ވިޔަފާރި

ފަސް ޕަސެންޓުގައި ތިން މިލިއަނާ ހަމައަށް ހައުސިން ލޯނު ދޫކުރުން އެޗްޑީއެފްސީ އަށް

ފަސް ޕަސަންޓު އިންޓަރެސްޓުގައި ހިޔާވަހި ލޯނު ސްކީމް ތައާރަފްކުރަން ހައުސިން މިނިސްޓްރީ އާއި އެޗްޑީއެފްސީ ވަނީ އެއްބަސްވުމެއްގައި ސޮއި ކޮށްފައި. --ފޮޓޯ: ހައުސިން މިނިސްޓްރީ

27 މާޗް 2024 - 21:36

46 comments

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދާ އެއްގޮތަށް ކުޑަ އިންޓްރެސްޓް ރޭޓެއްގައި ހައުސިން ލޯނު ދޫކުރަން ހައުސިން މިނިސްޓްރީ އާއި ހައުސިން ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ) އާ ދެމެދު އެއްބަސްވުމެއްގައި މިރޭ ސޮއިކޮށްފި އެވެ.

ހައުސިން މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ބުނީ "ހިޔާވަހި ފައިނޭންސް ސްކީމް" ގެ ނަމުގައި އެޗްޑީއެފްސީ މެދުވެރިކޮށް، އެ ސްކީމް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ އިސްލާމިކް ފައިނޭންސް މިންގަޑުތަކާ އެއްގޮތަށް ކަމަށެވެ.

ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ހާއްސަ ކޮށްގެން، ބޯހިޔާވަހިކަން ގާއިމުކުރުމަށް ލޯނު ދޫކުރަނީ ފަސް ޕަސަންޓު އިންޓްރެސްޓް ރޭޓުގައި ކަމަށް މިނިސްޓްރީން ބުންޏެވެ.

މި ހާއްސަ ލުއި ލޯނު އަތޮޅުތެރޭގެ ރަށްތަކަށް ދޫކުރާ އެންމެ މަތީ އަދަދަކީ އެއް މިލިއަން ރުފިޔާ އެވެ.

މާލެ ސަރަހައްދަށާއި ސަރުކާރުން އާބަން ސެންޓަރުތަކުގެ ގޮތުގައި ކަނޑައަޅާ ރަށްތަކަށް މި ސްމީމުގެ ދަށުން ލޯނު ލިބޭނީ ތިން މިލިއަން ރުފިޔާއާ ހަމައަށެވެ.

މި ސްކީމާ ގުޅޭ އިތުރު މައުލޫމާތުތައް ފަހުން ހާމަކުރާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

މި ސްކީމުގެ އިތުރުން، އިމާރާތް އަޅަން ފެށުމަށް ފަހު ވަކި ހިސާބަކަށް ގޮސް ނުނިމި ހުރި ގެތައް ނިންމުމަށް "ހޯމް ކޮމްޕްލިޝަން ލޯން" އެއް ތައާރަފް ކުރާނެ ކަމަށް ވެސް ރައީސް ވަނީ ދާދި ފަހުން ހާމަކުރައްވައިފަ އެވެ.

ގިނަ ދުވަސްވެ، މަރާމާތު ކުރަން ޖެހިފައިވާ ގެ ތަކަށް ބޭނުންވާ ލޯން ސްކީމެއް ވެސް ތައާރަފް ކުރަން ނިންމާފައިވާ ކަން ރައީސް މުއިއްޒު ވަނީ އިއުލާން ކުރައްވައިފަ އެވެ.

"ހޯމް ކޮމްޕްލިޝަން ލޯން" އަދި "ރިނޮވޭޝަން ލޯން" އެ އަށް ވުރެ ތަންކޮޅެއް ލަސްވި ނަމަވެސް އެ ދެ ލޯނު ވެސް މި އަހަރު ތެރޭގައި ދޫކުރަން ފަށާނެ ކަމުގެ ޔަގީންކަން އެ މަނިކުފާނު މި ހަފުތާގައި ދެއްވި އެވެ.

46 ކޮމެންޓް, 17 ރިއެކްޝަންސް

icon happy icon happy 76%
icon sad icon sad 0%
icon angry icon angry 12%
icon wow icon wow 0%
icon inlove icon inlove 12%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކުޑަބޭ

28 March 2024

މާލޭގައި ނުހެދި ހުރި އިމާރާތްތަކުގެ ތެރެއިން ވަރަށް މަދު ތަނެއް 3 މިލިޔަން ލިބިގެން ހެދޭނެ ކަމަށް ފެންނަނީ! ދެން ހުންނާނީ ލިފްޓާއި އެއްޗެތި ނުބެހެއްޓި ތާށިވެފައި. ބީ.އެމް.އެލް އިން ލޯނު ނެގި ވަރަށް ގިނަ ތަންތަންވެސް މިހާލުގައި އެބަހުރި. އަނެއްކޮޅުން ގޭގެ ވެރިފަރާތަށް ވަކި ވަރެއް އާމްދަނީ ނުލިބޭ ނަމަވެސް ލޯނު ނުދޭކަން ބޭންކްތަކުން އަންގާ! މިހާރު މުހިންމީ ނުހެދި ހުރި ތަންތަން ނިންމާނެ ވަރުގެ ލޯނު!

