ރާއްޖެ އަށް އިންޑިއާ އިން ހަދިޔާ ކޮށްފައިވާ ޑޯނިއާ މަތިންދާބޯޓު
13 އެޕްރީލް 2024 - 13:18
ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިންގެ ދެ ވަނަ ބެޗު މިދިޔަ ބުރާސްފަތި ދުވަހު ފައިބާފައިވާ ކަމަށާއި އެންމެ ފަހު ބެޗު ދެ ގައުމުން އެއްބަސްވެފައިވާ ގޮތަށް އަންނަ މަހުގެ 10 ގެ ނިޔަލަށް ރާއްޖެ ދޫކޮށް ދާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.
އެ މަނިކުފާނު އެހެން ވިދާޅުވީ، މި މަހުގެ 21 ގައި ބާއްވާ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގެ ކެމްޕެއިނަށް އައްޑޫ ހިތަދު އަށް ވަޑައިގެން އެ ރަށުގެ ސަޕޯޓަރުންނާ އެކު ބޭއްވެވި ބައްދަލުވުމުގަ އެވެ.
"ބާކީ އޮތީ އެންމެ ޕްލެޓްފޯމެއް. ހަމަ ކުރީގައި ވެސް [ދެ ގައުމުން] ސޮއިކޮށްފައި އޮތް ގޮތަށް 10 މޭ ގެ ކުރިން އެ މީހުން ވެސް [އިންޑިއާގެ ބާކީ ސިފައިން] ގެންދާނެ. ފައިބާނެ،" ރައީސް ވިދާޅުވި އެވެ.
"އެހެންވީމާ އެ ވައުދު ފުއްދުނީ ނޫންތޯ؟ މިތާ ތިބި ބޭރުގެ ހުރިހާ ސިފައިން 10 މޭ ގެ ކުރިން ފައިބާނެ. އެހެންވީމާ އަޅުގަނޑު ވާ ވައުދެއް ވިއްޔާ އިރާދަކުރެއްވިއްޔާ މަސައްކަތް ކުރާނީ ހަމަ އެންމެ ފުރިހަމައަކަށް އެ ކަމެއް ކޮށްދޭން."
ރާއްޖެ އަށް އިންޑިއާ އިން ހަދިޔާ ކޮށްފައިވާ ދެ ހެލިކޮޕްޓަރާއި ޑޯނިއާ މަތިންދާބޯޓު ދުއްވަން ގެނެސްފައި ތިބި އިންޑިއާގެ ސިފައިން ބޭލުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދެކެވެ. ދެ ގައުމުން އެކަމާ މެދު ފުޅާދާއިރާއެއްގައި މަޝްވަރާކޮށް، އެއްބަސްވުމެއްގައި ސޮއިކޮށްފައި ވަނީ އިންޑިއާގެ ސިފައިންގެ ބަދަލުގައި އެ ތިން އުޅަނދު ދުއްވަން ތިބޭނީ އެ ގައުމުގެ ސިވިލިއަނުން ކަމަށެވެ. އެހެންވެ، ބާލަމުންދާ އިންޑިއާ ސިފައިންގެ ބަދަލުގައި މިހާރު ގެނެސްފައި ވަނީ އިންޑިއާގެ ސިވިލިއަނުންނެވެ.
ރައީސް މުއިއްޒު ވިދާޅުވެފައި ވަނީ، އިންޑިއާ އިން ހަދިޔާ ކޮށްފައިވާ ތިން އުޅަނދު ދުއްވަން އެ ގައުމުގެ ސިވިލިއަނުން ގެންނަނީ ވަކި މުއްދަތަކަށް ކަމަށާއި އެއީ ދާއިމީ ބައެއް ނޫން ކަމަށެވެ.
"އެގްރީމަންޓެއް ކުރެވިގެން ވަކި މުއްދަތަކަށް އެ ތަކެތި އޮޕަރޭޓްކުރަން. އެއްގޮތަކަށް ވެސް ޕާޕެޗުއަލްޓީ އަށް، އުމުރު ދުވަހަށް ކުރާ ކަމެއް ނޫން،" ރައީސް ވިދާޅުވެފައި ވެ އެވެ.
