ރައީސް މުއިއްޒުގެ ރިޔާސީ ވައުދުތައް ހިމެނޭ ގޮތް އައްޑޫ މޭޔަރު ނިޒާރަށް ރައީސް އަރުވަނީ.---ފޮޓޯ: ރައީސް އޮފީސް
31 މާޗް 2024 - 00:21
އައްޑޫގެ ޓޫރިޒަމް ތަރައްގީ ކުރުމަށްޓަކައި 6،000 އެނދު އިތުރު ކުރުމުގެ މަސައްކަތް ފެށުމަށް ތައްޔާރު ވެފައިވާ ކަމަށް ރައީސް، ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.
އައްޑޫގެ ޓޫރިޒަމް އިތުރު ހަރުފަތަކަށް ގެންދިއުމަށްޓަކައި މި ސަރުކާރުން ވަނީ "އައްޑޫ އައްސޭރި ޓޫރިޒަމް ޑިވެލޮޕްމެންޓް ޕްލޭން" އެއް މިދިޔަ މަހު އެކުލަވާލައިފަ އެވެ.
އަންނަ މަހުގެ 21 ގައި ބާއްވާ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ޕީޕީއެމް/ޕީއެންސީގެ ޓިކެޓުގައި އައްޑޫ ހުޅުދޫ ދާއިރާ އަށް ވާދަ ކުރައްވާ މުހައްމަދު ޝާހިދު (ޝާޑު)ގެ ކެމްޕެއިން ޖަގަހަ ހުޅުވުމަށް ރޭ ބޭއްވި ޖަލްސާގައި ރައީސް މުއިއްޒު ވިދާޅުވީ، އައްޑޫ 6،000 ބެޑްގެ މަޝްރޫއު އަކީ އަބަދު ދައްކާ ވާހަކަ އަކަށް ހެދުމުގެ ބަދަލުގައި އެއާޕޯޓުގެ މަސައްކަތާ އެކު އަމަލީ ގޮތުން އެކަން ކުރުމުގެ މަސައްކަތް ފަށާނެ ކަމަށެވެ.
"އައްސޭރި ޓޫރިޒަމްގެ 6،000 ބެޑްގެ މަޝްރޫއު ވެސް ދާދި އަވަހަށް އަޅުގަނޑުމެން ފެށުމަށް މިހާރު ވަނީ ތައްޔާރުވެފައި، އެއާޕޯޓުގެ މަސައްކަތާ އެކީ،" ރައީސް ވިދާޅުވި އެވެ.
ސީ ޕްލޭން ޓާމިނަލްގެ މަސައްކަތް ވެސް ކުރުމާއި ނުކުރުމުގެ މެދުގައި ބޭއްވުމުގެ ބަދަލުގައި މަސައްކަތް ކުރަނީ ހުރިހާ ކަމެއް އެއްފަހަރާ ފަށައި އައްޑު އަށް ތަރައްގީ ގެނައުމުގެ މަސައްކަތް ކުރުމަށް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
އިންތިހާބަށް ފަހު ރައީސް މުއިއްޒު އައްޑުއަށް ކުރެއްވި ފުރަތަމަ ދަތުރުފުޅުގައި އައްޑޫގެ މޭޔަރު އަލީ ނިޒާރު އާ ވާހަކަފުޅު ދައްކަވަނީ.-- ފޮޓޯ: ރައީސް އޮފީސް
އައްޑޫ، ހުޅުމީދޫ ބްރިޖުގެ މަސައްކަތަށް އަލިއަޅުއްވާލައްވައި ރައީސް ވިދާޅުވީ އެއީ އައްޑޫގެ ތަރައްގީ، އިގްތިސާދީ ގޮތުންނާއި އިޖުތިމާއީ ގޮތުން އެތައް ހަރުފަތެއް މައްޗަށް ގެންގޮސްދޭނެ "ފާލަން" ކަމަށެވެ.
އެ ބްރިޖުގެ ސަބަބުން މުޅި އައްޑު އަށާއި ދެކުނަށް އެތައް ގުނައެއް މައްޗަށް ތަރައްގީ ލިބޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
ރައީސް ފާހަގަކުރެއްވި ގޮތުގައި އައްޑޫ ބްރިޖުގެ ފީޒިބިލިޓީގެ މަސައްކަތް މިހާރު ވަނީ ނިމިފަ އެވެ. ދެން އޮތީ އެ ސާވޭގެ މައްޗަށް އެކިއެކި ހިސާބުތައް ޖެހުމަށް ފަހު އަމަލީ މަސައްކަތާ ދިމާލަށް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
"އަޅުގަނޑު ވައުދުވި ގޮތަށް 2024، މި އަހަރު ނިމުމުގެ ކުރީގައި އެ ބުރިޖުގެ މަސައްކަތް ފަށާނެ. އަމަލީ ގޮތުން ފެންނާނެ،" ރައީސް ވިދާޅުވި އެވެ.
