ޚަބަރު / އަބްދުއްރަހީމް އަބްދުﷲ (ސްޕެޝަލް އެޑްވައިޒަރު)

އަބްދުއްރަހީމްގެ 70 ގޮނޑީގެ ހިސާބަކީ ސަމާސާއެއް ނޫން، ސިޔާސީ އެންމެ ބޮޑު ހަގީގަތް!

ތިން ވަނަ ދައުރަކަށް މަޖިލީހަށް އިންތިހާބުވެވަޑައިގަތް އަބްދުއްރަހީމް ޕީއެންސީގެ ޖަލްސާއެއްގައި ވާހަކަދައްކަވަނީ.-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ސިޔާސީ ޕޯޑިއަމްތަކުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސްޕެޝަލް އެޑްވައިޒަރު، އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ހަމަ ހިތަށް އަރާ އެއްޗެއް ވިދާޅުވަނީއެއް ނޫނެވެ؛ ސިޔާސީ މަސްރަހުން ޝައުގުވެރި ހިސާބުތައް އޭނާ ޖައްސަވަނީ 30 އަހަރުގެ ތަޖުރިބާއިންނެވެ. އެ ހިސާބުތަކަކީ ރާއްޖޭގެ މިއަދުގެ ސިޔާސީ އެންމެ ބޮޑު ހަގީގަތެވެ.

އެއް ހެއްކަކީ، އިއްޔެ ނެގި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ވޯޓެވެ. މަޖިލީހުގެ ސާފު އަޣުލަބިއްޔަތު ކޮންޓްރޯލްކުރި އެމްޑީޕީ ބަލިކޮށް، ވެރިކަން ކުރާ ޕީއެންސީން 70 ގޮނޑި ނަގާނެ ކަމަށް އޭނާ ވިދާޅުވީ މި ވެރިކަން ފެށުނުތަނާ އެކު، މިދިޔަ އަހަރުގެ ނޮވެމްބަރުގައި "މިހާރު" އަށް ދެއްވި އިންޓަވިއުއެއްގަ އެވެ.

އޭގެ ފަސް މަސް ފަހުން ބޭއްވި އިންތިހާބުގައި ވެސް ހިސާބު ދިމާވެއްޖެ އެވެ. ނަތީޖާ އޮތީ އޭނާ ވިދާޅުވި ގޮތަށް މުޅި ރާއްޖެ ބަދަލުކޮށްލައިފަ އެވެ.

އަޅުގަނޑަށް ފަހުރުވެރިކަމާ އެކު ދަންނަވަން ކެރޭ ރާއްޖޭގެ ސިޔާސީ މަސްރަހު އަޅުގަނޑަށް ވުރެން ރަނގަޅަށް އެނގޭނެ މީހަކު ނުހުންނާނެ. -- އަދުރޭ

މަޖިލީހުގެ 93 ދާއިރާގެ ސާފު އަޣުލަބިއްޔަތު، ރައްޔިތުން ދިނީ ތަރައްގީ އާއި ހަމަޖެހުމާއި ރައްކާތެރިކަމުގެ ޔަގީންކަން ކަށަވަރުކޮށްދޭން ރައީސް މުއިއްޒު ވެވަޑައިގަތް ވައުދަށް ޕީއެންސީއަށެވެ. ސަރުކާރުގެ ތާއީދާއެކު ވާދަކުރެއްވި ކެންޑިޑޭޓުންނާއި ޕީއެންސީގެ ޓިކެޓުގައި ވާދަކޮށް، ކާމިޔާބުވި ގޮނޑިތަކުގެ އަދަދު އުޅެނީ 71 އިން މަތީގަ އެވެ.

މާދަމާ އޮންނަ މަޖިލިސް އިންތިހާބުގެ ކެމްޕޭނު ނިންމައިލުމަށް އާޓިފިޝަލް ބީޗުގައި ޕީޕީއެމް/ޕީއެންސީން ބޭއްވި ހިނގާލުމަށްފަހު ރައީސް މުއިއްޒު ވާހަކަ ދައްކަވަނީ. --ފޮޓޯ: ނިޝާން އަލީ | މިހާރު

