26 މާޗް 2024 - 13:59
ދެ މައްސަލައެއްގެ މައުލޫމާތު ހޯދަން ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫން މަޖިލީހުގެ ގައުމީ ސަލާމަތާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އަށް ހާޒިރު ކުރަން ނިންމައިފި އެވެ.
މިއަދު ބޭއްވި 241 ކޮމިޓީގައި ވާހަކަ ދައްކަވަމުން ހެންވޭރު ހުޅަނގު ދާއިރާގެ ޑިމޮކްރެޓްސްގެ މެންބަރު ހަސަން ލަތީފް ފާހަގަކުރެއްވި ގޮތުގައި، ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ދިން ބޮމުގެ ހަމަލައާ ގުޅޭ އިތުރު މައުލޫމާތުތަކެއް މިހާރު ލިބިފައިވާ ކަމަށް ޣައްސާން މަޖިލީހުގައި އިއްޔެ ވަނީ ވިދާޅުވެފަ އެވެ.
އެހެންވެ، އެ މައުލޫމާތު ހޯދަން މިހާރު ވެސް މަޖިލީހުން އެމްއެންޑީއެފަށް ސިޓީއެއް ފޮނުވާފައިވާ ކަމަށާއި އެ މައްސަލާގައި ޣައްސާން ހާޒިރު ކުރަން އެދިވަޑައިގަންނަވާ ކަމަށް ހަސަން ވިދާޅުވި އެވެ.
އޭގެ އިތުރުން ތުރުކީ އިން ޑްރޯންތައް ގަތް އަގުތަކާ ބެހޭ މައުލޫމާތު ވެސް 241 ކޮމިޓީގެ ސިއްރު ބައްދަލުވުމެއްގައި ހާމަކުރެވޭނެ ކަމަށް ޣައްސާން ވިދާޅުވެފައިވާ ކަމަށާއި ނަމަވެސް އެއީ ސިއްރު ކުރަން ޖެހޭ ކަމެއް ކަމަކަށް ގަބޫލު ނުކުރައްވާ ކަމަށް ހަސަން ވިދާޅުވި އެވެ.
އެ މައްސަލައިގެ މައުލޫމާތު ހޯދުމަށް ވެސް އޭނާ ހާޒިރު ކުރަން ފެންނަ ކަމަށް ހަސަން ވިދާޅުވި އެވެ.
"އަޅޫގަނޑު އެދޭ މައުލޫމާތަކީ ޑްރޯން ގަންނަން ދައުލަތުން ކޮށްފައި އޮތް ހަރަދަކީ ކޮބައިތޯ؟ ހިލޭ އެހީގެ ގޮތުގައި ރައީސް ވިދާޅުވި ބައެއް. އެއީ ކޯއްޗެއްތޯ އާއި އެ ހުރިހާ މައުލޫމާތެއް ހޯދަން އެދެން ބޭނުން ކޮމިޓީގައި،" ހަސަން ވިދާޅުވި އެވެ.
މީގެ އިތުރުން ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް އިންޑިއާ ސިފައިން ވަތް މައްސަލައިގައި ވެސް އިތުރު މައުލޫމާތު ސާފު ކުރަން ބައެއް މެންބަރުން ބޭނުންވި އެވެ. އަދި ހާޒިރުވި މެންބަރުންގެ އިއްތިފާގުން ކުރިއަށް އޮތް ފަސް ދުވަސް ތެރޭގައި ޣައްސާން 241 ކޮމިޓީ އަށް ހާޒިރު ކުރަން ފާސްކުރި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިގްބާލު
27 March 2024
ރާއްޖޭގެ މަސްދޯނިތަކަށް ބިދޭސީން ސިފައިން އަރައި ބިރު ދައްކާއިރު، ރާއްޖެއިން ވެސް ޖެހޭނެދޯ ކޮންމެވެސް ކަމެއް ކުރަން
އިމްރާން މުހައްމަދު
27 March 2024
ޑްރޯން ގެނައީމަ ހަޖަމް ނުވިދޯ؟
މޫސާ ލަތީފް
27 March 2024
އެއްކަލަ ސަރުކާރަށް ޖެއްސުން ކުރަން ފަށަނީއޭ އިދިކޮޅުން. ބަލައި ގަނެވޭނެ ކަމެއް ނޫން މިއީ.
ޖެއްސު
27 March 2024
5 އަހަރުން ހަވާލު ކުރަންބުނި ފްލެޓުން ވެސް ވަގު ހަދާ އޮޅުވާލާ ހުރިހާ ކަމެއް ވެސް ކުރީ އެމްޑީޕީން. އެކަމު އޭގެ ޒިންމާ ނަގަން ޖެހެނީ މިސަރުކާރުން
މޮހިތު
26 March 2024
އެމްޑީޕީ ސަރަުކާރުން 5 އަހަރުތެރޭ އެއްވެސް އޮށްޓަރު ހުރިކަމެއް ނުކޮށް ތިބެފަ، ބަޔަކު ކަމެއްކުރާއިރަށް ކޮންހާ ވާހަކައެއް މިދައްކަނީ...؟
ފޮނިފޮނިޓައްޕު ކުމާރު
26 March 2024
މިފަހަރު ގައްސާނު ކޮނެލާންޖެހޭނެ.
ނަޟީދް
26 March 2024
ހަސަނާ ކަލޭމެން ލަދު ކޮބާޙޭ. ގައުމަށާއި ރައްޔިތުންނަށް ޢައްދާޜުވެ، ގައުމީ ސަލާމަތަށް ހުރި ނުރައްކަލަކަށް ވެއްޖެއެވެ.
ހަލީމީބާއި
26 March 2024
ކުރިއަށް އޮތް އިންތިހާބުގައި ސަރުކާރުގެ މެންބަރުން ހޮވަންޖެހޭ ސަބަބަކީ މިއީއެވެ. އިދިކޮޅު މެޖޯރިޓީ އޮންނަ ނަމަ، ސަރުކާރަށާއި ވަޒީރުންނަށް ދުއްޕާން ކުރުން ނޫން ކަމެއް ނުކުރެއެވެ. މަހަރު 85000 ރުފިޔާ ނަގައިގެން ކުރާ ކަމަކީ ވެރިކަމަށް ޖެއްސުން ކުރުމެވެ.