ރައީސް މިއަދު މުލީއާގޭގައި މީޑިއާތަކާ ވާހަކަފުޅު ދައްކަވަނީ.
10 އެޕްރީލް 2024 - 13:21
ރާއްޖޭގައި ކޮންމެ ބަޔަކަށް ވެސް ސިޔާސީ ޕާޓީތައް އުފެއްދުމުގެ ފުރުސަތު އޮންނަން ޖެހޭނެ ކަމަށާއި އެ ކަމަށް މަރުހަބާ ދަންނަވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
އެ މަނިކުފާނު އެހެން ވިދާޅުވީ، ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ އުފައްދަވަން މަސައްކަތްޕުޅު ކުރައްވާ ޕީއެންއެފް އުފެއްދުމުގެ ޖަލްސާ ރޭގައި ބޭއްވުމާއި އަދި އެ ޖަލްސާއާ ގުޅިގެން ހިނގި ކަންކަމާ ހެދި އެސްއޯ ފުލުހުން ނުކުތް މައްސަލާގައި މީޑިއާއާ ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ، ޕީއެންއެފްގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ފުރުސަތު އޮންނަން ޖެހޭނެ ކަމަށާއި އެ ޕާޓީ އުފައްދަން ފުރިހަމަ ކުރަންޖެހޭ ގާނޫނީ ކަންކަން ރޭ ނިންމުމުން މަރުހަބާ ވެސް ދަންނަވާ ކަމަށެވެ.
"ހަމަ ދެން ވެސް އެހެން ބަޔަކު ވެސް ސިޔާސީ ޕާޓީއެއް ހަދަން ވިޔަސް އަޅުގަނޑު މަރުހަބާ ކިޔާނަން. މި ގައުމުގައި އޮންނަން ވާނެ ފްރީޑަމް. އެކަމަށް ހުރަހެއް ނާޅާނަން. އެއީ އަޅުގަނޑުގެ ސިޔާސަތަކީ،" ރައީސް ވިދާޅުވި އެވެ.
ޕީއެންއެފް އުފައްދުމުގެ ޖަލްސާ ރޭގެ 9:00 ގައި ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލް ހޯލްގައި ބާއްވަން އެ ސްކޫލުން ހޯލް ކުއްޔަށް ދޫކުރި ނަމަވެސް އެ އެއްބަސްވުން އިއްޔެ މެންދުރުފަހު ސްކޫލުން ބޭނުންވެގެން ބާތިލްކުރި އެވެ. ލޮޖިސްޓިކް ސަބަބުތަކާ ގުޅިގެން ކަމަށް ބުނެ ހޯލް ދޫނުކުރަން ނިންމުމުން ވެެސް ޕީއެންއެފުން ރޭ އެ ޖަލްސާ އެ ތަނުގައި ބާއްވަން މަސައްކަތް ކުރުމާ އެކު، އެސްއޯ ފުލުހުން ނުކުމެއް އެކަން ހުއްޓުވުމުގެ ތެރޭގައި ބޮޑު ހަމަނުޖެހުމެއް ހިނގި އެވެ.
ފުލުހުން ބުނެފައި ވަނީ ފުލުހުން ޣިޔާސުއްދީން ސްކޫލް ކައިރި އަށް ގޮސް އެ މީހުން ހުއްޓުވީ، ގާނޫނީ ރައްކާތެރިކަމަށް އެޑިއުކޭޝަން މިނިސްޓްރީން އެދުމުން ކަމަށެވެ.
ގައުމަށް ހަމަޖެހުން ގެނައުމުގެ ސިޔާސަތު، ސިޔާސީ މީހުންނަށް އަނިޔާ ނުކުރުމުގެ ސިޔާސަތު، ފުލުހުންގެ ބާރު ނާޖާއިޒު ގޮތުގައި ބޭނުން ނުކުރުމުގެ ސިޔާސަތު ތަންފީޒު ކުރާނަން. އެކަން ޔަގީން ކުރާނަން އަޅުގަނޑު،"--- ރައީސް
ރޭގެ ހަމަނުޖެހުމާ ގުޅިގެން ރައީސް މުއިއްޒު މިއަދު މީޑިއާތަކާ ބައްދަލުކުރައްވައި ވިދާޅުވީ، އެސްއޯ ފުލުހުން ނުކުތީ އެ މަނިކުފާނުގެ ސިޔާސަތާއި އިރުޝާދާ ހިލާފަށް ކަމަށެވެ. އެ ހަމަނުޖެހުމުގެ ކަންކަން އެނގިވަޑައިގަތީ ވެސް ނޫހުން ކަމަށާއި ވަގުތުން ހޯމް މިނިސްޓަރު އަލީ އިހުސާނާއި ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު އަށް ގުޅުއްވައި އެކަން ތަހުގީގުކޮށް، މިއަދުގެ އިރުއޮއްސެންވާއިރަށް ރިޕޯޓް ފޮނުވަން އެންގެވި ކަމަށް ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވި ގޮތުގައިި، އެ ރިޕޯޓް ލިބިވަޑައިގަތުމުން އަޅުއްވަން ޖެހޭ ކޮންމެ ފިޔަވަޅެއް އަޅުއްވާނެ އެެވެ.
