ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ޅިޔަނު އިބްރާހީމް މުހައްމަދު (އިިއްބެ ޖަނާބް): އޭނާ ވާދަކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޯޅި އުތުރު ދާއިރާއަށް.--
21 އެޕްރީލް 2024 - 20:58
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހަންމަދުގެ ބޭބޭފުޅު އިބްރާހީމް މުހައްމަދު (އިިއްބެ ޖަނާބް) ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޯޅި އުތުރު ދާއިރާގެ ގޮނޑި މިއަދު ކާމިޔާބުކުރައްވައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުގައި، މައްޗަންގޯޅި އުތުރު ދާއިރާގެ ގިނަ ފޮށިތަކުން ކުރީގައި އުޅެނީ ޕީއެންސީގެ ކެންޑިޑޭޓް އިއްބެ އެވެ.
އެ ދާއިރާ އަށް ފަސް ކެންޑިޑޭޓުން ވާދަކުރެ އެވެ. އެއީ އިއްބެގެ އިތުރުން އަމިއްލަ ގޮތުން ވާދަކުރައްވާ އައްސަދު ޝަރީފް (އައްސަދު) އާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަލުން އަހުމަދު ފާރިސް މައުމޫން އާއި އެމްޑީޕީގެ ޓިކެޓްގައި ވާދަކުރައްވާ ލިރުގާމް ވަހީދު (ނާމު) އާއި ޑިމޮކްރެޓްސް އިން ވާދަކުރައްވާ ހުސެއިން އަމްރު އެވެ.
މައްޗަންގޯޅި އުތުރު ދާއިރާއަށް ވާދަކުރެއްވި ފަސް ކެންޑިޑޭޓުންގެ ތެރެއިން އިއްބެ އެ ގޮނޑި ކާމިޔާބު ކުރެއްވީ 448 ވޯޓުންނެވެ. އައްސަދު ޝަރީފް (އައްސަދު) އަށް 53 ވޯޓު ލިބުނުއިރު ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަލުން އަހުމަދު ފާރިސް މައުމޫނަށް ލިބިވަޑައިގަތީ 340 ވޯޓެވެ.
އެމްޑީޕީގެ ޓިކެޓްގައި ވާދަކުރައްވާ ލިރުގާމް ވަހީދު (ނާމު) 156 އަށް ވޯޓު ލިބުނު އިރު ޑިމޮކްރެޓްސް އިން ވާދަކުރެއްވި ހުސެއިން އަމްރު ލިބިވަޑައިގަތީ 209 ވޯޓެވެ. އެ ދާއިރާގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ 2799 މީހުން ތިބެ އެވެ. އެ ދާއިރާ އަށް 34 ވޯޓު ފޮށި ބަހައްޓާފައި ވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮރަލް
22 April 2024
ޖަނާބް ހޮވުނީ އަމިއްލަ އަށް ބުރަ މަސައްކަތް ކޮށް އެހެން މީހުންގެ ތާއީދު ލިބިގެންނެވެ. މީގެ 5 އަހަރު ކުރީން އޭނަ މަޖްލީހަށް ވާދަ ކުރީ އަންނި އާ ދެކޮޅަށެވެ. އެފަހަރު ވެސް އަންނި ހޮވުނީ ވ ކުޑަ ތަފާތަކުންނެވެ. ކުރީއްސުރެ ކުރަމުން އައި މަސައްކަތެއްގެ ނަތީޖާ މިއަދު ފެނުނީ އެވެ.
ޙިނި
22 April 2024
15 އަހަރައް ފަހުވެސް ހަމަ ނެޕޮޓިޒަމް
ޅޯދުބެ
22 April 2024
ބޭބޭ ފުޅަކީ ދިވެހިން ކިޔާ ގޮތެއް ނޫން. ޢެއީ ކުށް އިބާޜާޠެއް
ފޯޓީތްރީ
22 April 2024
އިބުރާހީމް ގެންނަން ވީ ދެން މަޖިލިސް ރައީސްކަމަށް. ރައީސަށް ވަފާތެރިވާނެ
ފެންސު
22 April 2024
ކޮންބައެއް މިބޭފުޅާހޮވުނީމަ ރުޅިއައިސްފަތިބީ؟ މިއީ އެންމެ ރަގަޅު އެކަކު އިންޝާﷲ
ކަލޯ ގަޔާ
21 April 2024
ޑިސަޕޮއިންޓިންގް
ކަންދަހާރު
21 April 2024
ކަންތަކާ ޖެހުނީ.
ކާކަ
21 April 2024
ޖަނާބު؟ ޖަނާބުގެ މާނައަކީ ކޮބާ؟