މި އިންތިހާބުގެ ކުރިން، ޕީޕީއެމް/ޕީއެންސީއަށް ސިޔާސީ ހަޔާތުގައި ދިމާވި އެންމެ އުނދަގޫ ހާލަތުގައި، އޭނާ ޖެއްސެވި ހިސާބު ވެސް ދިމާވި އެވެ. އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އިއްވި ޖަލު ހުކުމާ އެކު ކޯލިޝަންގައި އެންމެ ބޮޑު ޒިންމާއެއް އުފުއްލަވަން ޖެހިވަޑައިގެން ހުންނެވި އަބްދުއްރަހީމްގެ ކުރިމަތީގައި އޮތީ ރިޔާސީ އިންތިހާބު ބޮއިކޮޓް ކުރުމާއި ފަސް އަހަރު އާއްމު މެމްބަރުންނާއި ޕާޓީގެ ލީޑަޝިޕުން ކުރެއްވި ބުރަ މަސައްކަތާ އެކު ކުރިއަށް ވަޑައިގަތުމެވެ. ސާބިތުކަމާ އެކު އޭނާ ޖެއްސެވި ހިސާބު ރިޔާސީ އިންތިހާބުގައި ވެސް ދިމާކުރެއްވި އެވެ.

އިންތިހާބު ބޮއިކޮޓް ކުރައްވަން ޔާމީން އެދިވަޑައިގެންފައި ވަނިކޮށް، އޭނާ އިސްކޮށް ހުންނަވައި ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުއިއްޒާއެކު އެކު އިންތިހާބަށް ނުކުމެވަޑައިގެން ބޮޑު ކާމިޔާބީއެއް ހޯއްދަވައި ދެއްވި އެވެ.

ށ. ފުނަދޫގައި ބޭއްވި ޖަލްސާގައި ރައީސް މުއިއްޒާ އެކު އަބްދުއްރަހީމް ބައިވެރިވެވަޑައިގަންނަވަނީ. - ފޮޓޯ: ނިޝާން އަލީ | މިހާރު

މި ކާމިޔާބީން، ސިޔާސީ ރޯލްމޮޑެލްއަކީ އަބްދުއްރަހީމް ކަމަށް ރައީސް މުއިއްޒު ވިދާޅުވުމުން، ޔާމީންގެ ބަހުގެ ހަމަލާތައް އެކި ފަހަރުމަތިން މިހާތަނަށް އަބްދުއްރަހީމަށް އަމާޒުވެއްޖެ އެވެ. ރޯލްމޮޑެލްގެ ގޮތުގައި އަބްދުއްރަހީމް ބަލާ ނަމަ، ސިޔާސީ ގޮތުން ނުކުންނާނެ ނަތީޖާއާ މެދު ސުވާލު އުފައްދަވަ އެވެ.

އެކަމަކު، މަޖިލިސް އިންތިހާބަށް އަބްދުއްރަހީމް ޖެއްސެވި ހިސާބު އިއްޔެ ދިމާވުމުން، ސަރުކާރަށް ތާއީދުކުރާ ގިނަ ބައެއްގެ ތައުރީފާއި އިތުބާރު އޭނާއަށް ބޮޑުވެއްޖެ އެވެ.

"ހިސާބު ޖަހަނީ ސިޔާސީ މަސްރަހު ވަރަށް ރަނގަޅަށް އެނގިގެން. ތަންދޮރު ބަލާނުލައި ހިތަށް އެރި އެއްޗެއް ބުނެލަނީއެއް ނޫން،" އަބްދުއްރަހީމް ވިދާޅުވި އެވެ.

"ރާއްޖޭގެ ސިޔާސީ މަސްރަހު ވަރަށް ރަނގަޅަށް އަޅުގަނޑުމެންނަށް އެނގޭ. ހއ. ތުރާކުނުން ފެށިގެން އައްޑޫއާ ހަމައަށް އަޅުގަނޑުމެންނަށް ނޭނގޭ އެއްވެސް ރަށެއް ރާއްޖޭގައި ނޯންނާނެ. އިންތިހާބުގައި 70 ގޮނޑި ނަގާނެ ކަމަށް ބުނީ މީހުން ވެސް އެނގިގެން."

އަބްދުއްރަހީމް ސިޔާސީ މަސައްކަތުގައި އުޅުއްވާތާ 31 އަހަރުވެއްޖެ އެވެ. ތިން ވަނަ ދައުރަކަށް މަޖިލީހަށް އިންތިހާބުވެވަޑައިގަތް އޭނާގެ ސިޔާސީ ކެރިއަރުގައި ދެން އޮތީ މާ ބޮޑު ޒިންމާއަކަށް ވުން ވެސް ގާތެވެ.

