19 އެޕްރީލް 2024 - 08:06
ސަރުކާރާ އިދިކޮޅު ފަރާތްތަކަށް ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އަޣުލަބިއްޔަތު ލިބިއްޖެ ނަމަ ދައްކަނީ ބަޣާވަތްކޮށް، މި ސަރުކާރު ބަދަލުކުރާ ވާހަކަ ކަމަށް ވާތީ، މި ގައުމަށް ހަމަޖެހުން ބޭނުންވާ ކަމަށާއި އެހެންވެ ސަރުކާރު ވިސްނުމުގެ ކެންޑިޑޭޓުންނަށް ވޯޓު ދިނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ އެދިވަޑައިގެންނެފި އެވެ.
އަންނަ އާދިއްތަ ދުވަހު ބާއްވާ މަޖިލިސް އިންތިހާބުގައި، ވެރިކަންކުރާ ޕީއެންސީގެ ޓިކެޓުގައި ފުވައްމުލަކުގެ ތިން ދާއިރާ އަށް ވާދަކުރައްވާ ކެންޑިޑޭޓުންގެ ކެމްޕެއިން ޖަލްސާގައި އެ މަނިކުފާނު ވިދާޅުވީ، ވެރިކަމާ އެކު، ބޮޑު ޒިންމާއެއް ހަވާ ލުކޮށްފައިވާ ކަމަށެވެ. އެއީ ޒަމާންތަކެއް ވަންދެން ފުވައްމުލައް ތަރައްގީ ކުރުމުގެ ގުރުބާނީ ހަގީގަތަކަށް ހަދައިދިނުމުގެ ޒިންމާ ޒިންމާ ކަމަށް ވިދާޅުވި އެވެ.
ޕީއެންސީގެ ރައީސްގެ މަގާމު ވެސް ފުރުއްވާ ރައީސް މުއިއްޒު ވިދާޅުވީ، އެ މަނިކުފާނު ރިޔާސީ އިންތިހާބުގައި ވެވަޑައިގެންނެވި ހުރިހާ ވައުދެއް ފުއްދައި ދެއްވާނެ ކަމަށެވެ. ނަމަވެސް، އެ އަމާނާތް އަދާކުރަން ވަރަށް މުހިއްމު އެއްބާރުލުމެއް އަދި އެތަނަކާ ނުލައި ސަރުކާރު ނުހިންގޭ، ރައްޔިތުންގެ މަޖިލިހަށް ސަރުކާރުގެ ވިސްނުމުގެ ބޭފުޅުން ވަރަށް މުހިއްމު ކަމަށް ވިދާޅުވި އެވެ.
އިދިކޮޅު ކެންޑިޑޭޓުން ހޮވައިފި ނަމަ އެއްބާރުލުމެއް ނުލިބޭނެ ކަމަށް ރައީސް ވިދާޅުވި އެވެ. އިންތިހާބުގައި ވާދަކުރައްވާ އިދިކޮޅު ކެންޑިޑޭޓުން އެ ވާހަކައެއް ކުރިން ނުދައްކަވާ ކަމަށާއި ދެއްކެވީ ސަރުކާރު ޖަވާބުދާރީކުރުމުގެ ވާހަކަ ކަމަށް ވިދާޅުވި އެވެ. ނަމަވެސް، އެ ބޭފުޅުންގެ ރާގު މިހާރު ބަދަލުވެ، އިދިކޮޅު މެމްބަރުން ދައްކަވަނީ ބަޣާވާތްކުރުމާއި ރައްޔިތުންގެ މަޖިލިހުގެ އަޣުލަބިއްޔަތުގެ ބާރުގައި ރައީސް މަގާމުން ވަކިކުރުމުގެ ވާހަކަތައް ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.
ރައީސް މުއިއްޒު ފުވައްމުލަކުގެ ސެ ސަޕޯޓަރަކާ އެކު ރޭ ސެލްފީއެއް ނަންގަވަނީ
"ވަރަށް ސާފުކޮށް ނޫންތޯ އެ ވިދާޅުވަނީ ސަރުކާރަކަށް އެއްބާރުލުމެއް ނުލިބޭނެއޭ ތިމަންނަމެން ޕްލޭން ކުރަނީ ސަރުކާރު ބަދަލުކުރަންށޭ މަޖިލިސް ތެރެއިން. ކުރިން އެ ވާހަކައެއް ނުދައްކާ. ކުރިން ބޭނުންކުރަމުން ދިޔައީ ވަރަށް ސިމްޕަލް، ވަރަށް އާދައިގެ ބަހެއް، ޖަވާބުދާރީކުރުވުން. ޖަވާބުދާރީކުރުވަން ޖެހޭނެ، އެއީ ކުރެވޭނެ ކަމެއް. އެކަމަކު އެ ދާއިރާގެ ރައްޔިތުންގެ ހައްގުގައި އެކަން ކުރަން ވާނީ،" ރައީސް ވިދާޅުވި އެވެ.
