ޕްރޮމޯޝަނަލް ނިއުސް / ލޮލުގެ ފަރުވާ

ދުވަސްނުފުރާވިހާ ކުދިންގެ ލޮލުގެ ފެނުން ގެއްލުން ހުއްޓުވުމަށް ދޭ ޓްރީޓްމަންޓް އައިކެއާގައި

އައިކެއާ ހޮސްޕިޓަލް.

16 އެޕްރީލް 2024 - 11:08

ރެޓިނޯޕަތީ އޮފް ޕްރިމެޗުއަރިޓީ އަކީ ދުވަސްނުފުރާ އުފަންވާ ކުދިންނަށް ކުރިމަތިވާ، ލޮލުގެ ވަރަށް ސީރިއަސް މައްސަލައެކެވެ. މި މައްސަލަ ކުރިމަތި ވަނީ ދުވަސް ނުފުރާ ވިހެއުމުގެ ސަބަބުން ކުއްޖާ "އަންޑަޑިވަލޮޕް" ވެ ލޮލުގެ ރެޓިނާގެ ލޭ ނާރުތައް ހުންނަންޖެހޭ ގޮތާ ހިލާފަށް އެބްނޯމަލްކޮށް އުފެދުމުންނެވެ. މިއީ އާއްމުކޮށް 32 ހަފްތާ ނުވަނީސް އުފަންވާ ކުދިންނާއި 1،500 ގުރާމަށް ވުރެ ލުއިކޮށް އުފަންވާ ކުދިންނަށް ކުރިމަތިވާ މައްސަލައެކެވެ.

އާރުއޯޕީ އަކީ ރެޓިނާ އެއްކޮށް ޑިޓޭޗްވުމަށް މަގުފަހިވެ، ލޮލުގެ ފެނުން އެއްކޮށް ގެއްލުމަށް މަގުފަހިވާ ކޮންޑިޝަންއެކެވެ. މި ކޮންޑިޝަނަށް ބޭނުންވާ ފަރުވާ ނުދެވި، ލޮލުގެ ފެނުން ގެއްލިއްޖެ ނަމަ، އިތުރު ފަރުވާއެއްދީ ލޮލުގެ ފެނުން އަލުން އިއާދައެއް ނުކުރެވޭނެ އެވެ.

މި މައްސަލައަށް ބޭނުންވާ ފަރުވާގެ މުހިންމުކަން ދެނެގަނެ އައިކެއާ ހޮސްޕިޓަލުން ދާދި ފަހުން ވަނީ މި މައްސަލައަށް ދޭ އާރުއޯޕީ ލޭޒާ ޓްރީޓްމަންޓް ތައާރަފްކޮށްފަ އެވެ.

ރާއްޖެއަށް އަލަށް ތައާރަފްކުރި މި ޓްރީޓްމަންޓުގެ ފުރަތަމަ ޕްރޮސީޖާ އެ ހޮސްޕިޓަލުގައި ހެދީ މިދިޔަ ނޮވެމްބަރު މަހުގެ 23 ވަނަ ދުވަހު އެވެ. މި ޓްރީޓްމަންޓު ދީފައި ވަނީ ރެޓިނާގެ ނާރުތައް އުފެދުމުގައި އެބްނޯމަލިޓީ ހުރި، 33 ހަފްތާގެ ދުވަސްނުފުރާ އުފަންވޮ ފިރިހެން ކުއްޖަކަށެވެ. މި ފަރުވާއަށް ފަހު، ތުއްތު ކުއްޖާގެ ލޮލުގެ އެބްނޯމަލް ނާރުތައް ވަރަށް ބޮޑަށް ވަނީ މަދުކުރެވި، ކާމިޔާބުކަމާ އެކު މި ޕްރޮސީޖާ ހަދައިފަ އެވެ.

