ރައީސް މުއިއްޒު އައްޑޫ ސިޓީގެ ރައްޔިތުންނާ ބައްދަލުކުރައްވަން މިރޭ ހިތަދޫގައި ބޭއްވި ޖަލްސާގައި ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ރައީސް އޮފީސް
05 ނޮވެމްބަރ 2025 - 23:13
އައްޑޫގައި 1،000 އެނދުގެ އައްސޭރި ޓޫރިޒަމްގެ މަޝްރޫއެއް ހިންގަން އެމްޓީޑީސީއާ އެކު އެއްބަސްވުމުގައި މިރޭ ސޮއިކޮށްފި އެވެ.
އެ އެއްބަސްވުމުގައި ސޮއިކުރީ ރައީސް ޑރ. މުހައްމަދު މުއިއްޒު އައްޑު އަށް މިހާރު ކުރައްވާ ދަތުރުފުޅުގައި ގުޅިފައިވާ ރަށްތަކުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް އައްޑޫ ހިތަދޫގައި ހުންނަ އައްޑޫ ހައި ސްކޫލްގައި ބޭއްވި ޖަލްސާގަ އެވެ.
ޓޫރިޒަމް މިނިސްޓްރީގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު މުހައްމަދު ނަޝާތު ރަޝީދެވެ. އަދި އެމްޓީޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަހްމަދު ނިޔާޒެވެ.
އެއީ 600 ކޮޓަރި ނުވަތަ 1،000 އެނދުގެ މަޝްރޫއެއް ކަމަށް ސަރުކާރުން ބުންޏެވެ.
ރައީސް މުއިއްޒު އައްޑޫ ސިޓީގެ ރައްޔިތުންނާ މިރޭ ވާހަކަފުޅު ދައްކަވަނީ.---ފޮޓޯ: ރައީސް އޮފީސް
އައްޑޫގެ ޓޫރިޒަމް ތަރައްގީކުރުމަށްޓަކާ 6،000 އެނދު އިތުރުކުރުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދެކެވެ.
އައްޑޫގެ ޓޫރިޒަމް އިތުރު ހަރުފަތަކަށް ގެންދިއުމަށްޓަކާ "އައްޑޫ އައްސޭރި ޓޫރިޒަމް ޑިވެލޮޕްމެންޓް ޕްލޭން" މި ސަރުކާރުން މިދިޔަ އަހަރު ވަނީ އެކުލަވާލައިފަ އެވެ. އެ ޕްލޭންގެ ދަށުން އައްޑޫގައި 6،000 އެނދު ތަރައްގީ ކުރާނެ އެވެ. އަދި އެއާ އެކު، 10،000 ވަޒީފާގެ ފުރުސަތު އުފެދިގެންދާނެ ކަމަށް ވެސް އެ ޕްލޭންގައި ލަފާކޮށްފައިވެ އެވެ.
ރައީސް މުއިއްޒު އައްޑޫ ސިޓީގެ ރައްޔިތުންނާ ބައްދަލުކުރައްވަން މިރޭ ބޭއްވި ޖަލްސާގައި ބައިވެރިވި ބައެއް މީހުންގެ ތާއީދު އެ މަނިކުފާނަށް އޮތް ކަން ހާމަކުރަން ޕޯސްޓަރުތަކެއް ދައްކާލަނީ.---ފޮޓޯ: ރައީސް އޮފީސް
• ފޭދޫގައި އައިޑީކާޑާއި ޕާސްޕޯޓްގެ ހިދުމަތް ފެށުމާއި ހިއްކާފައިވާ ސަރަހައްދުގައި ފެނާއި ނަރުދަމާ ގާއިމްކުރުމާއި އިސްރަށްވެހިންގެ ހިޔާ އިމާރާތްކުރުމާއި ނެޓްބޯޅަ ކޯޓެއް ހެދުމާއި ސްޕޯޓްސް ކޮމްޕްލެކްސްއެއް ހެދުން
• ހިތަދޫގައި ޕާސްޕޯޓްގެ ހިދުމަތް ފެށުމާއި އާ ސެންޓްރަލް ޕާކެއް ހެދުން
• ހިތަދޫގައި 100 އަދި މަރަދު އާއި ފޭދޫގެ 50 ހައުސިން ޔުނިޓް އެޅުން
• މަރަދޫފޭދޫގައި ފަތާ ޓްރެކެއް ހެދުމާއި އިސްލާމިކް ޔުނިވާސިޓީގެ ކެމްޕަސްއަކާއި ދަނާލެއް ހެދުން