"ސިޔާސީ މަސައްކަތަށް 1993 ގައި ނުކުތް ފަހުން މި ރާއްޖޭގައި ހިނގާ މިދާ ސިޔާސީ ހުރިހާ ކަމެއް އެނގޭ. ރާއްޖޭގެ މީހުން ދިރިއުޅޭ އެއްވެސް ރަށެއް ނޯންނާނެ މަދުވެގެން ހަ ފަހަރު އަޅުގަނޑު ނާރާ. އެއްވެސް ރަށެއް ނޯންނާނެ އެ ރަށެއްގެ 20-25 މީހުންގެ ނަމާއި ނަމްބަރާ އަޅުގަނޑުގެ ފޯނުގައި ނެތް."

އަބްދުއްރަހީމް ވިދާޅުވި ގޮތުގައި، ފިކުރުގެ ގޮތުން ތަފާތުވިޔަސް މީހުންނާ ގުޅުން ބޭއްވުމުގައި ތަފާތެއް ނުގެންގުޅުއްވަ އެވެ. ސިޔާސީ ވާހަކަ އޭނާ ދައްކަވަނީ، ބައެއް ރަށްރަށުގައި ތިބި އިދިކޮޅު މީހުން ތިބޭ ގޮތާއި އެ މީހުންގެ މަސައްކަތް އެނގިގެންނެވެ.

"އަޅުގަނޑަށް ފަހުރުވެރިކަމާ އެކު ދަންނަވަން ކެރޭ ރާއްޖޭގެ ސިޔާސީ މަސްރަހު އަޅުގަނޑަށް ވުރެން ރަނގަޅަށް އެނގޭނެ މީހަކު ނުހުންނާނެ. ދުރަށް ހިނގާފައި، މާޒީއަށް ބަލާފައި، އެމްޑީޕީ އިދިކޮޅަށް އައީމާ މަސައްކަތް ކުރާނެ ގޮތާއި ރައީސް ޔާމީން މިނިވަންވީމާ އެ މަނިކުފާނުގެ އަމަލުތައް ހުންނާނެ ގޮތާއި އަދި އެމްޑީޕީ ބައިބައިވެ ޑިމޮކްރެޓްސް ވަކިވުމުން އެ މީހުންނަށް އަންނާނެ ބަދަލުތަކާއި ހުރިހާ އެއްޗެއް ދިރާސާކޮށްފައި އަޅުގަނޑު ދައްކާ ވާހަކައެއް ދައްކަނީ."

ޕީއެންސީ އުފެއްދުމަށް ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް ޔާމީނާ އެކު އަބްދުއްރަހީމް ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

އޭނާ ވިދާޅުވި ގޮތުގައި ކުރީގެ ސަރުކާރު ޖަވާބުދާރީކުރުވުމުގައި ފަސް އަހަރު މަގުމަތީގައި ހޭދަކުރުމަށް ފަހު، ޕީއެންސީއަށް މި ލިބުނު ބޮޑު ކާމިޔާބީގެ އެންމެ ބޮޑު ހިއްސާއެއް އޮތް ބޭފުޅަކީ ރައީސް ޑރ. މުއިއްޒެވެ. އެމަނިކުފާނަކީ ވައުދު ފުއްދަވާނެ ވެރިއެއްކަން ވެރިކަމުގެ ފަސް މަހުގެ ތެރޭގައި ރައްޔިތުން ގަބޫލުކޮށްފި އެވެ. އެ އިތުބާރާއި ޔަގީންކަން އެ މަނިކުފާނު ހޯއްދަވައިފި އެވެ.

މަޖިލިސް އިންތިހާބުގައި މި ލިބުނު ކާމިޔާބީގައި އެންމެ ބޮޑު ސިއްރަކީ ރައީސް ޑރ. މުއިއްޒު. -- އަދުރޭ

އަދުރޭ ވިދާޅުވީ ރައްޔިތުންނާ ދޭތެރޭގައި އިހާނެތިކޮށް ކަންކަން ނުކުރައްވާނެ ކަން ވެސް އިންތިހާބުގެ ނަތީޖާގައި ބުނެދީފި ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި މަޖިލީހުގެ ސާފު އަޣުލަބިއްޔަތަށް އޭރު ވިސްނެވީ އެމްޑީޕީގެ އުނދަގޫ ސަރުކާރަށް އޮންނާނެ މިންވަރާއި ޕީޕީއެމްގެ ކުރީގެ ރައީސް ޔާމީން މިނިވަންވެވަޑައިގަތުމުން ދެން ކުރިމަތިވާނެ ކަންކަމަށް ވެސް ބަލައިފަ އެވެ.

