ޚަބަރު / ނޭޝަނަލް އެއާ އެމްބިއުލާންސްގެ ހިދުމަތް

ސީޕްލޭންގެ އެއާ އެމްބިއުލާންސްގައި ފުރަތަމަ ދަތުރުކޮށްފި

ސީޕްލޭންގެ އެއާ އެމްބިއުލާންސަށް ބަލި މީހަކު އަރުވަނީ.- ފޮޓޯ: ސޯޝަލް މީޑިއާ

ސީ ޕްލޭން އެމްބިއުލާންސްގައި ފުރަތަމަ ބަލި މީހާ މިއަދު އުފުލައިފި އެވެ.

ހެލްތު މިނިސްޓްރީގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އިމަޖެންސީ ފަރުވާ ބޭނުންވި މީހަކު، ދ. ކުޑަހުވަދޫން މާލެ ގެނެސްފައިވާ ކަމަށެވެ. މިއީ، ސީޕްލޭންގައި އެއާ އެމްބިއުލާންސްގެ ހިދުމަތް ދިނުމަށް އެ ބޯޓު މިދިޔަ ހުކުރު ދުވަހަށް ތައްޔާރުކޮށް ހިދުމަތް ދޭން ފެށި ފަހުން އުފުލި ފުރަތަމަ ބަލި މީހާ އެވެ.

ސިއްހީ އިމަޖެންސީ ހާލަތްތަކުގައި ބަލި މީހުން އުފުލުމަށް ބޭނުންކުރާ އެއާ އެމްބިއުލާންސްގެ ހިދުމަތް ފަށާފައިވަނީ މި މަހުގެ 1 ވަނަ ދުވަހެވެ. ނަމަވެސް، ސަރުކާރުން ނިންމާފައިވަނީ އެއާޕޯޓު ނެތް ރަށްރަށުން ވެސް ބަލި މީހުން އުފުލުމަށް ސީޕްލޭންގައި އެމްބިއުލާންސްގެ ހިދުމަތް ދޭށެވެ.

ސީޕްލޭންގެ އެއާ އެމްބިއުލާންސް، ކުޑަހުވަދޫގައި މަޑުކޮށްގެން.-- ފޮޓޯ: ސޯޝަލް މީޑިއާ

އެއާ އެމްބިއުލާންސްގެ ގޮތުގައި ބޭނުންކުރަނީ އައިލެންޑް އޭވިއޭޝަނުގެ މަތިންދާ ބޯޓަކާއި ސީޕްލޭނެކެވެ. އެ ދެ ބޯޓު އެކީ ބަދަލުކޮށްފައި ވަނީ އިމަޖެންސީ ހާލަތުގައި ބަލި މީހާއަށް ބޭނުންވާ ހުރިހާ ސާމާނެއް ވެސް އޭގެ ތެރެއިން ލިބޭ ގޮތަށެވެ. މޯލްޑީވިއަން އިން މިދިޔަ ހުކުރު ދުވަހު ނެރުނު ބަޔާނުގައި ބުނީ އެ ދުވަހާ ހަމައަށް މެޑިކަލް 25 ދަތުރު ކޮށްފައިވާ ކަމަށެވެ.

ސަލާމަތީގޮތުން ރައްކާތެރި އަދި އިތުބާރު ކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ ޑީއެޗްސީ-6 ޓްވިން އޮޓާގައި އެއާ އެމްބިއުލާންސްގެ ހިދުމަތް ފޯރުކޮށްދިނުމަކީ ރައްޔިތުންނަށް ސިއްހީ ގޮތުން ލިބިފައިވާ ބޮޑު ކުރިއެރުމެއް ކަމަށާއި އެ ސީޕްލޭންގައި ރާއްޖޭގެ ރަށްތަކަށް އޮޕަރޭޓްކުރުމުގެ ގާބިލްކަން ލިބުމުގެ އިތުރަށް ޒަމާނީ އިމަޖެންސީ މެޑިކަލް ވަސީލަތް ހަރުކޮށްފައިވާ ކަމަށް ބުންޏެވެ.