• މަރަދޫ ޕޮލިސް ސްޓޭޝަން އެޅުމާއި ސިއްހީ މަރުކަޒުގެ އާ އިމާރާތް އެޅުން
• ޝަރަފުއްދީން ސްކޫލާއި މަރަދޫ ސްކޫލްގެ މަލްޓިޕާޕަސް ހޯލް އިމާރާތްކުރުން
• އައްޑޫގައި ވަގުފް އިމާރާތެއް އެޅުން
• އައްޑޫގައި ޔޫތު ތާޑް ސްޕޭސް ތަރައްގީކުރުމުގެ މަޝްރޫއެއް
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އޮނަރަބްލް އަފީފު ދީދީ
06 November 2025
ބިމެއްގަައި 20 ހާސް އަކަފޫޓް އޭގެތެރެއިން 15 ހާސް އަކަފޫޓްގަައި އިމާރާތްކޮށް ގާޑެން އާއި އެކު LONG BEACH ގައި 4 ތަރީގެ 200 ކޮޓަރީގެ 10 ސިޓީހޮޓާ ތަރައްޤީކޮށް، ދެ ގޮތަކަށް ހުޅުވާލައިގެން HDC އަށް ހޮޓާ ދޫކުރެވިދާނެ. ފުރަތަމަ ގޮތަކީ "އިންވެސްޓްމަންޓް ގެ ޖުމްލަ އަގު އެއްފަހަރާ ދައްކާ ފަރާތަކަށް" 50 އަހަރު ދުވަހަށް ހުރިހާ ޙަައްގެއް ލިބޭގޮތަށް ހޮޓާ ދޫކުރުން. ދެވަނަ ގޮތަކީ އިންވެސްޓްމަންޓްގެ 4 ގުނަ ލިބޭގޮތަށް 35 އަހަރަށް ހޮޓަލުގެ މެނޭޖްމަންޓް ދޫކޮށްލުން.
ޑޮކްޓާރ. ބަނާނާ
06 November 2025
ރައީސް މިފަހަރު އިންޓެލް ކޯޕަރޭޝަނުގެ ފަރާތުން ތިޔަ ހޯއްދެވި "ކޯ އަލްޓްރާ ހައިއެންޑް" ޗިޕަކީ އައްޑު އަތޮޅު ފަދަ ތަނަކަށް ތަރައްގީ ގެ ޕްލޭނަށް އަށް ވަރަށް މުހިއްމު އެއްޗެއް! ދެން މުޅި އައްޑު އަތޮޅު ވާނީ ނިއު ޔޯކް ފަދަ ވިޔަފާރި ސިޓީ ތަކަކަށް! ޥ ސަލާމް!
ޗައްލަންބެ
06 November 2025
މަ ބުނީ ބ. އޭދަފުށީގައި އަޅާ ޓަވަރު ތަކުގެ މަސައްކަތް ގޮސްފަ އިން ހިސާބެއް އެއްވެސް ކުއްޖަކަށް އެނގޭތަ ؟
އޮނަރަބްލް ފޭކު ޕުރިންސް
06 November 2025
ރާއްޖޭގެ އެކިހިސާބުން ނަގާފާއިވާ ރަށްރަށާއި ތުނޑިތައް ތަރައްގީ ނުކުރެވި ވީރާނާވެފައިވާއިރު އަނެއްކާވެސް އަމިއްލަ ހާލާއިގެން ނޫޅެވޭ އެމްޓީޑީސީ 15 އަހަރުން ހިއްސާއަކަށް 50 ލާރިވެސް ރައްޔިތަކަށް ނުދެވުނު އެމްޓީޑީސީ ދައްކައިގެން އައްޑޫ ރައްޔިތުން ބޮލަށް ޗިޕެއް ނުޖެހޭނެ
20202020
06 November 2025
މިއަދު ރާއްޖޭގެ ޓޫރިސްޓް އިންޑަސްޓްރީ ގައި އޮތީ ރިސޯޓް އާއި ގެސްޓް ހައުސް ޓޫރިޒަމް. ދެ ބާވަތުގެ ޓޫރިޒަމްގެ މާކެޓް ތަފާތު. މާކެޓް ގައި ބޮޑު ކަމްޕެޓިޝަން އެއް ނެތް. ނަމަވެސް އައްޑޫ ގައި ޓޯރިޒަމް ތައާރަފްކޮށްފިނަމަ މާކެޓް ޝެއަރ ހޯދަން ކޮމްޕެޓިޝަން އުފެދޭނެ. ޖަޕާނުގެ އިލެކްޓްރޯނިކްސް ބްރޭންޑްތައް މާކެޓްތަކުގައި ކޮމްޕެޓިޝަން އަށް ދިޔަފަދައިން. އެހެން އަތޮޅުތަކާ ބަލާއިރު އައްޑޫގެ ޕްރަޑަކްޓް ވީކް. ކޮމްޕެޓިޝަން ގައި ހިފަހައްޓާލެވޭނެބާ!!!!!!!
