އާރުޓީއެލް ހިދުމަތް އިތުރު ތިން އަތޮޅަކަށް ފުޅާކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވާހަކަ ދައްކަވަނީ-- ފޮޓޯ: ނިޝާން އަލީ/ މިހާރު
15 އެޕްރީލް 2024 - 17:42
ރަށްރަށުގެ ކައުންސިލުތައް މެދުވެރިކޮށް ނެގޭ ލައިސަންސްތަކަށް ދައްކަން ޖެހޭ ފީ އަންނަ މަހުން ފެށިގެން ސީދާ ކައުންސިލުތަކުން ބަލައިގަންނަ ގޮތަށް ބަދަލުކުރަން ނިންމާފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން މިއަދު ވިދާޅުވެއްޖެ އެވެ.
އުތުރުގެ ތިން އަތޮޅަކަށް އާރުޓީއެލް ފެރީގެ ހިދުމަތް ފެށުމަށް އެކަމުގެ އެއްބަސްވުމުގައި ސޮއިކުރަން ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ ކައުންސިލުތަކުން ލައިސެންސް ނެގުމުގެ ހިދުމަތް ދިނަސް، މިހާތަނަށް ވެސް ލައިސެންސް ފީ ބަލައިގަންނަމުން އައީ ޓްރާންސްޕޯޓް މިނިސްޓްރީގެ ޕޯޓަލަކުން ކަމަށެވެ.
އެހެންވެ، އެ ފައިސާ ކައުންސިލުތަކަށް ދެވޭނެ ގޮތެއް ނޯވެ އެވެ.
އޭގެ ސަބަބުން ސީދާ މުވައްޒަފުން ނަގައިގެން ކައުންސިލުތަކުން އެ ހިދުމަތް ދިން ނަމަވެސް ކައުންސިލުތަކަށް ލައިސެންސް ފީ ނުލިބޭތީ އެކަމުގެ ޝަކުވާ އެބަ އޮތް ކަމަށް އަމީން ވިދާޅުވި އެވެ.
އަމީން ވިދާޅުވީ މި ސަރުކާރަކީ ކައުންސިލުތައް ބާރުވެރިކުރުމުގެ މަސައްކަތް ވަރަށް ބޮޑަށް ކުރަމުން އަންނަ ސަރުކާރެއް ކަމަށާއި ކައުންސިލުތަކަށް ދެވެން އޮތް އެންމެ ބޮޑު ބަޖެޓެއް ދިނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަމާޒު ކަމަށެވެ. ކައުންސިލުތަކަށް ލިބެން ޖެހޭ ފައިސާ ނުލިބޭ ނަމަ، އޭގައި ގިނަ ދަތިތަކެއް ވެސް ހުންނާނެ ކަމަށް ވިދާޅުވެ، އެކަމަށް ލުޔެއް ދިނުމުގެ ގޮތުން މިހާރު ނިންމާފައި ވަނީ ސީދާ ކައުންސިލުތަކުން ލައިސެންސް ފީ ބަލައިގަންނަ ގޮތަށް ހެދުމަށް ކަމަށް އަމީން ވިދާޅުވި އެވެ.
"އެ ކައުންސިލަކަށް މިއަންނަ މަހުގެ އެކަކުން ފެށިގެން ޑައިރެކްޓްކޮށް އެ ފީ ބަލައިގަނެވޭ ގޮތަށް. އަޅުގަނޑުގެ އުއްމީދަކީ މިއަދުން ފެށިގެން މިކަން ވެސް ނިމުމަކަށް އައީއޭ. ކައުންސިލުތަކުން މިކުރާ މަސައްކަތްތަކުގެ ފީ ކައުންސިލުތަކަށް ލިބޭ ގޮތަށް ބަދަލު ގެނައީއޭ މިއަދުން ފެށިގެން،" އަމީން ވިދާޅުވި އެވެ.