"މަޖިލިސް އިންތިހާބުގައި މި ލިބުނު ކާމިޔާބީގައި އެންމެ ބޮޑު ސިއްރަކީ ރައީސް ޑރ. މުއިއްޒު. އެމަނިކުފާނު ވޭތުވެދިޔަ ފަސް މަހު ދުވަހުގެ ތެރޭގައި މި ސަރުކާރުގެ ސިޔާސަތާއި ރައްޔިތުންނަށް ވީ ވައުދުއް ފުއްދެވުމުގައި ކުރިއަށް ވަޑައިގަތް ވަޑައިގަތުމާއި މަޝްވަރާގެ އުސޫލުން ކަންކަން ކުރެއްވުމާއި އިންތިހާބަށް ދޭން ޖެހޭ ސަމާލުކަމާއި އަހައްމިއްޔަތުކަން ދިނުމާއި ދުވަހުން ދުވަހަށް ވަގުތުން ވަގުތަށް މަޝްރޫއުތައް އޮޅުންފިލުއްވައި ކުރެއްވި ކަންކަން،" އަދުރޭ ވިދާޅުވި އެވެ.

އިންތިހާބުގެ ނަތީޖާ އިން އެނގުނީ، އަބްދުއްރަހީމް ވިދާޅުވި ގޮތުގައި، އަބަދު ގައުމު ހަލަބޮލިކޮށްލައިގެން ތިބެން ރައްޔިތުން ބޭނުން ނުވުމެވެ. އެމްޑީޕީގެ ފިއްތުންތަކާއި ހުރަސްތައް ކުރިމަތިކުރިޔަ ނުދީ މި ވެރިކަމުގައި ކުރިއަށް ދާން ރައީސަށް މަގުފަހިކުރަން ރައްޔިތުން ތައްޔާރުކަން ވެސް ނަތީޖާ އިން ސާފު ކަމަށް ވިދާޅުވި އެވެ.

"ސިޔާސީ ކޯޅުމާއި ޖަދަލުކުރުމުގައި ގައުމު އޮވެ ހަނާވާން ދޫނުކޮށްލާނެ ކަން ވެސް ސާބިތުކޮށްދީފި،" އަބްދުއްރަހީމް ވިދާޅުވި އެވެ.

އަބްދުއްރަހީމްގެ ކެމްޕެއިން ޖަގަހަ ހުޅުވަން ބޭއްވި ރަސްމިއްޔާތުގައި ރައީސް ޑރ. މުއިއްޒާއި އެ މަނިކުފާނު އަނބިކަނބަލުން ސާޖިދާ އަދި އަބްދުއްރަހީމް ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

އޭނާ ވިދާޅުވި ގޮތުގައި ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބުގައި އެމްޑީޕީއަށް ލިބުނު ބޮޑު ނާކާމިޔާބީއަކީ ފަސް އަހަރުގެ ވެރިކަމުގައި ހެދި ގޯސްތަކެވެ. ދެ ބުރަށް ވެރިކަން އަދި މަޖިލީސް މެޖޯރިޓީދީގެން ރައްޔިތުން ވަރަށް ބޮޑަށް މާޔޫސްކުރުވައި ގައުމު ފަހަތަށް ވައްޓާލީ ކަމަށް ވިދާޅުވި އެވެ.

"އެމްޑީޕީގެ އިހްލާސްތެރިކަމެއް ނެތް. ގައުމަށް ހިދުމަތް ކުރުމުގެ ވިސްނުމެއް ނެތް. އެ ގާބިލްކަމެއް ވެސް ނެތް. ރައްޔިތުން މިކަން ގަބޫލުކުރުމަކީ އެ މީހުންގެ ނާކާމިޔާބީގެ އަސްލު،" އަބްދުއްރަހީމް ވިދާޅުވި އެވެ.

މިއީ، އެމްޑީޕީގެ ތެރެއިން ފެންނަން އޮތް ހަގީގަތެވެ. އޭނާ ނަތީޖާ ނެރުއްވަން ދެން ހިސާބު ޖައްސަވާނީ ވެސް މި ހުރިހާ ކަންކަން ބެއްލެވުމަށް ފަހު އެވެ. ވަށައިގެން ފެންނަން އޮތް ކަންކަމަށް އެކަނި ބެއްލެވުމަށް ފަހު ހަމަ ނަމްބަރެއް، ވާހަަކައެއް ވިދާޅުވަނީއެއް ނޫނެވެ!

