ކުރީގެ ރައީސް ސޯލިހާއި އެމްޑީޕީގެ ރައީސް ޝާހިދު ރޭގެ އިވެންޓްގައި: ސަރުކާރުން ސިޔާސީ މަގާމުތައް އިންތިހާއަށް އިތުރު ކުރަމުންދާ ކަމަށް ވިދާޅުވި --
21 މާޗް 2024 - 10:58
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް އެންމެ ހަތަރު މަސްވީިއިރު ސިޔާސީ މަގާމުތައް "ފުނިފުންޏަށް" އުފައްދާފައިވާ ކަމަށާއި އަންދާޒާ ކުރެވޭ ގޮތުން އެ އަދަދު މިހާރު 1،500 އަށް އަރާފައިވާ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ރޭ ވިދާޅުވެއްޖެ އެވެ.
އަންނަ މަހުގެ 21 ގައި ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީގެ ކެމްޕެއިން ހަރަކާތެއްގައި ވާހަކަފުޅު ދައްކަވަމުން އެ މަނިކުފާނު ވިދާޅުވީ މި އަހަރުގެ ފުރަތަމަ ތިން މަސް ދުވަހާއި ކުރީ އަހަރުގެ ފުރަތަމަ ތިން މަހާ އަޅާ ބަލާއިރު މި ސަރުކާރުން 300 އެއްހާ މިލިއަން ރުފިޔާ އިތުރަށް ހަރަދު ކޮށްފައިވާ ކަމަށާއި ނަމަވެސް ކުރި ކަމެއް ފެންނަން ނެތް ކަމަށެވެ.
"ކޮން ކަމެއްތޯ ކުރީ؟ ބަލާލާއިރު 1،700 ޕްރޮޖެކްޓް ހުއްޓާލާފައި އެބަ އޮތް. މި ފައިސާ ހަރަދު ކުރީ ކޮން ބަޔަކަށްތޯ؟ އަޅުގަނޑުމެން އެ ހަރަދު ކުރީ ކިހިނެއްތޯ ބަލަން މައުލޫމާތު ހޯދަން ރައީސް އޮފީހަށް ވެސް ސިޓީ ލައިފިން، ފިނޭންސް މިނިސްޓްރީގައި ވެސް އެދެފިން. މިއިން އެއްވެސް ތަނަކުން އެ މައުލޫމާތެއް ލިބޭ ގޮތެއް ނުވޭ،" ކުރީގެ ރައީސް ވިދާޅުވި އެވެ.
އިބޫ ވިދާޅުވީ ފެންނަން އޮތް ކަމަކީ މި ސަރުކާރުން އިންތިހާއަށް ސިޔާސީ މަގާމުތަކަށް މީހުން އައްޔަން ކުރާ ތަން ކަމަށާއި އެކަމަށް ދައުލަތުގެ ބަޖެޓުން ބޮޑު ހޭދައެއް ކުރާކަން ކަމަށެވެ.
"ފުނިފުންޏަށް. ބައެއް މިނިސްޓްރީތަކުގައި އިށީންނާނެ ތަނެއް ނެތް. ކޮރިޑޯތަކުގައި ކިޔު ޖެހިފައި ތިބޭ ކަމަށް. ޑިއުޓީ ބަހައިގެން މޭޒު ހަވާލު ކުރަމުން އެބަދޭ. ގޮނޑި ނެތިގެން،" އިބޫ ވިދާޅުވި އެވެ.
"އަންދާޒާކުރެވޭ ގޮތުގައި، އެ ބޭފުޅުން މައުމޫމާތު ދެއްވީމަ އެނގޭނީ. 1،500 އަށް ވުރެ ގިނަ ސިޔާސީ މަގާމު މިހާރު ވާނީ އުފައްދާފައި. އެހެން ނަމަކާ މަހެއްގެ މައްޗަކަށް 150 މިލިއަން ރުފިޔާ ބަޖެޓަކުން ރިކަރެންޓް ހަރަދަކަށް މުސާރައަކަށް ހަރަދު ކުރާކަށް ނުޖެހޭނެ."
