ރޯދަ މަސް / ރަމަޟާން 2024

ކަށިކޭލުގެ ފޮނި މީރުންކަން މާ ތަފާތު ގޮތަކަށް މި ރަށުން

19 މާޗް 2024 - 08:26

4 comments

ރަށްރަށުގެ ވަލާއި ޗަސްބިންތަކުގައި ކަށިކޭލަކީ އަދިވެސް ތިޔާގި އެއްޗެކެވެ. އެކަމަކު މި މޭވާގެ ފޮނި މީރުކަމާއި އުފާ ލިބިގަންނަނީ މަދު މީހެކެވެ. ށ. މަރޮށި، މުހައްމަދު އަބްދުއްރަހްމާން އަކީ ބަޔަކަށް މި އުފާވެރިކަން ގެނެސްދިނުމުގައި މެދުވެރިއެކެވެ.

މުހައްމަދަކީ މި ރަށުގައި ކަށިކެޔޮ ހިލައިގެން ހަކުރު ތައްޔާރުކުރާ މީހެކެވެ.

ކަށިކޭލު ހަކުރު ތައްޔާރުކުރާ ށ. މަރޮށި، މުހައްމަދު އަބްދުއްރަހްމާން "މިހާރު" އަށް އިންޓަވިއު ދެނީ: އޭނާ މި މަސައްކަތްކުރާތާ ތިން އަހަރުވެއްޖެ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

އާމްދަނީ ހޯދަން އޭނާ މިހާރު ކުރަނީ މި މަސައްކަތެވެ.

މި ރަށު ވަލުގައި ކަށިކެޔޮ ގަސްތައް ބޯކޮށް އޮވެ އެވެ. އާންމުކޮށް ހުންނަނީ މާކަށިކޭލާއި މެދުކަށިކެޔޮ ގަހެވެ. މި ހަކުރު ތައްޔާރުކުރަން މުހައްމަދު ބޭނުންކުރަނީ މެދުކަށިކޭލެވެ.

ކުރިން ވެސް މި ރަށުގައި ބައެއް މީހުން ކަށިކޭލުން ހަކުރު ތައްޔާރުކޮށް އުޅުނެވެ. ނަމަވެސް، ވަކި ހިސާބަކުން އެކަން ކުރި މީހުން މި މަސައްކަތް ހުއްޓާލީ އެވެ. މުހައްމަދު މި މަސައްކަތް ކުރާތާ މިހާރު ތިން އަހަރު ވެއްޖެ އެވެ.

"މި މަސައްކަތް ފެށުނު ގޮތަކީ ވަލުތެރޭގައި ކަށިކެޔޮ މާ ގިނައިން އޮންނަތަން ފެނި ހިތަށް އެރީ ރަނގަޅު ކަމެކޭ މީ ކުރަން،" އޭނާ ކިޔައިދިނެވެ.

މުހައްމަދު ކަށިކޭލު ހަކުރު ތައްޔާރުކުރަން ކަށިކެޔޮ މަޑުކުރުމަށް ފަހު އޭގެ ދިޔަ ފެލަނީ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ކަށިކޭލު ހަކުރު ތައްޔާރުކުރާ ގޮތް ވެސް އޭނާ ކިޔައިދިނެވެ.

ވަލުން ކަށިކެޔޮ ކަނޑައިގެން ގެނެސް ފުރަތަމަ ކުރާ ކަމަކީ އެ ރޫޅައި ވަޅިއަކުން ކުރަ ނަގަނީ އެވެ. އޭގެ ބޭނުމަކީ ކަށިކޭލުގެ ބޭރުގައި ހުންނަ ހުރިހާ ހަޑި ބައެއް ދުއްވާލައި އެ ދޮވެ ރަނގަޅަށް ސާފުކުރުމެވެ. ފެނަށް ލައިގެން ރަނގަޅަށް ދޮވުމަށް ފަހު، ދެން ކަށިކެޔޮ ކުދިކޮށް ކޮށަނީ އެވެ. އަދި ކޮށާފައި ހުރި ކަށިކެޔޮ ތެއްޔަކަށް އަޅައި މަޑުކުރަން އުދަނީ އެވެ.

މި މަޑުކުރަން ވަރަށް ގިނައިރު ހޭދަވެ އެވެ.