އިދިކޮޅު މެމްބަރުން ހޮވައިފި ނަމަ އިސްކުރާނީ އެ ޕާޓީގެ ފިކުރުކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ މި ސަރުކާރުގެ ތިން ވަޒީރަކަށް އެއްވެސް ސަބަބަކާ ނުލައި މިހާރުގެ ރައްޔިތުންގެ މަޖިލިހުން ރުހުން ނުދިން ކަމަށެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހައުސިން މިނިސްޓަރަކަށް ހުންނެވި ދުވަސްތަކުގެ ހަނދާންތައް އާ ކުރައްވަމުން ރައީސް ވިދާޅުވީ އެކި މައްސަލަތަކުގައި އޭރު ވަރަށް ގިނައިން މަޖިލީހަށް ހާޒިރުކުރި ކަމަށެވެ. އެކަންކަން ކުރީ ވެސް ރައީސް ވިދާޅުވި ގޮތުގައި އޭރު ސަރުކާރަށް ނިސްބަތްވެވަޑައިގެންނެވި މެމްބަރުންނަށް ވާތީ އެވެ.
"ވަރަށް ސާފުކޮށް ނޫންތޯ އެ ވިދާޅުވަނީ ސަރުކާރަކަށް އެއްބާރުލުމެއް ނުލިބޭނެއޭ ތިމަންނަމެން ޕްލޭން ކުރަނީ ސަރުކާރު ބަދަލުކުރަންށޭ މަޖިލިސް ތެރެއިން. ކުރިން އެ ވާހަކައެއް ނުދައްކާ. ކުރިން ބޭނުންކުރަމުން ދިޔައީ ވަރަށް ސިމްޕަލް، ވަރަށް އާދައިގެ ބަހެއް، ޖަވާބުދާރީކުރުވުން. ޖަވާބުދާރީކުރުވަން ޖެހޭނެ، އެއީ ކުރެވޭނެ ކަމެއް. އެކަމަކު އެ ދާއިރާގެ ރައްޔިތުންގެ ހައްގުގައި އެކަން ކުރަން ވާނީ،"--- ރައީސް
"މި ގައުމަށް ބޭނުންވަނީ ހަމަޖެހުން. މެނިފެސްޓޯއާ އެއްގޮތަށް މަސައްކަތްކުރަން މަޖިލިސް ބޭނުން. މަޖިލީހާ ސަރުކާރާ ކޯޅި ގައުމު ހުއްޓިގެން އޮވެގެން ނުވާނެ. މަޖިލީހަށް ހޮވަނީ މި ވިސްނުމުގެ ވިއްޔާ ވިސްނަންޖެހޭނެ،" ރައީސް މުއިއްޒު ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ ސަރުކާރު ހިންގުމުގައި ސީރިއަސް މަސައްކަތްކުރާ ކަމަށެވެ. އެކަމުގެ ނަތީޖާ ނެރެދިނުމަށް މި ވެރިކަމަށް މި ވީ ފަސް މަސް ދުވަހުގެ ތެރޭގައި މަސައްކަތްކުރީ އެގޮތަށް ކަމަށާއި އެކަމަކު މަޖިލީހުގެ ތެރެއިން އެއްބާރުލުމެއް ނުލިބޭ ކަމަށް ވިދާޅުވި އެވެ.
ފުވައްމުލަކުގެ ސަޕޯޓަރުންތަކެއް ރޭ ރައީސް މުއިއްޒާ އެކު ފޮޓޯއެއް ނަގަނީ.
