އިޒްރޭލުގައި މުޒާހަރާއެއް ކުރި އިރު ފުލުހުން މުޒާހަރާ ކޮންޓްރޯލްކުރަން މަސައްކަތްކުރަނީ: އިޒްރޭލު ފުލުހުން ވަނީ ހަމާސްގެ ލީޑަރުގެ ކޮއްކޮ ހައްޔަރުކޮށްފައި. -- ފޮޓޯ: އޭއެފްޕީ
02 އެޕްރީލް 2024 - 03:51
ހަމާސްގެ ލީޑަރު އިސްމާއިލް ހަނިއްޔާގެ އަންހެން ކޮއްކޮ، ޓެރަރިޒަމްގެ މައްސަލައެއްގެ ތަހުގީގަށް ކަމަށް ބުނެ އިޒްރޭލުން ހައްޔަރުކޮށްފި އެވެ.
އިޒްރޭލުގެ ރަށްވެހިކަން އޮންނަ ސަބާހް އަބްދުއްސަލާމް ހަނިއްޔާ، 57، ހައްޔަރުކުރީ ހަމާސްގެ މެންބަރުންނާ ގުޅުން ބާއްވައި އިޒްރޭލާ ދެކޮޅަށް ޓެރަރިޒަމްގެ އަމަލުތައް ހިންގުމަށް ހިތްވަރުދީ އެކި މަސައްކަތްތައް ކުރާ ކަމުގެ ތުހުމަތަށް ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނި ގޮތުގައި ހަނިއްޔާގެ ކޮއްކޮގެ ގެއިން، އޭނާއަށް ތުހުމަތުކުރެވޭ ކަންކަމާ ގުޅޭ ޑޮކިއުމެންޓްތަކާއި ފޯނާއި އެކި ސާމާނުތައް ވެސް ވަނީ ފެނިފަ އެވެ.
އިސްމާއިލް ހަނިއްޔާ އަކީ ހަމާސްގެ ސިޔާސީ ގޮފީގެ ލީޑަރެވެ. އޭނާ ދިރިއުޅެނީ ދުބާއީގަ އެވެ. -- އޭއެފްޕީ
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ތާކިހާ
02 April 2024
އެބަރަގަޅުވޭ!