The name is already taken The name is available. Register?

މެކުސް

28 March 2024

5% އެއީ ރިބާއެއް ނޫން. އެއީ ފައިސާގެ އަގު.

The name is already taken The name is available. Register?

ކޮވެލި

28 March 2024

ބޮޓުން ލިޔަނީ. މިއަދު އެޗްޑީއެފްސީ އަށް ގުޅީމަ ބުނީ ތިކަމެއް އަދި ހަމަނުޖެހެއޭ. ކުރިން ވިނަރެސް ފްލެޓްތަކަށް ދޭން ބުނި ލުއިވެސް ލިބޭ ކަމަކަށް ނުވޭ. ދޮގުހެދުމާ އޮޅުވާލުން އިންތިހާއަށް. އެއްކޮށް ހަމަނުޖެހޭ ކަންކަން އިޢުލާންކޮށް ސުރުޚީ ހަދަނީ.

The name is already taken The name is available. Register?

މައުސޫމް އަލީ

28 March 2024

ވައުދުތައް ރަނުން ރަނަށް ފުއްދަވަމުން ރައީސް މުއިއްޒް މިދަނީ. މިއީ އިހްލާސްތެރި ވެރިންނަކީ.

The name is already taken The name is available. Register?

ރޯނުއެދުރުމާލިމީ

28 March 2024

ސުރުހީ އެޅީމާ އެކަން އެނިމުނީބާ؟ ލިޔުމުގައި އެވަނީ 'މި ސްކީމާ ގުޅޭ އިތުރު މައުލޫމާތުތައް ފަހުން ހާމަކުރާނެ ކަމަށް މިނިސްޓްރީން ބުންޏެވެ."

The name is already taken The name is available. Register?

އާބިދު ސައީދު

28 March 2024

މި ވައުދު ރައީސް ވި އަހަރުމެން ރަށުގަ ހުރެގެންވެސް. އޭރު ހިޔެއް ނުކުރަން މި ވައުދު ފުއްދަވާނެ ކަމަށް. ނަމަވެސް ނިކަން އުފާވެެއްޖެ.

The name is already taken The name is available. Register?

މަލަމަތި

28 March 2024

ސުރުޚީއަޅައިގެން ވައުދު ފުއްދުނު ކަމަށް ބުނަންޏާ ތިއޮތީ ލޯނުވެސް ލިބި ގެވެސް އެޅިނިމިފަ

The name is already taken The name is available. Register?

ސަގަރ

28 March 2024

އެއީ ވައުދެއްކަން ކިހިނެއް އެގެނީ. އެއީ ދޮގަކަށްވެސް ވެދާނެނު.

The name is already taken The name is available. Register?

ހަސަން ނިމާލް

28 March 2024

ފެނޭތަ އަހަރުމެންގެ ރައީސް؟ ތަފާތު ދައްކަމުން މިދަނީ. ބުނި ގޮތަށް ކަންކަން ކުރަމުން މިދަނީ.

The name is already taken The name is available. Register?

ގުދުގުދާބެއްޔާ

28 March 2024

މިސަރުކާރަކީ ވާނުވާނޭގޭ ސަރުކާރެއް! ސަރުކާރުން އެބަޖެހޭ ވާނުވާނެގޭ ޑޮޓްކޮމް ވެބްސައިޓެއް ހަދަން. ދުވަހަކުވެސް ކުރަން އުޅޭ ކަމެއް ފުރިހަމައެއް ނުވާނެ! ފަހުން އަންގާލާން މިނޫން ބަހެއް ނުބުނެވޭ! މިއަށް ކިޔަނީ ވޯޓައް ކަޑަ ޖެހުން.

The name is already taken The name is available. Register?

ބިބޫ

28 March 2024

5 އަހަރު ވެގެން ދިޔައިރު ކުރަން އުޅުނު އެއްވެސް ކަމެއް ފުރިހަމަ ނުވި.

The name is already taken The name is available. Register?