9 ކޮމެންޓް, 13 ރިއެކްޝަންސް

icon happy icon happy 23%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 77%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހާޝިމް

20 March 2024

ކޮބާ މިވަރުގެ ކަމެއް އިންޑިއާ މީހުންނަށް ނޫނީ ނުވާނޭ ބުނި އެމްޑީޕީ މީހުން؟ ކޮބާ މިކަން ނުވޭތަ؟ މީގެން ހާމަ ވަނީ އެންމެ އެއްޗެއް. އެމްޑީޕީއިން އިންޑިއާ އަށް މި ގައުމު ވިއްކާލާފަ އޮތް މިންވަރު.

The name is already taken The name is available. Register?

ހަރާމްކޯ

20 March 2024

ރާއްޖޭގެ ޤާނޫނުތައް އޮޅުވާލާފަ ބަލި މީހުން އުފުލުމުގެ ނަމުގައި ބޭރުގެ ސިފައިން ބެއިތިއްބުމަކީ ކުރަންޖެހޭނެކަމެއް ނޫންކަން މިއޮތީ ސާބިތުވެފައި، އމޑޕ އަކީ އަބަދުވެސް އަމިއްލަ މީހާއަށްވެސް އޮޅޭގޮތަށް ކަންތައް ކުރާ ބައެއް، ޤައުމަށް ކުޑަ ލޯތްބެއްވެސް އޮންނަބައެއް ނޫން. މޯދީ ބުދުތަކުގެ ގެ ރީނދޫ ކުލައިން ޖަރީ ކުރެވިފައިވާ ބައެއް.

The name is already taken The name is available. Register?

2000

19 March 2024

އެމްޑީޕީ މީހުންނަށް ފެނޭތަ. ރޮޒޭނާއަށް ފެނޭތަ، މާރިއާ ފެނޭތަ. އީސައަށް ފެނޭތަ. އަސްލަމަށް ފެނޭތަ. އިންޑިއާ މީހުން ބޭނުން ނުކޮށް ބަލި މީހުން އުފުލަން. ފިދަނަ މިނިސްޓަރަކަށް ލައިގެން އެމްޑީޕީ އުޅުނު ގައުމު އަޅުވެތި ކުރަން .

The name is already taken The name is available. Register?

ޔާސީންޓު

19 March 2024

އެއަރޕޯޓެއް އޮއި ތާކަށް ސީޕްލޭން ދަތުރު ކުރީމަ ސުވާލު އުފެދޭ.

The name is already taken The name is available. Register?

ދިއްދޫމީހާ

20 March 2024

ފީލްބާގާ މީހުން ދައްކާ ކަހަލަ ވާހަކަ ނުދައްކާ ބަލަ ހަމަ ވެދާނެ އެގަޑީގައި ރަންވޭ ބޭނުން ކުރުމަށް ދަތިތަކެއް ހުރީ ކަމަށްވެސް އެހެންވެގެން ސީޕްލޭންގައި ދިޔައީ ދެން ބުނޭ ސީޕްލޭން ދިޔާމަ ކުޑަހުވަދޫ ފަޅުން މުށިމަސް މަދުވާނެއޭ..

The name is already taken The name is available. Register?

ދޮންރަހާ

20 March 2024

ބަޔަކު އަޅެ ހައިރާނެއް ނުވާނެތަ؟ އެމްބިއުލާންސެއް ދާން ޖެހޭ ތާކަށް އެމްބިއުލާންސެއް ނޫންތަ ދިޔައީ؟ ދެން އެދާން ޖެހެނީވެސް ކަލޭމެން ބޭނުން ވާ އުސޫލުންތަ؟

The name is already taken The name is available. Register?

ކަނބުރުގެ

19 March 2024

ހެލިކޮޕްޓަރާ ޑޯނިއަރ ނެތަސް މިކަން އެބަކުރެވޭ.

The name is already taken The name is available. Register?

ޑޮކްޓަރު

20 March 2024

މީގެ ކުރިންވެސް ބަލިމީހުން އާއްމުކޮށް އުފުލަނީ މޯލްޑިވިއަންގެ ސީޕްލޭނާއި، ޑޭޝް ބޯޓުތަކު! ތީ އަލަކަށް ކުރާކަމެއްނޫން! ހެލްކޮޕްޓަރާ ޑޯނިޔާ ބޭނުންކުރަނީ ހާއްސަ ހާލަތްތަކު! ބޯޓުެ ދަވާދު ބަދަލުކޮޢްފަހުރީ!

The name is already taken The name is available. Register?

ޢެމަރޖެންސީ

19 March 2024

ޜަގަޅު ފެށުމެއް

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454