ހދ. ހަނިމާދޫގައި ހުންނަ ގެސްޓްހައުސްއެއް: ޓޫރިޒަމްގެ ބޭނުމަށް ހަނިމާދޫން 14 ބިން ކުއްޔަށް ދޭން ވަނީ އިއުލާންކޮށްފައި.-- ފޮޓޯ: ދި އެޑިޝަން
15 އެޕްރީލް 2024 - 14:36
ޓޫރިޒަމްގެ ވިޔަފާރިއަށް ހދ. ހަނިމާދޫން 14 ބިމެއް ކުއްޔަށް ދޭން ނިންމައި އެ ރަށު ކައުންސިލުން އިއްޔެ އެކަން އިއުލާންކޮށްފި އެވެ.
އެ އިއުލާނުގައި ބުނީ ޓޫރިޒަމްގެ ވިޔަފާރި ހިންގުމަށް ހަނިމާދޫން ކުއްޔަށް ދެނީ 5،000 އަކަފޫޓުގެ 14 ބިން ކަމަށެވެ. އެއީ ރަށުގައި އުތުރު ފަރާތުން އަށް ބިމާއި ދެކުނު ފަރާތުން ހަ ބިން ކަމަށް ބުންޏެވެ.
މި ބިންތައް ކުއްޔަށް ދެނީ 50 އަހަރަށެވެ.
ޓޫރިޒަމްގެ ބޭނުމަށް ހދ. ހަނިމާދޫން ބިން ދޫކުރާ ސަރަހައްދު.
އެ އިއުލާނުގައި ބުނީ ޓޫރިޒަމްގެ ވިޔަފާރި ހިންގުމަށްޓަކައި ހަނިމާދޫގެ ޓޫރިޒަމް ޒޯނުން ދޫކުރާ މި ބިންތައް ކުއްޔަށް ހިފުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށެވެ. ބީލަން ހުޅުވުން ވެސް އޮންނާނީ ހަމަ އެ ދުވަހު ކަމަށް ބުންޏެވެ.
މި ބިންތައް ހޯދުމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކުން މި މަހު 30 ގެ ކުރިން ބީލަމުގައި ރަޖިސްޓްރީވާން ޖެހެ އެވެ. ބީލަން ބަލައިގަތުމުގެ ފީ އަކީ 5،000 އަކަފޫޓުގެ ބިމަކަށް 1،000ރ. އެވެ. އިތުރަށް ބިން ބޭނުންވާ ނަމަ، ކޮންމެ ބިމަކަށް އިތުރަށް 1،000ރ. ދައްކަން ޖެހޭނެ އެވެ.
މި ބީލަމުގައި ބައިވެރިވެވޭނީ އިކޮނޮމިކް މިނިސްޓްރީގައި ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ.
ޓޫރިޒަމްގެ ބޭނުމަށް ހދ. ހަނިމާދޫން ބިން ދޫކުރާ ސަރަހައްދު.
އިންޑިއާގެ އެހީގައި ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރަމުން އަންނަ އިރު، އެ އެއާޕޯޓްގެ މަސައްކަތް ނިމެންވާއިރަށް އެ ރަށުގައި ލޯކަލް ޓޫރިޒަމް އިތުރަށް ފުޅާކުރުމަށް ރަށު ކައުންސިލުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
ހަނިމާދޫ އެއާޕޯޓު ފީސަބަލް ކުރުމަށް ނުވަތަ ފައިދާއެއް ހޯދަން 8،000 އެނދު ބޭނުންވާ ކަމަށާއި އެކަން ކުރެވޭނީ 2.4 ބިލިއަން ޑޮލަރުގެ އިންވެސްޓްމެންޓް އުތުރުގައި ކުރިއަށް ގެންގޮސްގެން ކަމަށް މި ސަރުކާރުން ވެސް ކުރިން ބުނެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އޮނަރަބްލް އަފީފު ދީދީ
16 April 2024
ތިލަދުންމަތިން ފާދިއްޕޮޅަށް ނޯތު، ކ.އަތޮޅުން (މާލެހިމަނައި) ދާލަށް ސެންޓްރަލް އަދި ކޮޅުމަޑުލުން އައްޑުއަށް ސަދާންރީޖަން ކަމުގައިކަޑައަޅާ އުލިގަމު، މޮޅަދޫ، ހޯރަފުށި، ވަށަފަރު، ކެލާ، ފިއްލަދޫ، ހަނިމާދޫ، ކާށިދޫ، ކުޑަހުވަދޫ، ތުލުސްދޫ، ތ.ގުރައިދޫ، ތިމަރަފުށި، ވިލުފުށި، ލ. ގުޅިފައިވާރަށްތައް، ހުވަދުއަތޮޅު ތިނަދޫ، ކޮލަމާފުށި، ވާދޫ، މަޑަވެލި، ހޯޑެއްދޫ، ވިލިގިލި، ފަރެސްމާތޮޑާ އަދި އައްޑޫސިޓީ ހިއްކެންއޮތް އެންމެބޮޑަށް ހިއްކުމަށްފަހު އެންމެނަށް ބިންދޭންވީ.
