14 އެޕްރީލް 2024 - 12:49
ޔޫއެފާ ޗެންޕިއަންސް ލީގުގައި ޓީމުތަކާ އެކު މެޗު ފަށަން ދަނޑަށް އަރާ ކުދިންގެ ތެރޭގައި، ދަނޑަށް އެރުމުގެ ފުރުސަތު ލިބޭ ޕްރޮމޯޝަނެއް ބީއެމްއެލްއިން ފަށައިފި އެވެ.
މި ޕްރޮމޯޝަނުގައި ބީއެމްއެލްގެ މާސްޓާކާޑާއި ޑެބިޓް، ކްރެޑިޓް އަދި ޕްރިޕެއިޑް ކާޑު ބޭނުންކޮށްގެން ރާއްޖެ އާއި ބޭރުގެ މުއާމަލާތްތައް ކޮށްގެން ބައިވެރިވެވޭނެ އެވެ. މި ޕްރޮމޯޝަން ކުރިއަށް ދާނީ އަންނަ މަހުގެ ހަތް ވަނަ ދުވަހުގެ ނިޔަލަށެވެ.
މި ޕްރޮމޯޝަންގައި ގުރުއަތުން ހޮވޭ މީހަކަށް ކުޑަކުއްޖަކާ އެކު ހުރިހާ ހަރަދުތަކެއް ހިމެނޭ ގޮތަށް ލަންޑަންގައި 4 ދުވަހަށް ހުރުމުގެ ފުރުސަތު ލިބޭނެ އެވެ. އޭގެތެރޭގައި ލަންޑަން ދެކޮޅު ޓިކެޓް، އެކޮމޮޑޭޝަން، ޔޫއެފާ ޗެމްޕިއަންސް ލީގް ފައިނަލް މެޗުގެ ދެކޮޅު ޓިކެޓް، ޕްލޭޔަރު މެސްކޮޓް(ދަތުރުގައި ބައިވެރިވާ ކުއްޖާއަށް ފައިނަލް މެޗު ފަށަން ދަނޑަށް އަރާ ކުޅުންތެރިންނާއެކު ދަނޑަށް އެރުމުގެ ފުރުސަތު)، ޕޮކެޓް މަނީގެ އިތުރުން ވެލްކަމް ގިފްޓެއް ލިބޭނެ އެވެ.
މި ޕްރޮމޯޝަންގައި މާސްޓާކާޑު ޕްލޭޔަރު މެސްކޮޓް އެކްސްޕީރިއަންސްގެ ދަށުން ފުޓްބޯޅައަށް ލޯބިކުރާ ކުދިންނަށް ޔޫއެފާ ފައިނަލް މެޗް ބަލާލެވި، ދުނިޔޭގެ އެންމެ މޮޅު ބައެއް ކުޅުންތެރިންނާއެކު ދަނޑަށް އެރުމުގެ ރަނުގެ ފުރުސަތެއް ލިބިގެންދެ އެވެ.
މާސްޓާކާޑަކީ ޔޫއެފްއާ ޗެންޕިއަންސް ލީގުގެ އޮފިޝަލް ސްޕޮންސަރެވެ. ބީއެމްއެލްއަކީ ރާއްޖޭގައި މާސްޓާކާޑުގެ ޕްރިންސިޕަލް މެންބަރެކެވެ. ބީއެމްއެލް އިން އަންނަނީ ރާއްޖޭގައި މާސްޓާކާޑު ޑެބިޓް، ކްރެޑިޓް އަދި ޕްރީޕެއިޑް ކާޑު ދޫކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy