އައްޑޫގެ ފެނުގެ ނިޒާމް އަޕްގްރޭޑް ކުރުމުގެ އެއްބަސްވުމުގައި، އިންފްރަސްޓްރަކްޗާގެ ސްޓޭޓް މިނިސްޓަރު ތައާމް އަދި އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު މަތީން ސޮއިކުރައްވަނީ.-- ފޮޓޯ: އެމްޑަބްލިއުއެސްސީ
13 އެޕްރީލް 2024 - 20:31
އައްޑޫގެ ފެނުގެ ނިޒާމް ތަރައްގީކުރަން އެމްޑަބްލިއުއެސްސީއާ މިއަދު ހަވާލުކޮށްފި އެވެ.
އެމްޑަބްލިޔުއެސްސީގައި ބޭއްވި ރަސްމިއްޔާތުގައި 282 މިލިއަން ރުފިޔާގެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ ކޮންސްޓްރަކްޝަން، އިންފްރަސްޓްރަކްޗާގެ ސްޓޭޓް މިނިސްޓަރު އިބްރާހިމް ތައާމް މުހައްމަދު އަދި އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރު އަބްދުލް މަތީން މުހައްމަދެވެ.
އެއް އަހަރުގެ ތެރޭގައި ނިންމަން ހަވާލުކުރި މި މަސައްކަތުގައި ހިތަދޫގައި އާރްއޯ ފެސިލިޓީ ބިލްޑިން އިމާރަތްކުރުމާއި ބޯހޯލް ތޮރުފުމާއި ދުވާލަކު 1،500 ޓަނުގެ ބޯފެން އުފެއްދޭ ދެ އާރްއޯ ޕްލާންޓް ބެހެއްޓުން ހިމެނެ އެވެ. އޭގެ އިތުރުން ފެން ރައްކާކުރުމަށްޓަކައި 200 ޓަނުގެ ތިން ތާނގި އަދި 100 ޓަނުގެ ތިން ތާނގިއާ އެކު ހަ ތާނގި ބަހައްޓާނެ އެވެ.
އައްޑޫގެ ފެނުގެ ނިޒާމް އަޕްގްރޭޑް ކުރުމުގެ އެއްބަސްވުމުގައި ސޮއިކުރަން މިއަދު ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި ބައެއް ބޭފުޅުން.-- ފޮޓޯ: އެމްޑަބްލިއުއެސްސީ
ހުޅުމީދޫގައި އާރްއޯ ފެސިލިޓީ ބިލްޑިން އިމާރާތްކުރުމާއި ބޯހޯލް ތޮރުފުމާއި ދުވާލަކު 350 ޓަނުގެ ބޯފެން އުފެއްދޭ ދެ އާރްއޯ ޕްލާންޓް އަދި ފެން ރައްކާކުރުމަށްޓަކައި 1،000 ޓަނުގެ ތިން ތާނގި ބަހައްޓާނެ އެވެ.
ހިތަދޫ އާއި ހުޅުމީދުއަށް ފެން ތަހުލީލުކުރުމަށް ބޭނުންވާ ސާމާނު ފޯރުކޮށްދީ، މަރަދޫ، މަރަދޫފޭދޫ އަދި ފޭދޫގައި ފެން ރައްކާކުރަން 1000 ޓަނުގެ ޖުމްލަ ހަތަރު ތާނގި ބަހައްޓާނެ އެވެ.
އެ ރަށްރަށުގެ ފެނުގެ ނިޒާމް ބަލަހައްޓަން ބޭނުންވާ ތަމްރީން ޕްރޮގްރާމް ހިންގައި ސްޕެއާ ފޯރުކޮށްދިނުން ވެސް މި އެއްބަސްވުމުގެ ދަށުން ކުރަން ޖެހެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މާލޭ
14 April 2024
މާލެއާ އެއް ފެންވަރަށް އަޕްގްރޭޑް ކޮއްލައްޗޭ. މިހާރުވެސް މާލެ އުޅެނީ ފެންބޮޑުވެގެން އޭރުން ހީވާނީ އިޓަލީގެ ވެނިސް ހެން
އަހުމަދުއަލޯ
14 April 2024
މުއިއްޒުގެ ޑިޒައިނެއް އެއީ..
އަފްސަލް ހަމީދު
14 April 2024
މިއީ އަހަރުމެން ބޭނުންވާ ކަހަލަ ވެރިކަމަކީ. ނަތީޖާ ނެރޭ ގުބޯ ނަހައްދާ ވެރިކަން. މިއޮތީ ކަންކުރަން ފަށާފަ
މުހައްމަދު ޔައިޝް
14 April 2024
މުއިއްޒްމެން ކަން ކުރާނެ ނަތީޖާ ނެރޭނެ. އައްޑޫ މީހުން ގުބޯ ނަހައްދާނެ. ކަން ކުރާނެ!
ވިލްދާން މުހައްމަދު
14 April 2024
ފެނޭތަ އެމްޑީޕީއަށް؟ ކަލޭމެންނަށް 5 އަހަރު ސުޕާރ މެޖޯރިޓީ ދީގެން ނުވި ހުރިހާ ކަމެއް މިކުރަނީ ރައީސް މުއިއްޒްގެ އޯގާތެރި ހިންގުންތެރި ސަރުކާރުން.
އަހްމަދު ނޫމާން
14 April 2024
ސުޕަރ މެޖޯރިޓީ އޮތް އެމްޑީޕީއަށް އައްޑޫ މަގުވެސް ނެހެދުނު.5 އަހަރު ކުރެވުނު ކަމެއް ނެތް އައްޑޫއަށް. މިއަދުގެ ސަރުކާރުން ވެރިކަމަމުގެ ފުރަތަމަ 5 މަހު ހާދަ ކަމަކޭ މިކޮށްލަނީ
މުހައްމަދު ހަމްދޫން
14 April 2024
އައްޑޫ ތަަރައްގީ ކޮށް އައްޑޫ ރައްޔިތުން އެދޭ ހިސާބަށް އައްޑޫ ގެންގޮސްދޭނީ އަދުގެ ރައީސް ރައީސް މުއިއްޒް. މިއީ ގަދަ ވެރިޔެއް.
މުހައްމަދު ޝަނޫން
14 April 2024
މިދިޔަ 5 އަހަރު އައްޑޫގަ ސުޕަރ މެޖޯރިޓީ ދީގެންވެސް ޖެހީ ކަނޑައެކަނި. ވި ކަމެއް ނެތް. ނިމުނު މަސައްކަތެއް ނެތް.
ތިހާމް ހުސައިން
14 April 2024
ޝުކުރިއްޔާ ރައީސް. ވަރަށް ދުވަސް ވީ ކަމެއް މިއީ އަހަރުމެން ބޭނުންވެފަ އޮއްވާ.
މޫސާ ޔައިޝް
14 April 2024
ތަރައްގީ ގެނައުން މެކުހަަށް. މިއީ މުޢިއްޒް ދުވެލި
އޮނަރަބްލް އަފީފު ދީދީ
13 April 2024
ކުނިއުކާލުމުގެ ހިދުމަތްދޭ WAMCO ފަދައިން ކަަރަންޓް ހިދުމަތްދޭ STELCO އާއި، ފެނުގެހިދުމަތް ދެމުންއަންނަ MWSC އަށްވެސް ވެމްކޯފަދައިން ކ.މާލެއާއިއެކު ރާއްޖޭގެ ހުރިހާ ސިޓީތަކަކަށް ހިދުމަތްދިނުމަށް ފުރުސަތުދީ މިކުންފުނިތަކުން %20 ޙިއްސާ ސިޓީ ކައުންސިލްތަކަށް އަދި ކުންފުނީގެ %30 ޙިއްސާ ރާއްޖޭގެ ރައްޔިތުންނަށް (ކޮންމެ މީހަކަށްވެސް 100 ޙިއްސާ ގަންނަން ޖާގަދީފައި) މިކުންފުނިތައް ޕަބްލިކް ލިމިޓެޑް ކުންފުނިތަކަކަށް ހެދުމަށްފަހު ހަރުދަނާކޮށްހިންގުން ރަނގަޅު.
އޮނަރަބްލް އަފީފު ދީދީ
14 April 2024
އެސްޓީއޯ އާއި އެމްޑީސީސީ، ބީއެމްއެލް އާއި ދިރާޤު އަދި އެމްޓީޑީސީ ފަދައިން ދައުލަތުގެ ޔޫޓުލިޓީޒް ކުންފުނިތަކާއި، ޑޮމެސްޓިކް އެއަރޕޯޓްސް ކުންފުނިތައްވެސް ދައުލަތާއި ރައްޔަތްޙިއްސާވާ ޕަބްލިކް ކުންފުނިތަކުގެގޮތުގައި ކަޑައަޅާ މިފަދަ ދައުލަތުގެކުންފުނިތަކަށް ހިމާޔަތާއިރައްކާތެރިކަން ހޯދާދޭންޖެހޭ. # ކޮންމެ 5 އަހަރަކުން ބަދަލުވާ ސަރުކާރާއިއެކު ދައުލަތުގެ މިފަދަކުންފުނިތައް ބަޤުރޫޓްގެ ހަސްފަސްނެތިދިއުން އާންމުކަމަކަށްވެގެން ހިގައްޖެ. މިކަންހުއްޓުވާންޖެހޭ.
އަހުމަދުއަލޯ
14 April 2024
ތެދެއް ފެނަކައަކަށް ނުވި. ހިތަކަށް ބޭނުން ކަމެއް ކުރަން އޮތްއިރު ކުންފުނި ބަނގުރޫޓުވީ