އިންޑިއާ ސިފައިންގެ ފުރަތަމަ ބެޗު ރާއްޖެ ދޫކޮށް ދިޔައީ މިދިޔަ މާޗު މަހުގެ ކުރީކޮޅެވެ. މާޗު މަހުން ފެށިގެން ކޮންމެ މަހަކު ފަހަރަކު ބެޗެއް ރާއްޖެ ދޫކުރަމުން ގޮސް ފަހު ބެޗު ރާއްޖެ ދޫކޮށް ދާން ޖެހެނީ އަންނަ މަހުގެ 10 ގެ ނިޔަލަށެވެ.
ރައީސް ރޭ ވިދާޅުވީ، ރާއްޖޭގެ މިނިވަންކަން ޔަގީންކުރަން އަދިވެސް ކުރަންޖެހޭ ކަންކަން އެބަހުރި ކަމަށާއި އެ ކަމަށްޓަކައި ރައްޔިތުންގެ މަޖިލިހުގެ އެއްބާރުލުން ބޭނުންވާ ކަމަށެވެ. އެއީ އެކި ގައުމުތަކާ އެކު ހަދާފައިވާ އެއްބަސްވުންތަކަށް ބަދަލު ގެނައުމާއި ގާނޫނުތަކަށް ބަދަލު ގެނައުމާއި އަލަން ގާނޫނުތައް ހަދަން ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
ރައީސް މުއިއްޒު އިއްޔެ ހަވީރު އައްޑު އަށް ވަޑައިގަތުމުން ގަން އެއާޕޯޓުން އެ މަނިކުފާނަށް މަރުހަބާ ކިޔަން ނުކުތް މީހުންނާ ސަލާން ކުރައްވަނީ.
"މި ހުރިހާ ކަމެއް ކުރެވެން މި އޮތީ މަޖިލިހުގެ ތެރެއިން އަމިއްލަ މިނިވަންކަމުގެ އިހުސާސް ރައްޔިތުންނަށް ކޮށްދޭން ބޭނުންވާ ފިކުރުގެ މީހުން ހޮވިގެން. އެއީ ދިވެހީންގެ ރާއްޖޭގެ ފިކުރު. ދިވެހީންގެ ރާއްޖެއެކޭ މި ކިޔަނީ. ބޭރު މީހުންގެ ރާއްޖެއެކޭ ނޫން. އެހެންވީމާ ދިވެހީންގެ ރާއްޖެއެއްގައި ދިވެހިންނަށް އިސްކަން ދޭނީ. ޕްރޯ މޯލްޑިވްސް އަޅުގަނޑުމެންގެ ސިޔާސަތަކީ،" ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ ޕީއެންސީގެ ރައީސްގެ މަގާމު ވެސް ފުރުއްވާ ރައީސް މުއިއްޒު ވިދާޅުވި އެވެ.
އެހެންވީމާ އެ ވައުދު ފުއްދުނީ ނޫންތޯ؟ މިތާ ތިބި ބޭރުގެ ހުރިހާ ސިފައިން 10 މޭ ގެ ކުރިން ފައިބާނެ. އެހެންވީމާ އަޅުގަނޑު ވާ ވައުދެއް ވިއްޔާ އިރާދަކުރެއްވިއްޔާ މަސައްކަތް ކުރާނީ ހަމަ އެންމެ ފުރިހަމައަކަށް އެ ކަމެއް ކޮށްދޭން."--- ރައީސް
ރާއްޖޭގެ ކަނޑުގެ ސަރަހައްދު މިހާތަނަށް ކޮންމެ ސަރުކާރަކުން ވެސް ބަލަހައްޓަމުން އައީ އިންޑިއާގެ އެހީތެރިކަމާ އެކު ކަމަށް ވިޔަސް މި ސަރުކާރުން ވަނީ ތުރުކީ އިން މިހާތަނަށް އަސްކަރީ ތިން ޑްރޯން ގަނެ، ރާއްޖޭގެ އިގުތިސާދީ ސަރަހައްދު އަމިއްލަ އަށް ބަލަހައްޓަން ފަށައިފަ އެވެ. އެ ޑްރޯންތައް އޮޕަރޭޓް ކުރަން ތިބެނީ ވެސް ތުރުކީ އިން ތަމްރީނު ހޯދާފައިވާ ދިވެހި ސިފައިންނެވެ.