ބޮޑަށް ފައިދާކުރަނިވި ދާއިރާތައް ކުރިއަރުވަމާ
16 April 2024
ކޮން ދުވަހަކުންބާ ދަނޑުވެރިކަން ފަދަ ދާއިރާތައް ކުރިއަރުވާނީ؟ އޭރުން ދެއްތޯ އެއްޗިހީގެ އަގުހެޔޮ ވާނީވެސް. އަހަރެމެން ވިސްނަންވާނެ އަހަރެމެންނަށް ފަހު އަދި އަހަރެމެންގެ ދަރީންވެސް މިރާއްޖޭގަ އުޅޭނެކަން. އެހެން ޤައުމުތަކުގަވެސް އެކަހަލަ ކަންކަމަށް ވިސްނާނެ. ދިވެހިން އެބަޖެހޭ ހަމައެކަނި ވަގުތީ ފައިދާއަށް ނުބަލައި، ދުރަށް ރަނގަޅަށް ވިސްނައިގެން ކަންތައް ކުރަން. އަބަދު ފަތުރުވެރިކަމަށް ބަރޯސާވުމުން ދެން އަންނަން ތިބި ދިވެހި ޖީލުތަކަށް ފައިދާ ކުރާނެތޯ؟
ސަލީމު އިދުރީސް
16 April 2024
ލޯކަލް ޓުއަރިޒަމަކީ އެގައުމެއްގެ ރައްޔިތުން އެގައުމުގެ އެތޭރޭ ކެކިންތަކައް ކުރާ ދަރައް ކިއާއެއްޗެއް! ރެޔާދުވާލު ފުލައިޓު ޖައްސާ ރަންވޭއް ބުޑުގަ ޓުއަރިޒަމައް އިންވެސްޓު ކުރާނީ ޓުއަރިޒަމް ނޭގޭމީހަކު!
މަގޭބުނީ
15 April 2024
މިދިޔަ އަހަރުގެ ފަހުކޮޅުވެސް ތިގޮތަށް ބިންތަކެއްދިން، އެ ބިންތަކަށް ވީގޮތެއް ނޭގޭ، ތަންކޮޅެއް އޯޕަންކޮށް މިކަން ކުރަންވެއްޖެ، މީ ސިޔާސީ އެއްޗެއްނޫންބާ؟
ޢަހުމަ:ދޭ
16 April 2024
ޢެތަކެއް ހަރަދުކޮށް ބީޑު މީގެ 2މަހެއްކުރިންވެސް ތިޔަރަށުގަ ވެެއްޖެ ލާފަ، އަދިވެސް ނެގޭ ވީގޮތެއް.. އިވޭއަޑުތަކުން ކަޓުނަގާފަ އަނެއްކާވެސް ބެޔާފުޓްމީހުނަށް ދިނީ. މިކަންބަލަން ޖެހޭ ؟ ކޮބާހޭ އެންމެފަހުން އިއުލާނުކޮށް ނެގިހާ ފަޢިސާ.، އެތަކެއް ހަރަދު މީހުންކުރި. ޢިބުރާހިން ކަތީބު ؟؟؟
ޖަ ރީ މާ
15 April 2024
ހއ. ގެ އެންމެ އުތުރުގަ އޮންނާނެ ޔޮޓް ޖައްސާ، ބިން ބޮޑު، މަޝްހޫރު ރަށެއް. ކައުންސިލަރުން ގުޅިގެން ހިންގާލި ޖަރީމާއެއްގައި ޓޫރިޒަމްގެ ޕްރިމިއަމް ސަރަހައްދު އެންމެ ދެ ޕާޓީއަށް ދީ ނިންމާލާފަ އެއޮތީ. ވަކިން ހާއްސަކޮށް ވަކި އެއް ޕާޓީއަކަށް ރާއްޖޭގެ އެންމެ ބޮޑެތި ރިސޯޓްތަކަށްވުރެވެސް ބޮޑު ސަރަހައްދެއް ހިބަކޮށްދީފަ. ތަނުގައި އޮވެގެން ހެެދެނީ ޖަންގަލި ވާ. ރަށުގެ ދަރިއަކު ވިޔަފާރީގެ ތެރެއަށް ވަންނަން، ކަމުދާ ދިމާލަކުން ބިންކޮޅެއް ލިިބެންވެސް ނެތް. ޖަރީމާ