ރައީސް މުއިއްޒު ރޭ ވިދާޅުވީ، މިއީ ހުޅުދޫ ދާއިރާ އަދި ހާއްސަކޮށް އައްޑޫގެ ތަރައްގީއަށްޓަކައި އެންމެން އެކަތިގަނޑަކަށް ވެގެން މަސައްކަތް ކުރަންވީ ފަހަރު ކަމަށެވެ.
"އައްޑޫ އައްސޭރި ޓޫރިޒަމް ޑިވެލޮޕްމެންޓް ޕްލޭން" ގެ ދަށުން ސަރުކާރުން ރިޔާސީ އިންތިހާބުގައި ވެފައިވާ ވައުދާ އެއްގޮތަށް އައްޑޫގައި 6،000 އެނދު ތަރައްގީ ކުރާނެ އެވެ. އަދި އެއާ އެކު 10،000 ވަޒީފާގެ ފުރުސަތު އުފެދިގެންދާނެ ކަމަށް ވެސް ޕްލޭންގައި ލަފާކޮށްފައިވެ އެވެ.
އޭގެ އިތުުރުން އެ އަތޮޅުގައި ކުރިން ހިންގަމުން ދިޔަ އަދި މިހާރު އޮޕަރޭޝަން ހުއްޓިފައި އޮތް ޝަންގްރިލާ ވިލިނގިލި ރިސޯޓު އަލުން ހިދުމަތް ދޭން ފެށުމަށް ވަނީ ނިންމައިފަ އެވެ. އެ ޕްލޭންގައިވާ ގޮތުން މި އަހަރުގެ ތެރޭގައި އެ ރިސޯޓުގެ ހިދުމަތް އަލުން އަނބުރާ ދޭން ފަށާނެ އެވެ.
ޓޫރިޒަމް ތަރައްގީ ކުރުމުގެ އެ ޕްލޭންގައި އައްޑޫގައި ކަލްޗަރަލް ވިލެޖެއް ހެދުމާއި ވެލްނެސް ޒޯނާއި މެރިން ޕްރޮޓެކްޓެޑް އޭރިއާތައް ފާހަގަކޮށް އެފަދަ ސަރަހައްދުތަކުން ޓޫރިޒަމްގެ ނަފާ ހޯދޭނެ ގޮތްތައް ކިޔައިދީފައިވެ އެވެ. އަދި އައްޑޫގައި ހޮސްޕިޓަލިޓީ ސްކޫލެއް ހެދުމަށް ވެސް ވަނީ ޕްލޭން ކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެޑަމް
01 April 2024
ހުރިހާހިތާމަޔަކީ ދީދިމެންކަހަލަ ތަޖުރިބާކާރުމޮޅުބޭފުޅުން ރައީސްކަމައްް ކުރިމަތިނުލާތީ އެހެންނަމަމިޤައުމައްހާދަފައިދާކުރާނޭ!
އެޑަމް
01 April 2024
ތިޔަހެން ހުވަފެންްދައްކައިގެން އުޅުނު އެންމެފަހުންނިމުނީސަރުކާރުންއަމިއްލަގައުމުގެ އަމިއްލަރައްޔިތުންގަޔައްބަޑިޖަހާމަރާ ރައްތައްފަޅުކުރަން ދެންގޮވާލީއަފުންއައީ ވަފުދައްކައިގެން އެކަލްއެކަޑަހަމިކަލްމިކަޑަހަ އޭގޮވާލީ ދެންހުރިމީހާ ދެއްލަސިގިރެޓެއް ކިޔަކިޔާހުރެނިޔާވީ އަނެއްކާވިސްނުންތިހިރީރަނގަޅުގޮތަކައްބާ?
