ފުވައްމުލަކުގައި ޓޫރިސްޓު ހޮޓަލެއް ހެދުމާއި އިކޯ ޓޫރިޒަމް މަޝްރޫއުގެ އެއްބަސްވުމުގައި އެމްއޭސީއެލް އާއި ޓޫރިޒަމް މިނިސްޓްރީން ސޮއިކުރުން.-- ފޮޓޯ: ރައީސް އޮފީސް
04 ނޮވެމްބަރ 2025 - 22:43
ފުވައްމުލަކުގައި ޓޫރިސްޓު ހޮޓަލެއް ހެދުމަށާއި މި ރަށުގައި އިކޯ ޓޫރިޒަމްގެ މަޝްރޫއެއް ހިންގުމަށް އެމްއޭސީއެލްއާ އެކު އެއްބަސްވުމެއްގައި މިރޭ ސޮއިކޮށްފި އެވެ.
އެ އެއްބަސްވުމުގައި ސޮއިކުރެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ފުވައްމުލަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މި ރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް މިރޭ ސްކޫލުގައި ބޭއްވި ޖަލްސާގަ އެވެ.
އެމްްއޭސީއެލްގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދެވެ. އަދި ޓޫރިޒަމް މިނިސްޓްރީގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު ނަޝާތު ރަޝީދެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ފުވައްމުލަކު ރައްޔިތުންނާ ބައްދަލުކުރެއްވުމުގެ ރަސްމިއްޔާތު.-- ފޮޓޯ: ރައީސް އޮފީސް
ފުވައްމުލަކުގައި ހިންގަން ނިންމާފައިވާ އެހެން ބައެއް މަޝްރޫއުތަކުގެ އެއްބަސްވުމުގައި ވެސް މިރޭގެ ރަސްމިއްޔާތުގައި ވަނީ ސޮއިކޮށްފަ އެވެ. އެ މަޝްރޫއުތަކަކީ؛
• ފުވައްމުލަކު ސްކޫލުގައި 16 ކްލާސްރޫމާއި ލެބް ގާއިމުކުރުމުގެ މަޝްރޫއު. އެ މަސައްކަތް ހަވާލުކުރީ އެމްޓީސީސީއާ.
• ޔޫތު ތާޑް ސްޕޭސް ތަރައްގީކުރުމުގެ މަޝްރޫއު. އެ މަޝްރޫއު ހަވާލުކުރީ ސެންޓަ ލޭންޑް ޕްރައިވެޓް ލިމިޓެޑުގެ ޕްރޮޖެކްޓްސްއާ.
• ސްޕޯޓްސް ކޮމްޕްލެކްސްއެއް ގާއިމުކުރުން. އެ މަޝްރޫއު ހަވާލުކުރީ އެމްއޭސީއެލްއާ.
• އިސްލާމިކް ސެންޓަރެއް އެޅުން. އެ މަޝްރޫއު ހަވާލުކުރީ އަފާމީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއާ.
• އޮފީސް ކޮމްޕްލެކްސް އިމާރާތެއް އެޅުން. އެ މަޝްރޫއު ހަވާލުކުރީ އެމްޓީސީސީއާ.
• ފުވައްމުލަކުގައި އާ ބަނދަރެއް ތަރައްގީކުރުން. އެ މަޝްރޫއު ހަވާލުކުރީ އެމްޓީސީސީއާ.
• މަގު ހެދުމުގެ މަޝްރޫއުގެ ތިންވަނަ ފިޔަވަހީގެ މަސައްކަތް. އެ މަޝްރޫއު ހަވާލުކުރީ އެމްޓީސީސީއާ.
• އިތުރު 75 ހައުސިން ޔުނިޓް އެޅުމުގެ މަޝްރޫއު. އެ މަސައްކަތް ހަވާލުކުރީ ދި ގްލަޓް އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑްއާ.
• ސްކޭޓް ޕާކެއް ތަރައްގީކުރުން. އެ މަޝްރޫއު ހަވާލުކުރީ އެމްޓީސީސީއާ.
ރައީސް ފުވައްމުލަކަށް ކުރައްވާ މި ދަތުރުފުޅުގައި މި ރަށުގައި 400 ހައުސިން ޔުނިޓް އެޅުމުގެ އަމަލީ މަސައްކަތް ވެސް މިއަދު ވަނީ ފަށައިފަ އެވެ. އަދި އެހެން ވަރަށް ގިނަ މަޝްރޫއުތައް ވެސް ފައްޓަވައިދެއްވައި، ބައެއް ޚިދުމަތްތައް އިފްތިތާހު ވެސް ކޮށްދެއްވި އެވެ.
ރައީސް ވަނީ ފުވައްމުލަކު ސިޓީ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރުންނާ ވެސް އެ އިދާރާގައި މިރޭ ބައްދަލުކުރައްވައިފަ އެވެ.
