ޑިމޮކްރެޓްސްގެ ކެންޑިޑޭޓް ލީލާ އަދި ޕީއެންސީގެ ކެންޑިޑޭޓް ހަނާން: ލީލާ ވަނީ ހަނާންއަށް ތާއިދު ކުރަން ނިންމާފައި
14 އެޕްރީލް 2024 - 22:20
ތ. ގުރައިދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ގޮނޑިއަށް ވާދަކުރާ ދަ ޑިމޮކްރެޓްސް ޕާޓީގެ ކެންޑިޑޭޓް ލީލާ އިބްރާހިމް މަނިކު، އެ ދާއިރާއަށް ޕީއެންސީ އިން ވާދަކުރާ ކެންޑިޑޭޓް ހަނާން މުހައްމަދު ރަޝީދަށް ތާއީދު ކުރަން ނިންމައިފި އެވެ.
މިއީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޑިމޮކްރެޓްސްގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓުންގެ ތެރެއިން އިންތިހާބުގެ ރޭހުން ފަހަތަށް ޖެހި، ސަރުކާރުގެ ކެންޑިޑޭޓަށް ތާއިދުކުރަން ނިންމި ދެވަނަ ކެންޑިޑޭޓެވެ.
މީގެކުރިން ތިމަރަފުށީ ދާއިރާ އަށް ވާދަކުރާ ޑިމޮކްރެޓްސްގެ ކެންޑިޑޭޓު ފާތިމަތު ޒިލްމާ ވަނީ، އެ ދާއިރާ އަށް އަމިއްލަ ގޮތުން ވާދަކުރާ އަހްމަދު ރިޔާޒަށް ތާއީދުކޮށްފަ އެވެ. ތިމަރަފުށީ ދާއިރާއަށް ޕީއެންސީގެ ކެންޑިޑޭޓެއް ހުއްޓަސް ސަރުކާރުގެ ކެންޑިޑޭޓަކީ ރިޔާޒު ކަމަށް ސަރުކާރުގެ ބައެއް މިނިސްޓަރުން ވަނީ ވިދާޅުވެފަ އެވެ.
ގުރައިދޫ ދާއިރާގެ ޑިމޮކްރެޓްސް ޕާޓީގެ ކެންޑިޑޭޓް ވެސް އިންތިހާބުން ފަހަތަށް ޖެހުނުއިރު އެ ދާއިރާއަށް އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީން ކެންޑިޑޭޓެއް ނެރެފައެއް ނުވެ އެވެ. ޕީއެންސީގެ ކެންޑިޑޭޓްގެ އިތުރުން ދެން އެ ދާއިރާއަށް ވާދަކުރަނީ އަމިއްލަ ކެންޑިޑޭޓެކެވެ.
ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން އެންމެ ފަހުން މެންބަރެއްގެ ގޮތުގައި ހުންނެވި ގުރައިދޫ ދާއިރާއަކީ އަބަދުވެސް ޕީޕީއެމްއަށް ތާއިދު ބޮޑު ދާއިރާއެކެވެ. ނިމިދިޔަ ރިޔާސީ އިންތިހާބުގައި ވެސް ރައީސް ޑރ. މުހައްމަދު މުއިއްޒަށް ނިސްބަތުން އެންމެ ގިނަ ވޯޓު ލިބުނު އެއް ދާއިރާއަކީ އެއީ އެވެ.
ޑިމޮކްރެޓްސްގެ ލީލާ، ޕީއެންސީގެ ހަނާން މުހައްމަދު ރަޝީދަށް ތާއީދުކުރަން ނިންމައިފައިވާ ކަން ހާމަކުރަން މިރޭ ބޭއްވި އިވެންޓްގައި ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ، ލީލާ ނިންމި ނިންމުމަކީ ވަރަށް ކެރިގެން ނިންމި ނިންމުމެއް ކަމަށާއި އެއީ ގައުމަށާއި ދާއިރާއަށް އެންމެ ރަނގަޅު ގޮތް ކަމަށް ދެކިގެން ނިންމި ނިންމުމެއް ކަމަށެވެ.
މިފަދަ ހިތްވަރު ގަދަ ނިންމުންތައް މީގެކުރިން ވެސް ޑިމޮކްރެޓްސް އިން ނިންމާފައިވާ ކަން ފާހަގަކުރައްވައި އިހުސާން ވަނީ ނިމިދިޔަ ރިޔާސީ އިންތިހާބުގައި ވެސް ޑިމޮކްރެޓްސް އޮތީ ރައީސް ޑރ. މުހައްމަދު މުއިއްޒުއާ އެކު ކަމަށް ވިދާޅުވެފަ އެވެ. މިނިސްޓަރު ވިދާޅުވީ ވާދަވެރި، އެހެންނަމަވެސް ބިނާކުރުވަނިވި ސިޔާސީ ހަރަކާތަކީ އެއީ ކަމަށެވެ.
