ހެދުމުން ތަނުގެ ހިންގުން ރަގަޅުވާނީ ރުކެއް ދަށަށް ވެއްޓޭ ކާއްޓަކުން ރުކެއް ފަޅާ އަމިއްލަ ޒާތުގައި ބޮޑުވާ އުޞޫލުން، އެ ސްޕީޑްގައި.
ަހަސަން ކުރުސީ
17 March 2024
ހެޔޮ ނުވާނެ މެނޭޖްމަންޓް ދާއިރާގެ މީހަކު ލާބަލަ. ހެޔޮ ނުވާނެ މި ގައުމަށް ހައްގު މިންވަރަށް ސިއްހީ ހިދުމަތް ތަރައްގީކޮށްދީބަލަ