ރައީސް މުއިއްޒު ވަނީ އެ މަނިކުފާނުގެ ސިޔާސަތުތަކާ ހިލާފަށް ރޭ އެސްއޯ ފުލުހުން ނެރުނު މައްސަލާގައި ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.
"އަޅުގަނޑު ކަނޑައެޅިގެން ދެކޮޅު ކަމެއްގައި، އަޅުގަނޑު ކަނޑައަޅައި ސާފުކޮށް އޮތް ސިޔާސަތެއް. ހޯމް މިނިސްޓަރަށް ވެސް އެނގިވަޑައިގަންނަވާނެ، ސީޕީ އަށް ވެސް އެނގިވަޑައިގަންނަވާނެ. އަދި ޖުމުލަކޮށް ހުރިހާ ފުލުހުންނަށް ވެސް އެނގޭނެ ސިޔާސަތެއް އެސްއޯ ފުލުހުން ބޭނުން ނުކުރާނެކަން. އެއާ ދެކޮޅަށް ދިޔައީމާ އަޅުގަނޑު މި ހުރީ ވަރަށް ކަންބޮޑުވެފައި،" އެ މަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ، އެ ކަމާ ގުޅިގެން ފުލުހުންނަށާއި އާންމުންނަށް ވެސް އަނިޔާވެފައިވާތީ އެއީ ވަރަށް ބޮޑު ދެރައެއް ކަމަށެވެ.
ރައީސް މުއިއްޒު މިއަދު ތަކުރާރުކޮށް ވިދާޅުވީ، ސިޔާސީ ވިސްނުމެއްގައި އުޅޭ މީހަކަށް ވެސް މި ސަރުކާރުން ފިޔަވަޅު ނާޅާނެ ކަމަށާއި ސިޔާސީ ވާހަކައެއް ދައްކައިގެން މިހާތަނަށް ވެސް ފުލުސް އޮފީހަށް މީހަކު ނުގެންދާ ކަމަށެވެ.
"ކުރިއަށް އޮތް ތާނގައި ވެސް ނުކުރާނަން. އެކަކު ވެސް ނުގެންދާނަން ފުލުސް އޮފީހަށް އެ މީހަކީ ސިޔާސީ މީހަކަށް ވެގެންނެއް. އެކަން ނުކުރާނަން އަޅުގަނޑެއް. އެހެންވީމާ ސިޔާސީ ޕާޓީއެއް އުފައްދަން ބޭނުންވީމާ އެ ކަން ކުރެވެން ވާނެ،" އެ މަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ، ޕީއެންއެފް ޖަލްސާ ބާއްވަން ހޯލެއް ނުލިބުނިއްޔާ އެހެން ގޮތެއް ވެސް ހޯދައި ދެވެން ޖެހޭނެ ކަމަށެވެ. އެކަމަކު، އެ އަށް ވުރެ ބޮޑަށް ގޯސްވީ އެ މަނިކުފާނު ނުކުރަން އަންގަވާފައިވާ ކަމެއް ފުލުހުންގެ ތެރެއިން ކޮށްގެން އުފެދުނު "ކޮންފްލިކްޓް" ކަމަށް ރައީސް ވިދާޅުވި އެވެ.
