04 އެޕްރީލް 2024 - 12:40
ލެވަކޫސަން (އޭޕްރީލް 4) - ބަލި ނުވެ 40 މެޗު ފުރިހަމަ ކުރި މެޗުގައި ފޯޓުނާ ޑުސެލްޑޯފްގެ މައްޗަށް ފަސޭހަ ކާމާ އެކު މޮޅުވެ، ޖަރުމަން ކަޕްގެ ފައިނަލަށް ބެޔާ ލެވަކޫސަން ދަތުރުކޮށްފި އެވެ.
މިއީ ހަތަރު އަހަރުތެރޭ ޖަރުމަނު ކަޕުގެ ފައިނަލަށް ލެވަކޫސަން ދަތުރުކޮށް، އޮލޮންސޯ ވަނީ ކޯޗުކަމުގައި ފުރަތަމަ ތަށި ހޯދުމާ ކައިރިއަށް ޖެހިލައިފަ އެވެ.
މެޗުގައި ބެޔާންގެ ލަނޑުތައް ޖެހީ ޖެރްމީ ފްރިމްޕޯންގް، އަމީނީ އަދްލީ އަދި ފްލޯރިއަން ވިޓްޒް އެވެ. އޭނާ ވަނީ ދެ ލަނޑު ޖަހައިފަ އެވެ.
އަންނަ މަހު 25 ގައި ކުޅޭ ފައިނަލު މެޗުގައި ލެވަކޫސަންއާ ދެކޮޅަށް ނުކުންނަނީ ކައިސާލައުޓާން އާ ދެކޮޅަށެވެ. ބާލިންގެ އޮލިމްޕިކް ސްޓޭޑިއަމްގައި ލެވަކޫސަން އިން ނުކުންނާނީ އެ ޓީމުގެ ތާރީހުގައި ހަތަރު ވަނަ ތައްޓަށެވެ.
"މިއީ ވަރަށް ހާއްސަ ފައިނަލެއް. އަހަރެމެންނަށް އެނގޭ ޕޮކަލް [ޖަރުމަނުގެ ކަޕް] އަކީ މުހިންމު އެއްޗެއްކަން އަދި އަހަރެމެން އުންމީދު ކުރަނީ ސަޕޯޓަރުންގެ ފަރާތުން ބޮޑު ސަޕޯޓަކަށް. އަޅުގަނޑުމެންނަށް މިހާރު އެބަހުރި އެހެން އަމާޒުތަކެއް. ސީޒަންގެ އެންމެ ފަހު މެޗަކީ އަހަރެމެންނަށް ފައިނަލް މެޗަކަށް ވުމުން އޭގެއިން އެނގޭ އަހަރެމެންނަށް ރަނގަޅު ސީޒަނެއް ލިބުނުކަން،" މެޗަށް ފަހު އޮލޮންސޯ ބުންޏެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަޅުގަނޑުމެން
04 April 2024
އަހަރެމެންނަށް އެނގޭ ޕޮކަލް [ޖަރުމަނުގެ ކަޕް] އަކީ މުހިންމު އެއްޗެއްކަން އަދި އަހަރެމެން އުންމީދު ކުރަނީ ސަޕޯޓަރުންގެ ފަރާތުން ބޮޑު ސަޕޯޓަކަށް. އަޅުގަނޑުމެންނަށް މިހާރު އެބަހުރި އެހެން އަމާޒުތަކެއް. އަޅުގަނޑުމެން... އަހަރެމެން... ރަނގަޅުކޮށްލާ!!!!!