އޮނަރަބްލް އަފީފު ދީދީ
15 April 2024
ބިލިޔަންޑޮލަރުގެ ދަރަނިނަގައިގެން ކ.އަތޮޅު މާލެވަށައިއޮތް ކަނޑުފަޅުހިއްކާ އެރަށުމީހުނަށް ގޯތިބަހާ، "ލާރި ނުދެއްކިޔަސް ވަރިހަމަކަމަށް ފުލެޓްބެހުމަށްވުރެން ރަނގަޅުވާނެ" ތިޔަ 14 ބިމުގައި ދައުލަތުން ޙަރަދުކޮށްގެން 10 ބުރީގެ އިމާރާތްކޮށް 4 ⭐️ ގެ ސިޓީހޮޓާތައް ތަރައްޤީކޮށްފަައި އިންވެސްޓްމަންޓްގެ އަގު އެއްފަހަރާ ދައްކާފަރާތްތަކަށް MTDC މެދުވެރިކޮށް 50 އަހަރަށް ހޮޓާތައް ސަބްލީޒުކޮށް ކުލީގެ މުއްދަތުހަމަވުމުން MTDC އަށް ޕްރޮޕަޓީ މިލްކުވާގޮތް ހެދުންވެސް.
އޮނަރަބްލް އަފީފު ދީދީ
15 April 2024
މިލިޔަނުން ފަތުރުވެރިންއިތުރުވެ އަދި ކުރިއަށްވުރެން މިވިޔަފާރިން ޓެކްސްނަގާނިސްބަތް މަތިކުރީމާވެސް، ރިސޯޓްތަކުންދައްކާޓެކްސް އެއްދުވަހުން އަނެއްދުވަހަށް ދަނީދަށަށް. # މިކަންބަދަލުކޮށް ސީދާގޮތުން ރައްޔިތުންނަށާއި ޤައުމަށް ޓްއަރިޒަމްސިނާއަތުގެ ފައިދާލިބޭނީ ދައުލަތުގެ ފަރާތުން މިފަދަ އިންވެސްޓަމަންޓްކޮށް މިސިނާއަތް ކުރިއަރުވައިގެން. އަދި ދައުލަތުން މިކުރާ މިއިންވެސްޓްމަންޓްގެސަބަބުން ދައުލަތާއި ރައްޔަތް ޙިއްސާވާ ކުންފުނި MTDC އަށްވެސް ދިރުންލިބޭނެ.
އޮނަރަބްލް އަފީފު ދީދީ
15 April 2024
މަތީގައި ދެންނެވިފަދަ ސިޓީހޮޓާތައް ތަރައްޤީކުރަން ސަރުކާރުން ފެއްޓުމުގެ ކުރިން ހަނިމާދުއާއި Gan International Airport ގައި ބީޗް ރޫމްވެސް ހިމެނޭގޮތަށް 1000 ކޮޓަރީގެ ⭐️ ⭐️ ⭐️ ⭐️ އެއަރޕޯޓް ޓްރާންސިޓް ހޮޓަލެއް ތަރައްޤީކޮށް ބޭރުޤައުމެއްގެ މިފަދަ ހޮޓަލެއް ހިންގާ ބަޔަކާއި ހޮޓާ މެނޭޖްކުރަން ޙަވާލުކޮށް އުތުރާއި ދެކުނުގެ އެއަރޕޯޓްތަކަށް ޗައިނާއާއި އިންޑިޔާގެ ގެސްޓުންނަށް ފަސޭހައިން ދަތުރު ކުރެވޭގޮތަށް ބަޖޭޓް ނުވަތަ Low Cost އެއަރލައިން އޮޕަރޭޓް ކުރަންޖެހޭ.