އަޒްލިފާގެ ދަރިފުޅު، އަޒްކާ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
25 މާޗް 2024 - 08:17
އާއިލާގެ ދެން ތިބި މީހުންނަށް އެކަން އައިސްފައި ވަނީ ބައްޕަ، އަލީ އަބްދުﷲގެ ފަރާތުންނެވެ. އޭނާގެ ފަސް ދަރިންގެ ތެރެއިން، ތިން ދަރިންނަށް، ބޮލުގެ އިސްތަށިގަނޑުގެ ކޮޅު ނުރަވުން ވަނީ ވާރުތަވެފަ އެވެ. އެއަށްފަހު، އޭނާގެ ކާފަ އަދި މުނި ކާފަ ކިޔާ ދަރިން ހިމެނޭހެން، ހަތަރު ޖީލަކަށް މިކަން ދެމިގެން ހިނގައްޖެ އެވެ.
އާއިލީ ކަމެއް ނޫން ނަމަ، ރާއްޖޭގައި އާއްމުކޮށް ނުރަޖަހަން ފަށަނީ ޒުވާން އުމުރު ފަހަނައަޅާ ދިއުމުންނެވެ. އެކަމަކު، ތ. ވަންދޫގެ މި އާއިލާގެ ތަފާތު ކަމަކީ މިއީ އެވެ.
އަލީއަށް ކާފަ ކިޔާ، އައިޝަތު އަޒްލިފާ ބުނިގޮތުގައި، އިސްތަށިގަނޑުގެ ކުރިމަތިން ކުޑަ އިސްތަށިކޮޅެއް ނުރަވެފައި ތިބޭ ކުދިން، ވިހާއިރު ވެސް ތިބެނީ އެގޮތަށެވެ. އިސްތަށިކޮޅު ނުރަވެފައި މިހާރު ހުރި އެންމެ ހަގު ކުއްޖާގެ އުމުރުން ހަތަރު އަހަރެވެ. އެންމެ ދޮއްޓަށް ހުރީ 80 އަހަރުގެ ކާފަ އެވެ.
މުހައްމަދު ޝަފީގު، 37، އަދި އޭނަގެ 12 އަހަރުގެ ދަރިފުޅު ލޫތާއެކު. ޝަފީގުގެ ދެ ކުދިންނަށް ވެސް މިކަން ވާރުތަވެފައިވޭ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
އަންހެން އަދި ފިރިހެނުން ވެސް އިސްތަށިކޮޅު ނުރަވާއިރު ހުންނަނީ އެއްގޮތަކަށެވެ. ކޮންމެ ކުއްޖަކު ވެސް އަދި ކޮންމެ މީހެއްގެ ވެސް ބޮލާ ދިމާލުން އިސްތަށިގަނޑުގެ ކޮޅުން އެއްބައި ހުންނަނީ ނުރަވެފަ އެވެ. ބައެއް މީހުން އުމުރުން މައްޗަށް ދިއުމުން، ނުރައިގެ ކުލަ ފަނޑުވެ އެވެ. އަނެއް ބައި މީހުން، ބޯ އެއްކޮށް ނުރަވާއިރު ވެސް، ފުރަތަމަ ނުރަވި ހިސާބު ވަކިވާ ކަހަލަ ގޮތެއް ހުރެ އެވެ.
އަޒްލިފާއާ އެއްބަނޑުއެއްބަފާ ފަސް މީހުން ތިބެ އެވެ. ބޯ ނުރަވުން ވާރުތަނުވަނީ އޭގެ ތެރެއިން އެކަކަށެވެ. އޭނާގެ ދެ ކުދިން ވެސް ތިބީ ހަމަ އެގޮތަށް ބޯ ނުރަކޮށެވެ.
އަޒްކާ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
އެ އާއިލާގައި މިހާރު ވެސް އެގޮތަށް ނުރަވެފައި ތިބި 15 ވަރަކަށް މީހުން އެބަތިއްބެވެ.
އަޒްލިފާ ބުނިގޮތުގައި، ބޮލުގެ އިސްތަށިކޮޅު ނުރަވުން ފިޔަވައި އިތުރު އެއްވެސް ކަމެއް އުނދަގުލެއް ނުވެ އެވެ. ނަމަވެސް، އެ މީހުން ކުޑައިރު، އެހެން ކުދިންނާ ހިލާފަށް ބޮލުގެ ކޮޅު ނުރަވެފައި ތިބޭތީ އެހެން ކުދިންގެ މަލާމާތާ ކުރިމަތިލާން ޖެހުނު ކަމަށް އޭނާ ބުންޏެވެ.
ނަމަވެސް، އެ އާއިލާއިން މިހާރު އެކަން ބަލަނީ އާއިލާގެ ނިޝާންގެ ގޮތުގަ އެވެ.
"ޔުނިކް ކަމެއްގެ ގޮތުގައި މި ބަލަނީ މިހާރު. ވަރަށް ތަފާތެއްނު އެހެން ކުދިންނާ." އަޒްލިފާ ބުންޏެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙަޒް
25 March 2024
ޒުވާނުން މިހާރު ނުރަޖަހާ 28 ނުވަނީސް. މާލޭގެ ބިޒީ ލައިފް އިން ސްޓްރެސް ލެވެލް މަތި ވަނީ.
ކިޅޯ
25 March 2024
ބުޒީކަމުން ޖަހާ ނުރަ ފިލާނެ ޗުއްޓީއަކަ ދިޔައީމަ. ލޭޓް 30 ގަ އާމުކޮއް ނުރަޖަހަން ފަށާނީ. މިއާޓިކަލްގަ ހުރިކަހަލަ ޖެޓެޓިސް ކަމެއްނެއްނަމަ.
ހެވެއްނު
26 March 2024
މާލޭގެ ބިޒީ ލައިފް ދޫކޮށް ރަށްތަކަށް ބަދަލުވާނަމަ. ރަށްތައް އެއޮތްގެން ފަޅުވަނީ. މާލޭގަ ކޮންއެއްޗެއްތަ އޮތީ އެވަރަކުން މާލޭގަ އުޅެން
އަންހެނާ
25 March 2024
ލޯބި
ޙަސް
25 March 2024
ވަރަށް ރީތި
ގުލްޒާރު
25 March 2024
ނުރައަކީ ހިކްމަތްތެރިކަމުގެ ރަމްޒެއް.
ލަސް
25 March 2024
އާއިލާގެ ލޭންޑްމާކޭތޯ؟ ތިކިޔަން އުޅެނީ ކީކޭތޯ؟
ބާތުމާކު
25 March 2024
ބާތު މާކު