އޮނަރަބްލް އަފީފު ދީދީ
31 March 2024
ކ.މާލޭ ބްރިޖާއި ޙިލާފަށް އައްޑޫ ހުޅުމީދޫ ހިތަދޫ "ކޯއްޓޭ ބްރިޖް" އަކީ ނިސްބަތުން އިތުރަށް ކުޑަ ޙަރަދެއްކޮށްގެން އިތުރުބުރައެއް އުފުލުމެއްނެތި ބްރިޖްހަދަން ނަގާލޯނާއި އަދި މެއިންޓަނަންސް ޙަރަދު ބެލެހެއްޓިދާނެތަނެއް. # މިކަމަށްޓަކާ ގޭން އެއަރޕޯޓްގައި 100 ކޮޓަރީގެ 4 ތަރީގެ ޓްރާންސިޓް ހޮޓަލަކާއި އަދި ހެރެތެރެ ދައުލަތަށްނެގުމަށްފަހު އެރަށުގައި 4 ⭐️ ގެ 10 ސިޓީހޮޓާ (ޓަވަރެއްގައި 80 ކޮޓަރި) ތަރައްޤީކޮށް ހޮޓެލް ޗެއިންތަކަށް މެނޭޖްކޮށްހިންގަން ދޫކުރެވިދާނެ.
އޮނަރަބްލް އަފީފު ދީދީ
01 April 2024
މަތީގައި ދެންނެވިފަދަ އެއަރޕޯޓް ޓްރާންސިޓް ހޮޓަލަކާއި އެކުގައި ހެރެތެރޭގައި ސިޓީހޮޓާ ޓަވަރު ތަކެއް (މިސާލަކަށް ނަސަންދުރަ ފަދަ 10 ވަރަކަށް އިމާރާތް) ހަދައިފިނަމަ (އަދި އާންމުން ހަދާ ހޮޓާ ތަކާއިއެކު) އުފެދޭ އެނދުތަޖުގައި ނިދާލަން ހަމައެކަނި ޗައިނާގެ ފަތުރިވެރިން ގެނެސްގެންވެސް ރާއްޖެއަށް އަހަރަކު 2 މިލިޔަން ފަތުރުވެރިން ގެނެވި އިޤްތިސޯދަށް ބާރު ކުރިއެރުމެއް ލިބި އިބްރާހިމްގެ ވަޒީރު ބުނި ޕައުންޑް އައްޑޫ ރައްޔިތުންގެ ޖީބަށް ވަންނަން ފަށާނެ.
އޮނަރަބްލް އަފީފު ދީދީ
01 April 2024
މަތީގައިދެންނެވިގޮތަށް ލޯނުނަގައިގެން ދައުލަތުން އިންވެސްޓްކޮށްގެން ހެރެތެރޭގައި ހަދާ ސިޓީހޮޓާތަކުގެ އަގު އެއްފަހަރާ މުޅި އިންވެސްޓްމަންޓްގެ އަގު ހަލާސްކުރާފަރާތްތަކަށް 35 އަހަރަށް ހޮޓާތައްދިނުމުން މީގެފައިދާ ޤައުމީ އެއަރލައިން ކުންފުންނި މޯލްޑިވިއަން އަށްވެސް ލިބޭނެ. # އަދި ސަރުކާރުން ލީޒްކުރި މުއްދަތުހަމަވުމަށްފަހު ހޮޓާތަކުގެމިލްކުވެރިކަން ދައުލަތާއި ރައްޔަތް ޙިއްސާވާ MTDC އަށް ދިނުމުން އެކުންފުނިވެސް ފައިދާވާތަނެއްގެ ގޮތުގައި ހިގައިގަންނާނެ.
މުޙައްމަދު ދީދީ.
31 March 2024
ރައީސް ޔާމީނުގެ ދައުރުގައި އަދި ރައީސް އިބުރާހިމްގެ ދައުރުގައިވެސް އައްދޫގައި ސީޕުލޭން ބޭސް ހަދާ ޓާމިނަލްވެސް ހެދި. އަނެއްކާވެސް އައްޑޫގައި ސީޕުލޭންޖެއްސޭގޮތް ހަދާ ޓާމިނަލެއްހަދަނީ އައްޑޫ މިއީ އިންޑިޔާއަށްވުރެމންވެސް ބޮޑު ތަނެއްތަ؟ މާލޭ މީހުން ދައްކަފާނެ ކޮންމެފަދަ ވާހަކައެއްވެސް.
ޤައްޔޫމު.
31 March 2024
އަދިވެސް އަހަރެން ކުރިކަމެއްނޫނީ އައްޑޫއަށް ކަމެއްކޮށްދީފައިނެތް. ޑރ މުއިއްޒުވެސް ތިދައްކަނީ އަހރެންގެފަހުން ވެރިކަންކުރި އެހެންމީހުން ދައްކާކަހަލަ ވާހަކަ.