ޑިމޮކްރެޓްސްގެ ދެ ކެންޑިޑޭޓަކު ސަރުކާރަށް ތާއިދު ކުރަން ނިންމާފައިވީ ނަމަވެސް، އެ ޕާޓީގެ ބައެއް ކެންޑިޑޭޓުން ގެންދަވަނީ ސަރުކާރަށް ފާޑުވިދާޅުވަމުންނެވެ. ނަމަވެސް، މިފަހުން ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ އެ މަނިކުފާނުގެ ނުރަސްމީ އެކްސް އެކައުންޓުން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިގުތިސޯދީ ސިޔާސަތަށް ތައުރީފު ކުރައްވައި، އިދިކޮޅު އެމްޑީޕީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.
ނަޝީދުގެ އެ ވާހަކަތަކާ އެކު މިހާރު އެކުގައި ރައްޔިތުންގެ މަޖިލީހުގައި މަސައްކަތް ކުރަމުންދާ އެމްޑީޕީ އާއި ޑިމޮކްރެޓްސްގެ ބޭފުޅުން ސޯޝަލް މީޑިއާގައި ބަހުގެ ހަމަލާތައް ރައްދުކޮށްފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިބުރާ
15 April 2024
ބޮޑު ވަޒީފާއެއްގެ ޔަޤީންކަން ލިބުނީ ...
ސާބިތޭ
15 April 2024
ކޮންމެ ކާމިޔާބު ފިރިހެނެއްގެ ފަހަތުގަ އަންހެނަކު ހުންނާނެއޭ ބުނާ ގޮތަށްތަ މިވަނީ؟ ޑިމޮކްރެޓްސްގެ އަންހެނުންތައް ފިރިހެނެއްގެ ފަހަތަށް ވަދެ ފިލަނީ.
ފިކުރު.......
15 April 2024
ކުޑަކުޑަ ޕާޓީތަށް ތިހެންއުޅޭނެ މާބޮޑުމައްސަލައެއްނޫން، އެމްޑީޕީ މީހުން ޕާޓީ ރައީސްޖަމާއި ރާއްޖޭގެ ރައީސްކަމާއި ރައްޔަތުންގެ މަޖިލީހުގެ ރައީސްކަމާއި ރާއޖޭގައި އެންމެ ގިނަމީހުންގެ ސަޕޯޓު ހޯއްދަވާދެއްވީމަ އެމްޑީޕީ އަށް ދޭ ތެޔޮހަމަކީ އެމްޑީޕީ ނއެތޮކޮށްލާ ހަލާކުކޮށްލުން އެއިގެއިން ބޮޅެއްތިވެސް އެކަމަކު ރައްޔަތުންގެ ގިނަބަޔަކު ބުނަނީ ތިހެން ނެހެދޭނެއޭ އެފުރުސަތެއް ނުދެއްވާނަމޭ.
ސުލް
15 April 2024
ހޫނ ހޫނ ރިޝްވަތު ދޭ މީހާވެސް އެ ހިފާ މީހާވެސް ނުބުނާނެ. ނޫހަށް މިހެން އެރީމަ އިނގިލި ދިއްކުރަން ކެރޭނެ ދޯ.
މަފް
15 April 2024
ފާރަވެރި މަޖްލިސް. ލުލް. އަސްލު އެމްޑީޕީ. ލުލް
އަލިދީ
15 April 2024
ޑިމޮކްރެޓްސް ސޭލް އަޅުވާފަ... އަދި ވެސް އަންނި މޮޅެތި ވާހަކަ ދައްކާނެ
ފަސްފަހެތިން
15 April 2024
ނުހޮވޭނެކަން ޔަގީންވީމަ ދެން ތި ވިސްނަނީ ސަރުކާރުގެ ވަޒީފާގަނޑެއް ލިބޭތޯ. ތިޔައީ ސިޔާސީ ގަނެވިއްކާ މީހުން. ތިމީހުން ތިއުޅެނީ ތިލަފަތް ކޮނޑަށްލައިގެން.
ފީލިންގ
15 April 2024
އަންނި ރައިސް ވިދާޅުވި ޑިމޮކްރެޓްސައަކީޔޯ އަސްލު އެމްޑީޕީ ލޮލް
ވާވާ
15 April 2024
އަސްލު އެމްޑީޕީ މިއުޅެނީ ކިހިނެއްތަ؟
ހުސެއިން ހަސަން
15 April 2024
ޕީ އެން ސީ hope