މިސްކިތުގައި މީހުން ނަމާދުކުރަނީ: ފަހު ދިހައެއްގައި މާލޭގައި ދަމު ނަމާދުކުރާނީ 32 މިސްކިތެއްގައި ނަމާދުކުރާނެ- ނިޝާން އަލީ / މިހާރު
28 މާޗް 2024 - 12:24
މި ރޯދަމަހުގެ ފަހު 10 ގައި މާލެ ސަރަހައްދުގެ 32 މިސްކިތެއްގައި ދަމު ނަމާދުކުރާ ގޮތަށް އިސްލާމިކް މިނިސްޓްރީން ހަމަޖައްސައިފި އެވެ.
އެ މިނިސްޓްރީން ބުނި ގޮތުގައި ދަމު ނަމާދުކުރާނީ މާލޭގެ 18 މިސްކިތަކާއި ވިލިމާލޭގެ ތިން މިސްކިތަކާއި ހުޅުމާލޭގެ 11 މިސްކިތެއްގަ އެވެ.
މާލޭ ސަރަހައްދުގައި އިއުތިކާފަށް ތިބެވޭ ގޮތަށް ހަމަޖެއްސީ 16 މިސްކިތެކެވެ. އެއީ މާލޭގެ 8 މިސްކިތަކާއި ވިލިމާލޭގެ މިސްކިތަކާއި ހުޅުމާލޭގެ ހަތް މިސްކިތެކެވެ.
● އިސްލާމީ މަރުކަޒު - މާލެ
● މަސްޖިދު މަލިކި ސަލްމާން - މާލެ
● ވިޔަފާރިވެރިންގެ މިސްކިތް - މާލެ
● ބަންޑާރަ މިސްކިތް - މާލެ
● ދުނބުރި މިސްކިތް - މާލެ
● ތައިބާ މިސްކިތް - މާލެ
● މާވެޔޮ މިސްކިތް - މާލެ
● މަސްޖިދުއް ސަލާހުއްދީން - މާލެ
● ފުރުގާން މިސްކިތް - މާލެ
● ޖަލާލުއްދީން މިސްކިތް - މާލެ
● ނޫރު މިސްކިތް - މާލެ
● އިބްރާހިމް މިސްކިތް - މާލެ
● ޝަހީދު އަލީ މިސްކިތް - މާލެ
● އިސްކަންދަރު މިސްކިތް - މާލެ
● ފަނޑިޔާރު މިސްކިތް - މާލެ
● ރަން މިސްކިތް - މާލެ
● ފައިފުހޭ މިސްކިތް - މާލެ
● މާފަންނު އާ މިސްކިތް - މާލެ
● ސަލާމް މިސްކިތް - ވިލިމާލެ
● އިހްލާސް މިސްކިތް - ވިލިމާލެ
● ބިއްރި މިސްކިތް - ވިލިމާލެ
● ވައްގުއްބު މިސްކިތް - ހުޅުމާލެ 1
● އަޒީޒާ މިސްކިތް - ހުޅުމާލެ 1
● އުމަރު ބުނުލް ހައްތާބު - ހުޅުމާލެ 1
● ވާލިދައިނި މިސްކިތް - ހުޅުމާލޭ 1
● ހުޅުމާލޭ ވަގުތީ މިސްކިތް (ނޭބަހުޑް 3) - ހުޅުމާލޭ 1
● ރަޝީދު މިސްކިތް - ހުޅުމާލޭ 1
● އަޞްދިގާ މިސްކިތް - ހުޅުމާލެ 1
● މުހައްމަދު މިސްކިތް - ހުޅުމާލެ 1
● ހަސަން އާދަމް މިސްކިތް - ހުޅުމާލެ 1
● އުސްމާން ބިން އައްފާން މިސްކިތް - ހުޅުމާލެ 2
● އަބީބަކުރިނިއްސިއްދީގު މިސްކިތް - ހުޅުމާލެ 2
● އިސްލާމީ މަރުކަޒު - މާލެ
● ވިޔަފާރިވެރިންގެ މިސްކިތް - މާލެ
● ފުރުގާން މިސްކިތް - މާލެ
● ޖަލާލުއްދީން މިސްކިތް - މާލެ
● ޝަހީދު އަލީ މިސްކިތް - މާލެ
● ނޫރު މިސްކިތް - މާލެ
● ފަނޑިޔާރު މިސްކިތް - މާލެ
● މާވެޔޮ މިސްކިތް - މާލެ
● އިހްލާސް މިސްކިތް - ހުޅުމާލެ 1
● ވައްގުއްބު މިސްކިތް - ހުޅުމާލެ 1
● އަޒީޒާ މިސްކިތް - ހުޅުމާލެ 1
● ރަޝީދު މިސްކިތް - ހުޅުމާލެ 1
● އަޞްދިގާ މިސްކިތް - ހުޅުމާލެ 1
● މުހައްމަދު މިސްކިތް - ހުޅުމާލެ 1
● ހަސަން އާދަމް މިސްކިތް - ހުޅުމާލެ 2
● އަމީލް ޖަލީލް މިސްކިތް - ހުޅުމާލޭ 2
މާލޭ ސަރަހައްދުގައި ހިފްޒުކޮށް 30 މިސްކިތެއްގައި ވެސް އަންނަނީ ތަރާވީހް ނަމާދުކުރަމުންނެވެ. އަދި 18 މިސްކިތެއްގައި ހިފްޒުނުކޮށް ތަރާހީވް ނަމާދު ކުރަމުން އެބަގެންދެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މިސްކިތުން
28 March 2024
ޢިއުތިކާފަށް ތިބޭ ވިލިމާލެ މިސްކިތްކޮބާ؟
ދާލި
28 March 2024
ހިފްޒުކޮށް ތަރާވީހު ނަމާދު ކުރާ މިސްކިތްތައް މަދުކޮށް ހިފްޒުނުކޮށް ތަރާވީހު ނަމާދު ކުރާ މިސްކިތްތައް ގިނަ ކުރަންޖެހެއެވެ. އެއީ ހިފްޒުކޮށް ކިޔަވާ މިސްކިތްތަކުން ވަރަށް ގިނަމީހުން 4 ރަކުއަތް ކޮށްފައި ފައިބައިގެން ދެއެވެ. އެކަމަކު އެންމެ މޮޅު އިތުރު ގޮތެއް ކަމަށްވަނީ އިމާމާއާއެއްކޮށް ނަމާދުކޮށް ނިންމުމެވެ. ވީމާ، ކުރުކޮށް ނަމާދު ކުރާނަމަ ގިނަ ބަޔަކަށް މި ފުރުސަތު ލިބޭނެކަމަށް ބެލެވެއެވެ.
ޛުލީނާ
29 March 2024
ޙިފްޡު ނުކޮށް ކުރިޔަސް 4 ރަކްޢަތް ކޮށްފައި ނުވަތަ 2 ރަކްޢަތް ކޮށްފައި ފައިބައިގެންދާ މީހުން ހަމަ ފައިބައިގެން ދާނެ.