އޮނަރަބްލް އަފީފު ދީދީ
31 March 2024
ކ. އަތޮޅު މާލެ ސަރަޙައްދުގައި ފަތުރުވެރިކަމަށް އިންވެސްޓްކޮށްގެންތިބި އެދާއިރާގެ "ޕައިނީއަރުން ކަމަށް އެމީހުން އަމިއްލައަށް ދައުވާކުރާ މީހުން" ބާރުއަޅައިގެން އައްޑޫސިޓީ Gań International Airport ގައި އަޅުވާފައިވާ "މަރުތަޅު ނައްޓާލައިގެންނޫނީ" އައްޑޫގައި އެއްވެސް ކަމެއް ނުކުރެވޭނެ. # އެނދު އިތުރު ކުރާ ވާހަކަ އާއި އައްޑޫ ބުރިޖްގެ ވާހަކަ ކިތަންމެވަރަކަށް ދެއްކިކަމަށްވިޔަސް ޑރ މުއިއްޒުގެ ސަރުކާރުންވެސް މިކަންކުރާނެކަމަކަށް ޤަބޫލުކުރަން ވަރަށް ދަތި.
އޮނަރަބްލް އަފީފު ދީދީ
31 March 2024
ގޭންއެއަރޕޯޓްގައި ޓްރާންސިޓް ހޮޓަލެއް (ބީޗް ކޮޓަރި، ޓާމިނަލް ބިޒިނެސް ލައުންޖާއި، އިންފްލައިޓް ކޭޓަރިންގވެސް އެމީހުނާއި ޙަވާލުކުރާގޮތަށް) ތަރައްޤީކޮށް އަދި ހެރެތެރެ އައިލެންޑް ސަރުކާރަށްނެގުމަށްފަހު އެރަށުގައި ސިޓީހޮޓާތައްތަރައްޤީކުރަން ދައުލަތުގެ ސޮވަރިންގ ގެރަންޓީ ނުވަތަ ޗައިނާ އެގްޒިމް ބޭންކުން ލޯނުނަގައި ބްރިޖް މަސައްކަތް ހަވާލުކުރާ މީހުނަށްދީގެން ހޮޓާތައް ތަރައްޤީކުރުމަށްފަހު އެއްފަހަރާ ފައިސާދޭބަޔަކަށް 50 އަހަރަށްލީޒްކޮށް އެނދު އުފައްދަބަލަ
ވިސްނާލުމަށް އެދެމޭ
31 March 2024
މަޖުލިސް އިންތިހާބު ނިމެންވާއިރަށް ތިމަޝްރޫއު ނިމޭނެތޯ...ވަރަށްގިނަ މަޝްރޫތައް ފެށިގެންއުޅޭވާހަކަ ނޫސްތަކުންފެނޭ އިންތިހާބު ނިމޭއިރު ހުރިހާ މަޝްރޫއެއްނިމި ރިބަންކަޑަންޖެހޭނެކަމަށް ހީވަނީ..ކައުންސިލް އިންތިހާބު އަންނަންވާއިރު މިހާރުފެށި މަޝްރޫތައް އާބާތުރަފިލުވަން ޖެހޭނީ ..ރައްޔިތުންގެތެރޭގަ ތިބޭ އަޕްނާ ޕެއިސާ މަނީމަނީ ގެ އަހުލުވެރިން ޑާންސްކޮށް ވޯޓުދޭނެ...ސަރުކާރުހިންގާ ޕާޓީއަށް މަޖުލިސްދިނުމަކީ ރައްޔިތުމީހާ އަމިއްލަ ދެއަތްބަދެލުން މިކަމާވިސްނާ.
އަލީ.
31 March 2024
ދެން ތިއޮތީ އައްޑޫ ތަރައްޤީކޮސް ނިމިފަ. އަނެއްކާވެސް 2028 ހަށް ތަރައްޤީ ކުރަން ބަހައްތާ.
ނަޒީރު.
31 March 2024
ތިވެސް ހަމަ އިންތިޙާބީ ކަޑައެއް. ތިކަން ނުކުރާނެ. ކުރާނެ ނަމަ ކީއްވެ މަސައްކަތް ނުފައްޓަނީ.
ޙަލީމް.
31 March 2024
ޓްއަރިޒަމް މިނިސްޓަރ ތިކަން ކުރަން ކޮންމެވެސް ވަރަކަށް ބޭނުންހެން އެބޭފުލާގެ ވާހަކައިން އެގުނު. އެހެން ނަމަވެސް މިނިސްޓަރ ޒަމީރު ދެއްކި ވާހަކަތަކުން އެގުނީ އައްދޫގައި ތިކަން ކުރުމަސްވުރެން ތ. އަތޮޅުގައި ރިސޯޓް ހަދާ އެއަރޕޯޓް އެޅުން އެބޭފުޅާއަށް މުހިންމުކަން.