އޭވިއޭޝަން ސެކިއުރިޓީ އޮފިސަރުންތަކެއް އެއާޕޯޓުގައި މަޑުކޮށްލައިގެން..-- ފޮޓޯ: އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑު
04 އެޕްރީލް 2024 - 14:02
އޭވިއޭޝަން ސެކިއުރިޓީގެ ގިނަ އަދަދެއްގެ ވަޒީފާއަށް ކުރިމަތިލާން ޑިފެންސް މިނިސްޓްރީން ހުޅުވާލައިފި އެވެ.
އެ އިދާރާއިން ކުރި އިއުލާނުގައި ބުނީ އެ ތަނުން ސެކިއުރިޓީ ބަލަހައްޓާ އެއާޕޯޓުތަކަށް 55 އޮފިސަރުން ބޭނުންވާ ކަމަށެވެ. އެ މަގާމުތަކަށް މި މަހުގެ 18 ވަނަ ދުވަހާ ހަމައަށް ކުރިމަތިލެވޭނެ އެވެ.
މުސާރައިގެ ގޮތުގައި 5،920ރ. އަދި ސާވިސްގެ އެލަވަންސްގެ ގޮތުގައި 1،500ރ. އާއެކު މަހަކު 7،420ރ. ލިބޭނެ އެވެ. އޭގެ އިތުރުން، ޑިއުޓީ އަށް ނުކުންނަ ކޮންމެ ދުވަހަކަށް ކޮއްތު އެލަވަންސްގެ ގޮތުގައި 60ރ، ސްޕެޝަލް ޑިއުޓީ އެލަވަންސްގެ ގޮތުގައި މުސާރައިގެ 35 ޕަސެންޓް އަދި ފޯނު އެލަވަންސްގެ ގޮތުގައި މަހަކު 150ރ. ލިބޭނެ އެވެ.
އެ މަގާމުގެ ޝަރުތުތަކުގެ ތެރޭގައި ސާނަވީ އިމްތިހާނުން ދެ މާއްދާއިން ދަށްވެގެން ސީ ލިބި، ސެކަންޑްރީ ސްކޫލު ސެޓްފިކެޓު އިމްތިހާނުން ދިވެހި މާއްދާއިން ދަށްވެގެން ސީ ފާހެއް ލިބެންޖެހޭނެ އެވެ. ނުވަތަ ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް ތިނެއްގެ ސަނަދެއް ހާސިލްކުރިޔަސް، އެއާޕޯޓު ސެކިއުރިޓީ އޮފިސަރުގެ މަގާމަށް ކުރިމަތިލެވޭނެ އެވެ.
އިތުރު ޝަރުތުތަކުގެ ތެރޭގައި؛
- އުމުރުން 18-35 އަހަރާ ދެމެދު
- އިސްކޮޅުގައި ފަސް ފޫޓު ހުރުން
އެއާޕޯޓު ސެކިއުރިޓީއަކަށް ހޮވޭ މުވައްޒަފުން މަގާމުގެ ބޭސިކް ޓްރެއިނިންއިން ފާސްވުމުން، ސީއެސް 1-3 ރޭޏްކުގެ ފުރަތަމަ ގްރޭޑަށް ޕްރޮމޯޝަން ލިބޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ހޭ ލައްވާ
07 April 2024
ސެކުރިޓީ ކުރާ މީހުން އަކީ އެންމެ ބޮޑު މުސާރަ ލިބޭ ބަޔަކައް ހަދަން ޖެހޭ... އެންމެ ރަނގަޅު ޓްރެއިނިންގެ ވެސް ދޭން ޖެހޭ !!! ސަރުކާރައް ގޮވާލަން .... ނޫސްތަކުގަ ވައިރަލް ކުރަން ގޮވާލަން.. ވެލިއު ކުރޭ ، ކޮންމެ މުއަސާއެއް ވިޔަސް... ސެކުއިރިޓީން ނަކީ ވަރައް މުހިއްމު ބަޔެއް އަމިއްލަ ފުރާނަ އަތައްލައިގެން އެހެން މީހުންގެ ފުރާނަ ރަައްކާތެރި ކުރައް ނިކުމެ ތިބި ބަޔެއް.
