އޭސީސީ.-- ފޮޓޯ: ފަޔާޒް މޫސާ / މިހާރު
30 މާޗް 2024 - 13:30
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ގުޅޭ 8 މައްސަލައެއް ތަހުގީގު ކުރަމުން އަންނަ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިއަދު ބުނެފި އެވެ.
މީޑިއާ އޮފިޝަލް ހަސަން މަނިކު "މިހާރު" އަށް ވިދާޅުވީ އަންނަ މަހުގެ 21 ގައި ބާއްވާ މަޖިލިސް އިންތިހާބާ ގުޅޭ 10 ޝަކުވާއެއް މިހާތަނަށް އެ ކޮމިޝަނަށް ލިބިފައިވާ ކަމަށެވެ.
އޭގެ ތެރެއިން ދެ މައްސަލައެއް ފިޔަވައި އެހެން ހުރިހާ މައްސަލައެއް ރަޖިސްޓަރީކޮށް، ބަލަން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އޭސީސީ އަށް ހުށަހެޅި މައްސަލަތަކުގެ ތެރޭގައި މައިގަނޑު ގޮތެއްގައި ހިމެނެނީ ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުން ކުރުމާއި ކެންޑިޑޭޓުން ދައްކާ ވާހަކަތަކާއި ވައުދުތަކާ ގުޅޭ މައްސަލަތަކެއް ކަމަށް ހަސަން ވިދާޅުވި އެވެ.
"އިންތިހާބާ ބެހޭ ގާނޫނުގައި އޮންނާނެ ވޯޓާ ގުޅުވާފައި ހަދިޔާއެއް ދެވޭ ގޮތަށް ވައުދު ނުވެވޭނެ ކަމަށް. އެފަދަ މައްސަލަތަކެއް ވެސް މި ދަނީ ބަލަމުން،" އޭނާ ވިދާޅުވި އެވެ.
އިންތިހާބާ ގުޅޭ ގޮތުން ފާހަގަވާ މައްސަލަތައް އޭސީސީގެ ޕޯޓަލް އަށް ހުށަހެޅުމަށް އެ ކޮމިޝަނުން ބާރު އަޅަ އެވެ.
މިހާތަނަށް ހުށަހަޅާފައިވާ މައްސަލަތައް އަދި ތަހުގީގު ނުނިމޭ އިރު، ކުރިއަށް އޮތް ތަނުގައި މައްސަލަތަކުގެ ތަފުސީލްތައް ހާމަކުރަން ފަށާނެ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢައު
31 March 2024
ވަޒީފާ ތައް ދޭ މައްސަލަ ބޮޑު
އެކްސްރޭ
31 March 2024
އެކަމަކު ތިމަސައްސަލައެއް މެޑަމަށް ވިކިފިތިތިބަ ފުލެޓް ތައް ފެންފޮދަކާނުލާ ދިރުވާލި ކޮމިޝަނަކުން ނުބަލާނެއޭ ، މިހާތަނަށް ތިކޮމިޝަނުން ކަންތައް ކުރަމުން އައިސްފައިވާ ގޮތްތަކަށްބަލާއިރު ތިކޮމިޝަނުން ބަލާނީ ވީހާވެސްބޮޑަކަށް އިދިކޮޅުބަޔަކަށް ދުއްތުރާކޮށް ތިކަމުގައިވެސް އިދިކޮޅު މެމްބަރުން ކުރަމުންދާ ކެމްޕެއިނަށް ހުރަސްއެޅޭތޯއެވެ.
ހގހހހ
30 March 2024
ގޯތީ ކަށަވަރު ކޮށްދޭން ފްލރޓް ކަށަވަރުކޮށްދޭން މޑޕ އިން ކިޔަމުންދޭ. އެއޯ ކޮރަޕްޝަނެއްނޫންތަ؟
ޖުހާގެދަރި
31 March 2024
ސަރުކާރުގެ އޮފީސްތަކަށާއި ކުންފުނިތަކަށް ސިޔާސީގޮތުންނާއި އެހެނިހެން ގޮތްގޮތުން އެތަންތާނގައި އެމީހުން ގޮސްކުރާނެ މަސައްކަތެއްނެތްއިރުވެސް ވަޒީފާބަހަމުންތިދަނީ އެއީ ތިބޭފުޅުންނަށް ވާރުތަވެފައިވާ ބަންޑާރަގަނޑަކުން ބަހަމުންދާ އެއްޗަކީތަ؟ އެމީހުން އެތަންތަނަށް ނިކުމެ ކުރާނެކަމެއްނެތިގެން އެހެންމިހެން އުޅެއުޅެފަ ކޮންމެދުވަހަކު އެދަނީ ގިއަށް އެކަމަކު މަހަކު ތިރީސް، ސާޅީސް ހާސް ރުފިޔާ އެކައުންޓަށް ޖަމާވަމުންދޭ
ކޮލުރޮދި
30 March 2024
ތޭންކްސް އޭސީސީ