ސަންފާއްތަ
06 November 2025
އުވާލަން ވެފަ ބަގުރޫޓް ވެފަ އޮތް އެމް ޓީ ޑީސީ އާ ތި ހަވާލު ކުރީ ތި ކަން ނުކޮށް ދަޅަ ދައްކަން! ކޮން ބައެއް ބާހައްލާލެވުނީ
ރުކާ
06 November 2025
އުވާލަން ވެފަ ބަގުރޫޓް ވެފަ އޮތް އެމް ޓީ ޑީސީ އާ ތި ހަވާލު ކުރީ ތި ކަން ނުކޮށް ދަޅަ ދައްކަން! ކޮން ބައެއް ބާ ހައްލާ ލެވުނީ!
އައްޑޫ ގޫބައްޑާ
06 November 2025
ސަރުކާރުން ކުރާންވީ ކަމަކީ ރާއްޖޭގެ ޓުއަރިޒަމް ސިނާއަތުގައި އިންވެސްޓްކުރާން ބޭނުންވެފައި ތިބި ކުދި ވިޔަފާރިތަކަށް އެފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން، ކުޑަ އިންޓަރެސްޓެއްގައި ލުއި ފަސޭހަ އިންތިޒާމެއްގެ ދަށުން ލޯނު ލިބޭނެ އިންތިޒާމް ހަމަޖެއްސުން. މިކަނ ކުރުމުގައި ޓުއަރިޒަމް ކުރިއަރުވާން ބޭނުންވާ ސަރަހައްދުތަކާއި ސަރުކާރުގެ ޕްރޮޖެކްޓްތަކަށް އިންވެސްޓް ކުރާ ފަރާތްތަކަށް އިސްކަންދޭންވީ އެއިރުން އެކްސްޕްލޮއިޓްކުރާ ވަރު މިނިމައިޒް ކުރެވޭނެ
އޮނަރަބްލް އަފީފު ދީދީ
06 November 2025
އެއްބަސްވުމާއި އެއްގޮތަށް، މަހުންމަހަށް ދައްކާންޖެހޭ ފައިސާނުދައްކާ ބަޔަކަށް، ސޯޝަލް ހައުސިންގެ ފުލެޓް އަޅާދޭން ލޯނު ނެގުމުގެ ބަދަލުގައި، ޗައިނާ އެމްބެސެޑަރ ވިދާޅުވިގޮތަށް "އާމްދަނީ ލިބޭނެ އިޤްތިސޯދީ ކަންކަމަށް" ލޯނުނަގަން ސަރުކާރު ވިސްނުން ބަހައްޓަންޖެހޭ. މިގޮތުން ރާއްޖޭގައި އޮތް އެންމެދިގު ބީޗް Addu LONG BEACH ގަައި ސިޓީހޮޓާތަކެއް ތަރައްޤީކުރަން ދައުލަތުގެ ސޮވަރިންގ ގެރަންޓީ ދީގެން، ޗައިނާގެ ލޯނު ނަގައިގެން ސިޓީހޮޓާ ތަރައްޤީ ކުރަންވީ ނޫންތޯ؟
އުދުހޭ
06 November 2025
އަމިއްލަ ފަރާތްތަކަށް އައްޑޫގަ އެކަށީގެންވާގޮަތަށް ޓޫރިޒަމް ނުހިންގިފައޮތްއިރު ކިރިޔަކިރިޔާ ނޭވާލެވޭ އެމްޓީޑީސީ މިތަނަށް ލުން ރަގަޅެއްނޫން