މި ފަސް އަހަރު ގައުމަށް ރައީސް މުއިއްޒު ގެންނަވާނެ ތަރައްގީ އާއި ކުރިއެރުން އޭނާއަށް ވަރަށް ސާފެވެ.

50 ކޮމެންޓް, 38 ރިއެކްޝަންސް

icon happy icon happy 76%
icon sad icon sad 0%
icon angry icon angry 18%
icon wow icon wow 0%
icon inlove icon inlove 5%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ފާސިރްް

24 April 2024

އަބްދުއްރަހީމްގެ މޭސްތެރިކަމާއި ރައީސްގެ ބުރަ މަސައްކަތާ އިރުޝާދުން މި ގައުމުގެ ރެކޯޑްއެއް ހަދާލުމަކީ އާދައިގެ ކަމެއްނޫން.

The name is already taken The name is available. Register?

ނިޝާމްް

24 April 2024

މީ ހަމަ ލެޖެންޑެއް. އަދުރޭ އަކީ ތޯތޯ މީހެއްކަމަށް މިހާރު ބަޔަކު ނުދެކޭނެ.

The name is already taken The name is available. Register?

އިސްމާާ

24 April 2024

ކަމެއްވެގެން ހިސާބު ޓީޗަރޭ ކިޔަނީ. ހިސާބު ޖަހަނީ އެތަށް ދުވަހެއްގެ ތަޖުރިބާގެ މައްޗަށް ބިނާކޮށް.

The name is already taken The name is available. Register?

ރާއިމާާ

24 April 2024

އަދުރޭގެ ވަރުގެ ސިޔާސީ ފުފައްކިރެއް މި ރާއްޖެއަކު ނެތް.

The name is already taken The name is available. Register?

ޔާމީންބެ

23 April 2024

ޔާމީން، އިބޫ، ނަށީދު، މިމީހުންދެން ނުގެންނާތި. ފަސާދަ ހުސް

The name is already taken The name is available. Register?

އަހަންމަދީ

23 April 2024

އޮޅިގެން ނުވަތަ އޮޅުވާލަން ނު އުޅުއްވަ ބައްލަވާ. މިފަހަރުވެސް ދިމައެއް ނުކުރެވުނޭ. ޕީ އެން ސީ އަށް ލިބުނީ 66 ގޮޑި. 70 އެއް ނުލިބޭ

The name is already taken The name is available. Register?

އަލީ ސ

23 April 2024

ލިބުނު. ދެން ހަޖަމު ކުރޭ

The name is already taken The name is available. Register?

މިސްޓާ މެތުސް

23 April 2024

މިގޮލާ އަދި މި ޤަޢުމުގާ ވެރިކަންވެސް ކުރާނެ..

The name is already taken The name is available. Register?

ޖހޖހޖ

23 April 2024

ބުއްދިވެރިއެއް. ޝީޖިންޕިން، ޕޫޓިން ކަހަލަ ހިކުމަތް ތެރިއެއް ދޯ؟

The name is already taken The name is available. Register?

5 = 2 + 2

22 April 2024

ރަނގަޅު ވާހަކައެއް..

The name is already taken The name is available. Register?

ޒައިކް23

22 April 2024

އަދުރޭ އިދިކޮޅުގަ އޮވެ މަޖިލީހާ ކައުމްސިލަށް ޖަހާ ހިސާބާ، ވެރިކަމުގަ ހުރެ ރިޔާސީ އިންތިހާބަށް ޖަހާ ހިސާބުު ދިމާނުވަނީ. އަންނަ ރިޔާސީ އިންތިހާބަށް ޖަހާ ހިސާބާ، ވެރިކަން ނެތްް އިރު މަޖިލީހަށް ޖަހާ ހިސާބު ދިމާކޮށްލަބަލަ މޮޅޭ ބުނާނަން..

The name is already taken The name is available. Register?

ކޮވެލި

22 April 2024

2019 ގައި ވެސް ސަރ ހިސާބު ޖެއްސެވީމެއް ނޫންތޯ. އެފަހަރު ދިމާނުވީ ކީއްވެ؟ އެފަހަރު އަލްގޮރިދްމް ގައި ޓައިޕިންގ މިސްޓޭކެއް ޖެހުނީތޯ. ހަމަ ތިގޮތަށް ނޫންތޯ އަންނި ސަރ ވެސް 19 ވަނަ މަޖިލީހުން ސުޕަރ މެޖޯރިޓީ ހޯދީ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454