އަދި ޖުމުލަކޮށް ހުރިހާ ފުލުހުންނަށް ވެސް އެނގޭނެ ސިޔާސަތެއް އެސްއޯ ފުލުހުން ބޭނުން ނުކުރާނެކަން. އެއާ ދެކޮޅަށް ދިޔައީމާ އަޅުގަނޑު މި ހުރީ ވަރަށް ކަންބޮޑުވެފައި،"--- ރައީސް
"އެސްއޯ ފުލުުހުން ނުގޮސް އެ މީހުންނަށް އެހެން ތަނެއް ހޯދާފައި، ސޯޝަލް ސެންޓަރު ވިޔަސް ނޫނިއްޔާ އުސްފަސްގަނޑު ވިޔަސް ނޫނިއްޔާ ރާޅުގަނޑު ސަރަހައްދު ވިޔަސް ނޫނިއްޔާ ކޮންމެ ތަނެއް ވިޔަސް ނޫނިއްޔާ ސަރުކާރުގެ ދަށުގައި ހުރި އިމާރާތަކުން ޖާގަ ދިނުން ކަމަށް ވިޔަސް. ދަރުބާރުގެ އިން ވެސް ފަހަރެއްގައި ޖާގަ ލިބިދާނެ. އެ އޮޕްޝަންތައް ހުންނާނެ ހޯދޭނެ،" ރައީސް މުއިއްޒު ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވި ގޮތުގައި ސިޔާސީ އެއްވެސް ބައްދަލުވުމަކަށް މި ސަރުކާރުން ހުރަސް ނާޅާނެ އެވެ.
"މި ގައުމުގައި އަޅުގަނޑު މި ބޭނުންވާ ސިޔާސަތު، ގައުމަށް ހަމަޖެހުން ގެނައުމުގެ ސިޔާސަތު، ސިޔާސީ މީހުންނަށް އަނިޔާ ނުކުރުމުގެ ސިޔާސަތު، ފުލުހުންގެ ބާރު ނާޖާއިޒު ގޮތުގައި ބޭނުން ނުކުރުމުގެ ސިޔާސަތު ތަންފީޒު ކުރާނަން. އެކަން ޔަގީން ކުރާނަން އަޅުގަނޑު،" ރައީސް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަމީޒްް
11 April 2024
ރައީސް ބޭނުންފުޅުވަނީ ވީހާވެސް ގިނަ ޕާޓީ އުފައްދާ ވީހާވެސް ބޮޑަކަށް ކޮމިއުނިޓީއަށް ކޮންޓްރިބިއުޓްކުރުން. ތަފާތު ހިޔާލުތަކާއެކު ރައްޔިތުންގެ ލޯތަށް ހުޅުވި ރަނގަޅުގޮތް ހިޔާރުކުރުމަށް ފުރުސަތު ލިބިގެންދާނެ. ރައީސް މުއިއްޒުވެސް ބޭނުންވަނީ މިގޮތުގަ ކުރިޔަށްދާން. އެއްވެސް ޕާޓީއެއް ހުޅުވަން އެއްވެސް ހުރަހެއްނެތް. އެކަމަކު ގާނޫނުގެ ތެރެއިން މިކަން ކުރަންވާނީ.
ފައިހާާ
11 April 2024
ސިޔާސީ ގޮތުން މުއިއްޒުއާއި ތަފާތުވިޔަސް މިހާރު ގަބޫލުކުރަން ރައީސް މުއިއްޒުއަކީ ހަމަ ހަގީގަތުގައިވެސް ހެޔޮވެރިޔެއްކަން.
އަދްނާންް
11 April 2024
ރައްޔިތުންނަށް އެގުންމުހިންމު ކަމަކީ މި ސަރުކާރަކީ މާޒީވެ ދެކިފަވާ 2 ސަރުކާރާވެސް ތަފާތު ސަރުކާރެއްކަން. މަގުމަތިން މިސަރުކާރުގައި ބަޔަކު ހައްޔަރުކުރަމުންނެއް ނުދާނެ. އިހްތިޖާޖަށް ފުރުސަތު ދޭނެ. އަދި ޕާޓީ މަސައްކަތަށްވެސް ފުރުސަތު މާ ބޮޑުތަނުންވެސް ފަހިވެގެންދާނެ.
އިމްދާދް
11 April 2024
ގައުމުގެ ކުރިމަގު ބިނާކުރުމުގައި ސިޔާސީ ޕާޓީތަކާއި އެ ޕާޓީތަކުގެ މަސައްކަތްތަށް މުހިންމު. މި ސަރުކާރަކީ އެކަމަށް ހުރަސްއަޅާނެ ބަޔެއްނޫން. ސަބަބަކީ ނއެކަމަށް ހުރަސްއެޅުމަކީ ތަރައްޤީއަށް ހުރަސްއެޅުން.
އަޒްމީލްް
11 April 2024
ޖަމީލުއާއި މަލީހުއަށް ހީވަނީ އެމީހުންގެ ޕާޓީ ޕީއެންއެފް އެއީ މި ސަރުކާރުން ވަރަށް ޖެހިލުންވާ ޕާޓީއެކޭ. ނޫން. ކުޑަކޮށްވެސް ތި ޕާޓީ ދެކެ ބަޔަކު ޖެހިލުމެއްނުވޭ.