މި ޕްރޮސީޖާ ހެދުމުގައި އިސްކޮށް އުޅުއްވި އެ ހޮސްޕިޓަލުގެ ވިޓްރިއޯ-ރެޓިނަލް ސްޕެޝަލިސްޓް އަދި ސާޖަން ޑރ. މުހައްމަދު އައްޒާމް އަލީ ވަނީ މި ޕްރޮސިޖާ އަކީ ރާއްޖެއަށް ބޭނުންވެފައި އޮތް މުހިންމު ހިދުމަތެއް ކަމަށް ވިދާޅުވި އެވެ. ޑޮކްޓަރު ވިދާޅުވީ މި ޓްރީޓްމަންޓަކީ ރާއްޖޭގެ ސިއްހީ ދާއިރާއަށް ލިބުނު ބޮޑު ކާމިޔާބީއަކާ ކުރިއެރުމެއް ކަމަށެވެ.

"އާރްއޯޕީ އަކީ އެކަމަށް ހާއްސަ ވަކި ޓްރީޓްމަންޓެއް ބޭނުންވާ ވަރަށް ކްރިޓިކަލް ކޮންޑިޝަނެއް. މި ހިދުމަތް ތައާރަފްކުރެވުމަކީ ރާއްޖޭގައި ދުވަސް ނުފުރާ ވިހާ ކުދިންގެ ލޮލުގެ ފެނުން ގެއްލުން ހައްލުކޮށް، ހުއްޓުވުމަށް ދެވެން އޮތް އެންމެ ބޮޑު ފަރުވާ،" ޑރ. ވިދާޅުވި އެވެ.

އާރުއޯޕީ ލޭޒާ ޓްރީޓްމަންޓަކީ ރެޓިނާގެ ޓާގެޓު ތަންތަނަށް ލޭޒާ ފޮނުވައި، އެބްނޯމަލް ލޭ ނާރުތައް ކުޑަކޮށް، މި ކޮންޑިޝަން ހުއްޓުވުމަކަށް ގެނައުމަށް ދޭ ފަރުވާއެކެވެ. މިއީ މިނިމަލީ އިންވޭސިވް ޕްރޮސީޖާއެކެވެ. މި ޕްރޮސީޖާ ހަދަނީ ޓޮޕިކަލް އެނެސްތޭޝިއާ ދީގެންނެވެ. އަދި މި ޕްރޮސީޖާ ހެދުމުގައި ކުޑަކުއްޖާއަށް ވީހާ ވެސް އުނދަގޫ ކުޑަ ގޮތަކަށް ފަރުވާދިނުމާއި ކުއްޖާގެ ރައްކާތެރިކަމަށް އިސްކަން ދެ އެވެ.

އައިކެއާ ހޮސްޕިޓަލްގައި އާރުއޯޕީ ލޭޒާ ޓްރީޓްމަންޓް ތައާރަފްކުރި ފަހުން 14 ކުދިންގެ ލޯ ޓެސްޓުކޮށް، ކާމިޔާބުކަމާ އެކު 10 އާރުއޯޕީ ލޭޒާ ޕްރޮސިޖާ ވަނީ ހަދައިފަ އެވެ. މި ޕްރޮސީޖާ ހަދާފައި ވަނީ އެއް މަހާއި ދެ މަހުގެ ކުދިންގެ އެވެ.

ރާއްޖޭގައި ކުޑަކުދިންގެ ލޮލުގެ ފަރުވާ ދިނުމުގެ ދާއިރާ ފުޅާކުރުމަށް އާރުއޯޕީ ލޭޒާ ޓްރީޓްމަންޓުގެ އިތުރުން އިތުރު ހިދުމަތްތައް ތައާރަފްކުރުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ. އެ ފަދަ ހިދުމަތްތައް ތައާރަފްކުރުމަށް ބޭނުންވާ އެންމެ ފަހުގެ ޓެކްނޮލަޖީ އާއި ތަޖުރިބާކާރުން ހޯދައި، އެ ހިދުމަތްތައް ތައާރަފްކުރުމަށް އެ ހޮސްޕިޓަލުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އައިކެއާ ހޮސްޕިޓަލުގެ އަމާޒަކީ ހުރިހާ އުމުރުފުރާއެއްގެ މީހުންނަށް ވެސް ބޭނުންވާ ލޮލުގެ ފަރުވާތައް ތައާރަފުކުރުމެވެ.

ނޯޓު: މިއީ އައިކެއާގެ އެޑްވަޓޯރިއަލް އާޓިކަލް އެކެވެ.

0 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454