ކުރީގެ ރައީސް ސޯލިހު ރޭގެ އިވެންޓްގައި: ސަރުކާރުން ސިޔާސީ މަގާމުތައް އިންތިހާއަށް އިތުރު ކުރަމުންދާ ކަމަށް ވިދާޅުވި --
އިބޫ ވިދާޅުވީ މި ސަރުކާރުން އިސްރާފު ވެސް އެ ވަރަށް ކުރަމުންދާ ކަމަށާއި ޕްރޮޖެކްޓްތައް ހުއްޓާލައި، އަލުން އެ ފަށަން ވުމުން އެތައް ހަރަދެއް އިތުރަށް ހިނގާނެ ކަމަށެވެ. އެހެންވެ، ސަރުކާރު ހަމަ މަގަށް އަޅުވަން އެމްޑީޕީ އަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ދޭން ޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ސިޔާސީ މަގާމުތައް އިތުރުވަމުންދާ ކަމަށް ބުނެ ސަރުކާރަށް ފާޑުކިޔުން އަމާޒުވެފައިވާއިރު ފެބުރުއަރީ މަހުގެ ފަސް ވަނަ ދުވަހު ރައީސް މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ރިޔާސީ ބަޔާން އިއްވަމުން ވިދާޅުވެފައިވަނީ ހާއްސަ ހާލަތެއް މެދުވެރިވެގެން ނޫނީ ސިޔާސީ މަގާމުތަކަށް ބޭފުޅުން އައްޔަން ކުރުން ހުއްޓާލައިފައިވާ ކަމަށެވެ.
ނަމަވެސް، އޭގެ ފަހުން ވެސް ސިޔާސީ މަގާމުތަކަށް ބައެއް މީހުން އައްޔަން ކޮށްފައިވާއިރު، އޭގެ ތެރޭގައި ޕީޕީއެމް/ޕީއެންސީ ޕްރައިމަރީގައި ވާދަކޮށް ނާކާމިޔާބުވި ބައެއް މީހުން ވެސް ހިމެނެ އެވެ. މި ފަހުން ސިޔާސީ މަގާމުތަކަށް އައްޔަންކުރި މީހުންގެ ތަފްސީލު ރައީސް އޮފީހުން ހާމަކޮށްފައެއް ނުވެ އެވެ. މީގެ ކުރިން ވެބްސައިޓްގައި ސްޓޭޓް މިނިސްޓަރުންނާއި ޑެޕިއުޓީ މިނިސްޓަރުން އަޕްޑޭޓް ކުރަމުން ދިޔަ ނަމަވެސް، ޓެކްނިކަލް މައްސަލައެއް ދިމާވެ އެކަން ހުއްޓިފައި ވަނީ ކަމަށް ރައީސް އޮފީހުން ވަނީ ބުނެފަ އެވެ.
ރައީސްގެ ރިޔާސީ ވައުދަކީ ރައީސް އޮފީހުގެ ސިޔާސީ މުވައްޒަފުން ހިމެނޭ ގޮތަށް ސިޔާސީ މުވައްޒަފުންގެ އަދަދު 700 އަށްވުރެ މަތި ނުކުރުމެވެ. ރައީސް ވިދާޅުވަމުން ގެންދަވަނީ އެކަން އެގޮތުގައި ހިފަހައްޓަވާނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަރުބާދު
23 March 2024
އަހުން ރަށުގަވެސް އާކަތީބުގެ މެނޭޖްކުރުން ފެނުނީމަ ނެގުނުކަތީބު ވަރަކައް ބަނޑުކައްކާފަ އޯކާދެމޭތީ އުޅުނު.
ނުގުނާ
23 March 2024
ތިޔަހެން ނުބައިކޮށް ގުނައިގެން ވެރިިކަންވެސްް ގެއްލުނީ. އަލުން ނުބައިކޮށް ގުނުމަކީ އިތުރަށް ކާމިޔާބުނުވާނެކަމެއް.
އައިމިނާ
23 March 2024
އަދިވެސް ވާހަކަދެއްކޭތޯ މި އުޅެނީ. ޖަލުގަ ތިބި ހުރިހާމީހުން ދޫކޮށްލާފަ. ކުޑަ ކުދިންނާ ބެހުނު މީހުންތައްވެސް ދޫކޮށްލާފަ ހުރެގެން ކީކޭ މި ކިޔަނީ. ވެރިކަމާ މޮޔަވެފަ.