ޑަކްޑޯ
11 April 2024
މަޖިލިސް މެޖޯރިޓީ ނުލިބޭނެ
އަފްރާސިޔާބު
10 April 2024
އެއީ މީހަކު ދޭނެ ހައްގެއް ނޫން. ގާނޫނު އަސާސިން ދީފައި އޮތް ހައްގެއް.
އަހްމަދު އާޒިފް
10 April 2024
ފެނޭތަ؟ ތަފާތު؟ މި ވެރިޔާ ތަފާތު ވާނެ. ދޮގެއް ނަހަދާނެ.
އޮނަރަބްލް އަފީފު ދީދީ
10 April 2024
އެހެންތޯ!؟ އެހެންކަމަށްވާނަމަ "ވިޔަފާރި ކުންފުންޏެއްހިންގާ ގޮތަށް" ނުވަތަ ޕާޓީއުފައްދާ ނޫންނަމަ ޕާޓީގެ ލީޑަރޝިޕްގައި ތިބޭބަޔަކުބޭނުންގޮތަކަށް ގެންގުޅޭ "ޤަބީލާއެއްފަދަ ގޮތަކަށްހިންގުމަށް" ޤާނޫނާއި ޤަވާއިދުހަދާފައިވާ ސިޔާސީ ޕާޓީތައްހެދުމާއި، ޕާޓީގެ މެންބަރުންގެއަދަދާއި، މެންބަރުންގެބޮލަށް ފައިސާދިނުމާއި، ޕާޓީގެ ޓިކެޓްގައިނިކުމެ އިންތިޙާބު ކާމިޔާބުކުރުމަށްފަހު ޕާޓީދޫކޮށްދާމައްސަލަފަދަ ކަންކަންހައްލުވާނެގޮތަށް ޤާނޫނުހެދުމަށް މަޖިލީހަށް ފޮނުއްވާ.
އޮނަރަބްލް އަފީފު ދީދީ
10 April 2024
ޕާޓީ އުފައްދާން 3000 މީހުންތިބެން ލާޒިމްކުރާއިރު އެތައްސަތޭކަ މިލިޔަންމީހުން ތިބި ޤައުމުތަކުގައި 500 މީހުންއެކުލަވާލައިގެން ޕާޓީ ރެޖިސްޓްރީކުރެވޭ. އެހެންކަމުން މިކަންވެސް ބަދަލުކުރާންޖެހޭ. # މަކަރާއިހީލަތް އަދި ބިރުދައްކައިގެން ސިވިލްސާވަންޓުން ވައްދާ ޕާޓީގައި 10 ހާސް މީހުންތިބިކަމަށް ދަފުތަރުކުރުމުން "ދައުލަތުން ޕާޓީގެ މެންބަރުންގެ ބޮލަށް ފައިސާދިނުން" ހުއްޓާލުމަށްޓަކާ މިކަންވެސް ބަދަލުކޮށް އަދި އީސީއިން ދަފުތަރު ބެލެހެއްޓުންވެސް ދޫކޮށްލާންޖެހޭ.
އޮނަރަބްލް އަފީފު ދީދީ
10 April 2024
ސިޔާސީ، ތަރައްޤީގެ އެއްފިކުރެއްގެ 500 މީހުން އެކުވެގެން ޕާޓީ އުފައްދާންހުއްދަކޮށް ދިވެހިން އެންމެކަންބޮޑުވާ "ބޮލަށް ފައިސާދިނުން" ދޫކޮށް އިންތިޙާބީގޮނޑިތަކަށް ފައިސާދޭންހަމަޖެއްސުމުން "ވެރިކަންލިބުމުން އެޕާޓީއަކަށް ސިވިލްސާވަންޓުންވެއްދުމާއި، ވަނުންމަޖުބޫރުކުރާ ހާލަތް ބަދަލުވާނެކަން" ޤަބޫލުކޮށް، ރައީސް، އާއި ނައިބްރައީސް، މަޖިލިސް މެންބަރުން، މޭޔަރުން، ސިޓީ ރަށު އަތޮޅު ކައުންސިލަރުނާއި WDC ގެ ގޮނޑިތައްނަގާނިސްބަތަށް ޕާޓީއަށްލާރިބަހަން ހަމަޖައްސާ.
1235
10 April 2024
ހައްގު އޮތް ގޮތާ މިންވަރު ފެނިއްޖެ. ޝުކުރިއްޔާ