އިންތިހާބުގެ ތެރޭގައި ވެވަޑައިގެންނެވި އެންމެ މުހިއްމު ވައުދު، އިންޑިއާގެ ސިފައިން ފޮނުވާލުމުގެ ވައުދު ފުއްދަން ފަށާފައިވާ ކަމަށާއި އެކަން ކުރަމުން އަންނަނީ ޑިޕްލޮމަސީގެ ރީތި އުސޫލުތައް ބޭނުންކޮށްގެން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. ޑޯނިއާ އަދި ހެލިކޮޕްޓަރު އޮޕަރޭޓްކުރަން ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ތިން ގްރޫޕަކަށް ބަހާލައިގެން އަންނަ މަހުގެ 10 ގެ ކުރިން އެ އެންމެން ރާއްޖެއިން ފޮނުވައި ނިމޭނެ ކަމަށް ވިދާޅުވި އެވެ.
ދިވެހި ސިފައިންނަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދު ނުބެލެހެއްޓޭތީ މީގެ ކުރިން އެކަން ކުރީ ވެސް އެހެން ގައުމުގެ އެހީ ހޯދައިގެން ކަމަށް ވިއަސް، މިދިޔަ މަހުން ފެށިގެން ޑްރޯން ބޭނުންކޮށްގެން ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބަލަން ފަށާފައިވާ ކަމަށާއި މިނިވަންކަން އިހުސާސްކޮށްދޭ މިންވަރު ހެދުމަކީ އުފަލެއް ކަމަށް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ ތަރައްގީގެ މަޝްރޫއުތައް ސޮއިކުރަމުން ދާ މިސްރާބު ބާރުމިނުގައި ގޮސް، މި ސިޓީގައި ހިމެނޭ ގޮތަށް ބިޔަ އިންފްރަސްޓްރާޗާ ފެށޭނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަމަދޯ
19 April 2024
ސިޔާސީ އެއްވެސް ޕާޓީއަކަށް ތާއީދު ނުކުރަން ރައީސް މުއިއްޒުއަކީ ފުރަތަމަ ރައީސް ފަތިސް ނަމާދަށް ޖަމާޢަތުގައިދާ މަންޒަރު ފެނުނު އަދި ރައީސްކަން މޭޔަރުކަން ލިބުމުގެ ކުރިންވެސް އުއްމީދަކީ އަދި ދުއާއަކީ ރައީސް މުއިއްޒުއާއި އަދި އެކިލެވެލްގެ ވެރިންވެސް ދީނަށް ލޯބިކޮށް އަމަލުން އިސްލާމްކަން ފެނުން ގަވްމިއްޔަތާއި އެކުއެކީ އުއްމިއްޔަތު ދިރުވަން އިތުރަށް ސަމާލުކަންދޭ މުޖުތަމަޢުއެއް ބިނާކުރެވޭތޯ ފަރުދީ އަދި ގައުމީ ލެވެލްގައި މަސައްކަތްކުރުން އިތުރު ކުރަންވީ
ކިހިނެއްދޭނީ
19 April 2024
ނިމިދިޔަ 5 އަހަރު އެމްޑީޕީން މަޖިލީހުގެ މެޖޯރިޓީއާ އެއްކޮއް ވަނީ ކޮރަޕްޝަނާ ވައްކަން އާމުކޮއްފަ އަދި ރިޝްވަތު ގޮތުގައި ވަޒީފާއާ ރުފިޔާ ބަހާ ޖަލުގެ ތިބި ބޮޑެތި ކުއްވެރިންވަނީ ވޯޓްދޭ މަތިން ދޫކޮއްލާފަ. މިހުރިހާ ކަމެއް ރަނގަޅައް ތަހުގީގު ކޮއްފަ ފިޔަވަޅު އަޅާފިއްޔާ އެމްޑީޕީ މަތީ ފަޑީ އެކަކު ވެސް ސަލާމަތެއް ނުވާނެ .