ބޯބުރާންތި

28 March 2024

ރިބާ އޭ ނުކިޔަން ވެގެން އިންޓަރެސް ފަދަ ކިތަމެ ރީތި ނަމެއް ނުވަތަ ތަފާތު ނަމެއް ކިޔަސް ރިބާ ވާނީ ހަމަ ރިބާ އަށް. ރިބާގެ ކިތަމެ ކުޑަ މިންވަރެއް ވިޔަސް އެ ހަރާމް ވާނެ.

The name is already taken The name is available. Register?

ރިބާ އަނެއްކޮޅައް

28 March 2024

މީގެ 20 އަހަރުކުރިން އަހަރެން މީހަކައް ދިނިން 25 ހާސް ރުފިޔާ. އިއްޔެ އޭނާ އެ 25 ހާސް ރުފިޔާ މަށައް އަނބުރާދީފި. އޭރު 25ހާސް ރުފިޔާއައް މަށައް ވޭވް ސައިކަލެއް ގަނެވޭ އެކަމަކު މިއަދު އެވަރުގެ ސައިކަލެއް ގަންނަންޏާ މަށައް އެބަބޭނުންވޭ އޭގެ ދެގުނަ ނޫ ނީ ތިންގުނަ. އެހެންވެ ލޯނު އަގު ކުރަންވީ ރަނުން ކަންނޭގެ އެކަމަކު ރަނުގެ އަގުވެސް ވަގުތާއެކީ ބަދަލުވޭ އެކަމަކު ފައިސާގެއަގު ބަދަލުވާވަރައްވުރެ ކުޑަކޮއް.

The name is already taken The name is available. Register?

މަކަރާސް

28 March 2024

ތިބުނާ ރިބާނުލާ ފައިސާއެއް ލިބޭނެ ގޮތެއް ތަނެއް އެބައޮތްތަ؟ އޮތީވިއްޔާ ނިކަން ބުނެދީބަލަ.

The name is already taken The name is available. Register?

ފޮނުވެޔި

29 March 2024

މިއީ ރިބާ އެއްނޫން. ކުރާ ވިޔަފާރިޔެއް. މުވައްޒަފުން ލައިގެން ކުރާ ވިޔަފާރިއެއް. މުވައްޒަފުންގެ މުސާރަޔާއި އެހެނިހެން ޚަރަދުތަށް ހުންނާނެ. ވިޔަފާރިން ފައިދާވާނީ އެމަސައްކަތަކުން އިތުރަށް ލިބިގެން.

The name is already taken The name is available. Register?

ޖހކބިހޖ

28 March 2024

ރައީސް އާދޭސް ކުރަން ވިނަރެސްގެ ގްރޭސް ޕީރިއަޑު ދިގުކޮށްދީ! ކުށްޔަށް އުޅޭ ތަނުގަ އުޅޭތާ ދިހައަހަރަށްވުރެ ގިނަ ދުވަސް ވެއްޖެ. ގޭގަ މިހާރު ހުރި އަލަމާރިއެއްޗެހި ހުރީ ރޫޅާލައިފިއްޔާ ބޭނުންނުކުރެވޭވަރުވެފަ. ލައިފްޓައިމްގަ ދިރިއުޅޭތަނަކަށްވާތީ ހުރިފެންވަރަކުން ތަނަށް ފަރުނީޗަރު ލާންވެސް ބޭނުންވާނެ. އެމަސައްކަތްކުރާ މީހުން ދޮޅު މަހެއް ވަރުނަގާ އެންމެ އަވަހަށް ނިންމަން. މިދޮޅުމަހު މިހާރު އުޅޭތަނަށްވެސް ކުލި ދޭންޖެހޭ. އާދޭސްކުރަން!!!

The name is already taken The name is available. Register?

ލޯނު ސްޓަރ

28 March 2024

ކުރީސަރުކާރުން އެސްއެމްއީ މި ސަރުކާރުން އެޗްޑީއެފްސީ .ކޮންމެ ސަރުކާރަކުންވެސް ކޮންމެވެސް ފައިނޭޝިއަލް އިންސްޓިޓުށަނެއް ބޭނުން ކޮށްގެން އައުވާނުންނަށް ލާރިގަނޑެއް ދޭންކުރާކަމެއްތީ. ތި ލޯނުތަކަކީ އަބުރާދައްކާ ގޮތައް ދޭ އެއްޗެއް ނޫން. އެސްއެމްއީ ލޯނުނެގި މީހުންވެސް ލޯނު އަބުރާނުދައްކާތީވެ އެތާ މުވައްޒަފުންނަށް މުސާރަދީ ތަންހިންގަނީ ސަރުކާރުން ސަބްސިޑައިސް ކޮށްގެން. އާންމު މީހާ ބީއެމްއެލް ލޯނު ނުދެއްކިއްޖެއިޔާ ޒަކާތުފަންޑުންވެސް އެ އެބަނަގާ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454