ރާއްޖޭގެ އެންމެ ދެކުނަށް ދެ ދުވަހަށް ކުރައްވާ މި ދަތުރުފުޅުގައި ރައީސް މާދަމާ ވަޑައިގަންނަވާނީ އައްޑުއަށެވެ. ރައީސް މާދަމާ އެންމެ ފުރަތަމަ ވަޑައިގަންނަވާނީ އައްޑޫ ހުޅުދު އާއި މީދުއަށެވެ. އަދި އެއަށް ފަހު އައްޑޫގެ ގުޅިފައިވާ ރަށްތަކަށް ވެސް ވަޑައިގަންނަވާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އައްލާ ބެއްޔާ
05 November 2025
ތީ ރައްޔިތުންގެ ލޮލުގައި އަޅުވާ އަނދުން އެމްއޭސީއެލްގައި ނެތް ތި ކެޕޭސިޓީ މި އަހަރުވެސް 20 އަކަށް އެއާރޕޯޓާއި ރިސޯޓް ހޮތާ އަޅަން ސޮއެކޮއްފި، ޔަގީނުން ވެސް ފުވައްމުލަކުގައި ސޮއި ކުރި ޕްރޮޖެކްޓް ތަކަކީ ހިންގޭނެ ޕރޮޖެކްޓްތަކެއް ނޫން އެވަރުގެ ގާބިލްކަމެއް އެމްޓީސީސީގައި ވެސް ނެތް އެއްފަހަރާ ހިންގާކަށް އަދި ފަންޑިންގް އެއްވެސް ނެތް، ނުސާރަ ދޭން މަސް ނިމުނީމަ ސުކޫކް ކުރެޑިްޓް ނަގާ ބަޔަކަށް ކޮން ޕްރޮޖެކްޓް އެއް ހިނގޭނީ
ރާވެރިބެ
05 November 2025
ސަރުކާރުން މިގޮތަށް ރަށްރަށުގަ ބޮޑެތި ހޮޓާ އެޅީމަ އެރަށް ރަށުގެ ގެސްޓް ހައުސްތަކުގެ ވިޔަފާރި ހަލާކުވާނެ. ހޮޓަލެއް އަޅަން ޖެހޭނީ އެރަށުގެ ރައްޔިތުންނަށް ހިއްސާ ލިބޭގޮތަށް.
އަހްމަދުު
05 November 2025
ހިތަށްއަރަނީ، އެމްޓީސީސީ އަށް މިހާރު އިނގޭބާ ކިތައް ޕްރޮޖެކްޓްގައި ކަމަށް ސޮއިކުރެވުނީ.
ޖަހާންގިރު
05 November 2025
ތަރައްގީ އުތުރި އަރައިގެން ދާތީ - އިދިކޮޅޭމެން ހަޖަމުނުވެގެން އުޅޭތަން މިފެންނަނީ. ރައީސް މުއިއްޒު ވަޑައިގެން ފައިންޕުޅު ބީއްސާލާ ކޮންމެ ބިމެއްގައި އުސްއިމާރާތްތަކާއި، މަގުގައި ތާރުއެޅިގެން ދަނީ ލޯކުރިމަތިން ކަން ކަށަވަރު. އެމަނިކުފާނުގެ އެހެރަ ގެންދަނީ - އަރާ ކޮންމެ ރަށެއްގައި ލާރި ޗާޕުކުރާ މެށިންތައް ހަރުކުރަމުން.
ބބ ހޭވައްލާ
05 November 2025
ކެރެންޏާ ނިކަން ވޯޓެއް ނަގާބަލަ ކުޅިދައްކާލާނަން ކަޱަޖަހަމުން ދާ ޓީމުކުދިންނައް
އަބްޑޫޅް +
05 November 2025
"ދި ގްލަޓް"؟ މިއީ ބީރަށްޓެހީންގެ އިބާރާތެއް ނަމަ އޯކޭ. އެހެން ނަމަވެސް އިގިރޭސި ބަހުގެ "The Glut" ނަމަ ގޯސް. އިގިރޭސީގެ The "ދަ" މި ލަފުޒު "ދި" މިހެން ޕުރޮނައުނޝު ކުރެވޭނީ، އޭގެ ފަހަތުން ޖެހިގެން، ފަހަތުގެ، އޮންނަ ލަފުޒުގެ ފުރަތަމަ އަކުރަކީ އިގިރޭސީގެ a e i o u މިއިން އަކުރަކަށް ވާ ނަމަ، ނޫން ނަމަ، އިގިރޭސީ ގެ The މި ލަފުޒު ޕުރޮނައުނޝު ކުރެވުން ލާޒިމުފެގެން ވަނީ "ދަ"، މިހެން. މިއީ އަހުރެން، ކިންޑަގާޓްން ގަ ދަސްކުޅަ ފިލާވަޅެއް.
ޱރ ވާނުވާ
05 November 2025
ދިވެހި ހުރިހާ ރައްޔިތުން ވަރަށް ބޮޱުސަމާލުކަމެއްދީގެން ވިސްނަން ވެއްޖެ ވޭތުވެދިޔަ 4 ވަރަކަށް މަސްދުވަހުގެ ތެރޭ އެމްއޭސީއެލް އަށް ދިންޕްރޮޖެކުޓްތައް އެއަރޕޯޓް އެޅުން ކުޅިވަރު އެކުވެނިތައް ބިނާކުރުން ރިސޯޓް ހެދުން ގެސްޓްހައުސް އެޅުން މިއަކީ އެކުންފުނީގެ މާލީތަނަވަސްހުރި ކުންފުންޏެއްނީން އަދި ކިއެއްތަ އެވަރުގެ ގާބިލުކަމެއްވެސް ހުރިކުންފުޏެއްނޫން އެތަނުގެ އެމްޱީ އެހުރީ ބާނާ ހުރިހާ ރޮނޱެއްގެ ހަންދަމަން ހަވާލުކޮށްފަ.
ބާބާ ގާޑިޔާ
05 November 2025
މުޅި ފުވައްމުލަް އޮތީ ސަރުކާރާ އެއްކޮށް
ހިއްސާން
05 November 2025
ފުވަމުލަކު ރައްޔިތުން ތިބީ ވަރަށް އުފަލުން. މިއީ ވަރަށް އުފާވެރި ހަބަރެއް
އައިމަން ތައުފީގް
05 November 2025
ރައީސް މުޢިއްޒުގެ ޒައާމަތުގައި ފުވައްމުލަށް އެހެން ލެވެލްއަކަށް ތަރައްގީ ވާނެ