ކުރިމަގުގައި އިތުރު ޑްރޯންތައް ވެސް ރާއްޖެ ގެންނަން ދިވެހި ސަރުކާރުން ވަނީ ނިންމައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަފްރާސިޔާބު
14 April 2024
ކިތައްމީހުންބާ ބެޗެއްގައި. އެއްވެސް މީހަކަށް ހަމަ ލޮލުން ނުފެނޭ އެބަޔަކު ފޮނުވާލި ތަނެއް. މީހަކު ދެއްކިވާހަކައެއް.
ދިހާމް ހަސަން
14 April 2024
ފެނޭތަ ޔާމީނޫ؟ ފެނޭތަ އިބޫ؟ އަހަރުމެންގެ ރައީސް މިކުރަނީ އަމަލުން ކަންކަން.
ރިފްއަތް ޖިހާދު
14 April 2024
މުއިއްޒް އަކީ މަގޭ ނަޒަރުގައި މިހާރު ގައުމު ފަހުރުވެރިވާ ގައުމީ ވަންތަ ގައުމީ ބަތަލެެއް. މިދިޔަ 10 އަހަރު ނުވި ކަމެއް އެއްމެ 5 މަހުން ރައީސް މުއިއްޒް މިކޮށްލަނީ.
ވިލްދާން މުހައްމަދު
14 April 2024
މުއިއްޒް މިދަނީ ބުނި ގޮތަށް ކަންކަން ވަގުތުން ކުރަމުން. މިއީ ގައުމު ދެކެ ލޯބިވާ ވެރިންނަކީ.
އަބްޑޫޅް +
14 April 2024
އިންޑިޔާ ބޭރު. ގާތްގަނޑަކަށް 130 އަހަރު ވަންދެން މާލޭގައި ބަނޑަހަ ޖަހައިގެން ފައިބާ ތިބި ވޯރާ ވިޔަފާރިވެރިން ރާއްޖޭން ބޭލީ 1962 ވަނަ އަހަރު. އެ މީހުންނަކީ މާތްވެގެންވާ އިގިރޭސި ދައުލަތުގެ ބުންބާ ރިޔާސަތުގެ، ކައްޗެ މާންދަވީ ޕޯރަބަނދަރު ކިޔާ ސަރަހައްދުގެ އަހުލުވެރިން. އެއީ ގުޖުރާތީ ބަހުން ވާހަކަދައްކާ ބައެއް. އެ މީހުންގެ އަނބިދަރީންނާއި ވިޔަފާރީގެ މައި އޮފީސްތައް އޮތީ ކޮޅުނބުގަ. އޭގެ 400 ވަރަކަށް ފިރިހެނުން މާލެ ފައިބާ ތިބި.
ބަބޫބެ
13 April 2024
އިންޑޔާ ސިފައިން ފޭބިއިރު އެމީހުންގެ ޔުނިފޯމް ގެންދޭތޯ ބަލާތި.
އިންޑިޔާސިފައިން
13 April 2024
އިންޑިޔާއައުޓު މާނައަކީ އިންޑިޔާގެ މިލިޓަރީ އުޅަދުތަކާއި އެ ދުއްވަން ތިބި އިންޑިޔާމީހުން ބޭރުކުރުން. އެހެންނަމަވެސް ބޮޑު އޮޅުވާލުމެއްގެ ތެރެއިން ޔުނީފޯމް އޭ ކިޔައި ދިވެހީންނަށް އޮޅުވާލީ
ނަންރީތިކަޅޭ
13 April 2024
އެމްޑީޕީއަށް ބޮޑުތަނުން ނޫނެކޭ ބުނަންޖޭ. މާލޭ ދަފްތަރުގައި ޖަހައިގެން ތިބި މީހުންނަށް ހެދިގޮތުން. އެމީހުންނަށް ހައްގުވާ ފްލެޓްތަށް ނުދީ ފްލެޓް ބަހާލިގޮތް އެއޮތް ފެއްނަނީ. އެންޓިކަރަޕްޝަން ބޯޑުން އެބަޖެހޭ އެމީނުްނގެ އަޑުއަހަން.
ރާހިލް
13 April 2024
މި ސަރުކާރު އަތެއް ނުވާނެ. މިދަނީ ހަލުވީގާވެސް އެންމެ ހަލުވި ދުވެލީގަ
ޝާހިލްް
13 April 2024
އެއްކަލަ އެމްޑީޕީ އަނެއްކާވެސް ފަހަތަށް ފިޔަވަޅެއް އަޅަން މަޖުބޫރުވެއްޖެ. މިފަހަރު ކިޔާނީ ކީކޭބާ؟