ކޮސްކޮޅު
06 April 2024
މީހާގެ އިސްކޮޅަކީ މީހާގެ އިޙްތިޔާރުގައި އޮންނަކަމެއްނޫން. ވަކި ޑީއެންއޭއް ތަފާތުކުރުން.
ރަށު މުދިމު
04 April 2024
ދިވެހީންގެ ވަޒީފާ ތަކައް މިހާރު ގެންނަނީ ބޭރު މީހުން ނޫންތޯ؟ ގިނަ ކަންކަމުގަ ސަރުކާރުންވެސް ދިވެހިނައް ވަނީ އިހުމާލު. މިސާލަކައް އެސްޓީއޯ އެމްޓީސީސީ ކަހަލަ އަދި ނިކަން ބަލާ މޯޅްޑިވިޔަން ގަ ކާގޯ ނަގައިދޭންވެސް ހުރީ ބިދޭސީއެއް. ހުޅުމާލޭ ގަ ފުލެޓް ތަކުގަ ސިޑި ކަހާލަންވެސް އެޗްޑީސީ ނޫނީ ހައުސިން އިން ލައިފަ ތިބީ ބަންގާޅިން، ކީއްތޯވާނީ އެފުލަޓަކުން ދިވެއްސަކައް އެފުރުސަތު ދިނީއްޔާ؟ ބަންގާޅިން ފޯނާ ކުޅެ ކުޅެ ފުލަޓްތަކުގަވެސް ކުރާހާ ވައްކަމެއްވެސް އެވަރ
އޮޑިހަނު
04 April 2024
ދިވެހިން ބޭނުމިއްޔާ ދިވެއްސަކަށް މާލޭގަ އެއް ރޫމުގެ ކުލި ދައްކައިގެން އަބުރުވެރިކަމާއެކު އުޅެވޭނެވަރުގެ މުސާރައެއް ދޭންވާނެ! އެހެންނޫނިއްޔާ ބޭކާރު ބޯގޯސް ވާހަކަ ދައްކާ ވަގުތު ބޭކާރުކުރުން ކަމުގައި ނޫނީ ނުވާނެ!
ބސބސބ
04 April 2024
5 ފޫޓު ހުންނަން ލާޒިމުކުރަނީ ކީއްވެބާ.
މަނަސް
04 April 2024
އެއީ ސްކުރީން ކުރާއިރު ދިގު މީހެއްގެ ބޮލާހަމަޔައް ވެސް އަތްފޯރަންޖެހޭނެ ދޯ !
ަޖުމަލު
04 April 2024
ފަޒީފާދޭ އުމުރު މަތިކުރާން ފެނޭ، މިހާރު ސިއްހަތު ރަނގަޅުކޮށް ތިބޭ 50 އަހަރު ވާއިރުވެސް، 35 އިނުމުން އެއީ ވަރަށް ބޭއިންސާފު ގޮތެއް.
ކުރު ކަލޯ
04 April 2024
އިސްކޮޅުން ކުރު މީހުންނަށް ނޯ ޗާންސް
888888
04 April 2024
ހާދަ މުސާރަ ދަށޭ. ގެއަށް ކިރިޔާކަންނޭން އެގާރަ ގެންދާން ލިބޭނީ.
18ރަ
05 April 2024
18ހާސް ލިބޭނެ. އަލަށް ވަންނަ އޮފިސަރަކަށް އެއީ ހަމަ ރަގަޅުވަރުގެ މުސާރައެއް. އަދި މަޤާމުގެ ކުރިއެރުން ލިބޭ ވަރަކަށް މުސާރަ ބޮޑުވަމުން ދާނީ. ފުލުހުންގެ ކޮންސްޓަބަލް އަކަށް ލިބެނީ 17ހާސް.