"މަޑުވީމަ އިރުގަނޑަކު ބަހައްޓައިފައި ދެން އެ ދިޔަގަނޑު ފުރޭންޔަކަށް އަޅައިގެން ފުރާނަނީ، ކަށިކޭލުގައި ހުންނަ ނަރު ބައި ވަކިކުރަން،" އޭނާ ބުންޏެވެ.

މުހައްމަދު ތައްޔާރުކުރާ ކަށިކޭލު ގުޅަ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ދެން އެ ފެންގަނޑު އެހެން ތެއްޔަކަށް އަޅައި އޮލަކުރަން އުނދަނީ އެވެ.

"މި ކައްކަން އެއްދުވަހު ހަތަރު ދަމު ދާނެ،" އޭނާ ބުންޏެވެ.

"ދިޔާހަކުރާ މިޔާ ހުންނާނެ ތަފާތަކީ މީގައި ހުންނާނީ ކުޑަ ހުތްފޮނި ރަހައެއް."

މުހައްމަދު ބުނީ ގިނަ މީހުންނަށް މި ކަމުދަނީ ޖޭމެއް ގޮތަށް ރޮށި ނުވަތަ ޕާނާ ޖައްސައިގެން ކާން ކަމަށެވެ.

ކަށިކޭލު ހަކުރު ފުޅިއެއް އޭނާ ވިއްކަނީ 150ރ. އަށެވެ.

ކަށިކެޔޮ މަޑުކޮށް އޭގެ ދިޔަގަނޑު ނެގުމަށް ފަހު ބާކީވާ ބައި ވެސް އުކާނުލަ އެވެ. އެ ބައި ހިއްކަނީ އެވެ. އަދި ހިއްކުމަށް ފަހު އެއާއި ގަބުޅިޔާއި ހަކުރު އެއްކޮށް މޮޑެގެން ގުޅަ ހަދައިގެން ވިއްކަނީ އެވެ. މިވެސް ވަރަށް މީރު އެއްޗެކެވެ.

މުހައްމަދު ތައްޔާރުކުރާ ކަށިކޭލު ގުޅަ ވިއްކަން ޕެކެޓުގައި ބަންދުކޮށްފައި.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

މުހައްމަދު ތައްޔާރުކުރާ ކަށިކޭލު ހަކުރާއި ގުޅަ މި ވަގުތު މާކެޓްކުރަނީ ރަށަށް އެކަންޏެވެ.

4 ކޮމެންޓް, 10 ރިއެކްޝަންސް

icon happy icon happy 20%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 10%
icon inlove icon inlove 70%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

2024

19 March 2024

އޭ މާލެއިން ލިބޭގޮތް ހަދާދީބަލަ ތި 2 ތިވެސް މަރަށްމީރުވާނެ....... ބޮއިހަލަކި

The name is already taken The name is available. Register?

ރައިވެރިބޭ

19 March 2024

އަތަށް އަންގިއެއް އަރުވާލައިގެން ދިޔަ ފެލި ނަމަ ވަރަށް ފައްކާވީސް. ސާފުތާހިރުކަން ވަރަށް މުހިއްމު. ދިވެހިން ވާންޖެހޭނެ ސާފުތާހިރުކަމުގެ ނަމޫނާއަކަށް. އަވައްޓެރި ގައުމުތަކުގަ އަތުން ފެލިޔަސް ދިވެހިން އެގޮތަށް އުޅެގެން ނުވާނެ.

The name is already taken The name is available. Register?

ގޮރުނުދޯރު

19 March 2024

ސައިންސްގެ ތިއަރީތައް ބުނާގޮތުން ކަށިކޭލަކީ ހަށިގަނޑުގަ އުފެދޭ ކެންސަރު ސެލްތައް ނައްތާލުމަށް އެހިވެދޭ ގުދުރަތީ މާއްދާތަކެއް އެކުލެވޭ އެއްޗެއް. އިފްރާޒް އަލީ މިއާޓީކަލް ލިޔުނުއިރު މިކަމުގެ މައްޗަށް ބަލައިލިނަމަ ހަބަރު ތަންކޮޅެއް މުއްސަނދިވީސް..

The name is already taken The name is available. Register?

ތިއްތިއްތާ

19 March 2024

ސަޅި. ވަރަށް ކާ ހިތްވެއްޖެ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454