ތަފާތު ފަހަރު
19 April 2024
މަޖިލީހުގެ ކަންތައް ކުރީ: ނިމިދިޔަ 5 އަހަރު ކުރާނެ ކަމެއް މިޖިލީހުގަ ނެތިގެން އަގުލަބިއްތު އޮތް ޕާޓީ ވަނީ ވަރައްގިނަ ޖަލްސާތައް ކެންސަލްކޮއްފާ މިހާރު ޗުއްޓީ ނެގުމެއް ވެސް ނޯވޭ ސަރުކާރުން ކުރަން އުޅޭކަމެއް ވިއްޔާ ކުރިން ނެތް ގާނޫނުތައް ހަދާ ދަތި ކުރެވޭތޯ ބަލަނީ
ހަމަމިހާރު
19 April 2024
އަބަދު ވެސް އެމްޑީޕީއަކީ ދޮގު ފަތުރައިގެން ވެރިކަމައް އަންނަ ބައެއް. ޔާމީނު މީހުން މަރާ މީހެކޭ މިހިރިއްޔޭ ކިތާބީހެކި ޗައިނާ ލޯނުދަންތުރައިގަ ޖައްސަނިއްޔޭ މަސްވެރިންނައް ހަމައަގު ދޭނަމޭ އަދި ޑޮލަރުންނާ ޕައުންޑުން ޖީބުތައް ފުރާލަ ދޭނަމޭ ކިޔާފަ ދިނީ ކުޑައަގު ބޮޑުކުރީވެސް ރިޔާސީ އިންތިހާބުން ފުރަތަމަ ބުރުން ބަލިވީމަ އެރުފިޔާ ކޮޅުވެސް ދިނީ މިސަރުކާރުން.
ހމނ
19 April 2024
ރައީސަށް ކަންކަން ވަރަށް އެނގިވަޑައިގަނޭ. ހައުދަހައިވާ ތަޖުރިބާއެއް އެބަހުއްޓޭ!
ރިފޯޓް
19 April 2024
"މޮޅުވެއްޖެ ނަމަ، މަލްޓި ޕާޓީ ނިޒާމު ގެނައި ފަހުން އުފެދުނު އެންމެ ބާރުގަދަ ވެރިކަމަށް މި ވެރިކަންވުން ގާތެވެ. ނާކާމިޔާބުވެއްޖެ ނަމަ، އެ މަނިކުފާނަށް އޭގެ ދިމާ އިދިކޮޅު ކުރިމަތިވުން އެއަށްވުރެ މާ ގާތެވެ. ރައީސް މުއިއްޒުގެ ސިޔާސީ ކުރިމަގު ބިނާކުރާނީ އާދިއްތަ ދުވަހު ނަގާ ވޯޓުންނެވެ."މަޖިލީސް އިންތިޚާބަކީ ރައީސަށް މޮޅުވުން މަޖުބޫރު ހަނގުރާމައެއް!
ޑިސްއޮނަރަބަލް ޑީޑީ
19 April 2024
މަލްޓި ޕާޓީއެވެ މިކިޔާ ނިޒާމު އައިފަހިން އުފެދުނު ފުރަތަމަ ބަޣަވީ ސަރުކާރުގާ ވަޒީރުންގެ ލިސްޓުގާ ތިބީ ކޮންބައެއްތޯ ހަނދާންކޮށްލައްވާ. ހަދާންނެތިއްޔާ ތާރީޚީ ފަތްފުއްތައް 2012 އަށް އުކަވާލައްވާ....... ފުޅަށްބުޑުން ދަންޏާ ދޮންހަސަނަށް ހީވާނެ ކެޔޮގަނޑު ކަނޑާލަނިއްޔޭ.
1828
19 April 2024
2012 ފެބްރުއަރީ 07 އެއީ ބަޢާވާތެއް ތޯ؟ އެދުވަހު ލައިވް ޓީވީގައި އޭރުގެ ރައީސް އިސްތިއުފާ ދެއްވި މަންޒަރު އަހަރެމެން ދުށީމެވެ. އަމިއްލަފުޅަށް އިސްތިއުފާ ދިނުމަކީވެސް ޤއ ގައި ބުނާގޮތުން ބަޢާވާތްކުރުން ތޯ؟ އެހެން ކަމަށްވާނަމަ ބަޢާވާތްކުރީ އިސްތިއުފާ ދެއްވި ރައީސްއެއްނޫން ތޯ؟
ލުބާން
19 April 2024
ރީދޫ ކުލަ ހަޑިވީމަވެސް އެމީހުނަން ވޯޓު ދޭ ހިތެއް ނުވޭ
ފިޔާޒް
19 April 2024
އެމްޑީޕީ ހިތުން ރައްޔިތުން ވަރަށް ގަމާރޯ
ނާފިޒް
19 April 2024
ރައީސްގެ ތަރައްގީ ހިންގުމަށް އެމްޑީޕީ މެމްބަރުން ހުރަސްއަޅާނެ. އެހެންމަ އެމީހުންނަށް ނެތް ވޯޓު ދެވޭކަށްް