ތެދުނުވި ގުދު
21 March 2024
ގުދޯ ގުދޯ ގޮވާނީ ތިމާމީހާގެ ގުދުކުރި ދަނޑިތައް ތެދުކޮށްފައި. ޢެއްދަނޑިވެސް ޜޯކުރެވޭހާ މުއްދަތި ނެތި ދަނޑިތައް ޖަހާފަ ދިޔައީ. ޢެއްވެސް ދަންދިއެއްގެ އިމެއް ފެންނާކަށްނެތް. ވަރަށް ކަޑަ ވެރިކަމެއް ކޮށްފައި މިހާރު ޤައުމު ކުރިޔަށް ހިރެލަނފާނެތީ ބޮޑެތި ކާށި ބިންނަން ނޫޅެ ލިބުނު ބައިވަރިތައް ހިފައިގެން ހުރެވޭތޯ ބަލާ.
ކައުންސެލަރު...
21 March 2024
މީނާވެސް ކޮންމެވެސް ފަޅޮލެކޭކިޔާފަ އަނގަ ހާވައޭދޯ އުރައްޕެއް ނެތަސް. ތިދެން ކޯއްޗެއް
ކަނބިލި
21 March 2024
ސިޔާސީ ގޮތުން އިފުލާސްވެފައި ތިބޭ ވާނުވާ ނޭގޭ މީހުން މިބާވަތުގެ ވާހަކަ ދެއްކުމަކުން ރައްޔިތަކު އަޅައެއް ނުލާނެ
ހަސަން ކުރުސީ
21 March 2024
މީ ދެން ކާކު ފޮނިއަނގަތަޅާން؟
އުދުހޭ
21 March 2024
20 މުއައްޒަފުން ލައިގެން ޔާމީނު ދައުރުގަ ހިންގި އިންޖީނުގެތަކަށް 60 ވަރަކަށް މުއައްޒަފުންނަށް އިތުރުކުރީ ކާކުގެ ވެރިކަމުގަތޯ؟
ޗަމްޗާ
22 March 2024
ސުޓެލްކޯގެ ތިޔަ ޑރ ޑީއެމްޑީ އަށް ކެރޭނެތޯ ވަޒީފައިން ވަކިވެ އަމިއްލަ ކަމެއްގަ އުަޅެން؟ ކޮންމެ ސަރުކާރަކާ ކުނިޖެހި ތިޔަހެން ކެމެއްނެތި ލާޗާރު ބިޗާރު ނުވެ ނިކަން ކެރިގެން ނުކުމެބަލަ މުގާބޭގެ ފަހަތަށް. އޭރުންތާ އޭނަ ރާއްޖެ ދުރުވާނީވެސް. ނޫނީ އިވާ ކޮއްކޮށް ފަހަތަށް އަރަންދޭބަލަ.
ސްލޯ
21 March 2024
މީނަ ވެސް ލަދެއް ހުރިނަމަ، މިކަހަލަ މޮޅުވާހަކަ ނުދައްކާނެ. މުޅިގައުމު އެއްކޮށް ބަގުރޫޓު ކޮށް ބިތު އަޅުވާފައި، ބޮޑު މުސާރަނަގައިގެން ދެންވެސް ބޭކާރު ބޭގަރާރު ވާހަކަ ނުދައްކާ ހުރުން ބުއްދިވެރި
ތުއްތޮންބެ
21 March 2024
މުސްކުޅީން ބުނެއުޅޭ ގުދޯގުދޯގޮވުން ހަތްގުދުއޮތްމީހާ އެއްގުދު އޮތްމީހާއައްވެސް ތިހެންގޮވާއުޅޭ އަދި މިސްކިތު ހުޅުޖެހިމީހާވެސްބުނޭ މަށޭކިޔާހޭ. އަދި ހަސަނައް ހީވާނެ ފުޅައްބުޑުން ދަންޔާމު ކެޔޮގަނޑު ކަނޑާލާނޭ.