އެ ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވި ގޮތުގައި ކަނޑު އުޅަނދު ރަޖިސްޓްރީކޮށްގެން ގެންގުޅެން ޖެހޭއިރު އޭގައި ހިމެނޭ ސޭފްޓީ ސެޓްފިކެޓް ކޮންމެ އަހަރަކު އެއް ފަހަރު އާ ކުރަންޖެހޭ ކަމަށް ގަވާއިދުގައިވެ އެވެ. އެކަމަކު ބޮއްކުރާ އާއި ކުދިކުދި ދޯނިތައް ގެންގުޅޭ މީހުން ވެސް އެ ގޮތަށް އަމަލުކުރަންޖެހުމަކީ ބޮޑު ތަކުލީފެއް ކަމަށާއި އެ ސެޓްފިކެޓްގެ ވެލިޑިޓީ ފަސް އަހަރަށް ބަދަލުކުރަން ނިންމާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި އެ ބަދަލު ގެނައި ނަމަވެސް ކޮންމެ އަހަރަކު ދޯނިތަކުގެ ސޭފްޓީ ބަލަމުންދާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢޯތްހޯތް
17 April 2024
ރަށް ރަށުގައި ލައިސަންސް ފީނބަލައިގަންނަނަމަ އެރަށްތަކުގައި ދުއްވާ އުޅަނޑުތަކުގެ ރެޖިސްޓަރީނދަފްތަރެއް އޮންނަންވާނޭ. ޟިހާރު އޮތީ އެމީހަކާބއެމީހެއް ވިއްޔަ
ބަލާތި ރަގަޅަށް
17 April 2024
މޮޔައިންގެ އަތަށް ކަނޑި ނުދޭތި. ފާއިތުތަނުގައި ވެފަހުރި ކަންތައްތަކުން މިހެން ބުނަން ޖެހެނީ
ނަސްރުއްލާ
16 April 2024
މީ ކުރީސުތެން ހަމޖައްސާފަ ހުރި ކަންކަން ކުރެޑިޓް ނަގަން ނޫޅޭ
ރިމާހް
16 April 2024
މީގެ ސަބަބުން މި އުފެދިގެން ދަނީ އިތުރު ވަޒީފާތަކެއް. މި ސަރުކާރުން ކައުންސިލްތަކަށް މިދޭ އަހަމިއްޔަތު ވަރަށް ބޮޑަށް ފާހަގަ ކުރެވޭ.
މަހުޖޫބް
16 April 2024
އެމްޑީޕީ އަށް މަޖިލިސްގެ އެންމެ ގޮނޑިއެއްވެސް ނުދޭންވީ މިކަހަލަ ސަބަބުތަކާހުރެ. އެމީހުންގެ ބާރު އޮތް އިރު ކައުންސިލްތަކަށް އެއްކަމެއްވެސްކޮށެއް ނުދެވުން. ދެން މިއަދު މޮޅު ވާހަކަ ދެއްކިޔަސް ގަބޫލު ކުރާ ބަޔަކު ނޫޅޭނެ.
މަމްޖޫފް
16 April 2024
ލާމަރުކަޒީ ޗެމްޕިއަނުން ކޮބާ މިއަދު؟ މަޖިިލީހުގެ ސުޕަ މެޖޯރިޓީ ދިނީމަވެސް މިވަރުގެ ކަމެއްކޮށްލާކަށް ނުކެރުން.
ރިޒާފް
16 April 2024
ކައުންސިލްތައް ބާރުވެރި ކުރުވާނީ މި ސަރުކާރުން. ޝުކުރިއްޔާ ޑރ.މުއިއްޒު
ސައްތާރު
16 April 2024
މިއުޅެނީ މާލެ ސަރަހައްދުން ޓެއްކްސީއެއް ނުލިބިގެން. ޓެކްސީތަކުގެ މުޑުދާރުކަން. ދުވާވަސް. ނުވީތާކަށް އަފު ނަގަނީ ޑްރައިވަރު ހިތު ހުރިވަރަކަށް . އެއަރޕޯޓުން ލަގޭޖްލެވޭވަރު ޓެކްސީ އެއް ނުލިބި އެބަހުންނަން އެތައް އިރަކު. ގޮތެެްފޮތެއްނެތް. މިނިސްޓްރީ އަށް އެއްކަމެއްވެސް ނުކުރެވޭ.
ބުޅާގޯނި
15 April 2024
ފުރަރަމަ މަގުމަތިން ދަތުރުނަގާ ޕްރައިވެޓް ކާރުތައްހުއްތުވާބަލަ ހުއްދަ ނަގައިގެން ޓެސީދުއްވާމީހުނަށް ބޮޑެތި ގެއްލުންތައް ވަނީ ފުރަތަމަ މިކަންކަން ހުއްޓުވާބަޅަ
ހާނަ445
15 April 2024
މިހާ ލުއިތައް ރައްޔިތުންނަށް ދޭ ސަރުކާރަކަށްވީއިރު އަހަރީ ފީ ނުދެއްކި އަރާފައިވާ ޖޫރިމަނާގެ ފައިސާ މާފްކޮށްދީފިނަމަ ހާދަރަބގަޅޭ
ވަކަޖޭމް
16 April 2024
ހަމައެކަނި ޖޫރިމަނާއެއްނޫން. އަހަރީފީވެސް މާފުކޮށްދިނުން އެދެން. އެހެނީ ޖޫރިމަނާވެސް އަރަނީ އަހަރީފީ ނުދެއްކޭތީ. ޖޫރިމަނާ މާފުކުރިޔަސް އަހަރީފީ ދެއްކޭނެގޮތެއް ނެތް. މާފުކޮށްދިނުން އެދެން